އިބްރާހީމް ނާޒިމް
މިސްކިތްތަކުގައި އެއްޖިންސުގެ ދޭދޭމީހުން 'ކައިވެނިކޮށްދިނުމަށް' އިނގިރޭސި ބޮޑުވަޒީރު ބާރުއަޅާ މައްސަލަ
ދާދިފަހަކުން އެއްޖިންސުން ޖިންސީގުޅުންހިންގާ މީހުންގެ ތެރެއިން ވަރަށް ގިނަ ޢަދަދެއްގެ ބަޔަކަށް ރަސްމީ ދައުވަތެއް އިނގިރޭސި ބޮޑު ވަޒީރު ޑޭވިޑް ކެމަރަން ދިނެވެ. އެބައިމީހުންގެ މި ޙަފްލާ އޮތީ ބޮޑުވަޒީރު ދިރިއުޅޭ ރަސްމީ ގަނޑުވަރު ކަމުގައިވާ ޓެންތް ޑައުނިން ސްޓްރީޓްގެ ރޯސް ގާރޑްން ގައެވެ. އޭރު އެތަނަށް ދައުވަތު ލިބިގެން އައިސްތިބި އެއްޖިންސުގެ ނަހަމަ ގުޅުންހިންގާ މީހުންގެ ތެރޭގައި ގިނަ ޢަދަދެއްގެ 'ވިޔާނުދާ ފަންނާނުން' ތިއްބެވެ. މިގޮތުން ފިލްމުކުޅޭ ކަސްބީންނާ، އެކިއެކި ނުބައި ޢަމަލުތައް ކުރުމުގައި އެބައިމީހުންގެ ޢުމުރު ހޭދަކުރަމުންދާ، ގޮތްކުޑަކަމަށް މަޝްހޫރު މީހުން އެތަނުގައި މަޖިލިސްކޮށްގެން ތިއްބެވެ. މީގެ އިތުރުން އެއްޖިންސުގެ ނުބައިވެގެންވާ ގުޅުން ހިންގާއުޅޭ ސިޔާސީ މީހުންނާ، ވިޔަފާރިވެރިންނާ، އެފަދަ ނުބައި ގުޅުންތައް ހިންގާ މީހުންނަށް މާޟީ އެހީ ފޯރުކޮށްދޭ ފަރާތްތަކާ، އެކަމަށް ތާއީދު ހޯދުމަށް ވަކާލާތުކުރާ ފަރާތްތައް ވެސް އެތަނުގައި ތިބީ ބޮޑުވަޒީރު ޑޭވިޑް ކެމަރަން އެމީހުންނާ މުޚާތަބުކޮށް ދައްކަންއުޅެނީ ކޮން ވާހަކައެއްތޯ ބެލުމުގެ ބޭނުމުގަ އެވެ.

ބޮޑުވަޒީރު ޑޭވިޑް ކެމަރަން އެތަނުގައި ތިބި ވިޔާނުދާ މީހުންނަށް ހިތްވަރުދިނުމުގެ ގޮތުން ވަޢުދުތަކެއް ކުރި އެވެ. އޭނާ ބުނި ކަމުގައި ވަނީ އިނގިރޭސިވިލާތުގެ ކޮއެލިޝަން ސަރުކާރުން ތަފާތު ދީންތަކުގެ އަޅުކަންކުރާ ތަންތަނުގެ ތެރޭގައި އެއްޖިންސުގެ ދޭދޭ ފަރުދުން 'ކައިވެނިކޮށްދިނުން' ހުއްދަކުރުމަށްޓަކައި ޤާނޫނަށް ބަދަލުތަކެއް ގެންނާނެކަމަށެވެ. އެހެނީ އިންތިޚާބުގެ ކެމްޕޭން ތެރޭގައި ކޮންސަރވެޓިވް ޕާޓީ އިން ވަނީ އެއްޖިންސުން ޖިންސީގުޅުންހިންގާ މީހުންގެ 'ޙައްޤުތައް' ހޯދާދޭނެކަމުގެ ޔަޤީންކަން އެމީހުންނަށް ދީފަ އެވެ. އަދި މިކަމަކީ ފާއިތުވި ސަރުކާރުގެ ޕާލިމެންޓްގެ މަތިގޭގެ ގޮނޑިއެއްގައި އިން ލޯޑް އެލީ ވަރަށް މަސައްކަތް ކޮށްދިން ކަމެކެވެ. ބޮޑުވަޒީރު ޑޭވިޑް ކެމަރަން އޭނާގެ ކުރު ތަޤުރީރުގައި ބުނިކަމަށް ވަނީ، މި އަހަރުގެ ހޫނު މޫސުން މިއޮތީ ހަމައެކަނި ފުޓްބޯލައިގެ ފޯރި ނެގުމަށް ނޫންކަމަށެވެ. މީގެ އިތުރުން އިނގިރޭސިވިލާތުގެ އެތަންމިތަނުގައި އެއްޖިންސުގެ ނަހަމަގުޅުން ހިންގާ މީހުންގެ ޢީދުތަކާއި، އެއްވުންތަކާއި ހިނގާލުންތައް ބޭއްވުމަށެވެ. މިދިޔަ އަހަރު މިސްޓަރ ޑޭވިޑް ކެމަރަން ވަނީ އެފަދަ އެއްވުންތަކުގައި ބައިވެރިވެފަ އެވެ. އޭރު އޭނާ އަކީ އިދިކޮޅު ކޮންސަރވެޓިވް ޕާޓީގެ ލީޑަރެވެ. ބޮޑުވަޒީރު ހުންނަ ރަސްމީ ގޭގައި އޮތް މި ބައްދަލުވުމުގައި މިވަގުތު އިނގިރޭސިވިލާތުގައި އޮތް ކޮއެލިޝަން ސަރުކާރުގެ ބޮޑުވަޒީރުގެ ނައިބް ނިކް ކްލެގް ވެސް ބައިވެރިވި އެވެ. ނިކް ކްލެގް ނިސްބަތްވާ ލިބްރަލް ޑެމޮކްރަޓިކް ޕާޓީ އަކީ ކޮންސަރވެޓިވް ޕާޓީއަށްވުރެ މާ ފާޅުކަންބޮޑު ގޮތެއްގައި އެއްޖިންސުގެ ނަހަމަގުޅުން ހިންގާ މީހުންނާ އެނޫން މީހުން ހަމަހަމަކުރުމަށް ގޮވާލާ ޕާޓީއެކެވެ. އިނގިރޭސިވިލާތާއި އެނޫންވެސް ޔޫރަޕްގެ ޤައުމުތަކުގެ ސިޔާސީ ފަރާތްތަކުން ފިރިހެން އަދި އަންހެންކުޅީގެ މީހުންގެ ވޯޓް ހޯދުމަށްޓަކައި އެމީހުން ރުއްސުމުގެ ގޮތުން ތަފާތު ކަންތައްތައް ފަށައިގަނެގެން ކުރިޔަށް ގެންދެ އެވެ. މިގޮތުން ދާދި ފަހަކުން އިނގިރޭސިވިލާތުގެ ސްކޫލެއްގައި ޓީޗަރަކަށް އުޅުނު އަންހެނަކު އޭނާ އަކީ އަންހެންކުޅީގެ މީހެއްކަމަށް އެނގި ސްކޫލްތެރެއަށް ބޭޒާރުވުމުން ޕްރިންސިޕަލް އެ އަންހެން ޓީޗަރު އެތަން ދޫކޮށް ދިޔުމަށް ބުނެފައި ވާތީ، އެހެނިހެން ޓީޗަރުންނާ އޭނާ ތަފާތުކުރީކަމަށް ބެލެވިގެން ޤާނޫނީ ކޯޓަކުން އެ ޓީޗަރަށް 15000 ޕައުންޑް ދިނުމަށް ޕްރިންސިޕަލް އަށް އަންގާފައި ވެއެވެ. މިހިރީ ބަދު އަޚުލާޤިއްޔަތަށް ކުރިއެރުން ހޯދާދިނުމަށް މިއަދު އިނގިރޭސިން ކުރާ މަސައްކަތެވެ. އެކަމަކު މައިންބަފައިން އެމީހުންގެ ދަރިން ސްކޫލަށް ފޮނުވަނީ އެފަދަ ނުބައި މީހުންގެ އަތްމަތިން ކުދިން ތަރުބިއްޔަތު ކުރާކަށް ނޫނެވެ.
ދެން އިނގިރޭސި ބޮޑުވަޒީރު ޑޭވިޑް ކެމަރަން ގޮވި ކަނޑުކޮސްތަކަށް ބަލައިލަމާ ހިނގާށެވެ. އޭނާ ބުނީ، ކުރިންވެސް މި ކަމަކީ އެމީހުންނަށް ރަނގަޅުކުރެވިފައި ނެތް ކަމެއް ކަމަށެވެ. މާނައަކީ އެއްޖިންސުގެ ނަހަމަގުޅުން ހިންގާއުޅޭ ކަމަށް އިޢުލާނުކުރާ މީހުންގެ 'ޙައްޤުތައް' އެނޫން މީހުންނެކޭ އެއްވަރަށް ހޯދާދެވިފައި ނުވާ ވާހަކަ އެވެ. މިއީ ކުރަންޖެހޭ ކަމެއްކަން އިނގިރޭސިންނަށް އެނގެމުން އަންނަނީ ލަސްލަހުންކަމަށެވެ. މިކަމުގައި އެމީހުން ދަތުރުކުރަން އަދި ދިގު ރާސްތާއެއް އެބަ އޮތްކަމުގަ އެވެ. އެކަމަކު މިހާރު އެ ރާސްތާގެ ބޮޑު ބައެއް ކަޑައްތުކުރެވިފައި ވާތީ އޭނާ ފަޚުރުވެރިވާކަމަށް ބުންޏެވެ. ލަހެއްނުވެ އެއްޖިންސުގެ ދޭދޭ ފަރުދުން 'ކައިވެނިކުރެވޭނެ' ގޮތް ހަދާދެވޭނެ ކަމަށާއި، އެންމެންނަށްވާ ހަމަހަމަ ޙައްޤުތައް އެބައިމީހުންނަށް ވެސް ލިބިދިނުމަކީ ވަރަށް މުހިންމު ކަމެއް ކަމުގައި ބުންޏެވެ.
އިނގިރޭސި ބޮޑުވަޒީރު ޑޭވިޑް ކެމަރަން ދެއްކި ވާހަކައިގެ ބައެއް ތަންތަންކޮޅު އޭނާ ބުނިގޮތަށް ފާހަގަކޮށްލުމަކީ މުހިންމު ކަމެއް ކަމުގައި ދެކެމެވެ. އޭނާ ބުނީ، "މިއަދު އަހުރެން އުފަލާއެކު މި އިޢުލާނުކުރަނީ މިކަމުގައި ކުރިޔަށް އެއްފިޔަވަޅު އަޅާކަމުގެ ވާހަކަ އެވެ. އަދި އަހުރެން ޤަބޫލުކުރާގޮތުގައި މިއީ ރަނގަޅު ފިޔަވަޅެކެވެ. ޞައްޙަ ފިޔަވަޅެކެވެ. އަހުރެން މިހެން މި ބުނަނީ ކައިވެންޏަކީ ކުރަންޖެހޭ އެއްޗެއްކަން ޤަބޫލުކުރާ މީހެއްގެ ޙައިސިއްޔަތުންނެވެ. މަދަނީގޮތުން ޒަވާޖީގުޅުން ޤާއިމްކުރުމަކީ (ޝަރުޢީ ހަމަތަކުން ނޫންގޮތަކަށް ކައިވެނިކުރުމަކީ) ރަނގަޅުކަމެއް ކަމުގައި ދެކޭ މީހެއްގެ ހައިސިއްޔަތުންނެވެ. އަދިވެސް ދިރިއުޅުމުގެ ޙަޔާތުގައި ދެ ބައިވެރިއަކު ގުޅިގެން އުޅުން ބަލައިގަންނަ މީހެއްގެ ހައިސިއްޔަތުން ވެސް މެއެވެ. މި ބުނާ އެއްޗަކީ ދީނީ މުވައްސަސާތައް ކަމުގައިވާ ނަޞްރާނީންގެ ފައްޅިތަކާއި، މިސްކިތްތަކާއި، އެނޫންވެސް އަޅުކަންކުރާ އެންމެހާ ތަންތަނުގައި މަދަނީ 'ކައިވެނިތަކުގެ' ރަސްމިއްޔާތު ބޭއްވެންޖެހޭނެ ވާހަކަ އެވެ. (މާނައަކީ މިސްކިތްތަކުގައި ވެސް އެއްޖިންސުގެ ދޭދޭމީހުންގެ މެދުގައި 'ކައިވެނި' ކޮށްދެވެންޖެހޭނެ އެވެ.) އަދި އަހުރެމެން އެކަން އެގޮތަށް ކުރުވަންޖެހޭނެ އެވެ."
ބޮޑުވަޒީރު ޑޭވިޑް ކެމަރަން އިތުރަށް ބުނިގޮތުގައި އެއްޖިންސުގެ 'ކައިވެނިތައް' އަޅުކަންކުރާ ތަންތަނުގައި ކުރުމަށް ހުރި ހުރިހާ ޤާނޫނީ ހުރަސްތަކެއް ކޮންސަރވެޓިވް ޕާޓީގެ ސަރުކާރުން ނައްތާލާނެ އެވެ. މިހެންކަމުން މިއީ ކުރިޔަށް އެޅޭ މުހިންމު ފިޔަވަޅެކެވެ. އަދިވެސް ބުނީ އެއްޖިންސުން ޖިންސީގުޅުންހިންގާ މީހުންނާ މެދު ސްކޫލްތަކުގަ އާއި އޮފީސް ނުވަތަ ވަޒީފާ އަދާކުރާ މާހައުލުގައި އޮންނަ ތަފާތުކުރުންތަކާއި، ބިރުދެއްކުން ފަދަ ކަންކަން ނައްތާލެވޭނީ ހަމައެކަނި އެކަންކަން މަނާކުރުމަށް ޤާނޫނުތަކެއް ފާސްކޮށްގެން ނޫންކަމަށެވެ. މިކަން ކުރެވޭނީ ޘަޤާފަތަށާއި، އާދަކާދަ އަދި މީސްތަކުންގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް ވެސް ބަދަލުގެނެސްގެންނެވެ. ކެމަރަންގެ ވާހަކާގައި ލިބްރަލް ޑެމޮކްރަޓިކް ޕާޓީ އަށް ވަރަށް ޚާއްޞަ ޝުކުރެއް އަދާކުރެއްވި އެވެ. އެއީ އެ ޕާޓީގެ ފަރާތުން އެއްޖިންސުގެ ނަހަމަގުޅުން ހިންގާ މީހުންނަށް އެ ނޫން މީހުންނެކޭ އެއްފަދައިން ހަމަހަމަ ޙައްޤުތައް ހޯދާދޭން ކެމްޕޭންކުރާލެއް ބޮޑުކަމުންނެވެ. އިނގިރޭސި ލޭބަރ ޕާޓީ އިން ސަރުކާރުހިންގިއިރު އެއްޖިންސުގެ ދޭދޭ ފަރުދުން 'ކައިވެނިކުރުމަށް' ހުރި ހުރަސްތައް ކުޑަކޮށްދީފައި ވާތީ އޭރު އޮތް ލޭބަރ ޕާޓީގެ ސަރުކާރަށް ވެސް ޑޭވިޑް ކެމަރަން ޝުކުރުއަދާކުރި އެވެ. 16 ޖޫން 2010ގައި މިވަގުތު އިނގިރޭސިވިލާތުގައި އޮތް ކޮއެލިޝަން ސަރުކާރުން ވަނީ އެއްޖިންސުގެ ނަހަމަގުޅުން ހިންގާ މީހުންނަށް އެނޫން މީހުންނެކޭ އެއްފަދައިން ހަމަހަމަ 'ޙައްޤުތައް' ހޯދާދޭނެކަމުގެ ޔަޤީންކަން ދިނުމުގެ ގޮތުން ލިޔުމެއް ނެރެފަ އެވެ.
އެއްޖިންސުގެ ނަހަމަގުޅުން ހިންގުމަކީ ވަކި މީހަކު އެކަން ލިބިގަންނަ ކަމެއް ނޫންކަމަށާއި އެއީ އުފަންވާއިރު ވެސް ޠަބީޢީގޮތުން ބައެއް މީހުންގެ ފިޠުރަތުގައި ލައްވާފައިވާ ކަމެއް ކަމަށް ބުނެ ދުނިޔެއަށް އެންމެފުރަތަމަ އަޑު ފެތުރި މީހަކީ އެމެރިކާގެ ޑޮކްޓަރެއް ކަމުގައިވާ ސައިމަން ލެވޭ އެވެ. ނަމަވެސް ފަހުން އޭނާ ވަނީ އެ ވާހަކަތަކަކީ އަސްލެއް ނެތް ރޭވުމެއް ކަމަށް އެއްބަސްވެފަ އެވެ. މިއަދު ޔޫރަޕްގެ އެތަކެއް ޤައުމުތަކުގަ އާއި އެމެރިކާގެ ބައެއް ސްޓޭޓްތަކުގައި ވަޟުޢީ ޤާނޫނެއްގެ ދަށުން އެއްޖިންސުގެ ދެމީހުން 'ކައިވެނިކޮށްދޭ' ކަމުގައި ވެއެވެ. މިކަމަކީ އެއްވެސް ދީނަކާއި އަދި ފައްޅިއަކާއި ގުޅުމެއް ހުރި ނޫނީ ބެހެވޭނެ ކަމެއް ނޫންކަމަށް ބުނެ އެވެ. މިއީ މަދަނީ ޤާނޫނެއްގެ ދަށުން މަދަނީ ކޯޓްތަކުން ކޮށްދޭ 'ކައިވެނިތަކެއް' ކަމަށް ބުނެ އެވެ. ނަމަވެސް މިހާރު އެމީހުން ބޭނުންވަނީ މުސްލިމުންގެ މިސްކިތްތަކާއި، ފައްޅިތަކުގައި ވެސް މިކަން ކުރެވޭނެގޮތް ހަދާދިނުމަށެވެ. ދީނީ ހަމަތައް ޤަބޫލުނުކުރާ ބަޔަކު އަޅުކަންކުރާ ތަންތަނުގައި މިފަދަ ނުބައިކަންތައްތައް ހުއްދަކުރުމަށް ގޮވަނީ އެއްވެސް ބަޔަކު ދީނަށް އުޅުނަ ނުދިނުމުގެ މަޤުޞަދުގަ އެވެ.
އެއްޖިންސުން ޖިންސީގުޅުން ހިންގުމަކީ ހުޅަނގުގެ ޣައިރު މުސްލިމް ޤައުމުތަކުގައި ވެސް އާދަޔާ ޚިލާފް ބޮޑު ނުބައިކަމެއް ކަމަށް އެ ޤައުމުތަކުގެ ގިނަ ރައްޔިތުން ދެކެމުން އަންނަ ކަމެކެވެ. އެއްޖިންސުގެ ނަހަމަގުޅުން ހިންގާ މީހުންނަކީ އެންމެ މީހަކާއިއެކު އެކަން ކޮށްގެން ފުދޭ ބައެއް ވެސް ނޫނެވެ. އެހެންވީމާ ކީއްކުރަން ކުރާ 'ކައިވެންޏެއް' ހެއްޔެވެ؟ މިކަމަކީ ނަޞާރާއިން ވެސް ވަރަށް އިހުތިޖާޖްކުރާ މައްސަލައެކެވެ. ފިރިހެން އަދި އަންހެންކުޅީގެ މީހުންނަށް އެ ޤައުމުތަކުގައި ވެސް އެބުނާ 'ޙަޤުތަކެއް' އަދިވެސް ނުލިބެ އެވެ. އެފަދަ މީހުންނަށް ވަރަށް ގިނަ ތަންތަނުން ވަޒީފާ ވެސް ނުލިބެ އެވެ. ވަޒީފާއެއް ލިބުނުކަމުގައި ވިޔަސް ވަޒީފާއަދާކުރާ މާހައުލުގައި އެހެންމީހުންގެ މަލާމާތާއި ފުރައްސާރަ އާއި ކުރިމަތިލާންޖެހެ އެވެ. މީގެ އިތުރުން އެފަދަ މީހުންނާ މެދު މަގުމަތީގައި މާރާމާރީތައް ވެސް ހިންގަ އެވެ. ލިބިދާނެ ހުތުރު ނަމަކުން ސަލާމަތްވުމަށްޓަކައި އެބާވަތުގެ ގުޅުންހިންގާ ކަމަށް އެނގިފައި ތިބޭ މީހުންގެ ކިބައިން ގިނަ މީސްތަކުން ދުރުވެގަނެ އެވެ. މިހެންކަމުން ޔޫރަޕާއި އުތުރު އެމެރިކާގައި ވެސް އެއްޖިންސުގެ ނަހަމަގުޅުން ހިންގާ މީހުންނަށް ދިރިއުޅެންޖެހިފައި ވަނީ މުޖުތަމަޢުގެ ކިބަޅިފަރާތުގައި ހަދައިގެންއުޅޭ ވަކި ޖަމާޢަތެއްގެ ސިފައިގަ އެވެ.
އެއްޖިންސުގެ ނަހަމަގުޅުން ހިންގުން ހުއްދަކުރުމަށް ވަކާލާތުކުރާ ވަރަށް ގިނަ މީހުންގެ ޒުވާބަކީ ދުނިޔޭގައި އިންސާނުން ދިރިއުޅެން ފެށި ޒަމާނުގައި ބައެއް މީހުން އެއްޖިންސުގެ ނަހަމަގުޅުން ހިންގާއުޅުނު ކަމަށެވެ. މިހެންކަމުން މިއީ ފިތުރަތާއި ޚިލާފްކަމެއް ކަމުގައި ނުބެލެވޭނެ ކަމަށެވެ. ވީމައި މިކަން މަނާވެފައި އޮވެގެންނުވާނެ ކަމަށެވެ. މިމޭރުމުން ބަލާކަމުގައި ވާނަމަ ދުނިޔޭގައި އިންސާނުން ފުރަތަމަ ދިރިއުޅެން ފެށި ޒަމާނުގައި ޙައްޤަކާއި ނުލައި އެކަކު އަނެކަކު މަރާ ވެސް އުޅުނެވެ. އެހެންވީމައި ޙައްޤަކާއި ނުލައި މީހުން މެރުމުގެ ހުއްދަ އޮންނަންޖެހޭނެ ކަމަށް ވެސް ދައުވާކުރަންވީ ހެއްޔެވެ؟ އެއްޖިންސުން ޖިންސީގުޅުން ހިންގުން އެއީ އިންސާނީ ޙައްޤުތަކުގެ ތެރޭގައި ހިމެނޭ ކަމެއް ހެއްޔެވެ؟ މިހެންކަމުގައި ވާނަމަ ތިމާގެ އުފަން ދަރިންނާއެކު ޖިންސީގުޅުން ހިންގުން ވެސް އެއީ އިންސާނީ ޙައްޤެއްތާ އެވެ؟ އެހެނީ ބޮޑަތި ޚަރަދުތައްކޮށްދީގެން ނުހަނު ބުރަ މަސައްކަތުން އެކުދީން ބަލާބޮޑުކޮށް ހެދުމުގެ ބަދަލެއްގެ ގޮތުން ކޮންމެ މީހަކަށް ވެސް ލިބިދޭންޖެހޭނެ 'އިންސާނީ ޙައްޤެއްތާ' އެވެ؟ އިންސާނީ ޙައްޤުތަކޭ ކިޔައިގެން މީސްތަކުންނަށް ކަންކަން އޮޅުވާލަން އުޅުނަސް މިއީ ދެން ބޮޑުވަރެކެވެ. މިއަދުގެ ދުނިޔޭގައި އިންސާނީ ޙައްޤުތަކޭ ކިޔައިގެން އެންމެ ބާރަށް ހަޅޭއްލަވާ ބަޔަކީ އެއްވެސް ދީނެއް ޤަބޫލުނުކުރާ މީހުންނެވެ. މުސްލިމުންނަށް އެބައިމީހުންގެ ދީނުގައި އޮންނަގޮތަށް ދިރިއުޅުމުގެ ޙައްޤު ދޭންޖެހުނީމާ އެބުނާ އިންސާނީ ޙައްޤުތަކެއް ނޯވެ އެވެ.
އިނގިރޭސިވިލާތުގެ ކޮންސަރވެޓިވް ޕާޓީގެ ލީޑަރު އަދި އެ ޤައުމުގެ ބޮޑުވަޒީރު ޑޭވިޑް ކެމަރަން މިއަދު އަވަދިނެތި މަސައްކަތްކުރަނީ އެ ޤައުމުގައި އެއްޖިންސުން ޖިންސީގުޅުން ހިންގުން ޤާނޫނީގޮތުން ހުއްދަކުރެވޭތޯ އެވެ. މިވަގުތު އިނގިރޭސި ސަރުކާރު ހިންގުމާއި ހަވާލުވެ އޮތް ކޮންސަރވެޓިވް ޕާޓީ އަކީ ދިވެހި ސަރުކާރު ހިންގުމާއި ހަވާލުވެ އޮތް އެމް.ޑީ.ޕީ އާއި ވަރަށް ގާތްގުޅުންތަކެއް އޮންނަ ޕާޓީއެއްކަމުން ދިވެހިރާއްޖޭގައި ވެސް އެއްޖިންސުން ޖިންސީގުޅުން ހިންގުން ހުއްދަކުރުމަށް އިނގިރޭސިން ބާރުއަޅާފާނެކަމުގެ ބިރު އެބަ އޮތެވެ. 26 ސެޕްޓެމްބަރު 2009ގައި މިނިވަން ނިއުސް ވެބްސައިޓްގައި ވަނީ ދިވެހިރާއްޖޭގައި އެއްޖިންސުން ޖިންސީގުޅުން ހިންގުން ހުއްދަކުރުމަށް ގޮވާލައި އިނގިރޭސި ބަހުން ސިޓީއެއް ޝާއިޢުކޮށްފަ އެވެ. މިނިވަން ވެބްސައިޓާއި ދިވެހި ސަރުކާރާއި ގާތް ގުޅުންތަކެއް އޮންނަކަމަށް އެތަކެއް ފަރާތްތަކަކުން ތުހުމަތުކުރަމުން ދެއެވެ. އެފަހަރު މިނިވަން ވެބްސައިޓްގައި ޝާއިޢުކުރެވުނު ސިޓީ އާއި ގުޅިގެން ދިވެހި ރައްޔިތުން ޝަކުވާކުރަން ފެށުމުން ވަރަށް ކުއްލިގޮތަކަށް އެ ސިޓީ ވަނީ ވެބްސައިޓުން ނަގާފަ އެވެ. ނަމަވެސް ބައެއް ފަރާތްތަކުން އެއިރު ވަނީ އެ ސިޓީ ޑައުންލޯޑްކޮށްފަ އެވެ. Raajjeislam

No comments:
Post a Comment