އެންޓި ހިއްލޫތު ސޮސައިޓީ
މިހާރު ދިވެހިރާއްޖޭގެ ވެރިކަމުގައި ބަގުޑި ބައްދައިގެން ތިބި ރީނދޫވަންތަ ކިސާރީގެ ބޮޑު އައްޑާއިންގެ ތެރޭގައި ހިމެނޭ ސޫޒަން އިބްރާހިމް ފުޅު ފޭސްބުކުގައި ޝެއިޚް އިލްޔާސްއާ ދިމާއަށް ޖަމަލު ފ އަށް ގޮވައިފިއެވެ.
ޝެއިޚް އިލްޔާސްއާ ޢަދާލަތު ޕާރޓީދެކެ ސޫޒަންމެން ރުޅި އަންނައިރު މިހާރު ވެޑުވިފައި ތިޔަ ތިބި ތަހުތަކީ ޢަދާލަތު ޕާރޓީންވެސް މޮހޮރު ޖަހައިގެން ބުރުމާ ޤާސިމްގެވެސް އެހީތެރިކަމާއެކު ޙަސަނުގެ ރޮންދާއިން މަށައިގެން އެހެންމިހެންގޮސް އެތައްބައެއްގެ ޖާނާއި މާލުން ޤުރުބާންވެގެން ފަހު ބުރުގައި އައިނު އެޅި އަންނި އަށް ހޯދާދިން ތަހުތެކެވެ. ދަރުސްތައް ބާއްވާތީ ކިތަންމެ ފުއްޕިއަސް ކުރާނެ ކަމެއްނެތެވެ. ޝެއިޚްމެން އެތިބީ ނުގުޑާފަދަ ޢަޒުމެއްގައެވެ. ލާދީނީ ބައިގަނޑަށް ހަމަ މިޤައުމުން ބޭރުވުން ނޫންގޮތެއް އޮތްކަމަކަށް ނުވިސްނެއެވެ. އެހެންޏާފަހެ ރިވެތި ޒުވާންކުދިންވެސް އެބުނަނީ އޭ މިހާރު ޓާރގެޓަކީ އިސްލާމީ ޝަރީޢަތޭ ދެން މިނޫންގޮތެއް ނެތޭ؟
ދެން ދުވަސްކޮޅަކުން މަތީގައި އެވާ ލިޔުންކޮޅު ފޭސްބުކުގައި ނީންނާނެއެވެ. އިންނާނީ އެހެން ބުކެއްގައެވެ. ހިއްލަތު ބްލޮގުގައި ޖަހާފައިވާ ފިރިހެން ކުޅި އާލާކުރާ ހުރިހާ ލިޔުންތައް ވަނީ ސީދާ އަންނިގެ އޯޑަރަށް ނަގާފައެވެ. އަދި ދެޔޯސެފިކް ސައިޓްގައި ޝެއިޚް އިލްޔާސްގެ "ސުވަރުގެ" މިދަރުސަށް މަލާމާތްކޮށް ޖެހި ލިޔުންވެސް ވަނީ ސީދާ އަންނިގެ އޯޑަރަށް ނަގާފައެވެ.
ސަރުކާރުން ޢަދާލަތު ޕާރޓީ އިސްތިއުފާދީފާނެތީ އަންނިވެސް ބިރުގަނެއެވެ. ވާނީވެސް އެހެންތާއެވެ؟ ސަރުކާރުގެ އިތުބާރު ހިފެހެއްޓުމުގައި ޢަދާލަތުގެ މިސާލާކީ ލޮނުޒިޔާރަތްކޮޅަށް ރާޅާ އަޅަންދާ މީހަކަށް ބޭނުންވާ ބޮޑީބޯރޑެއްގެ މިސާލެވެ.
Read more...