ދިވެހި/އިސްލާމް އިޚްތިޔާރީ މާއްދާއަކަށް ހެދުމާއި ގުޅިގެން މަދަނީ އިއްތިހާދުން މިކަމާ ދެކޮޅަށް ސިލްސިލާ ޚަރަކާތްތަކެއް ހިންގަން ފަށައިފި
ދިވެހި ރާއްޖޭގެ ތަޢުލީމީ މުޤައްރަރުގައި ހިމެނޭ އިސްލާމް އަދި ދިވެހި، ރާއްޖޭގައި ކިޔަވަމުންދާ މަތީ ޡާނަވީގެ ދަރިވަރުންނަށް އިޚްތިޔާރީ މާއްދާޔަކަށް ހެދުމާއި ގުޅިގެން 100 އެތައް ޖަމްޢިއްޔާ ޖަމާއަތްތަކެއް ހިމެނޭ މަދަނީ އިއްތިހާދުން މިކަމާ ދެކެޅުހެދުމުގެ ގޮތުން ސިލްސިލާ ޚަރަކާތްތަކެއް ހިންގަން ފަށައިފިއެވެ.
މިކަމާއިގުޅިގެން މަދަނީ އިއްތިހާދުން ހާމަކޮށްފައިވަނީ އިސްލާމް/ދިވެހި ދެ މާއްދާ އިޚްތިޔާރީ މާއްދާއެއްގެ ގޮތުގައި ހަމަޖައްސާފައިވާތީ، މަދަނީ އިއްތިހާދުން އެކަން ހަރުކަށި ޢިބާރާތުން ކުށްވެރި ކުރާކަމަށާއި މިކަމަކީ ރައްޔިތުންނަށް ވަރަށް ބޮޑަށް ކަމުގެ އަސްލު ޙަޤީޤަތް އޮޅުވާލެވިގެން ތަޢްލީމް ކުރިއަރުވާ ނަމުގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ޑރ. މުސްޠަފާ ލުޠުފީ ހިންގާފައިވާ ޤައުމީ ޖަރީމާއެއް ކަމުގައި ހާމަކުރައްވާފައިވެއެވެ.
‘މިމައްސަލާއިގައި އެޑިޔުކޭޝަން މިނިސްޓްރީއިން ވަނީ ރައްޔިތުންނަށް ކަނޑައެޅިގެން ބުޙުތާނު ދޮގު ހައްދަވާފައިކަމުގައި’ މަދަނީ އިއްތިހާދުން ހާމަކުރައްވައެވެ.
މިކަމާއި ގުޅިގެން މަދަނީ އިއްތިހާދުގެ ކްރިޓިކަލް އެނަލިސިސް ކޮމިޓީއިންވަނީ މިކަން ދިރާސާކުރައްވައި ވީޑިއޯއެއް ތައްޔާރުކޮށްފައެވެ. DhiIslam

No comments:
Post a Comment