Friday, June 25, 2010

އަހަރެން ނަޞާރާވީ ކީއްވެ؟


ޙާތިމް

5 ވަގުތު ނަމާދަށް ދިޔުމަކީ މަށަށް ކުޅަދާނަ ކަމެއް ނޫނެވެ.

އެއްމަސް ދުވަސް ވަންދެން ބަނޑަށް އެއްޗެއް ނުލާ އަޅުކަމުގައި އުޅުމަކީ މަށަށް ވާނެކަމެއް ނޫނެވެ.

ޙަރާމްކަންތައްތައް ދޫކޮށް އެއާ ދުރުވެގެން ހުރުމަކީ ކެތްވާވަރުގެ ކަމެއް ނޫނެވެ.

އިސްލާމްދީނުގެ އަޞްލުތަކާ އެތްގޮތަށް އުޅުމަށްވުރެ އަހަރެން މާ ކަންނެތެވެ.

ބޭނުންވަނީ ބޭނުންގޮތަކަށް އުޅެވޭ ސިސްޓަމެކެވެ. ހިތަށް އެރި ވައްތަރަކަށް ތެޅެވޭ ދީނެކެވެ.

މިހެންތިއްބާ....

ލިބެނީ ޕެކޭޖެކެވެ. އޭގެ ޚިދުމަތްތައް ވަރަށް ޗާލެވެ.

ކުށާއި ފާފަތަކުން ދުރުވާކަށް ނުޖެހެއޯއެވެ.

ކިތަންމެ ނުބައިކަމެއްކުރިއަސް ފަރުވާލެއްނެތޯއެވެ.

އާނއެކެވެ. ޒިނޭކުރިއަސް، މީހުން މެރިޔަސް، ޤަޛުފުކުރިއަސް ވަރިހަމައޯއެވެ.

ވަކި ކަލޭފާނެއްގެ އިލާހުވަންތަކަމަށް ހެކިވެލުން އެކަންޏެވެ.

ހުރިހާ ފާފައެއް ފޮހެވުނީއޯއެވެ.

ކިތަންމެ ބޮޑު ފާފަވެރިއެއް ގޮތުގައި ދިޔަސް، ޢަފޫކޮށްދެއްވާނެއޯއެވެ.

އެހެންވީމަ، އެކަމަށް ހެކިނުވެ ތިބެންވީ ކީއްވެހެއްޔެވެ؟


އެކަމަކު، ދެން ބެދެނީ މާ ބޮޑު މަޅިއެއްގައެވެ.

އެކަލޭގެފާނުގެ ފޮތޭ ކިޔާ އެންސައިކްލޮޕީޑިޔާތައް ކިޔާ ދިރާސާ ކުރަން ޖެހެއެވެ.

ކުރިން ހުރި އުނދަގޫ ދީނުގެ ފޮތްވެސް މެއެވެ.

އެފޮތް ގަނޑު ކިޔައިގެން ކުށްހޯދަންވީއެވެ.

އެކަމަށް ފަރުވާ ކުޑަކުރާހިތްވަންޏާ އޮތީ އެންޓި-އިސްލާމީ ސަޢިޓްތައް ކޮނެ ހާވައިގެން އޭގަ ހުރި އެއްޗެއް ބަހުން ބަހަށް ތަރުޖަމާ ކޮށްލުމެވެ.

އެހެން އެންމެންނަށްވެސް މިޕެކޭޖުގެ ޚިދުމަތް ލިބިދިނުމަށެވެ.

****************************************************

ކުރުގޮތަކަށް ބުނާނަމަ، ގިނަ ބަޔަކު އިސްލާމްދީން ދޫކޮށް ނަޞާރާ ވަނީ ހުރި ކަންނެތް ކަމެއްގެ ބޮޑުކަމުންނެވެ.

ނަޞާރާދީން އެއީ ޙައްޤު ދީންކަމަށް ފެނުނީތީކީ ނޫނެވެ.

އިސްލާމްދީނަކުން ހަމަނުޖެހޭ ކަމެއް ފެނުނީތީއަކީވެސް ނޫނެވެ.

ހަމަ ކަންނެތީއެވެ.

އިސްލާމްދީނުގެ ޙަޤީޤީ ތަޢްލީމް އުނގެނޭ ވަރަށް ވުރެ ކަންނެތީއެވެ.

ދީނީ ދަރުސްތަކަށް ގޮސް އަޑުއަހާލަން މަޑުން އިނދެވޭ ވަރަށް ވުރެ ކަންނެތެވެ.


އެކަން ފިލުވާ ނުލާ އަނބުރާ އިސްލާމްދީނަށް ވަދެވުމަކީވެސް އުނދަގޫ ކަމެކެވެ.

---------ތާނައަކުރުން ނަޞާރާދީން ފަތުރާ މީހުންގެ ހާލަކީ މިއީ އެވެ.---------މުރާސިލް

1 comment:

  1. varah ves bodu thedheh thee..
    everinn ulhey ehen beynun ves vanee..
    biru veri vaan nuves ingeyni

    ReplyDelete