Friday, April 30, 2010

ރީކޯ މޫސަ ބަނގުރާ ވިއްކިކަމަށް އެއްބަސްވެއްޖެ

ރީކޯ މޫސާ މަނިކު މިކަމަށް އެއްބަސްވެފައި ވަނީ 17 ވަނަ ރައްޔިތުންގެ މަޖިލީހުގެ 102 ވަނަ ޖަލްސާގައެވެ. ރީކޯ މޫސާ މަނިކަގެ ކާރުން ވެސް ވަނީ ބަނގުރާ ކޭސްތަކެއް ފެނިފައެވެ. އަދި މިދިވެހި ފަސްގަނޑުގައި ރީކޯ މޫސައަށް ބަނގުރާ ދިންކަމަށް ބުނާ މީހެއްގެ ޚަބަރުވެސް މިހާރު އެބަފެތުރެއެވެ. ރީކޯމޫސާމަނިކު މަޖިލިހުގައި ބަނގުރާ ވިއްކިކަމަށް އެއްބަސްވެ ބުނެފައިވެއެވެ. " އަޅުގަނޑަށވުރެ ގިނައިން ރާ ވިއްކި މީހުން މިތަނުގައި އެބަތިބި" އިތުރަށް ޔަޤީން ކުރެއްވުމަށް މަޖިލިހުގެ 13 އެޕަރީލް 2010 ދުވަހުގެ ޔައުމިއްޔާ ބައްލަވާ.



Read more...

ހެކި ބޭނުންވާ މީހުންނަށް ތިމަން ﷲ، ވަށައިގެން މިވާ ހެކިތައް ނުދައްކަވަންތޯއެވެ


އެތީސްޓުން 2
އަޅުގަނޑު އިސްލާމް ދީން ޤަބޫލު ކުރީ މިސަބަބާ ހުރެ...

މަންމަޔާއި ބައްޕަ ވަކިވި ދުވަހެވެ. ބައްޕަ މަރުވި ދުވަހެވެ. ރަހުމަތްތެރިން ގެއްލުން ދުވަހެވެ. ހިތާމަވެރި ކަން އިންތިހާއެވެ. ނަމަވެސް އެޔަށްފަހު އަހުރެން ދިރި މިއުޅެނީ ކީއްކުރަން ބާވަ އޭ ހިތައް އަރައެވެ. ކުރިން ހީކުރާގޮތާއި ތަފާތަށް މިފަހަރު މީގަވެސް ކޮންމެސް ކަމެއް އޮންނާނެއޭ ހިތައް އަރައެވެ. ދެން ތިމަންނަ ކްރިސްޓިޔަނުންނާއި، ޔަހޫދީން ނާއި، ހިންދޫން ނާއި... މި ދީންތައް ކުޑަކޮށް ބަލައި އުޅެން ފެށީމެވެ. އަހުރެން ބޮޑަށް އޮތީ އޭރުވެސް ކްރިސްޓިޔަން ދީނުގައެވެ. އަހަރެން އެއްދުވަހަކު ޗާރޗަކަށް ދިޔައީމެވެ. އެދުވަހު އެމީހުން އެކީ އެއްޗެއްގައި ކަލާންގެ އަހުރެންދެކި ލޯބިވޭ ކިޔާ އަޑުއިވިގެން ހިތައްއެރިއެވެ. "ކަލާންގެ ލޯބިވޭ؟ މަ ބައްޕަ މަރުވީޔޯ ދެން؟"

އެއްދުވަހަކު ތިމަންގެ ގާތުގައި ތިމަންގެ ކްރިސްޓިޔަން ރައްޓެއްސެއް ކޮން ކޮން ދީންތަކެއްތޯ މިވީހާތަނަށް ހޯދުނީ އެއްސެވެ. ތިމަން އެ ލިސްޓް ކުޑައިކޮށް ކިޔައިދިނީމައި އިސްލާމް ދީނުގެ ވާހަކައިން އެހިއެވެ. އަހުރެން އެވަގުތު "އިސްލާމް! ޓެރަރިސްޓުން. މަ ބޭނުންނުން އެ ކިޔަވާކަށެއް" މިހެން ބުނީމެވެ.
އެކަމަކު މިހެން އުޅެމުން ގޮސް ތިމަން ނަޔަށް ދިމާވި މުސްލިމް އަޚަކު ތިމަން ނަޔާއި ރަހުމަތްތެރި ވިއެވެ. ނަމަވެސް ތިމަން އެންމެ އަޅައިގެން ކަމަކީ ތިމަން އޭނަޔާއި ސުވާލެއް ކޮށްފިނަމަ ޖަވާބު ދިނުމުގެ ބަދަލުގައި ޤްރްޢާން ފޮތް ހުޅުވާފައި އެޖަވާބު ދައްކާފައި ކިޔާށޭ ބުނެއެވެ. ކްރިސްޓިއަނުން މިބައި ވަރަށް ކަމު ނުދެއެވެ. އެމީހުންގެ އެއް ޗާރޗަކުން ބުނާ އެއްޗަކާއި އެހެން ތާކުން ބުނާ އެއްޗަކާއި ތަފާތެވެ. ނަމަވެސް އުނދަގޫ ސުވާލު ތަކެއް ތިމަން ނަޔަށް ކުރިމަތިވިއެވެ. މިއިން ކަމަކާއި މުސްލިމް އަޚާ ގާތުން ކަލޭގެ ޚިޔާލަކީ ކޮބައިތޯ އެހުމުން ޖަވާބުގައި "ﷲ ގެ މި ފޮތް ކުރިމަތީގައި މަ އޮންނާނީ ކޮން ޚިޔާލެއްތޯއެވެ" މިހެން ބުންޏެވެ. މާޝާﷲ އަހުރެން ދުވަހަކު ވެސް އަޚާގެ އެ ބަސްތަކެއް ހަދާނެއް ނުނެތޭނެއެވެ.
ދެން ޤުރްޢާން ކިޔަވަމުން ގޮސް އޭގަހުރި ސައިންޓިފިކް އާޔަތްތައް އަހަރެންގެ ހިތް ދަމައި ގަތެވެ. "ޖެނެރަލް" ކޮށް ބުނެދީފައި އޮތް އެފޮތުން ތިމަންނަޔަށް ކުށެއް ނުފެނުނެވެ. އެކަނި މާއެކަނި ވަރަށް ފުންކޮށް މި ޚިޔާލުގެ ތެރެއަށް ގެއްލި އިނީމެވެ. އަދި ދެން އިސްލާމް ވާންވީ ބާ އޭ ނުވާންވީ ބާއޭ ހީވާ ދެމެދު އިނދެފައި ދެން އެއްލި ގަނޑުގެ ފުރަތަމަ ސަފްޙާގައި "ހެކި ބޭނުންވާ މީހުންނަށް ތިމަން ﷲ، ވަށައިގެން މިވާ ހެކިތައް ނުދައްކަވަންތޯއެވެ. އިރާއި،ހަނދާއި، ތަރިތަކާއި..... ވިސްނޭބަޔަކަށް މިތަކެތި ހެއްކަކަށް ފުދެއެވެ" މިފަދައިން އޮތް އާޔަތަކާއެވެ. ޖެހިގެން އައި ދުވަހު އިސްލާމް ވުމަށްޓަކައި މިސްކިތަށް ދިޔައިރު ހާހެއްހާ މީހުން ތިއްބަ ފެނުނެވެ. ނަމަވެސް ޝަހާދަތް ކިޔާލެވުން އިރު ހީވީ ފެންވަރާލެވުން ހެނެވެ.

މި ދިވެހިންނަށް ނަސޭޙަތަކަށް އަދި އެއް ވާހަކަ ކިޔައި ދެމެވެ. ﷲ އަށް އަޅުކަން ކުރުމުގައި މީހަކު 500 އަހަރު ހޭދަކުރި އެވެ. އޭނަޔަށް ޓަކައި އޭނަގެ ގެ ކައިރިން އަންނާރު ގަހެއް ފަޅުއްވައި ދެއްވެވިއެވެ. އަދި ދެމޭ ފެންގަނޑެއްވެސް އެ ގޭގެ ގާތުގައި ލެއްވެވި އެވެ. އެމީހާ އެގަހުން ކައިގެން އެ ފެންގަނޑުން ފެންބޮއެގެން އުމުރު ދުވަހު އަޅުކަންތައް ކޮށްފައި މަރުވެގެން ދިޔައީއެވެ. ނަމަވެސް މަޙުޝަރު ބިމުން އޭނާ ދަންނަވާނެ ކަމުގައި ވެއެވެ. ތިމަން ކުރި ޢަމަލުތަކުގެ ސަބަބުން ތިމަން ސުވަރުގެ ވައްދަވާށެވެ. (މާނައީ ﷲ ގެ ނިޢުމަތުގެ މައްޗަށް ތިމަން ގެ ހެޔޮކަންތަށް އިތުރުވެފައި ވާނަމައެވެ). އެހިނދު ހިސާބު ކޮށްލެވޭނެ ކަމުގައި ވެއެވެ. ނަމަވެސް... އެ 500 އަހަރުގެ ހެޔޮކަން އެމީހާގެ ލޮލުގެ ފެނުމުގެ ނިޔުމަތް ވެސް އަގުކޮށް ނުނިމޭހާވިއެވެ. މިމީހާ އެހެނަސް (ﷲގެ ރަޙުމަތް ފުޅުން) ސުވަރުގެ ވައްދަވައެވެ.

މި ހުންނަނީ ވިސްނާ މީހުންނަށް ޢިބުރަތެކެވެ. ދަންނަވާލަން ބޭނުންވަނީ މިފަދަ އަގުބޮޑެތި ކިތައް ނިޢުމަތް އިންސާނާގެ މި ހަށިގަނޑުގައި ވެސް ލެއްވެވިތޯއެވެ. ނަމަވެސް ބޮޑައިވެ އެއީ ހަމަ ހުރެފަ ދެން ވީ ކަމެކޭ ބުނެ ދެކޮޅު ހަދައި ގަންނަނީ އެވެ. ދުނިޔޭގައި ފަސޭހައިގައި އުޅެން ވެގެން ވިސްނާ މީހުން މިފަދައިން ވިސްނާނެއެވެ، ނަމަވެސް އާޚިރަތް އައީމައި.....

ދަންނަވާލަމެވެ. ހަމަ މި ދިވެހި ފަސްގަޑަށް ނިސްބަތްވާ މީހަކު އެތީސްޓްވެގެން މި އަޅުގަނޑަށްވެސް ކިޔައިދިނެވެ. ދިވެހިން ނަށް ހީވާގޮތުން މިއީ ވަރަށް އަޤީދާ ވަރުގަދަ ބައެކެވެ. ނަމަވެސް އެހެން ދީންތަކުގެ އެއްޗެހި ކިޔަވާ އިސްލާމް ދީނާއި ދެކޮޅު އެއްޗެހި ކިޔަން ފެށުމުން އެކަން ކަން ޤަބޫލު ކުރެވެއެވެ. އެހެނީ އަހަރެމެން ނަކީ ދީނުގެ ހަވާސާ ވެސް ނޭނގޭ ޖާހިލު ބައެކެވެ. މިސަބަބަށްޓަކައި އިސްލާމް ދީނާ ދުރު ތަކެތި ކިޔުން ޢިލްމުވެރިން މަނާކުރެއެވެ. އަދި ޤިޔާމަތް ދުވަހުން އެންމެ ޢަޒާބު ބޮޑު އެއްބައި ގެ ތެރޭގައި މި މާތްވެގެން ވާ އިސްލާމް ދީނުގައި ތިބެ އެދީނުން ބޭރުވެދާ މީހުންވެއެވެ. لاَ تَعْتَذِرُواْ قَدْ كَفَرْتُم بَعْدَ إِيمَانِكُمْ.... (ތައުބާ: 65)

ދިވެހިން ނަކަށް މިހާވަރުވެސް ނުވިސްނެ އެވެ. މައިންބަފައިންނާ ދުރަށް ބޭރަށް ކިޔަވަން ދެވުނީމައި ހީވަނީ ސުވަރުގެ ލިބުނީ ހެންނެވެ. ހިތު ހުރިގޮތަކަށް އުޅެ ނަގަނީ އެވެ. ދީން ދޫކުރަންވީމައި "އާނ މިޔޮތީ މާ ބޮލަށް ފަސޭހަ ގޮތެކޭ" ކިޔާ އެވެސް ދޫކުރަން ވީއެވެ. (އަންހެން ކުދިން) ބޭނުން ފިރިހެނަކާއި އެކު ނިދަންވީމަ ނިދަންވެސް ވީއެވެ. ހިތާމަ ހުއްޓެވެ. މި އަޅުގަނޑުގެ ގާތުގައި މި ދިވެހި ޤައުމުގެ ކުދިން އުޅޭ ހަޑި ގޮތުގެ ވާހަކަ ފެންކަޅިވެގެންހުރެ އެހެން ޤައުމެއްގެ އަޚަކު ކިޔައި ދިނެވެ. ރުޅިއައެއްކަމަކު އަހުރެންގެ ޤައުމެވެ. އެޤައުމަކަށްޓަކާ ފަޚުރުވެރިވާ ޤައުމެވެ. އަހުރެންގެ ދީބެވެ. އަހުރެންގެ ފަސްގަނޑެވެ. އެފަސްގަނޑަށް އުފަން ރަނޑާލި ބަޔަކާއި ހުރެވިޔަސް ބުނާނީ ވަކި ކީކޭހެއްޔެވެ.

މިމީހުން ނަށް ކަމު ނުދަނީ މި އިސްލާމް ދީނެވެ. ސަކަރާތްވީ އިސްލާމީ ޙައްދުތަކެވެ. ކަޓުވީ ﷲ ފޮނުއްވެވި ފޮތެވެ. ނަމަވެސް ލޯބީގެ މެސެޖެއްވެސް އެފޮތުން ކޮޕީ ކޮށްގެން ނޫނީ ފޮނުވޭކަމަކަށެއްނުވެއެވެ. ޤަބޫލު ކުރާނެ ކަމެއް ނެތެވެ.
If the trees were pen and ocean were paint, it is not enough for me to tell how much I love you
ނަމަވެސް ލުޤުމާން ސޫރަތުގެ މި 27 ވަނަ އާޔަތައް ބައްލަވާށެވެ...

And if all the trees on the earth were pens and the sea (were ink wherewith to write), with seven seas behind it to add to its (supply), yet the Words of Allah would not be exhausted

ޤަބޫލު ކުރާނެ ކަމެއްނެތެވެ. އަދިވެސް ދެކޮޅު ހެދެން އޮތިއްޔާ ކަށްވަޅާއި ހަމަޔަށް ދަންދެން ދެކޮޅުހަދާށެވެ. ނަމަވެސް ﷲ ގަންދީ ހުވާކޮށް ބުނަމެވެ. ތިޔަބައި މީހުން މަރުވާނެކަމަށް ކުރާ ޔަޤީންކަމުގެ 17 ގުނަ އަށް ތިޔަބައި މީހުންގެ ހިސާބު ނުބައްލަވާ ދޫނުކުރައްވާނެކަމަށް މި ޤުރުޢާން ހެކިކޮށް ވަޢުދުވަމެވެ. މަރުވެދާނެކަމާއި މެދު ޝައްކު ކުރިޔަސް ޙިސާބު ބައްލަވާނެ ކަމާއި މެދު ޝައްކެއް ނުކުރަމެވެ. 21 ވަނަ ޤަރުނަށް ނިސްބަތް ވީތީވެ ހިތާމަ ކުރަމެވެ. މިމީހުންގެ ބުއްދިތައް ބެދި ބަންދުވީ މި އިން މީހަކަށް އިތުރަށް ވިސްނުނީ ކޮންއެއްޗެއްތޯއެވެ. މުރާސިލް


Read more...

Thursday, April 29, 2010

The question Darwinism and materialism will never be able to answer: what is the origin of life?

HARUN YAHYA.COM
Data from the geological, geochemical, and fossil records all place impossible constraints on naturalistic scenarios. Life arose rapidly and early in Earth’s history - as soon as Earth could possible support it. Origin of life researchers recognize that life had no more than tens of millions of years to emerge. Life also appeared under amazingly harsh conditions - conditions that would not allow life to survive, let alone originate.
Earth’s first life was complex chemically… Consistent with this. Investigators have discovered that life in its most minimal form requires an astonishing number of proteins that must be spatially and temporally organized within the cell.
Many [under the leadership of militant atheist Richard Dawkins converted to the Space Religion] now speculate that life may have originated somewhere other than on Earth. read more
Read more...

Wednesday, April 28, 2010

Tuesday, April 27, 2010

މިނިވަން އޮންލައިން ހެކްކޮށްފި

މީދެން ކިހާ ދެރަކަމެއް. ރީދޫ ބާގައަށް ހާދަ ހަޖަމުނުކުރެވެއޭ ދޯ. މީއަނެއްކާ ހާމަކުރާ މީހާގެ ކަމެއްބާ


Read more...

ޖިބުއެގެ މަރުވުން


ހުސެން:އޭނަ ބަޔަކު މެރުމަށް ގޮވާލި ގޮވާލުމަކީ ދީނީ ގޮތުންވެސް ހުއްދަ ކަމެއްގެ ގޮތުގައި އަޅުގަނޑު ދެކެމެވެ. ފުރަތަމަ ކަމަކަށް އޭނަ އެފަދަކަމަކަށަ ގޮވާލީ މުޅި ރާއްޖެއްށް މަޝްހޫރު ފިރެހެން ކޅ ހިއްލަތު މެރުމަށެވެ. ދީނުގައި އެފަދަ އަމަލެއް ކުރާ މީހަކަށް ދޭން އޮންނަ އަދަބު "ހާމަ" އަށް އެނގޭނަމަ އެއީ މައްސަލައެއް ކަމަކަށް ނުދެކުނީހެވެ. އެއީ މައްސަލަޔަކަށްވެގެން ދުވެ ނެގީ ދީނުގައި އެކަމަށް އޮތް އުޤޫބާތް ނުދަންނަ މީހުންނެވެ. ނުވަތަ އިސްލާމީ ޝަރީޢަތަށްވުރެ ވަޟައީ ގާނޫނުތަށް މާ މަތިވެރިކަމަށް ގަބޫލުކުރާ މީހުންނެވެ.
ހާމަ: އަޅުގަނޑު އެއްގޮތަކައްވެސް ހިއްލަތާއި ޑީއޯ ސައްޕޭ ދިފާއެއް ނުކުރަމެވެ. ދީނަށް ޖޯކު ޖަހާ މީހުންނަކީ މުސްލިމުންނެއް ނޫނެވެ. އެހެން ނަމަ ވެސް، އެމީހުންނައް ހައްގު އަދަބު ދޭން ޖެހޭނީ އިސްލާމީ ދައުލަތުގެ ފަރާތުންނެވެ. ކޮންމެ މީހަކު އަމިއްލައަށް ޝަރީއަތުގެ ހުކުމް ތަންފީޒު ކުރަން ފަށާފިނަމަ މުޖުތަމައުގައި ލޭ އޮހޮރިގެން ދާނެއެވެ. ޖިބުއެ ފަދަ މީހުންގެ ލިޔުންތަކުގެ ސަބަބުން އަހަރެމެންގެ އިސްލާމްދީނާ ދެކޮޅު ލާދީނީ ހިއްލަތު މެންފަދަ މީހުންނައްފުރުސަތު ލިބެއެވެ. މިއީ ހަގީގަތެވެ.
ސީނު: ޖީބުއެ ގޮވާލީ އިސްލާމި ދައުލަތުގެ ފަރާތުން. ހިއްލަތާއި ޑިޔޯސައްޕެގެ ބޯކެނޑުމަށެވެ. ރާއްޖޭގައި އިސްލާމީ ޝަރީޢަތް ބާއްވާލެއްވިގޮތަށް ތަންފީޒު ކުރެވޭހެއްޔެވެ. ހާމަގެ ތިޔާ ކޮމެންޓަށް ދެކޮޅެއް ނަހަދަމެވެ. ދައުލަތުން ދިވެހި ލާދީނީ ސައިޓްތަކާއި ބްލޮގޮތަށް މަނާކުރެވޭތޯއެވެ؟
ޙާތިމް: ޖިބުއެ އެއްވެސް ހުސެއިނެއްވެސް ނުބުނެ ކަންނޭގެ ހިއްލަތާ ތިބުނާ ސައްޕެއެއް މަރަންވީ އަމިއްލައަކަށޭ...
ހުސެން: ކޮމެންޓް ކުރި ހުސެއިން ޖިބުއެއަށްވުރެން ވަކި ސަހަލުތަ؟

އަސްލު: ވާހަކައެއް ބުނަން ހެއްޔެވެ.އަސްލަކީ ޖިބުއެގެ ވަރަށް ބޮޑު ފޭނެކެވެ.މިނިވަން އޮންލައިން ބްލޮގްގައި އެއްގޮތް ކަމެއް ހުއްޓަސް ލިޔުން ތެރިކަމާއި ލިޔުމުގައި ހުންނަ ބަހުރުވަ ވަރަށް ތަފާތެވެ.ފަހަރުގައި ޖިބުއެ ގޮތަށް ބޮލޮގެއް ހަދައި މަޝްހޫރުކަން ހޯދުމަށް ކަމަށް ވެސް ވެދާނެއެވެ.އެކަމަކުވެސް ޖިބުއެގެ ލިޔުންތަކާއި ގާތް ކުރާވަރެއްވެސް ނުވެއެވެ.މި ބްލޮގުތަކުގެ ތެރެއިން ހަމަ ޖިބުއެ ވަރެއް އަދި ނުފެނެއެވެ.ކޮންމެ ނަމެއްގައި ނަމަވެސް ޖިބުއެ އަލުން އައުމަކި އަހަރެންގެ ވަރަށް ބޮޑު އުއްމީދެކެވެ.
ތުހުމަތު:

ހާމަކުރާ މީހާ ކިތަންމެ ރުޅި އަޔަސް ޖިބުއެ ބުލޮގަކީ ވަރަށް ފައްކާ ބުލޮގެކެވެ. އޭގައި މިސަރުކާރުގެ ވަރަށް ގިނަ ކަންތައްތަކެއްގެ ޙަޤީޤަތް ވަރަށް ފުރިހަމައަށް ގެނެސްދީފައިވެއެވެ. އެއީ ކޮންމެ މީހަކަށް ކެންޕޭނުކޮށްދޭ މީހަކަށްވިޔަސް އެއީ އަހަރަމެންނާ ބެހޭކަމެއް ނޫނެވެ. އަހަރަމެން ބަލަނީ ލިޔުމުގެ އޮއްޓަރަށެވެ. ޖިބުއެ ބުލޮގާމެދު ސަރުކާރު ކަންބޮޑުވީވެސް އެހެންވެގެންނެވެ. އަދި ތިޔަ ބިނާގޮތަށް އެއީ އެކަކުހިންގާ ދެބުލޮގުކަން ސާބިތުކޮށްދޭނެ އެއވެސް ހެއްކެތް ހާމަކުރާ މީހާގެ އަތަކުނެތެވެ. ތިޔައީ ހަމަ އެކަނި ތުހުމަތެކެވެ.
ސީނު: ޖިބުއެ ބްލޮގް ހެކްކުރުމަކީ ރީދޫކުލައިގެ ސަރުކާރުގެ ފެންވަރު އަންގައިދޭކަމެކެވެ. އެއީ ޙަޤީޤަތަކަށްވާތީ ހަޖަމްނުކުރުރެވިގެންނެވެ.
ޖަބަލު: އަޅުގަޑަކީވެސް ޖިބުއެ ލިޔުންތަކަށް ވަރަށް ތާއީދުކުރާ މީހެކެވެ. މިނިވަން އޮންލައިން އަދި އުޅެނީ މާފަހަތުގައެވެ. ޖިބުއެގެ ލިޔުންތަށް ފަދަ ލިޔުންތަކެއް އަދި މިނިވަން އޮންލައިނަކުން ނުފެނެއެވެ. ކޮންމެ ނަމެއްގައިވިޔަސް ޖިބުއެގެ ލިޔުންތައް ފެންނާނެކަމަށް އުއްމީދުކުރަމެވެ. އަޅުގަނޑަށްވެސް ހީވަނީ މިލިޔުމަކީ މިނިވަން އޮންލައިންގެ އިޝްތިހާރެއް ހެންނެވެ. މިނިވަން އޮންލައިންވެސް ފުދޭވަރެއްވެއެވެ. އެކަމަކު ޖިބުއެ ކައިރީގައި ހަމަ ސުމެކެވެ. އުއްމީދުކުރަނީ ރަގަޅުވާނެކަމަށެވެ.
ހީލާ: ޖިބުއެ ގެ ބްލޮގް ހަމަ ވަރަށް ފައްކާ ކުޑަކޮށް ބަހުރުވަ ރަނގަޅު ކޮށް ހުރިނަމަ ވވވ ފައްކާވީސް. ވަކި މީހަކަށް ޚާއްޞަ ވާނަމަ ޖިބުއެގެ އުސޫލުން ބޭރުވެފައިވާކަމަށް ބެލެވޭ ވީމާ، ތިޔަބުނާ މިނިވަން އޮންލައިން ވެސް ވާންޖެހޭނީ ހުރިހާ ދިމާއެއް ބަލައި ފެންނަ ލޮލަކަށް
ޖިބުއެގެ ފޭނެއް: މި ލިޔުން ކިޔާލުމުން ދޭހަވީ "ހާމަކުރާ މީހާ" ޖިބުއެ އަށް ލިބުނު މަޝްހޫރުކަމާ ހަސަދަވެރިވެގެން ލިޔެފައިވާ ލިޔުމެއް ކަމެވެ. ކަލެއަކަށް ޖިބުއެ އާ ހަމައަށްވެސް ވާސިލެއް ނުވެވޭނެއެވެ. ގޫގުލްއިން ބްލޮގަރ ގެ ޚިދުމަތް ދޭ ކަމަށް ވަންޏާ ޖިބުއެ ކަހަލަ ކެރޭ ދިވެހި ދަރިން ކިތަންމެ ނަމަކު ކިތަންމެ ބްލޮގެއްވެސް ހިންގުމަކީ ދުރުގައިވާ ކަމެއް ނޫނެވެ. މީހަކަށް އެއްޗެއް ލިބޭތީ އެކަމާ ހަސދަވެރި ނުވުމަށް "ހާމަ ކުރާ މީހާ" އަށް ގޮވާލަމުން ނިންމާލަމެވެ. ޝުކުރިއްޔާ!

Read more...

ތިޔަކަހަލަ މީހުނަށް އުސްތާޛް ކިޔަންވިސް ފަސްޖެހޭ


ހަސަންލަތީފަކީ އެންމެ ގިނައިން ލާރި ނެތް ވާހަކަ ގޮވާ އެކެކެވެ. އެންމެފަހުން ބޭއްވި ސާފް ޗެންޕިއަން ޝިޕްގައިވެސް މީނާވަނީ ޤައުމީ ޓީމުގެ ކުޅުންތެރި ކައިރީ ޗެމްޕިއަންކަން ހޯދިއަސް އިތުރު ފައިސާ ނުދެވޭނެކަމަށް ބުނެފައެވެ. އަދި ސާފްގޭމްސް އަށް ވެސް ރާއްޖޭގެ ޓީމުތައް ފޮނުވީވެސް ފާޑުފާދުގެ ފަންޑުތައް ހުޅުވައިގެން ޢާންމުން އަތުން ފައިސާ ހޯދައިގެންނެވެ. ދެން މިހާރު މީނާ މިނެތް ފައިސާ ހޯދައިގެން މިއުޅެނީ ކޮންތާކުންބާއެވެ؟ އެއީ ހަމަ ދިވެހިރައްޔަތުން ބަނޑަށް ޖައްސައިފަވެސް ގެންނަވަރުގެ ކުޅަދާނަ ބަޔަކީ ބާއެވެ. ފާހިޝްކަންތައްތައް ކުރަންވީމަ މިސަރުކާރުގަ ފައިސާވެސް މަދުކަމަކަށް ނުވެއެވެ. އިތުރުން


Read more...

Monday, April 26, 2010

އަނެއްކާ ބޮޑު ދާއްބަ ޖިބުއެ އެރީބާ


ޖިބުއެ މަރުވުމާއި މިނިވަން އޮންލައިން އުފަންވުން
ހާމަކުރާ މީހާގެ މޭޒު / ރައީސް އޮފީހުގައި ޖިބުއެ ހިންގި މޭޒުން (މިހާރު މިމޭޒަކީ ހާމަކުރާމީހާގެ މޭޒެވެ.)- އެހެންޏާ މިއީ ހުރި މޭޒެއްވެސް ނޫނެވެ.

އާދައިގެ މީހަކު އޭނާގެ ސައިޒުން މަސައްކަތެއް ކުރަމުން ދަނިކޮއް، އޭނާއައް ލިބެންޖެހޭ ވަރައްވުރެ ބޮޑު ސަޕޯޓެއް ލިބޭހެން ހީވީމާ، ދެން ވާނޭ ގޮތް ވާނެއެވެ. އޭރުން އޭނާއައް ހީވާނީ މަ ވަރައް މޮޅުހެންނެވެ. އަދި މަށައް މާ މޮޅު ކަމެއް ކުރެވޭ ހެންނެވެ. ދެން އޭނާ ހުންނާނީ ބަޠަލު ވެފައެވެ

ޖިބުއެ ބްލޮގައް ވެސް ވީ އެހެންނެވެ. ޖިބުއެގެ ނަމުގައި ބްލޮގް ހިންގުމުގެ ކުރިން ބްލޮގް ހިންގަން ފެށި މީހަކު، އޭނާ ބްލޮގް ހަދަން ފެށި މަގުސަދު ހަނދުމަ ނައްތާލައި، މުޅިން ސިޔާސީ މައްޝޫރު ކަމެއް ހޯދަން މަސައްކަތް ފެށީއެވެ.
ކަން ދިމާކުރި ގޮތުން ޖިބުއެ މިނަމުގައި ހިންގަން ފެށި ބްލޮގް ހިންގަން ފެށި ދުވަސްވަރަކީ ރާއްޖޭގައި ސިޔާސީގޮތުން އިންޓަނެޓުގައި ސަރުކާރާ ދެކޮޅު ލިޔުންތައް ފިނިވި ދުވަސްކޮޅެކެވެ. ރާއްޖޭގެ ސިޔާސީ މަސްރަހުގެ ހަލަބޮލިކަމާއެކު ޖިބުއެ ލިބުނު ފުރުސަތުގައި އޭނާގެ ބްލޮގުން ރައީސް ނަޝީދުގެ ސަރުކާރައް ވަރައް ފާޅުގައި "ބަވަން" ފެށިއެވެ. އެވަގުތު އިދިކޮޅު އެންމެން ޖިބުއެގެ ފަސްބައިގައި އެލިގަތްހެން އޭނާއައް ހީވިއެވެ. އިހުސާސެއް ނުވަތަ ހުވަފެނެއްގެ ޒަރީއާއިންނެވެ.
ކޮންމެއަކަސް، ޖިބުއެގެ ބްލޮގުގެ ހިޓު ގިނަވާހެން ފެންނަ ވަރަކައް އޭނާއަކީ މައުމޫނުގެ ދައުރުގައި އަންނި ވީހެން، އަންނިގެ ދައުރުގެ އިދިކޮޅު ބަތަލުގެ ގޮތުގައި ސިފަވާން ފެށިއެވެ.
ދެނަކާ ދެނެއް ނެތެވެ. ޖިބުއެ ނަމުގައި ލިޔުނު ބްލޮގް އެކީ އެކައްޗައް ރައީސް ނަޝީދާއި ޖައްސާލިއެވެ. ކުރީކޮޅުގައި އަދާލަތާއި ސަރުކާރުގެ ދައްނަބޭކަލުންނާވެސް ޖައްސާލިއެވެ. ނަމަވެސް ރަލުގެ މުޒާހަރާއައްފަހު އަދާލަތުވެސް ރަގަޅެވެ. ސަރުކާރުގެ ދައްނަބޭކަލުން ވެސް ރަގަޅެވެ.
އެހެން އުޅެނިކޮއް ޖިބުއެއައް ޅައެއްޗެއް އެޅިއްޖެއެވެ. އެއީ ހަގީގަތުގައި ސިޔާސީ މައިދާނަކީ ކޯންޗެއްކަން ނޭނގޭ މީހަކު މާ ސިޔާސީ ވީމާ ވާނޭ ގޮތެވެ. ބައެއްގެ ބޯކެނޑުމައް ގޮވާލީއެވެ. މަރުގެ އިންޒާރު ދުނިޔޭގެ ބައެއް ގައުމުތަކުގައި ދޭ ހަބަރު ޓީވީ ރެޑިއޯއިން ލިބިފައިވާތީ ތޯއްޗެކެވެ. މަށައްވެސް އެކަން ކުރެވިދާނެއޭ ހީވީއެވެ.
ނަމަވެސް ސިޔާސީ ގަދަކަނޑަކައް އެއްވެސް ލައިފުޖެކެޓެއް ނެތި ފުއްމާލި މީހަކައް ވާނީވެސް މިހެންނެވެ. ފޮށޭނެ މީހުން މަދެއް ނޫނެވެ. ފޮށެވިދާނެ މީހުން ވެސް މަދެއް ނޫނެވެ. މިބުނީ ޖިބުއެ ފޮށެން ބޭނުންނަމަ ޖިބުއެއައް ފޮށެވިދާނެ މީހުން މަދު ނޫން ވާހަކައެވެ.
ޖިބުއެ ބުލޮގު ހިންގީ މާ އިސްލާމީ ކަމައް ދައްކައިގެންނެވެ. އެހެންނަމަވެސް އިސްލާމްދީނުގައި މަނާ ކިތައްމެ ކަމެއް ޖިބުއެ ބުލޮގުން ކުރިއެވެ. މީހުންގެ މަސް ކެއެވެ. ގީބަ ބުނިއެވެ. ދޭތެރެ ޖައްސަން އުޅުނެވެ. ދެން އެންމެ ބޮޑު ކަމެވެ. ބަޔަކު މަރާލަން އިންޒާރު ދިނެވެ. މިއީ ބިންމަތި ފަސާދަ ކުރުން ނޫން ދެން ކޮން ކަމެއް ހެއްޔެވެ؟
ކޮންމެއަކަސް ޖިބުއެއައް [ޓައިޕިން މިސްޓޭކަކުން] ވިޔަސް ބެހިލެވުނީ ރާއްޖޭގެ އެންމެ އިސް މަގާމުގައި ހުރި މީހާގެ އަނބި ގޮއްޔެއާއެވެ. އޭނާވެސް އުޅެނީ މާލޭގައޭ ފަސޭހައިން ޓާގެޓް ކުރެވިދާނެއޭ ... މިކަހަލަ އެއްޗެއް ލިޔެލެވިއްޖެއެވެ.
ދެނަކާ ދެނެއް ނެތެވެ. އިސްލާމްދީނައް ޖޯކު ޖެހުމުގައި އަވަދިނެތި އުޅޭ ހިލްއަތާއި ޑީއޯ ސައްޕެ، އެވާހަކަ ބޮޑު ކުރިއެވެ. އަދި ވަގުތުން ފަތުރާލިއެވެ. ސަރުކާރު ހިލުވާލިއެވެ. ފުލުހުންނައް ތަހުގީގު ކުރަން ފަށަން ޖެހުނެވެ. ރައީސްގެ އަންހެނުންގެ ސަލާމަތް އެއީ ފުލުހުންގެ ޒިއްމާއެކެވެ.

އަހަރެމެންގެ ކުޑަކުޑަ ޖިބުއެގެ ހޭވެރިކަން ވީ ދެނެވެ. މިކުރެވުނު ކަމާމެދު ހަގީގަތުގައިވެސް ދެރަވިއެވެ. އެހާ ރަނގަޅައް ހިނގަމުން އައި ޖިބުއެ ހުއްޓާލަން މަޖުބޫރު ވަނީއެވެ. އައިޓީ ދާއިރާއިން ދިވެހި ފުލުހުންގެ ކުރިއެރުމައް ބަލާއިރު ޖިބުއެ ލޮކޭޓް ކުރަން ވަރައް ފަސޭހަވާނެކަން އެނގުނީމާ ވަގުތުން ބުލޮގުގަނޑު ހުއްޓާލާފައި ވަލައް ވަދެ ފިލައިފިއެވެ.

ފިލައި ހުއްޓާ އަނެއްކާ ވަސްވާހެއް ބީއްސާލިއެވެ. އެއީ ... ބަލަ ކީއްވެގެން ހެއްޔެވެ. އާ ބުލޮގެއް ހަދާނީއެވެ. އެހެން ނަމެއްގައެވެ. އެހެންނަމަވެސް އެއް ސިލަބަހެއްގެ މަތީގައެވެ. މިބުނީ ބުލޮގުގެ ސިޔާތުގެ ވާހަކައެވެ. ވަގުތުން ބުލޮގެއް ހެދީއެވެ. ނަންވެސް ހޯދީ ޖިބުއެ މިނަމާ ދުރު ނަމެކެވެ. މިފަހަރު ބްލޮގުގެ ނަމަކީ މިނިވަން އޮންލައިން އެވެ.
ޖިބުއެއާއި މިނިވަން އޮންލައިންއަކީ އެކަކުގެ މަސައްކަތްތަކެއްކަން އެންމެ ބޮޑައް އެނގޭނީ ޖިބުއެގެ ލިޔުންތައް ކިޔާފައިވާ މީހުންނަށެވެ.
އެއިން ބޭކަލަކު މި ލިޔުން ވިދާޅުވުމުގެ ކުރިން މިނިވަން އޮންލައިނައް ވަޑައިގެންނެވިއަސް، އެ ބުލޮގުގެ ލިޔުމުގެ ސްޓާއިލް ޖިބުއެގެ ބުލޮގާ އެއްވައްތަރުކަން އެނގޭނެއެވެ.
ދެން އޮތީ ބުލޮގުގެ ޑިޒައިނާއި ޓޭމްޕުލޭއިޓެވެ. އެވެސް އެއްގޮތްކަން ޖިބުއެ ބުލޮގާއި މިނިވަން އޮންލައިން ބުލޮގު ދިރާސާ ކޮއްފި ކަމުގެ މާހިރުންނައް އެނގޭނެއެވެ. މިބުނީ ބުލޮގަރުން ވާހަކައެވެ.
އަދި އެއްވާހަކަ ދަންނަވާލާނަމެވެ. ޖިބުއެ ހިންގުމައްފަހު މިނިވަން އޮންލައިން ހިންގާ މީހާއަކީ ދީނީ ކުލަ ޖައްސައިގެން ހުރެ ދީނީ މީހުންގެ ތެރޭގައި ހުރެ ހަސަން ސައީދުގެ 2013 ގެ ސިއްރު ކެމްޕޭން ޖައްސާ މީހެކެވެ.
= މި ބަޔާން ނެރުނީ ރައީސް އޮފީހުގެ ޖިބުއެގެ ސެކްށަން އުވި ދިޔުމައްފަހު އެތަނުގައި އަލައް ބިނާކުރި ހާމަކުރާ މީހާގެ ޑެސްކުންނެވެ.
= ސުކުރިއްޔާ

Read more...

ޔޫތު މިނިސްޓްރީން ޚަރަދުކުރަނީ ފަހަރެއްގައިވެސް މިނިސްޓަރގެ މުސާރައަކުންނޫނެވެ



އެއީ ހަސަންކޮގެ މުސާރައިން ތޯއެވެ. !
މާލީ ދަތިކަމާއިހުރެ ޤައުމުހުއްޓުމަކަށް އައިސްފައިވާ ވާހަކައެއީ މިފަހަކަށްއައިސް އެންމެގިނައިން އަޑުއިވޭ އެއްވާހަކައެވެ. ފައިސާގެ ދަތިކަމާއިހުރެ ރައްޔިތުންނަށް ކޮންމެހެންދޭންޖެހޭ ޚިދުމަތްތައްވެސް ނުދެވިހުރި ވާހަކަ އެއީ ސަރުކާރުން ތަކުރާރުކޮށް ދައްކާ ވާހަކައެކެވެ. ސިވިލްސާވިސް މުވައްޒަފުންގެ މުސާރަކުޑަކުރީވެސް ޤައުމުގެ މާލީހާލަތު ދަށްވުމާއިގުޅިގެންނެވެ. ނަމަވެސް މިހާރު ފެންނަ މަންޒަރުތަކަށް ބަލާއިރު މިކަންޤަބޫލުކުރަންދައްޗެވެ.

ފާހިޝްލަވަކިޔާ ގުރޫޕެއްކަމަށްވާ ބޮނިއަމް ގުރޫޕް ދިވެހިރާއްޖެއަށް ގެންނަން ދިވެހިސަރުކާރުން، މިހާލަތުގައި ޚަރަދުކުރާކަން ދޭހަވަނީ ރައްޔިތުންނަށް ދޭންޖެހޭ ޚިދުމަތްތައްނުދެނީ ފައިސާނެތިގެން ނޫންކަމެވެ. ސަބަބީ މިފަދަ ފާހިޝްކަމަކަށް ޚަރަދުކުރާނެ ފައިސާހުރެފައި ރައްޔިތުންނަށް ދޭންޖެހޭ ޚިދުމަތްތައްދޭނެ ފައިސާ ނެތޭބުނުމުން މިބައިމީހުންގެ ނިޔަތާއިމެދު ސުއާލު އުފެދެއެވެ. މިކަމަށް ޔޫތު މިނިސްޓްރީން ޚަރަދުކުރަނީ ފަހަރެއްގައިވެސް މިނިސްޓަރގެ މުސާރައަކުންނޫނެވެ. ދިވެހިރައްޔިތުންގެ ފައިސާއިންނެވެ. އަލްއުސްތާޛް ހަސަން ލަތީފް ޤާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރެއްވިއިރު ލިބިވަޑައިގެންނެވި ފައިސާއަކުންވެސް ނޫނެވެ. މުރާސިލުން

Read more...

އިސްލާމް ދީނަށް ލޯބިކުރާ ޢަދުލުވެރިވެރިއެކެވެ


ޢަދާލަތު ޕާޓީއިން އުދުހިފައި ރާއްޖޭގައި އިސްލާމީ ވެރިކަމެއް ޤާޢިމުކުރުމަށް
ޢަދާލަތު ޕާޓީއިން ވެރިކަމަށް ނިކުންނަނީބާ؟
2005 ވަނަ އަހަރު އޯގަސްޓް މަހު އޭރުގެ ސަރުކާރުން ރާއްޖޭގައި ސިޔާސީ ޕާޓީ ހެދުމުގެ ޙުއްދަ ދިނުމާއި ގުޅިގެން ރާއްޖޭގައި 4 ވަނަޔައް، ރަޖިސްޓަރީ ކުރުމަށް ޙުއްދަ ދިން ޕާޓީއަކީ ޢަދާލަތު ޕާޓީއެވެ. އަދި ރާއްޖޭގައި، 3 ވަނަޔައް އުފެދުނު ސިޔާސީ ޕާޓީއަކީ ޢަދާލަތު ޕާޓީއެވެ. ޢަދާލަތު ޕާޓީ އުފެދުނު ދުވަހުން ފެށިގެން، މިޕާޓީއަކީ ރާއްޖޭގެ އެހެން ޕާޓީތަކަށްވުރެ ޚާއްސަ ޕާޓީއެއްކަން އެންމެ ފުރަތަމަ ދުވަހުވެސް ރައްޔިތުންގެ ތެރެއިން ބަޔަކު ބުނަމުންދިޔައެވެ. ޢަދާލަތު ޕާޓީއަކީ ރާއްޖޭގައި އުފެދިފައިވާ އެހެން ޕާޓީ ތަކަށްވުރެންވެސް ޙާއްސަ ޕާޓީއެއްކަން ފާޅުވެގެން ދިޔަ އެންމެ ބޮޑު ޚަޤީގަތަކީ ޕާޓީގެ ފުރަތަމަ ކޮންގުރެސްއެވެ. ރާއްޖޭގެ އެހެން ޕާޓީތަކާއި ޙިލާފަށް ޢަދާލަތު ޕާޓީގެ ކޮންގުރެސްއަކީ ރާއްޖޭގެ ރައްޔިތުންގެ ލޮލުގައި އަޅައިގަތް ކޮންގުރެސް އެކެވެ.


ސިޔާސީ ޕާޓީއެއްގެ ރައިސްއަކު ހޮވުމަށްޓަކައި، މުޅި ޕާޓީގެ ހުރިހާ މެންބަރުންގެ ސިއްރު ވޯޓަކުން ޕާޓީގެ ރައިސް އިންތިހާބު ކުރި، ފުރަތަމަ ޕާޓީއަކީ، ޢަދާލަތު ޕާޓީއެވެ. ރާއްޖޭގައި އުފެދިފައިވާ އެންމެ ބޮޑު ދެޕާޓީކަމަށް ދަޢުވާ ކުރަމުންދާ އެމް.ޑީ.ޕީއާއި، ޑީ.އާރް.ޕީގެ ޒަޢީމުންނާއި، ރައީސުން އޭރު ވަނީ އިންތިހާބުކޮށް ނިމިފައެވެ. މިއުޞޫލަކީ "ތިމަމެންނީ ޑިމޮކުރަސީ މިގައުމަށް އުފަންކުރުވި، މީހުންނޭ" ކިޔައި ދަޢުވާކުރަމުންދާ، ބޯޑު ދެޕާޓީގެ ކޮނގުރެސްއިން ކޮށްފައިވާ ކަމެއް ނޫނެވެ. މިރިވެތި ޢުޞޫލުކަމުގޮސްގެން އެމް.ޑީޕީއިންވަނީ އެމް.ޑީޕީގެ ފުރަތަމަ ރައިސް އިބުރާހިމް އިސްމާއިލް އިބުރާ ޕާޓީއިން އިސްތިއުފާ ދިނުމަށްފަހު، 2 ވަނަ ރައިސް ހޮވުމަށްޓަކައި، އެމް.ޑީ.ޕީއިން ވަނީ ޢަދާލަތު ޕާޓީގެ މިއުޞޫލު ކޮޕީ ކޮށްފައެވެ.


ޢަދާލަތު ޕާޓީފަދަ ޚާއްސަ ޕާޓީއަކުން، ރާއްޖޭގައި ވެރިކަން ކުރުމަކީ މިފަހަކަށްއައިސް ރައްޔިތުން ތެރެއިން ވަރަށް ގިނަ ބަޔަކު އެދެމުން އަންނަ ކަމެކެވެ. ޢަދާލަތު ޕާޓީއިން މިފަހަކަށް އައިސް ރާއްޖޭގެ، ރާއްޖޭގެ އަތޮޅުތަކުގައި، ތިއްބެވި ރައްޔިތުން ދީނީ ގޮތުންނާއި ސިޔާސީ ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން، ކުރަމުންގެންދާ ދަތުރުތަކުގައި އަތޮޅުތަކުގައި ދިރިއުޅެމުންއަންނަ ރައްޔިތުންގެ އެންމެ ބޮޑު، ޝަކުވާޔަކީ ޢަދާލަތު ޕާޓީ ވެރިކަމަށް ނިކުންނާނީ ކޮންދުވަހަކުންހެއްޔެވެ؟، ޢަދާލަތު ޕާޓީގެ ވެރިކަމަކުން ނޫނީ، ރާއްޖެއަށް އިސްލާހީ ހެޔޮ ބަދަލެއް ނާންނާނެކަމަށް އެރައްޔިތުން ދަނީ ބުނަމުންނެވެ. ރައްޔިތުން ބުނަމުން ގެންދާ އެވާހަކަޔަކީ، ހިތްއެދިއެދިތިބި ވާހަކައެކެވެ. މާނަޢީ " ބޭނުމީ ޢަދާލަތު ޕާޓީގެ ވެރިކަމެކެވެ. "


ޢަދާލަތު ޕާޓީ ރާއްޖޭގައި އިސްލާމީ ވެރިކަމެއް ޤާއިމުކުރުމަށް ކުރިއަށްގެންދާ މަޝްރޫޢު:
ރާއްޖޭގައި އުފެދިފައިވާ ކޮންމެ ސިޔާސީ ޕާޓީއަކީވެސް ވެރިކަމަށް ކުރިމަތި ލުމާއި، ވެރިކަން ކުރުމުގެ ޙައްޤުލިބިގެންވާ ޕާޓީއެކެވެ. އެފުރުޞަތަކީ ބޮޑު ދެ ޕާޓީކަމަށް ދަޢުވާކުރަމުންގެންދާ، ދެޕާޓީއަށް އެކަނި ލިބިގެންވާ ޙައްޤެއް ނޫނެނެވެ. ޢަދާލަތު ޕާޓީއަށްވެސް ވެރިކަމަށް ކުރިމަތި ލުމުގެ ޙައްޤު ލިބިގެންވެއެވެ. އެގޮތުން ޢަދާލަތު ޕާޓީގެ އެންމެ ބޮޑު މަޤުޞަދަކީ ރާއްޖޭގައި އިސްލާމީ ހަމަތަކުގެ މަތިން ވެރިކަން ކުރުމެވެ. މިމަޤުޞަދު ޙާސިލުކުރުމަށްޓަކައި ވަރަށް ބާރު ސްޕީޑެއްގައި، ވަރަށް ފުޅާ މަޝްރޫއެއް ރޭވިގެން ކުރިއަށް އެބަދެއެވެ. އެގޮތުން އިސްލާމީ ވެރިކަމެއް ޤާއިމުކުރުމަށްޓަކައި، ދީނީ ގޮތުން ރައްޔިތުން ހޭލުންތެރި ކުރުމުގެ މަސައްކަތް ދަނީ ވަރަށް ހަލުވި ސްޕީޑެއްގައި ކުރެވެމުންނެވެ.

އިސްލާމީ ވެރިކަމެއް ޤާއިމުކުރުމުގެ ކުރިން ވެރިކަމުގެ އެންމެ މުޙިއްމު ތަނބުތައްކަމަށްވާ ވުޒާރާތަކުގެ ވަޒީރުކަމަށް އަންނާނެބަޔަކު، އިސްލާމީ ފިކުރުގެ ބޭފުޅުންދަނީ ދުނިޔޭގެ ބޮޑެތި ޔުނިވަރސިޓީތަކުގައި ތަޢުލީމު ޙަޞިލުކަމުންނެވެ. މިބޭފުޅުން ތައުލީމު ހާޞިލުކުރަމުންދާ ދާއިރާތަކުގެ ތެރޭގައި، ބޭންކިން، ފައިނޭންސް، އިންޝިއުރެންސް، އިންފޮމޭށަން ޓެކުނޮލަޖީ، އިކޮނޯމިކުސް، މިލްޓަރީ، ޕޮލިޓިކަލް ސައިންސް، ސިއްހީ ދާއިރާ، ޓްއަރިޒަމް އެންޑް އަރޓްސް، ސިވިލް އިންޖިނިއަރިންގް، އެޑިއުކޭޝަން، ހިޔުމަން ރިސޯސަސް ހިމެނެއެވެ. އެހެންކަމުން، ކެބިނެޓްގެ މަޤާމުތައް ފުރުވުމަށްތަކައި، މިދެންނެވި ދާއިރާތަކުން އިސްލާމީ ފިކުރު ހުރި ބޭފުޅުންދަނީ ކިޔަވާވިދާޅުވަމުންނެވެ.


ޢަދާލަތު ޕާޓީގެ ވެރިކަމެއްގައި:
ކުޑަކުދިން- ކުޑަކުދިންނަށް މައިން ބަފައިންނާއި މުޖުތަމައުގެ ފަރާތުން ލިބެންޖެހޭ ލޯއްބާއި އަޅާލުން ހޯދައިދިނުން ކުޑަކުދިންނަކީ، ދޮގުހެދުމާއި ސިއްރުކަންތައްކުރުންފަދަ ނުބައި ބަލިތައް ކުޑަ ކުދިންގެ ކިބައިގައި އަށަގަތަ ނުދިނުން، ކުޑަކުދިންނަށް ދެވޭ ތަރުބިއްޔަތަކީ އިސްލާމް ދީނުގެ އުޞޫލުތަކުގެ މަތިން، ދެވޭ ތަރުބިއްޔތަކަށް ހެދުމާއި، އިސްލާމީ ރިވެރި ސިފަތައް އެކުދިންގައިގައި އަށަގެންނެވުމަށް މަސައްކަތް ކުރުން

ޒުވާނުން- ދިވެހި ޒުވާނުންނަކީ މަސައްކަތްތެރި، ކަންނެއްކަމާއި ފިނޑިކަމުން ސަލާމަތްވެފައިވާ، އިސްލާމް ދީނުގެ ވާޖިބުތަކަށް ފަރުވާ ބަހައްޓާ ބަޔަކަށް ހެދުމަށް މަސައްކަތް ކުރާނެއެވެ. އަދި ދިވެހި ޒުވާނުންނަކީ ޢީލުމީ ގޮތުން ހުނަރުވެރި ބަޔަކަށް ހެދުމަށް މަސައްކަތް ކުރުމާއެކު، ދުނިޔެއަށް އަންމަ ޒަމާނީ ތަހްޛީބާއި ތަމައްދުނާއި ފެށަނާއި ބަދަލުގެ ސަބަބުން، އިސްލާމް ދީނުގެ ޢުޞޫލުތަކާއި ހިލާފް ނުވާގޮތުގެ މަތިން އެވާޞީލަތްތަކާއި ތަމައްދުނުގައި، ފައި ހަރުކުރަމުން ދާ ބަޔަކަށް ހެދުމަށް މަސައްކަތް ކުރާނެއެވެ.

އަންހެނުން- އަންހެނުންނަކީ މުޖުތަމަޢުގެ ބިންގާ ކަމުގައިވާތީ، ދިވެހި އަންހެނުންނަކީ ޅައިރުންފެށިގެން އިސްލާމީ އަޤީދާގެ މަތީގައި ތަރުބިއްޔަތުކުރުން، މުޖުތަމަޢު ކުރިއަށް ގެންދެވޭނީ އޭގެ ހުރިހާ ފަރުދުން ޝާމިލުވެގެން ކަމުގައިވާތީ މުޖުތަމަޢުގެ ތަފާތު މައިދާންތަކުގައި، އެބައިމީހުންގެ ޠަބީއަތާއި ހާލާއި ގުޅޭ ދާއިރާތަކުން އެބައިމީހުންގެ އިއްފަތާއި ޝަރަފް ރައްކާތެރި ކުރެވޭނެ ޢުޞޫލެއްގެ މަތިން ވަޒީފާގެ ފުރުޞަތު ހޯދައި ދިނުން މުޖުތަމަޢު ޚަރުދަނާ ވާނީ އަންހެނުންގެ ޚަރުދަނާކަމާއި ލަޔާގަތާއި ޒިންމާއުފުލާ ބައެއްކަމުގައި ވެގެން ކަމުގައިވާތީ، ދިވެހި އަންހެނުންނަކީ ކެރޭ މުރާލި ބަޔަކަށް ހެދުން އަދި އެބައިމީހުންގެ ޙައްޤުތަކެއް ވާކަމާއި، އެބައިމީހުންގެ ފަރާތުން، އެހެންބަޔަކަށްވެސް އަދާކުރަންޖެހޭ ވާޖިބު ޙައްޤުތަކެއް ވާކަން ހަދާންކޮށްދީ މިކަމަށް އެއުރެން ހޭލުންތެރި ކުރުވުން، ހިމެނެއެވެ.


މިއީ ޢަދާލަތު ޕާޓީގެ ވެރިކަމެއްގައި، މުޖުތަމަޢުގެ އަފުރާދުންނަށް ލިބެންޖެހޭ މައިގަނޑު ޙައްޤުތަކުގެ ވާހަކައެވެ. އަދި ރައްޔިތުންނަށް ލިބެންޖެހޭ ޚިދުމަތްތަކާއި ޒަރޫރިއްޔަތުތައް ފުދުމަށް އެކަށައަޅާފައިވާ ޕުލޭނާއި، ގައުމުގެ އިޤުތިޞާދީ ވަބީލަތްތައް ޤާއިމުކުރުމަށްޓަކައި، ރޭވިފައިވާ ނުހަނު ގިނަ ޕުލޭންތައް އެބަހުއްޓެވެ.

މާތްﷲ އިރާދަކުރެއްވިޔާ ދެން މިދިވެހި ދަިދައިގަ ހިއްޕަވައިގެން ހުންގާނު ސީދާ ކުރައްވާނީ އިސްލާމް ދީނަށް ލޯބިކުރާ ޢަދުލުވެރިވެރިއެކެވެ.

ލިޔުނީ ޙުސައިން


Read more...

Sunday, April 25, 2010

ކަލާނގެ އަރިހުގައި މިހާރުވެސް އެބަ އުޅުއްވައެވެ


ދޯދި: ހުސެންގެ ތިޔަ މައުލޫމާތު އަދި އިތުރަށް ދިރާސާ ކޮށްލުން ރަނގަޅެވެ. އެގޮތަކީ އީސާގެފާނަކީ ވަކި ކަންތަކެއް ފުރިހަމަ ކުރައްވަން ފޮނުއްވުނު ބޭކަލެއްކަން ކުރީގެ ފަތްފޮތް ތަކުން ވެސް ފެންނަން އޮންނާނެއެވެ. އެ ކަންތައް ފުރިހަމަވާނީ އެކަލޭގެފާނު ސަލީބަށް އެރުވުމުންނެވެ. އެކަލޭގެފާނު އަވަހާރަ ނުވާކަމަށް ގުރުއާނުގައި އެވަނީ ތެދެކެވެ. އެގޮތަކީ އެކަލޭގެފާނު ސަލީބު ކުރެވުނުތާ ތިންވަނައަށް ވީ ދުވަހު ވަނީ ބަޔަކަށް ފެނިފައެވެ. އޭގެ ފަހުންވެސް އެކަލޭގެފާނު ކިތަންމެ ފަހަރަކު ކިތަންމެ ބަޔަކާ ބައްދަލުވެ ވަޑައިގެންނެވިއެވެ. އެކަލޭގެފާނު ދެން އުޑަށް ވަޑައިގަންނަވާ ކަލާނގެ އަރިހުގައި މިހާރުވެސް އެބަ އުޅުއްވައެވެ. ހަމަ މި އަދުވެސް އެކަލޭގެފާނު ވަނީ ދުނިޔޭގައި ހިނގާ ކަންތައް ކޮންޓްރޯލް ކުރެއްވުމުގެ ބާރާއި އިޚްތިޔާރު ލިބިވަޑައިގެންނެވެ

މައުލޫއާއިގެން ކުރިޔަށް ވަޑާއިގަތުމުގެ ކުރިން މިފަދަ ލިޔުމެއް ލިޔަން ޖެހުނު ސަބަބު ތިބޭފުޅުންނަށް ވިސްނައިދެވޭތޯ އަޅުގަނޑު މަސައްކަތް ކުރާނަމެވެ. އަޅުގަނޑަކީ މުރާސިލްގެ އިތުރުން އެހެން ބައެއް ސައިޓުތަކަށްވެސް ލިޔުންތަށް ލިޔެ އުޅޭ ކުއްޖަކީމެވެ. އެގޮތުން މުރާސިލްގައި އަޅުގަނޑުގެ ގިނަ ލިޔުންތަކެއް މިހާރު ވަނީ ލިޔެވި ޕަބްލިޝްވެސް ކުރެވިފައެވެ. މިތާ އަޅުގަނޑު ދަންނަވާލަން މަސައްކަތް ކުރަނީ އެ ލިޔުންތަކުގެ މޮޅު ދެރަ ވާހަކައެއް ނޫނެވެ. ނަމަވެސް ލިޔުންތަކަށް ދިވެހިބަހުން ލިޔެ ދިވެހިން ކުރާ ކޮމެންޓު ތަކުގެ ވާހަކައެވެ.

ދަންނަވަންތޯއެވެ؟ ދީނަށް ނަސްރު ދިނުމުގެ ނިޔަތުގައި މުރާސިލްގައި ލިޔާ ކޮންމެ ލިޔުންތެރިޔަކަށް މެންދުރުގެ އިރު ފަދައިން ޔަޤީންކުރެވޭނެ އެއްކަމަކީ މި ގައުމުގައި މިހާރު ވަރަށް ތަފާތު ދީނީ އޮއެވަރުތަކެއް އެބަ އުޅޭކަމެވެ. އެތީސްޓުންނެވެ. ކްރިސްޓިއަނުންނެވެ. އަދި މިނޫންވެސް ތަފާދު އެކި ވިސްނުންތަކުގެ ބޭފުޅުން އެބަ އުޅޭކަން މިއަދު އަޅުގަނޑުމެންނަށް ވަރަށް ސާފެވެ. މިދެންނެވި ބަހުގެ ހަގީގަތް ހަމައެކަނި އަޅުގަނޑުގެ ލިޔުންތަކަށް ކޮށްފައިވާ ބައެއް ކޮމެންޓުތަކުން ހާމަވެގެން ދެއެވެ. ތިބޭފުޅުންނަށްޓަކައި އެފަދަ ބައެއް ކޮމެންޓުތައް ތިރީގައިބަޔާންކުރެވިފައި އެވަނީއެވެ.

ނުވިސްނުނު: ތިޔަ ތުނބުޅީގެ އެންމެ އިސްސަފުގައި ހުރި ކަލޭގެ ބޮޑެތި ދޮގުހަދައެވެ. މުޅަމަސް ކައެވެ. ރާ ވިއްކައިގެން ލިބޭ ފައިސާގެ ބޭނުން ކުރެއެވެ. މޫނަކަށް ބަލާކަށް ނުކެރެއެވެ. ދަށުގެ ތިބި ކަލޭމެން ކަހަލަ ބަނޑު އަކިރީގެ ހާލު ހުންނާނެ ގޮތް ދެން ހިތަށް އަރުވާށެވެ. ހަމަ އެކަނި ތުނބުޅިއެއް ބެހެށްޓިއަށް ސުވަރުގެ ދެވޭނެ ކަމުގެ ގަރަންޓީއެއް ނެތެވެ. ޚުދު މުހަންމަދު އަކަށް ވެސް އެކަލޭގެފާނަށް ސަލާމަތެއް އޮތްކަމެއް ޔަގީންކަމެއް ނެތެވެ. ކަލޭމެން މީހަކަށް އެހީއެއް ވެ ދެވޭނީ ކިހިނެއްހެއްޔެވެ؟ ކަލޭމެންނަކަށް ވެސް ތިޔަ ތުބުޅީގެ އެހީގައި ސުވަރުގެ ދެވޭނެ ކަމުގެ ހަމަ އެއްވެސް ގަރަންޓީއެއް ނޯންނާނެއެވެ. ޗާބީ ދީފައިވާއެއްޗެއްހެން ތިޔަ ކިޔަނީ ތުނބުޅިލާން ދީނުގައި އަމުރުކުރައްވާ ކަމަށެވެ. ތިއީ ހަމަ ކަނޑައެޅިގެން ހަދާ ދޮގެކެވެ. ތިޔަ ތުނބުޅި ލުމަށް ވުރެން ކަލޭމެންގެ ކިބައިން ޚުލްގު ހެޔޮކަމާއި އޯގާވެރިކަމާއި ލޯބި ފެނިގެންދާނަމަ އެކަމުން ބަޔަކަށް ހެޔޮ ގޮތްތަކެއް ފެނުނީހެވެ. ދުނިޔެމަތީގައި ތިޔަށްވުރެން އަނިޔާވެރި ޖައްބާރު ޖާހިލު ބައެއް ނުވާނެކަން ކަށަވަރެވެ. ތީގެ ތެރޭން ރަނގަޅު ހަމަ އެންމެ މީހަކު ދައްކައިފިނަމަ އަހަރެން މިހިރީ އެމީހަކަށް ތަބާވާން ތައްޔާރަށެވެ

ދޯދި: ހުސެންގެ ތިޔަ މައުލޫމާތު އަދި އިތުރަށް ދިރާސާ ކޮށްލުން ރަނގަޅެވެ. އެގޮތަކީ އީސާގެފާނަކީ ވަކި ކަންތަކެއް ފުރިހަމަ ކުރައްވަން ފޮނުއްވުނު ބޭކަލެއްކަން ކުރީގެ ފަތްފޮތް ތަކުން ވެސް ފެންނަން އޮންނާނެއެވެ. އެ ކަންތައް ފުރިހަމަވާނީ އެކަލޭގެފާނު ސަލީބަށް އެރުވުމުންނެވެ. އެކަލޭގެފާނު އަވަހާރަ ނުވާކަމަށް ގުރުއާނުގައި އެވަނީ ތެދެކެވެ. އެގޮތަކީ އެކަލޭގެފާނު ސަލީބު ކުރެވުނުތާ ތިންވަނައަށް ވީ ދުވަހު ވަނީ ބަޔަކަށް ފެނިފައެވެ. އޭގެ ފަހުންވެސް އެކަލޭގެފާނު ކިތަންމެ ފަހަރަކު ކިތަންމެ ބަޔަކާ ބައްދަލުވެ ވަޑައިގެންނެވިއެވެ. އެކަލޭގެފާނު ދެން އުޑަށް ވަޑައިގަންނަވާ ކަލާނގެ އަރިހުގައި މިހާރުވެސް އެބަ އުޅުއްވައެވެ. ހަމަ މި އަދުވެސް އެކަލޭގެފާނު ވަނީ ދުނިޔޭގައި ހިނގާ ކަންތައް ކޮންޓްރޯލް ކުރެއްވުމުގެ ބާރާއި އިޚްތިޔާރު ލިބިވަޑައިގެންނެވެ

އަބޫ: ރާ ހަރާމޭ އޮތް އާޔަތް ފެނުނުތަ ދުވަހަކުވެސް. އިސްލާމް ދީނުގައި އޮންނަނީ މަސްތުވާ ކޮންމެ އެއްޗަކީ ރަލެވެ. މާނައީ ރަލުގެ ހުކުމެވެ. އަދި ރަލަކީ ހަރާމް އެއްޗެކެ. އަދި އޮވޭ ތަފާތު ނަންނަމުގައި ނަން ބަދަލު ކޮށްގެން ރާ ހުއްދަ ކުރާނެ ބަޔަކު ފަހުން އަންނާނެ ވާހަކަވެސް. މިހާރު މިފެންނަނީ އެތަން

ކާލްސްބާގް: ބަލަ އެއީ ވައިން އެއް ނޫންތަ؟ ހަރާން ވިއްޔާ ވާނީ ޚަމްރު ނޫންތަ؟ އެއަކީ އަލްކޮހޯލެއްވެސް ނޫނެއްނު؟ އެހެންނޫނަސް އަލްކަހޯލް ހަރާމޭ އޮތް އާޔަތެއްވެސް އަދިއެއް ނުފެނޭ

މާޝާ: އަހަރެންގެ ނުރުހުމުގައި ތުނބުޅިލާން މަޖްބޫރުވާ ދީނެއްގައި މަށެއް ނުހުންނާނަން

މާޝާ: ދިވެހިން މީގެ ކުރީގައިވެސް ތިބީ ފޮތަކަށް ތަބާވެ ފަރާތަކަށް އީމާންވެ ބޭކަލަކު ގެންނެވި ތެދު މަގުގެ މަތީގައެވެ. މިކަހަލަ ބަލާވެރިކަމެއް އޭރަކު ނުޖެހެއެވެ

މާޝާ: މިމީހުން ކަމެއް ކޮއްފިއްޔާ އެރަގަޅުވީ. ޓީޝާޓު ހުއްދަ ނުވަންޏާ މި ފޮޓޯވެސްހުއްދަ ނުވާނެ. މަގޭވާހަކައަކީ ހުރިހާއެއްޗެއްވެސް ހުއްދަ

ޖާހިލު: ތިމީހުން ވެސް ޓީޝާޓްގައި މުހަންމަދު ލިޔެގެން މަގުމަތީގައި ދުވެ ނަގަންވީ ނޫންތޯއެވެ؟

މާޝާ: ބަލަ ކަލޭމެންވެސް މުޅި މާލޭގެ މަގުމަތީގައި ދުވެނަގަނީ ތުނބުޅިލައިގެން ނޫންހެއްޔެވެ؟ ކަލޭމެން ދީން އިޝްތިހާރު ކުރަން ތި ކުރާ މަސައްކަތް އެކުދިން ލާ ޖަރޒީއެއްގައި ހުންނަ ބިއަރު ދަޅަކަށްވުރެން މާ ބޮޑެއް ނޫންހެއްޔެވެ؟

ހައްވަ: މި މީހުނަށް ހީވާކަހަލަ އަހަރުމެން އަންހެނުން ސުވަރުގެ ގެންދަނީ މި މީހުނޭ. ކަލޭމެން ތިޔަ ބުނާ އެއްގޮތެއް ނުހެދިޔަސް ކަލޭމެންނަށް ކުރެވޭނެ އެއްކަމެއްވެސް ނެތް. ކަލޭމެން އަމިއްލަ ހާލުގައި ވެސް ސުވަރުގެ ވަދެވޭނެ ކަމުގެ ގަރަންޓީއެއް ނެތް. ދެންވެސް އަނގަ މަޑުންލައިގެން ތިބެން ވެއްޖެއެއްނު

ހައްވަ: ނުބަލާވެސް ނުތިބެވޭނެ. ބޭނުންވެސް ވާނެ ބިޓެއް ގޮވައިގެން ދުއްވާލަން. އެކަމަކު ކުރާނީ ކީއް. އުޅެން މި ޖެހެނީ ބޮޑު ތުނބުޅިއެއް ލައިގެން ވިއްޔަ

ޖޯން: ސުނާމީ އާއި ކްރިސްމަސް އަކާއި ގުޅުމެއްނެތެވެ. އެ އީ ގުދުރަތީ ހާދިސާ އެކެވެ. ކޯފާ އެއް ނޫނެވެ. ކޯފާއެއްގެ ގޮތުގައި ސުނާމީ ކަލާނގެ ފޮނުއްވާނަމަ އެންމެ ފުރަތަމަ ސުނާމީ ފޮނުއްވާނީ އިޒްރޭލާއި އެމެރިކާ އަދި އިނގިރޭސި ވިލާތަށެވެ. ސުނާމީގައި ރާއްޖެއިން މަރުވީ ކުށެއްނެތް ނިކަމެތީންނެވެ. ނުބައި ވައްހާބީންގެ ތެރެއިން އެކަކުވެސް އަދި ސިޔާސީ ނުބައި ނުލަފާ މީހުންގެ ތެރެއިން އެކަކުވެސް މަރެއްނުވެއެވެ

މަތީގައި އެވަނީ ހަމަ އަޅުގަނޑުމެންފަދަ ދިވެހިން ލިޔެފައިވާ ކޮމެންޓު ތަކެކެވެ. އަޅުގަނޑުމެން ފަދައިން ނަމުގެ ކުރިޔަށް އަހުމްދު،މުހައްމަދު، މޫސަ،ފާތިމަތު،އަޝަތު ފަދަ ނަމެއް ކިޔާ، ދިވެހި މަޔަކާއި ބަފައެއްގެ ދަރިޔެކެވެ. ނުވަތަ ބޭބެއެކެވެ. ނުވަތަ ދައްތައެކެވެ. މިއޮތީ ދިވެހިރާއްޖޭގައި ލާދީނީ ފިކުރުތަށް އޮތް ހިސާބު ސާފުކޮށް އެނގޭށެވެ. އަޙުންނާއި، އުޙުތުންނޭވެ. ތިބޭފުޅުންގެ ދަރިޔަކަށް ނުވަތަ ކޮށްކޮއަކަށް މަތީގައި އެވާފަދަ ލިޔުންތައް ކިޔުމަށް ތިބާ ރުހޭނަންތޯއެވެ؟ ހުދު ތިބާވެސް މިފަދަ ކޮމެންޓުތަކެއް ފެނުމަކަށް ނުރުހޭނެކަން ގައިމެވެ. އެހެނީ އެއްވެސް ދިވެއްސަކު އެމީހެއްގެ އަޙާއަކީ މިފަދަ ނުބައި ފިކުރުތަކުގައި ޖެހިފައިވާ މީހަކަށް ވުމަކަށް ނޭދޭނެކަން ކަށަވަރެވެ.

ދަންނަވަންތޯއެވެ؟ މިއަދު ލޯމަތިން ފެންނަމުންމިދަނީ މީގެ އެތަށް ޒަމާނެއްކުރިން ފެށިގެން ޣައިރު މުސްލިމުން ދިވެހިންނަށް އާމާޒުކޮށްގެން ހިންގަން ފަށާފައިވާ ތަފާތު ހަރަކާތްތަކުގެ ނަތީޖާއެވެ. އެނގިވަޑައި ގަންނަވާތޯވެ؟ 1800 ކައިގެ އަހަރުތަކުގެ ކުރިންވެސް މިބައި މީހުން ވަނީ ދިވެހިންގެ އަޤީދާ އަށް އަތް ބޭނުމަށް މަސައްކަތްތަފަށައިފައެވެ. އެންމެ ބޭފުޅުންނަށްވެސް ދިވެހި ތާރީހާ ބެހޭގޮތުން ބޮޑު ފޮތެއް ލިޔުއްވާފައިވާ ބޭރުގެ ލިޔުންތެރިއެއް ކަމުގައިވާ ޕިރާޑު އެންގި ވަޑައި ގަންނަވާނެއެވެ. އޭނައަކީވެސް މި މަސައްކަތުގައި ރާއްޖޭގައި އުޅުނު ނަޞާރާއެކެވެ. މިއީ އަދި އަޅުގަނޑުމެންގެ ހޫރު ކާފަމެންގެ ހޫރު ކާފަ މެންގެ ދުވަސްވަރަށްވުރެއްވެސް ކުރިއެވެ. އެހެންކަމުން މިހާރު މިމީހުންގެ މަސްއްކަތްތައް ހުންނާނެ ގޮތާއިމެދު ތިބޭފުޅުން ފިކުރު ކޮށްލައްވާށެއެވެ. ހަޤީގަތްތައް މިހިރަ ދަނީ ހާމަވަމުންނެވެ. muraasil.com




Read more...

ދިވެހިން ދީނުގައި ފުރިހަމައަށް ސާބިތު ކޮށްދެއްވާންދޭވެ. އާމީން.


ދީނީ ޢިލްމުވެރިން ނަކީ މިއުންމަތު ކީރިތި ރަސޫލާ (ޞއވ)ގެ ވާރުތަވެރިންނެވެ. ﷲ ގެ ޝަރީއަތް މިއުންމަތުގެ އަހުލުވެރިން ނާއި ހަމައަށް ފޯރުކޮއްދިނުމުގައި މިއަދާޖެހެންދެންވެސް ސާބިތުކަންމަތީގައި ތިބި ބައެކެވެ. އަޅުގަޑުމެންގެ އިޚްތިރާމާއި ޤަދަރު އިލްމްވެރިންނަށް ދޭންޖެހޭނެއެވެ. ޔަޢުނީ ޢިލްމުވެރިންނަކީ އެއްވެސް އަމިއްލަ އެދުމެއްނެތި އިސްލާމްދީން ހިމާޔަތްކުރުމުގައި މިންނެތް މަސައްކަތްތަކެއް ކޮށްފައިވާ އަދި ކުރަމުން އަންނަ ބައެކެވެ. ނަމަވެސް ހިތާމަޔަކީ މިއަދުގެ ޖީލްގެ ސިކުޑިތަކުން އިލްމުވެރިން ނަށްދެމުން އަންނަ ޤަދަރާއި އިޚްތިރާމް ފުހެލުމަށްޓަކައި ޔަހޫދީންނާއި ކުރިސްޓިއަނުންގެ މަޅީގައި މުސްލިމުންގެ ތެރެއިން ބައެއް ޖެހިފައި ވާތީއެވެ. ހިތާމަ ހުއްޓެވެ. ދިވެހިންގެ ތެރެއިން ވެސް ދީންޤަބޫލް ނުކުރާ މަދުބައެއްގެ ބަހަށްހެއްލި ޢިލްމުވެރިންގެ އިއްޒަތާއި ކަރާމަތް ގެއްލުވާލައި އެއްވެސް އަގެއްނެތް ހިތުހުރިއެއްޗެއް ގޮވަމުން ދާބަޔަކަށް ޢިޒަތްދީ މިޤައުމު ކޮށައި ކުދިކުދިކުރަމުން ދާތީއެވެ.

ދިވެހިރާއްޖޭގައި ވެތުވެދިޔަ ތަނުގައި ބޭއްވުނު އިންތިހާބުތަކުގައި ޢިލްމުވެރިންގެ ފަހަތުގައި މަސަތްކަތް ކުރީ ވަރަށްވެސް މަދުބަޔެކެވެ. ދިވެހިން ޖެހުނީ ކުރިސްޓިއަނުންނާއި ޔަހޫދީން ޖެހިމަޅީގައެވެ. މަދުލާރިކޮޅަކަށް ކާބަފައިން މިންނެތް މަސައްކަތުން މިޖީލާހަމައަށް ގެނާއި މި އަގުބޮޑު ޖަވާހިރު ކަމުގައިވާ އިސްލާމް ދީނާއި މިޤައުމު ވިއްކާލިއިރު އަނެއްބަޔަކު ދެއްކި ހުވަފެނަކަށް ވެސް ވަނީ މިޤަުމު ތަރިކަ ވިއްކާލާފައެވެ. ކިހާއި ވަރަކަށް މިކަމާއިމެދު ވިސްނާލިން ހެއްޔެވެ. ހިތާމަޔަކީ ދީނަށް ލޯބިކުރާ ބައެއްގެ ލޭބަލްޖަހާއިގެން މިބޮޑު ޖަރީމާ މުގައުމުގައި ބަޔަކު ހިންގައި އަދިވެސް ހިންގަމުން ދާތީއެވެ. އަޅުގަޑުމެންގެ އަތްތަކުން ހެދި ގޯސްތަކެއްގެ ނަތީޖާ މިހާރުމިދަނީ ފެންނަމުންނެވެ. މިތަނުގެ އިގްތިސާދު މިވަނީ ހަލާކުވެފައެވެ. ނިކަމެތިން ދަނީ ނިކަމެތިވަމުންނެވެ. 900 އެއްހައި ސިޔާސީ މަގާމު އޮތް އިރު ނިކަމެތި ރަތްޔިތަކަށް އޭގެން ކުރީ ކޮންފައިދާއެއްހެއްޔެވެ. އެބައިމީހުން މުޅިގައުމުގެ ހުސްކޮށްލަނީއެވެ. މުޅިގައުމު ފަސާދަ ކޮށްލަނީއެވެ. ޕްރައިވެޓައިޒޭސަންގެ ދަށުން މިޤައުން ޔަހޫދީންނާއި ކުރިސްޓިއަނުންނަށް ވިއްކަމުން ދަނީއެވެ. ދީނަށް ލޯބިކުރާ މީހަކަށް އެތަނަކުން ވަޒީފާއެއް ނުދޭނެއެވެ. މިޤައުމުގައި މިހާރި 600އަށްވުރެ ގިނަ ކުރިސްޓިއަނުން އެބަތިބިއެވެ. މިގައުމަށް ނުފޫޒު ފޯރުވަމުން ދަނީ އެބައިމީހުންނެވެ. ޔަޢުނީ ޕްރައިވެޓޭސަން ގެ ދަށުން މިޤައުމުގެ އިޤްތިސާދު އެބައިމީހުންގެ ކުރިސްޓިއަނުންނާއި ޔަހޫދީންގެ ބާރުގެ ދަށައް ދާނެއެވެ. މުސްލިމު ޤައުކުތަކުގާއިވެސް ކަންހިގާއިފާއިވާ އަދި ހިގަމުން ދާގޮތަކީވެސް މިއެވެ.

އެންމެހައި ދިވެހިންނޭވެ. އަހުންނާއި އުހުތުންނެވެ. ހުރިހައި އެންމެންވެސް ޕާޓީދޫކޮށް ޢިލްމުވެރިންގެ ބަހަށްތަބާވާށެވެ. ލާދީނީފިކުރުގެ ގޮތްތަށް ދޫކޮށްލާށެވެ. ވަގުތެއް ނެތެވެ. މިހާރު އެބައިމީހުންގެ ޕްލޭންތައް ތަންފީޒްކުރަމުން އެގެންދަނީއެވެ. ޢިލްމުވެރިނަށް ތަބާވާށެވެ. ވޭތުވެދިޔަ ތަނުން ޢިބްރަތް ހާސިލްކުރާށެވެ. މިހާރުވެސް މާލަސްވެއްޖެއެވެ. މިއަންނައަހަރު އެޑިއުކޭސަންގެ ސިލަބަސް އަށް އިސްލާމް މާއްދާގެ ބަދަލުގައި ހުރިހައި ދީންތަކެއް ކިޔަވާއިދޭގޮތަށް އަންނި ރިޔާސަތުގައި ހުރެ އެޑިކޭސަނުން ވަނީ ނިންމާފައެވެ. މިވަގުތު ޢިލްމުވެރިންގެ ބަހައްރުޖޫއަނުވެއްޖެނަމަ މިއައްވުރެންވެސް ބޮޑުވަޅުގަޑަކަށް ވެއްޓޭނެއެވެ. މާލީގޮތުންނާއި ޖިސްމާނީގޮތުން ޢިލްމުވެރިންނާށް އެހީތެރި ވެދިނުމަށް މުސްލިމެއްގެ ހައިސިއްޔަތުންނާއި ދިވެހި ދަރިއެއްގެ ހައިސިއްޔަތުން ރޮއެރޮެ ހާސްވެފައިވާ ހާލުގައި އާދެސް ކުރަމެވެ. ﷲ މުސްލިމުންނަށް ހެޔޮވިސްނުން ލައްވާށެއެވެ. އަދި ދިވެހިން ދީނުގައި ފުރިހަމައަށް ސާބިތު ކޮށްދެއްވާންދޭވެ. އާމީން. muraasil.com


Read more...

ދިވެހިރާއްޖެއިން ބަނގުރާ މަނާ ނުކުރުމަށް މަޖިލީހުން ނިންމިތާ ކުޑަދުވަސްކޮޅެއްގެ ތެރޭގައި އަނެއްކާވެސް އެ މައްސަލަ ހައިކޯޓަށް

ރީކޯ މޫސަ ރަލާ ދެކޮޅުހެދުމަށް އިންކާރު ކުރޭ
އެތައްފަހަރެއްގެ މަތިން ބަނގުރާ މަނާ ކުރުމަށް އިލްމުވެރިންނާއި މަދަނީ ޖަމާޢަތްތަކުން މިދިޔަ ހަމަސްދުވަސްތެރޭގައި ތަފާތު އެކި މަސައްކަތް ކުރުމަށްފަހު މައްސަލަ އަދިވެސް އޮތީ ހަމަ އޮތްގޮތަށެވެ. ކަން މިހެން އޮށްވާ އާއްމު ފަރާތަކުން މި މައްސަލަ ނުވަތަ ބަނގުރާވިއްކަން ހުއްދަދީފައިވާ ޤަވާޢިދު ބާތިލް ކުރުމަށް ހައިކޯޓަށް ލައި އަދި އެމައްސަލަ ބަލައިވެސް ގަނެފިއެވެ. މިއީ ދިވެހި ހުރިހާ އިސްލާމުން ވަރަށް އުފާކުރަން ޖެހޭ ކަމެކެވެ. އަދި މީގެ އިތުރުން މި މައްސަލައާއި ބެހޭގޮތުން ވީހާ އަވަހަކަށް މަދަނީ އިއްތިހާދުން އިބްރާހިމް ޝަމީމް އާއި އެއްބާރުލުން ދެއްވުމަކީ މި މައްސަލައިގާ ވަރަށް އަވަހަށް ކުރައްވަން ޖެހޭނެ ކަމެއްކަމުގައި ފެނެއެވެ.

ހ.ކޮޔާ އިބްރާހިމް ޝަމީމް ދުސްތޫރީ މައްސަލައެއްގެ ގޮތުގައި 7 މާރޗް 2010 ގައި " ބަނގުރަލާއި ، އޫރުމަހާއި އޫރުމަހުން އުފައްދާތަކެތި ދިވެހިރާއްޖެއަށް ގެނައުމާއި، ދިވެހިރާއްޖޭގައި ގެންގުޅުމުގެ ޤަވާޢިދު" ދިވެހިރާއްޖޭގެ ޤާނޫނު އަސާސީގެ ފުރަތަ ބާބުގެ 10 ގެ ހ އަދި ށ އާއި ތަޢާރުޞުވާތީ އެ ޤަވާޢިދު ބާތިލްކޮށްދިނުމަށް އެދި ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓަށް ހުށައެޅިއެވެ. ނަމަވެސް 21 މާރޗްގައި ސްޕްރީމް ކޯޓުން ޖަވާބުދެއްވާފައިވަނީ މިފަދަ ދުސްތުރީ މައްސަލައެއް ފުރަތަ މަރްޙަލާގައި ބަލަންޖެހޭނީ ހައިކޯޓުން ކަމަށެވެ. ވުމާއިއެކު މި މައްސަލަ އަލުން 11 އެފްރީލް 2010 ގައި ދިވެހިރާއްޖޭގެ ހައިކޯޓަށް އިބްރާހިމް ޝަމީމް ލެއްވިއެވެ. އަދި ހައިކޯޓުން ވަނީ މިމައްސަލަ ރަސްމީކޮށް ބަލައިގަނެފައިކަމުގައި އިބްރާހިމް ޝަމީމް އާއި ހައިކޯޓުން ކަށަވަރު ކޮށްދެއްވައެވެ. ސިޓީ

Read more...

Saturday, April 24, 2010

މުވައްޒަފުން ގުޅަބަޖިޔާ ވިއްކަން ދޮލަނގު ބޮލަށްލައިގެން މަގުމައްޗަށް ނިކުންނަންޖެހުމަކީ

ލިޔުނީ: މީމުސީނު
އޮފީހުގައި އުޅެ ވަރުބަލިވެގެން ކޮފީއެއް ބޯލަން ގޮސް ވަދެވުނީ ކައިރީގައި ހުރި ރެޑޭ ކަޑަޔަށެވެ! ހާބަރުގެ މަޝްހޫރު ކަޑައެކެވެ. މީހުން ގިނަ ވަގުތެކެވެ. އެކި މީހުން ތިބީ އެކި ވާހަކައިގަ އެވެ. އެ ކަކަށް އެންމެ ބޮޑުވެގެން އުޅެނީ، އޭނާގެ ދަރިފުޅު ކިޔަވަންދާ ސުކޫލަށް ވާނުވާ ގޮތެއް ނެނގޭތީ އެ މައްސަލަ އެވެ. އޭނާ ބުނާ ގޮތުގައި އޭނާގެ ދަރިފުޅު ޢަރަބިއްޔާ ސްކޫލަށް ވެއްދީ އަރަބި ތައުލީމަށް އިސްލާމީގައުމެއްގައި ފުރުޞަތު އޮންނާނެ ކަމުގެ ޔަޤީންކަމުގަ އެވެ.

އަނެކަކު ބުނަނީ ގައުމީ މަރުކަޒު އުވާލި ވާހަކަ އެވެ. އެ މަރުކަޒު ތިންފަޅިޔަށް ފަޅައިލައި ތަރިކަމުދާ ބަހާހެން ބަހައިލައިފި ޔޯލަ އެވެ! ތިންވަނަ މީހާ ކުރީ ސުވާލެކެވެ. ބަލަ ތިޔަ ބުނާ އަރަބިއްޔާ ސުކޫލު ކުދިން ތިބީ ނުކިޔަވައިހެއްޔެވެ؟ އެ ކުދިންނަށް އެވަނީ މަންދު ކޮލެޖުން ކިޔެވޭ ގޮތް ވެފައި ނޫންހެވެ؟ މި ސުވާލަށް ޖަވާބު ދިނީ ހަތަރުވަނަ މޭޒުގައި އިން ދުވަސްވީ ބޭބެ އެކެވެ. އޭނާ ބުނީ ބަލަގަ ސުނާމީގައި ހާލުގައި ޖެހުނު ކަލޭމެން ރަށު މީހުން ވެސް ޓެންޓު ތަކުގައި ނިދައި ކައިބޮއި އެބަ އުޅެ އެވެ. ދެން ގެދޮރު އަޅައި ނުދެޔޭ ކިޔައިގެން ތިޔަ ދައްކަނީ ކޮންވާހަކައެއް ހެއްޔެވެ؟ ޓެންޓެއްގައި ނިދިޔަސް، ގެއެއްގައި ނިދިޔަސް ދެލޯ މެރެންޏާ އެ ވަގުތު ޚަބަރު ހުސްވާ ކަމަށްވަންޏާ، އެ އޮތީ ހޭލައެއް ނޫނެއް ނޫންހެއްޔެވެ؟ އެކަމު އެ ގޮތެއް ތިޔަ ރަށު މީހުންނަކަށް ވެސް ކަމަކު ނުދިޔަ އެއް ނޫންހެވެ؟


ހިތަށް އެރި އެވެ. ތެދެ ކެވެ. މިހާ ދުވަސް ވަންދެން އަޅުގަނޑުމެން ދިވެހިން ހިތުދަސްކޮށްގެން އުޅުނު ޖުމުލައެއް އޮތެވެ. އެއީ ''އިސްލާމްދީނާއި، ދިވެހިބަސް، ދިވެހި ޤައުމިއްޔަތުގެ ބިންގާ'' މި ޝިޢާރެވެ. އެކަމަކު ފެންނަމުންދަނީ ދީނާއި ބަހާއި ސަގާފަތާ ގުޅުންހުރި ހިޔާވަހިތައް ރޫޅެމުން ބިމަށް ފައިބަމުން ދާތަނެވެ. އެހެން ނުވާނަމަ، ރޫޅާލަމުން ބައިބައި ކުރަމުންދާތަނެވެ.


މައްސަލަޔާމެދު ފިކުރު ކުރެވެން ފެށިވަރުން އިތުރު މަޢުލޫމާތު ހޯދައިލީމެވެ. މި ކަންކަމަށް އަންނަ ބަދަލުތަކާ ބެހޭ ފަހުގެ މަޢުލޫމާތު ހޯދައިލީމެވެ. ކޮންމެ އަހަރަކު ކީރިތި ޤުރުއާން ހިތުދަސް ކުރާމީހުންނަށް އިސްލާމީ މަރުކަޒުގައި ބޭއްވޭ މަތީފެންވަރުގެ ޖަލްސާއެއްގައި އެކަމުގެ ޝަރަފު ދެވެމުން އަ އެވެ. މި އަދު އެކަމެއް ނެތެވެ. ފާއިތުވި އަހަރު އެކަން ފާހަގަ އެއް ނުކުރެ އެވެ.


ކޮންމެ އަހަރަކު އަތޮޅުތަކުގައި މަދަރުސާ ކުދިންނަށް ވާހަކަ ދެއްކުމުގެ މުބާރާތްތައް އޮވެ އެވެ. މި އަހަރަކު އެކަމެއް ނެތެވެ. މި އަހަރު އެ މުބާރާތްވެސް އޮތީ ހަމަ އެކަނި މާލެ އަށެވެ. ހަމަ އެހެންމެ ކުރުވާހަކަ ލިޔުމުގެ ޤައުމީ މުބާރާތާއި ދިގުވާހަކަ ލިޔުމުގެ ޤައުމީ މުބާރާތާއި، ޅެންހެދުމުގެ ޤައުމީ މުބާރާތް ވެސް ވަނީ ނުބާއްވާ ގޮތަށް ހަމަޖެހިފަ އެވެ. ދިވެހި ބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުގައި ވަޒީފާ އަދާ ކުރާ ނަންހާމަ ކުރަން ބޭނުން ނުވާ މުވައްޒަފަކު ބުނި ގޮތުގައި އަތޮޅުތަކުގެ ވާހަކަ ދެއްކުމުގެ ޤައުމީ މުބާރާތް ކެންސަލް ކުރެވިފައިވަނީ ލ. އަތޮޅުގެ ރައްޔިތުން އެކަމަށް ބޮޑެތި ތައްޔާރީތައް ވެސް ވީ ފަހުންނެވެ.


''ދެން އެ ބުނަނީނު، ވަލުކާށި ހޮވަން. ގުޅަބަޖިޔާ ތެލުލަށް ގެޔަށް ދާށޭ. ދިވެހިން އުޅޭ ގޮތަކީ އެޔޭ. މިއީ މުޅި ދިވެހި ތާރީޚަށް ކުރާ ފުރައްސާރަޔެއް''


އަނެއްކާވެސް ރެޑޭ ކަޑައިން އިވުނު ވާހަކަ އެކެވެ. އެ ބޭބެ އެ ބުނީ ޤައުމީ މަރުކަޒު ތިންބައި ކުރި ދުވަހު އެތާނުން ވަޒީފާއިން ވަކި ކުރެވޭ މުވައްޒަފުންނަށް، ސަރުކާރުގެ ކަމާބެހޭ ބޭފުޅަކުން ދެއްވި ނަސޭހަތެއްގެ ބައެއްގެ ޢިބާރާތެވެ. ޤައުމީ މަރުކަޒަކީ، ދިވެހިންގެ ދީނާއި ބަހާއި ތާރީޚުގެ ހުރިހާ ލިޔެކިޔުންތަކެއްގެ ޚަޒާނާ ކަމަށްވީއިރު، އެ މަރުކަޒު އުވިގެން ގޮސް، އެ ތަނުގެ މުވައްޒަފުން ގުޅަބަޖިޔާ ވިއްކަން ދޮލަނގު ބޮލަށްލައިގެން މަގުމައްޗަށް ނިކުންނަންޖެހުމަކީ ދިވެހި ޤައުމިއްޔަތު ތެޔޮ ތާހަށް ލުން ނޫންތޯ މި ބޭބެ ސުވާލު ކުރި އެވެ. minivanonline.blogspot.com

Read more...

Friday, April 23, 2010

އާނއެކޭ މަށަކީވެސް ވަށްހާބީއެކެވެ.


ހުސެއިން: *ހަށްގު ބަސް ބުނުމަކީ ވަށްހާބީން ކުރާ ކަމެއްނަމަ، އާނއެކޭ އަހަންނަކީ ވައްހާބީއެކެވެ. *ސުންނަތަށް ލޯބިކުރުމަކީ ވައްހާބީން ކުރާކަމެއްނަމަ، އާނއެކޭ އަހަންނަކީ ވައްހާބިއެކެވެ. *މުޖުތަމައު އިސްލާހުކުރަން މަސައްކަތް ކުރުމަކީ ވައްހާބީން ކުރާނަމަވެސް އަހަންނަކީ ވައްހާބީއެކެވެ. *އިސްލާމް ދީން ފަސާދަކުރަން މަސައްކަތް ކުރާ ތިޔަފަދަ މީހުންގެ އަމަލުތަށް ހުއްޓުވުމަކީ ވައްހާބީން ކުރާކަމެއްނަމަ ، އާނއެކޭ މަށަކީވެސް ވަށްހާބީއެކެވެ.

ޙާތިމް: ތިހެންޏާ މަށަކީވެސް ވައްހާބީއެއް!! ޖޯން ކަލެއޯ؟
މިފްޒާލް: ޖޯން އަށް ތާއީދު. މިވައްހާބީ އަންހެނުން އަޅުވެތިކުރަން އުޅޭ އާލާތުން މިތަނުން ބޭރުކުރޭ.
މުހައްމަދު: ދުނިޔޭގައި އަންހެނުންނަށް "މިނިވަންކަން" ދީފައިވާ ގައުމުތަކަށް ބަލާލަބަލަ. ހައްތާވެސް ފެންނާނީ ފިރިހެނުންގެ އުފަލާ މަޖަލަށްޓަކައި އަންހެނުންގެ ބޭނުންކުރާތަން. އޮފީސްތަކުގެ މުއައްޒަފުން ފެށިގެން ފިލްމުކުޅޭ މީހުންނާއި މޮޑެލުންނަށް ދާންދެން ފިރެހެނުން އުފާވާކަންތައް ކޮށްދޭ އަންހެނުން. ފިރެހެން ޑައިރެކްޓަރުންނާއި ބޮހުން ބުނާގޮތަށް ހަދައިދޭ އަންހެނުން. އެއީ "ހަތަރެސްކަން ހާބީން"ގެ ގޮތް.
މުޖާހިދު: ޖޯން ކަހަލަ ޖާހިލު މީހަކަށް ވުމަށްވުރެ ފަޤީރު ނިކަމެއްޗަކަށް، ނޫނީ މަގުމަތީއޮންނަ ކުނިގަނޑަކަށް ވުންވެސް މާ ރަނގަޅެވެ. ރަނގަޅެވެ. އަޅުގަނޑުމެން "ވައްހާބީން" (މި ނަމަކީ އަޅުގަނޑު ހާދަހާވާ ނަފުރަތުކުރާ ނަމެކެވެ. ނަމާދެއް ކޮށްލިޔަސް ވައްހާބީއެކެވެ. ޤުރުއާން އަކުރެއްކިޔަވާލިޔަސް ވައްހާބީއެކެވެ!!!!) ގެ ކަންތަކާއި ނުބެހުމަށް އެދެމެވެ. ތިޔަބޭފުޅާ ހިތުހުރިގޮތަކަށް އުޅުއްވާށެވެ. ނަންނަން ކިޔުއްވިޔަސް ފަހު ދުވަހު ކާމިޔާބީ ލިބޭނީ ކާކަށް ކަން ބަލާލުމަށް އަޅުގަނޑު ހާދަހާވާ ޝަޢުޤުވެރިވަމެވެ!!! މުރާސިލ

Read more...

ނީލަން ކިޔަން ބަރަހަނާ ކޮށްފައި ނައްޓުވާނެ ހެއްޔެވެ.


ހިދާ

ކނަބަލުން ވިސްނާލަން ޖެހެއެވެ. ފިރިހެނުންނަށް އަންހެން ކަނބަލުންނަށް ހޯދައިދެވޭނީ ކޮން ހައްޤެއް ހެއްޔެވެ؟ އެމީހުން އެމީހުންގެ އަނބީންނާއި ދަރިން އެއްލާލާފައި އަނބިދަރީންގެ ހައްޤުތައް އަދާނުކޮށް އަންހެނުންގެ ހައްޤުތައް ހޯދައިދޭންށޭ ކިޔާފަ މަސއްކަތް އެކުރަނީ ހަމަ ހަޤީގަތުގައިވެސް އަނހެން ކަނބަލުންނަށް ހެޔޮ އެދިގެން ހެއްޔެވެ. ނޫނެކެވެ. އެއީ އެމީހުންގެ އަމިއްލަ އެދުމެއް އޮވެގެނެވެ. އެމީހުން ކުޅެން ގެންގުޅޭ ބޯޅައެއް ފަދަ އެއްޗަކަށް އަލުގަނޑުމެން ހެދުމަށެވެ. ވިސްނާލައްވާށެވެ. އެއިން މީހެއް އެމީހެއްގެ މަންމަ އޮރިޔާން ކޮށްފައި ދަނޑަކަށް ނުވަތަ ސްޓޭޖަކަށް އަރުވާނެ ހެއްޔެވެ.

ނުވަތަ އެއިން މީހެއްގެ އަނބިކަނބަލުން އެހެން ފިރިހެނުންނަށް ނީލަން ކިޔަން ބަރަހަނާ ކޮށްފައި ނައްޓުވާނެ ހެއްޔެވެ. ހައްޤެއް ހޯދަދޭނަމަ ހޯދަދޭންވީ ތިމާގެ އަނބިންނާއި މައިންނަށް ނޫން ހެއްޔެވެ. ވިސްނާލައްވާށެވެ. އަޅުަގނޑުމެން ނެތުމުގެ ތެރެއިން ވުޖޫދަށް ގެންނެވި އިލާހު އަޅުގަނޑުމެންގެ ހާލަތު މޮޅަށް ދެނެވޮޑިގެން އަޅުގަނޑުމެންނަށް ދެއްވާފައިވާ ހައްޤުތަކަށްވުރެން ފުރިހަމަ ހައްޤެއް އެހެނ ބަޔަކަށް ހޯދައިދެވޭނެ ހެއްޔެވެ. އަޅުގަނޑުމެންނީ މުސްލިމުން ކަމަށްވީތީ ހަސަދަލައިގެން އުޅޭ ޔަހޫދީންނާއި ނަސާރާއިން އަޅުގަނޑުމެންނަށް ހެވެއް އެދޭނެ ހެއްޔެވެ. އަދި ހައްޤެއް ހޯދައިދެވޭނެ ހެއްޔެވެ.
"ހިދާ" އަށް ތާޢީދު ކުރަން. "މާސީ" މެންކަހަލަ ކުދިންނަށް އަދި ނުވިސްނެނީ. ﷲ އެކަލާނގެ އަޅުތަކުންނަށް އެނގެވި ގޮތާ ދެކޮޅު ހަދާ، އަޑު އުފުލާ މީހުންނަށްވުރެ ނަސީބު ދެރަ މޮޔަބަޔަކީކޮބައިތޯ؟ މުރާސިލް

Read more...

ހައްގޭ ކިޔައިފައި ކޮންމެފަދަ ކަމެއްކުރިޔަސް މިތިބެވެނީ ހަމަ ރުހެވިގެންނެވެ.



އަންހެނުންގެ ހައްޤުތަކަށް އަރައިގަންނަނީ ތިބޭފުޅުންނެވެ!
މިހާރަކަށް އައިސް ކޮންމެވެސް ބައެއްގެ ހައްގެއް ގެއްލިގެން އެ ހޯދަން މުޒާހަރާ ކުރުމާއި، ތަން ތަނަށް ސިޓީ ފޮނުވުމާއި، މީޑިޔާތަކުގައި އެވާހަކަތަށް ދެއްކުމަކީ ވަރަށް އާންމުވެފައިވާ ކަމެކެވެ. އެއްބަޔަކު މުސްކުޅިންގެ ހައްގުތައް ނުލިބިގެން ދައުވާ ކުރާއިރު އަނެއްބަޔަކު ގޮވަނީ ކުޑަކުދީންގެ ހައްގުތައް ހޯދައިދިނުމަށެވެ. ބައެއްމީހުން އަންހެނުންގެ ހައްގުތައް ނުލިބިގެން އުޅޭއިރު އެހެންތަނަކުން ގޮވަނީ ކުއްވެރިންގެ ހައްގުތައް ހޯދައިދިނުމަށެވެ. ކޮންމެއަކަސް ކޮންމެ ބަޔަކީވެސް އަދި އެއްޗަކީވެސް ކޮންމެވެސް ހައްގެއް ލިބިގެންވާ ބައެއްކަމާއި އެއްޗެއްކަން ކޮންމެ މީހަކުވެސް ގަބޫލުކުރެއެވެ. އަޅުގަނޑު ކުރިން މި އިޝާރާތްކުރި ހައްގުތަކުގެ ތެރެއިންވެސް އަންހެނުންގެ ހައްޤުތައް ނުލިބިގެން އުޅޭމީހުންގެ އަޑުތަކަކީ މީޑިޔާގައި ވަރަށް ބާރަށް ފެތުރޭ އަޑުތަކެކެވެ. އެންމެ ގިނަ ބަޔަކު ކަންބޮޑުވަނީވެސް އަންހެނުންނަށް އެބައި މީހުންގެ ހައްގު ނުލިބޭތީއެވެ. ހައިރާންވާންޖެހޭ ކަމަކީ ބައެއް ފިރެހެން ބޭފުޅުންވެސް ތިމާމެންގެ ހައްގުގެ ވާހަކަ ނުދަށްކާ މި ކަނބަލުންގެ ހައްގުގައި ވަކާލާތު ކުރާކަމެވެ. ފަހަރުގައި މިއީ އެބޭފުޅުންގެ ދީލަތިކަމާއި ހިތް ތިރި ކަމަށް ވުމީވެސް ހަމަ ވެދާނެކަމެކެވެ.


އަންހެނުންނަށް އެކަނބަލުންގެ ހައްގުތައް ހޯދައިދިނުމުގެ ނަމުގައި އަދުގެ ސަރުކާރުންވެސް ގެންދަނީ ވަރަށް މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ސިޔާސީ ދާއިރާއަށް އަންހެން ބެފުޅުން ވެއްދުމަށްޓަކައި ގާނޫނު އަސާސީގެ ދަށުން އިންތިހާބު ކުރުމަށް ހަމަޖެހިފައިވާ އަތޮޅު ކައުންސިލް ތަކާއި، ރަށު ކައުންސިލް ތަކުގެ މެންބަރުންގެ ވަކި އިންސައްތައެއް އަންހެން ބޭފުޅުންނަށް ހާއްޞަ ކުރަށްވާނެކަމަށް ރައީސް ނަޝީދުގެ ރޭޑިޔޯ ހިޠާބެއްގައި ވިދާޅުވި ވާހަކަ އަޅުގަނޑު ހަނދާން އެބަހުއްޓެވެ. އަދި މިއެއްވެސް ނޫނެވެ. ރައްޔެތުންގެ މަޖިލީހުގެ އިންތިހާބުގެ ކުރިންވެސް އެބޭފުޅާ ، ވަކި ޕާޓީއަކަށް ބެލުމެއްނެތި 10 އަންހެން ކަނބަލުންނަށް ކެމްޕޭން ކޮށްދެއްވާނެކަމަށް ވެސް ވަނީ ވައުދުވެފައެވެ. އެކަން ކޮށްދެވުނުތޯ ނުވަތަ ނޫންތޯ، އެއީ އެހެން ބަހުސެކެވެ. މިހުރިހާ ކަމަކީވެސް އަންހެނުންނަށް ނުލިބިގެން އުޅޭ ހައްގުތައް ހޯދައިދިނުމުގެ ނަމުގައި އަދުގެ ސަރުކާރުން ކުރަށްވަން ވައުދު ވެފައިވާ ކަންކަމެވެ.

ސަރުކާރުން މިފަދައިން އަމަލު ކުރަން ފެށުމުން އެއްކަލަ ހައްގުތައް ނުލިބިގެން ކިރުބޯކުއްޖަކު "ރޯފަދައިން" ރޮމުން ދިޔަ ކަނބަލުންތައް ތިބީ ވަރަށް ހެދިފައެވެ. ގަބޫލު ކުރެވުނީ އެކަނބަލުންގެ ހައްގުތައް ފުރިހަމަވަނީކަމަށެވެ. ނަމަވެސް ހަޤީ ގަތަކީ އެއީ ސަރުކާރުން އަންހެން ބެފުޅުންގެ އަތުން ނިގުޅައިގެން ހައްގުތަކެއްކަމެވެ. އެކަނބަލުންގެ ހައްގުގައި މަސައްކަތް ކުރާ ފަރާތްތަކުގެ މޫނުމަތީގައި ޖެއްސެވި ތަފާލެއް ކަމެވެ. އާދެ ކުޑަ ކުޑަ މިސާލެކެވެ. ސަރުކާރުން އެވިދާޅުވަނީ ކައުންސިލް ތަކުގެ 10 އިންސައްތަ އަންހެން ކަނބަލުންނަށް ހާއްޞަ ކުރަށްވާނެ ކަމަށެވެ. މިހެން ހެދުމުން އެކަނބަލުންނަށް ކައުންސިލްގެ 100 އިނސައްތަ ހޯދުމަށް އޮތް މަގު ބަންދުވީއެވެ. އެ މިންގަނޑު ކަނޑަނާޅާނަމަ އަންހެން ބޭފުޅުން ކުރިމަތި ލަށްވައިގެން މުޅިކައުންސިލް އަންހެން ކަނބަލުންގެ އަތްދަށަށް ގެނައުމުގެ ފުރުޞަތުވެސް އެބައޮތެވެ. އެހެންނަމަވެސް އެ ހައްގު އެއޮތީ ސަރުކާރުން ، ހައްގު ހޯދައިދިނުމުގެ ނަމުގައި ނިގުޅައިނެފައެވެ. ސަރުކާރުން އެކުރީ މީހަކު ލޯބިން ފިރުމާލުމުގެ ނަމުގައި ކަންކަށިމަތީ ވިއްލާލުން ފަދަކަމެކެވެ. ހައްގުތައް ނުލިބިގެން ދައުވާ ކުރާމީހުންނަށް އެމީހުންގެ ހައްގުތައް އެނގޭ ވަރަކީ މިހުރީއެވެ. ހައްގޭ ކިޔައިފައި ކޮންމެފަދަ ކަމެއްކުރިޔަސް މިތިބެވެނީ ހަމަ ރުހެވިގެންނެވެ.

ހައްގުތައް ގެއްލިގެން ހަޅޭއް ފަޅޭއް މިޖާހާ އަންހެނެއް ކުރެން ތިޔައިގެ ތެރެއިން ބޭފުޅަކު ނުލިބިގެން އުޅެނީ ކޮން ހައްގެއް ތޯ އަޅެސުވާލު ކޮށްލަބަލާށެވެ. އެކަނބަލުންނަށްވެސް ގެއްލިގެން އުޅޭ ހައަގަކީ ކޮބައިކަމެއް ބަޔާންކޮށްދޭން އެނގޭނެކަމާމެދު އަޅުގަނޑަށް ޝަށްކެވެ. ފިރެހެނުން ސޯޓުބުރި ލައިގެން ފުޓުބޯޅަކުޅޭތީވެ (މިދަންނަވަނީ އައުރަ ނާވާ ނުވާވަރުގެ ސޯޓު ބުރި ލައިގެން ކުޅޭ ވާހަކައެއް ނޫން) އެކަނބަލުންނަށްވެސް އެފަދައިން އުޅެވެން ޖެހޭނެކަމަށް ދައުވާކުރާނަމަ އެދައުއުވާކުރެވެނީ އަމިއްލަ ހައްގު ނިގުޅައިގަތުމަށް އެދިއެވެ. އެކަނބަލުންގެ ދައުވާއަކީ ފިރެހެނުން ވަރިކުރާ ފަދައި ވަރިކުރުމުގެ ހައްގު ލިބުމަށް ކަމުގައިވާނަމަ އެ ވަކާލާތުކުރެވެނީވެސް އަމިއްލަ ހައްގު ނިގުޅައިގަތުމަށެވެ. ނުވަތަ އެކަނބަލުންގެ ދައުވާއަކީ ފިރެހެނުން ކޯޓުތަކުގެ ގާޟީކަން ކުރާ ފަދައިން އެކަނބަލުންވެސް ކުރުމުގެ ހައްގު ހޯދުމަށްކަމުގައިވާނަމަ އެ މަސައްކަތް ކުރެވެނީވެސް ހަމަ އެކަނބަލުންގެ ހައްގު އަމިއްލަޔަށް ނިގުޅައިގަތުމަށެވެ. މިދެންނެވި އެއްޗެއްގެ ތަފްސީލަށް ޖެހިލަމާ ހިންގަވާށެވެ. އިސްލާމް ދީނުގައި ގަސްތަކާ ނުލާ މަރާ މީހެއް ހުކުމަކީ މެރުންކަން ތިބޭފުޅުންވެސް ގަބޫލުކުރަށްވާނެއެވެ. މެރުމަކީ އޭގެ ޒާތުގި ގޯސްކަމެއް ކަމުގައި ސިފަ ކުރެވުނަސް ގާތިލް މެރުމަކީ އޭނަގެ ހައްގެއް ނޫންތޯއެވެ؟ އަދި އެމީހަކު ނުމަރައި ދޫކޮށްލުމަކީ އެބޭފުޅެއްގެ ހައްގު ނިގުޅައިގަތުން ކަމަކަށް ނުވާނެ ތޯއެވެ؟ ހަމަ މި ބީދައިން އަންހެން ކަނބަލުންގެ ވަނާތަށް ފޮރުވާ ހިލޭ މީހުންގެ ލޯތަކުން ސަލާމަތް ވުމަކީ އެކަނބަލުންނަށް އަނގަވާފައި ވާ ގޮތަށް ވީހިނދު އެއީ އެމީހުންގެ ހައްގަކައް ނުވާނެތޯއެ؟ އަދި އެ ކަނބަލުން އޮރިޔާންކޮށް ބޯޅަ ދަނޑަށް އެރުވުމަކީ އެ ހައްގު ނިގުޅައި ގަތުމަކަށްވެސް ނުވާނެތޯއެވެ؟

އަންހެނުންގެ ހައްގުތައް ނުލިބިގެން ގޮވާލާ ޖަމާއްތަކަށް ހަގީގަތުގައި މި ގޮވާލެވެނީ އެ ކަނބަލުންގެ ހައްގުތައް ނިގުޅައިގަތުމަށް ކަމާމެދަކު ޝަށްކެއް ނެތެވެ. ނަމަވެސް ބަޔަކު ތިމާމެންގެ ހައްގުތައް ނިގުޅައިގަންނަ އިރު އެ ގެއްލިގެން ދަނީ ހައްގެއްކަން ރޭކާލާނީވެސް، އެންމެ ކުޑަމިނުން ތިމާގެ ހައްގު ތިމާޔަށް އެނގިގެން ނޫންތޯއެވެ. އަންހެނުންގެ ހައްގުތަކައް އަރައިގަންނަނީ އެބޭފުޅުންކަމުގައި އަޅުގަނޑު މިދަންނަވަނީ މިހެންވެގެންނެވެ. މުރާސިލް

Read more...

ޙަޤީޤަތަކީ ފޮރުވޭނެ އެއްޗެއް ނޫނެވެ.



ޒަމާން ބަދަލު ވެއްޖެއެވެ. ވަގުތާއި ޙާލަތުވެސް ބަދަލުވެއްޖެއެވެ. ބުނެއުޅެއެވެ. އިންސާނުންގެ ފަހަތުން ޒަމާނެއް ނުދުވާނެއެވެ. ޒަމާނުގެ ފަހަތުން ދުވަން ޖެހެނީ އިންސާނުންނެވެ.
މި ދެންނެވި ބަދަލު އިންސާނަކަށް އަންނަނީ އެމީހެއްގެ ވިސްނުން ބަދަލު ވެގެންނެވެ. ބަދަލު ކޮށްގެން ނޫނީ ބަދަލެއް ނުގެނެވޭނެއެވެ.

ބުނެފާނެއެވެ. ޙާލަތު ބަދަލުވީއެވެ. ވަގުތު ދައުރުވަނީއެވެ. ތެދެކެވެ. ވަގުތު އެކަކަށްވެސް ނުހުއްޓުވޭނެއެވެ. އެހެނަސް ޙާލަތު އެއީ، ބަދަލުވާ އެއްޗެއް ނޫނެވެ. ބަދަލު ކުރެވޭ އެއްޗެކެވެ. ޚުދު ތިބާގެ މަސައްކަތުންނެވެ. ތަޤްދީރު ގިނަ ފަހަރު ބަދަލުވެގެންދަނީ ކުރެވޭ ތަދުބީރާ އެއްގޮތަށެވެ. އެހެން ނޫންނަމަ، މިދުނިޔޭގައި ވަކިކަމަކަށް ބޭނުންވެގެން އެއްވެސް އިންސާނަކު އެއްވެސްމަސައްކަތެއް ނުކުރާނެއެވެ. އެއްވެސް ކަމަކަށް އުންމީދެއްވެސް ނުކުރާނެއެވެ.
ތިބާގެ އިހްމާލުން ކަމެއް ނުކުރެވިގެން އަނެކާ ކުށްވެރި ކުރެވޭތަން އަންނަނީ މަދެއްކޮށެއް ނޫނެވެ. ހީވަނީއެވެ. ޝަކުވާކުރާނެއެވެ. މައްސަލަ އުފައްދާނެއެވެ. އެއަށްވުރެ ކުރީން ތިބާއާމެދު ވިސްނާލުން ކީއްހެއްޔެވެ؟ އެފަދަ ޙާލަތުގައި ތިބާއަށް ކިޔޭ އެއްޗެއް ދެނެގަތުން މުހިންމެވެ. ކަން ކުރެވޭގޮތާމެދު ފިކުރުކޮށްލުން މާ ބޭނުންތެރިއެވެ.
ތެދެކެވެ. މީހަކާމެދު ވަކި ގޮތަކަށް ނިންމައިގެން ހުންނަ މީހާއަށް އެހެން ނަޒަރަކުން ވިސްނަން އުނަދަގޫވާނެއެވެ. ފައިސާ ގެންގުޅޭ ހުރިހާ މީހުންވެސް ޚިޔާނާތްތެރި ވާނޭ ކަމަށް ޢާންމު ފަލްސަފާގައި އޮވެއެވެ. އެކަމަކު އެހެން ނުވާ ފަހަރުވެސް އާދެއެވެ. އެހެނަސް ފަލްސަފާ އއެގޮތަށް ބިނާ ކުރެވުނީ ކީއްވެބާއޭ ހިތަށް އަރައެވެ. އެއްފުޅަށް މަތިން ފުންމާލި ބަކަރި އަނެއް ފުޅަށްމަތީން ފުންމާލުން ވާޖިބެއް ނޫނެވެ. އެހެނަސް އެއީ ނުވާނެ ކަމެއް ނޫނެވެ. ވުން ކައިރި ކަމެކެވެ.
ތެދެކެވެ. ދުނބުރިއެއް އަނބަކަށް ނުވާނެއެވެ. ބަޅެއްގެ ނިގޫ ތެދެއްވެސް ނުކުރެވޭނެއެވެ. އަލަގަހަކުން ކެޔޮ ނިރެއް ނުފަޅާނެއެވެ. ކިރު ކަންވާރަކުން މާމުއި ނެރެވިދާނެކަމަށް ދުވަހަކުވެސް އުންމީދެއް ނުކުރެވޭނެއެވެ.
އެހެނަސް، އިންސާނުން ބަދަލުވެއެވެ. ބަދަލު ކުރެއެވެ. ކުޅަދުންވަންތަ ކަލާނގެ އިންސާނާ އުފައްދަވާފައި ވަނީ މި ދެންނެވި ޤާބިލް ކަމާއެކުގައެވެ. އިޚްތިޔާރު ދެއްވާފައެވެ.
މިއީ ޖަނަވާރާއި ގަސްގަހާ ގެއްސާއި ހިފާ ގެންގުޅޭ ތަކެތީގައި ކަން ވާ ގޮތޭ ބުނެ އުޅެއެވެ. އެއީ އިންސާނުންނަށް ނިސްބަތް ކުރެވޭ ވާހަކަތަކެއް ނޫނޭވެސް ބުނެއެވެ.
އެކަމަކު އެހެން ވާނީ ކިހިނެއް ހެއްޔެވެ؟ މި ދުނިޔޭގައި ލެއްވިހާ އެއްޗެއް ވަނީ އިންސާނުންނަށްޓަކައެވެ. އެހެންކަމުން އެ ތަކެތިވަނީ އިންސާނުންނާ ގުޅި ލާ މެހިފައެވެ. ވީއިރު މި ބުނުންތައް އިންސާނުންނަށް ނިސްބަތް ނުކުރެވެންވީ ސަބަބެއް ނެތެވެ. މި ފަދަ ކޮންމެ ބުނުމަކީ ތިބާ އެއިން ފައިދާ ލިބިގަންނަންވީ ބުނުމެކެވެ. އެހެނަސް ޙަޤީޤަތާ ދެކޮޅު ހަދާ މީހުން އެހެން އެހެން ބުނެފާނެއެވެ. އެކަމަކު ލޯތްބާއި ގޮމަކަސްތޫރި ފޮރުވިފާ އެބައޮތްތޯއެވެ. މުރާސިލް


Read more...

ރައީސް ނަޝީދަކީ ވެސް އެހެންވީރު ޓެރަރިސްޓެއް


ލިޔުނީ: ހުސެއިން

ދުނިޔޭގެ ހުރިހާ ގައުމަކަށްވެސް މިއަދު ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް މައްސަލައިގެ ގޮތުގައި ގިނަބަޔަކު ދެކެމުން އަންނަ އެއްކަމަކީ ޓެރެރިސްޓުންގެ އަމަލުތަކެވެ. މިގޮތުން ރާއްޖޭގެ ގިނަބަޔަކުގެ ނަޒަރުގައިވެސް މިކަން އޮތީ ހަމަ އެފަދަ ނުރަށްކައުތެރި ކަމެއްގެ ގޮތުގައެވެ. މިކަމުގެ ހެއްކަކަށް މިފެށޭ މޭމަހު ދިވެހި ރާއްޖޭ ވަޑައިގަތުމަށް ހަމަޖެހިފައިވާ ޑރ.ޒާކިރު ނައިކަށް ސެކިއުރިޓީ ބަލަހަށްޓައިދިނުމަށް އެދި އިސްލާމިކް މިނިސްޓްރީއިން ދިވެހި ރާއްޖޭގެ ޤައުމީ ދިފާއީ ބާރަށް ހުށައެޅުއްވުމުން، ޑރ.ޒާކިރު ނައިކަކީ ޓެރެރިސްޓުންނަށް ހިތްވަރުދޭ ބޭފުޅެކޭ ވިދާޅުވެ އެބޭފުޅާގެ ސެކިއުރިޓީ ހަމަ ޖައްސައިދިނުމަށް ގައުމީ ދިފާއީ ބާރުން ދެކޮޅު ހެއްދެވި ހެއްދެވުން ފުދެއެވެ.


ޑރ.ޒާކިރު ނައިކަކީ ކާކުކަން އަޅުގަނޑު ދަންނަވާކަށް ނުޖެހޭނެއެވެ. މިދިވެހި ވަޠަނުގައި ކީއްކުރަންތޯއެވެ؟ މުޅި ދުނިޔޭގައިވެސް އެބޭފުޅާއަށްވުރެން މަޝްހޫރު ދާޢީ އެއް ހުންނާނެ ހެނެއް އަޅުގަނޑަކަށް ހިޔެއްނުވެއެވެ. ފަހަރުގައި އަޅުގަނޑުގެ މައުލޫމާތު ކޮށީކަމުގައިވެސް ވެދާނެއެވެ. އެބޭފުޅާއަކީ ކީރިތި ޤުރުއާނާއި، ހަދީޘް ފޮތްތަކުގެ އިތުރުން ދުނިޔޭގެ ތަފާތު އެތަކެއް ދީންތަކެއްގެ ފޮތްތައް ވަރަށް ފުރިހަމަޔަށް ދަންނަ ބޭފުޅެކެވެ. އަދި އެބޭފުޅާއަށް، ބޭފުޅުން ކުރަށްވާ ސުވާލުތަކަށް ޖަވާބު ދެއްވުމުގައި ގެންގުޅުއްވާ އާދަޔާހިލާފު ގޮތަކީ އެބޭފުޅާގެ ލެކްޗާތަކަށް މީހުން އިތުރަށް ޝައުޤުވެރިކުރުވާކަމެކެވެ. ފަހުގެ ތާރީހެއްގައި އެންމެ ގިނަބަޔަކު އިސްލާމްދީނަށް ވަނުމުގެ އަސްލެއްކަމުގައި ވެފައިވަނީ ޑރ.ޒާކިރު ނައިކޭ ދެންނެވުމަކުން ދޮގަކަށް ނުވާނެއެވެ. އެހެން ދީންތަކުގެ މީހުން ހާއްޞަކޮށް ނަޞާރާއިންނަށް އެބައިމީހުންގެ ދީން ފެތުރުމަށް މިއަދު ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ޑރ.ޒާކިރު ނައިކުކަމާމެދަކު ޝައްކެއް ނެތެވެ.

ކޮންމެއަކަސް މިފަދަ ކުޅަދާނަ ބޭފުޅަކަށް ރާޖޭގެ ޤައުމީ ދިފާއީ ބާރުން ސެކިޔުރިޓީ ދޭން އުޒުރުވެރިވުން އެއީ ޤަބޫލުކުރެވޭނެ ކަމެއްނޫނެވެ. ރައީސް ނަޝީދު ވެރިކަމަށް ވަޑައިގަންނަވަން ވެވަޑައިގެތް އެންމެ ބޮޑު އެއް ވައުދަކީ ދީނީ ކަންކަން ދީނީ ޢިލްމުވެރިންނާ ހަވާލުކުރަށްވާނެކަމަށް ދިވެހި ރަށްޔެތުންގެ ކުރިމަތީގައި ވެލެއްވި ވަޢުދެވެ. ހަގީގީ މާނައިގައި އިލްމުވެރިންނަށް ދީނުގެ ކަންކަނަ ހަވާލުކުރުމުގެ މާނައަކީ ދީނީ ގޮތުން އެބޭފުޅުން ކުރަށްވަން ބޭނުންފުޅު ކޮންމެ ކަމެއް އެބޭފުޅުން އެދޭ ގޮތަކަށް ހިންގުމުގެ ފުރުޞަތު ދިނުމެއެވެ. ތިމާމެންގެ ގަބޫލުކުރުންތަކާ ފުށުއެރިކަމުގައި ވީނަމަވެސް ދީނީ ގޮތުން ކުރާ ކަމަކަށް ތިމާމެންގެ އަތް ނުބާނާ މަޑުން ތިބުމެވެ. މިހެން މި ދެންނެވީ، ޑރ.ޒާކިރު ނައިކު ރާއްޖެ ގެނައުމަށް ކުރާ އެއްވެސް ކަމެއްގައި އެބާރުލުން ނުދިނުމަށް މިހާރުގެ އިލްމާނީ ވެރިޔާ މުހަށްމަދު ނަޝީދު ސަރުކާރުގެ ތަފާތު ވުޒާރާތަކުގައި އެދެފައިވާތީއެވެ. އެއީވެސް ޑރ.ޒާކިރު ނައިކަކީ ޓެރަރިޒަމަށް ތާއީދުކުރާ ބޭފުޅެއް ކަމަށް ބުނެޔޯލައެވެ. ތިމާއަކީ ދީނީ އިލްމުވެރިއެއް ނޫނޭ، ދީނީ އެއްވެސް ކަމަކާ ނުބެހޭނަމޭ ވިދާޅުވި ބޭފުޅާއަށް ވާވަރަކީ މިއީއެވެ. ޑރ.ޒާކިރު ނައިކަކީޓެރެރިޒަމަށް ގޮވާލާ އެކަމަށް ހިތްވަރުދޭ މީހެކޭ ބުނި މުސްލިމަކު ނަޝީދު ނޫނިއްޔަކާ ހުރެދާނެހެނެއް އަޅުގަނޑަކަށް ހިޔެއް ނުވެއެވެ.

މިއަދުގެ ދުނިޔޭގައި ޓެރަރިޒަމް މާނަކުރަމުން ދަނީ އޭގެ ހަގީގީ މާނައިގާތޯ މިއީވެސް މިހާރު އުފެދޭ ސުވާލެކެވެ. ގިނަފަހަރަށް ޓެރެރިސްޓެކޭ ބުނެފިނަމަ ކޮންމެ ބޭފުޅަކަށްވެސް އިނގިލި ދިއްކުރެވެނީ މުސްލިމުންނާ ދިމާއަށެވެ. ކޮންމެ ކޮންމެ މުސްލިމަކަށްސް ނޫނެވެ. އަޅުގަނޑުމެންގެ ގައުމުގައި މިއުޅޭ “މެދު މިނުގެ” މުސްލިމުންނަކަށްވެސްނޫނެވެ. ކީރިތި ރަސޫލާ ތުނބުޅި ފުޅު ބެހެއްޓެވީތީ ތުނބުޅި ބަހަށްޓާ ކޮންމެ މުސްލިމަކީވެސް ޓެރަރިސްޓެކެވެ. އެކަލޭގެ ފާނު އިޒާރު މަތިކުރުމަށް އެންގެވީތީ، ފައިކުރި ތަނބިކަށްޓަށްވުރެ މަތީގައި ހުންނަ ކޮންމެމީހަކީވެސް މިބައި މީހުންގެ ކުރިމަތީގައި ހަމަ އުސާމާ ބިން ލާދިން ފަދަ މީހެކެވެ. މިހެންގޮސް ކިޔާނެކަމެ ނެތެވެ. ފުރިހަމަ ގޮތުގައި ރަސޫލާ އެންގެވިގޮތަށް އުޅުމަށް މަސަކަތްކުރާ ކޮންމެ މީހަކީ މިބައި މީހުންގެ ކުރިމަތީގައި ޓެރެރިސްޓެކެވެ. މަޤްޞަދަކީ ކޮންމެވެސް އެއްޗެކޭ ކިޔައިގެން އިސްލާމްދީން މި ބިންމތިން ނައްތާލުމެވެ. ނަމަވެސް ހައްގަކާ ނުލައި ފަލަސްތީނާއި، އީރާޤާއި، އަފްޤާނިސްތާނުގައި މުސްލިމުން މަރަމުން ދާއިރު އެއީ ޓެރަރިޒަމްގެ އަމަލަކަށް ނުބެލެވެއެވެ. އެއީ ހަމަ ގައުމީ ބަޠަލުންނެވެ. ދިވެހި ރާއްޖޭގައިނަމަ ހަމަ ބޮޑު ތަކުރުފާނެވެ. ނުވިތާކަށް އެ އަމަލުތަށް ސިފަކުރެވިފައި އޮންނަނީޓެރަރިސްޓުންނާ ދެކޮޅަށް ހިންގޭ ހަރަކާތްތަކެއްގެ ގޮތުގައެވެ.

މުސްލިމުންގެ ގައުމުތަކަށް އަރައި އެމީހުން ކަތިލަމުންދާ ޤައުމަކުން، ދުވަހެއްގެ ކޮޅުން ވެރިކަމުގެ ކޮއިލުކޮޅުތެރެޔަށް ފިޔަވަޅެއް އެރިފައި ހުރިމީހެއް ރާއްޖެ އަޔަސް ހީވާނީ އެހެންކަމެއްހެންނެވެ. ހިންގަވައިފައި ވަޑައިގަންނަވާ މަގެއްނަމަ އަޅުއްވާ ކޮންމެ ފިޔަވަޅަކަށް ދެމީހުން އެމީހަކުގެ ހަށިފާރަޔަށް ތިބޭނެއެވެ. ނިދިކުރައްވާ ކޮޓަރިތެރޭގައިވެސް ހަށިފާރަވެރިންނެވެ. ފާހާނާކޮޅުގައިވެސް ނުތިބޭ ކަމެއް ނޭންގެއެވެ. މިއިރަކު މިއީ ޓެރަރިސްޓުންނަކަށްވެސް ނުވެއެވެ. ޓެރަރިސްޓަކަށް ވަނީ ދީނީ އިލްމުވެރިޔަކު އައިސް މިނުބައި އިލްމާނީން ހިންގާ ހަރަކާތްތަށް މީސްތަކުންނަށް އަލިފުން ބާޔައަށް ބަޔާންކޮށްދީ އެމީހުންގެ ނުބައި މަޤްޞަދުތައް ހާސިލްކުރުމަށް ކުރާ މަސައްކަތްތަކަށް ހުރަހަކަށް ވެދާނެތީއެވެ. ދިވެހި ވެރިންގެ ހާލަކީ މިހިރީޔެވެ. އިސްލާމްދީން ދިފާއުކުރުމަށް ﷲގަންދީ ހުވާކުރިފަހުން އަދި މިއުޅެނީ ދެއަހަރު ހަމަނުވެގެންނެވެ. ހަނދާން ބަލިކަށިވިޔަސް ދެން އެވަރު ތަންފުކެއް ބޮޑުނޫންތޯއެވެ؟ dhiislam


Read more...

ހިއްލަތު.ކޮމް’ ކަން ދިއިސްލާމްއަށް ވަނީ ފާހަގަ ކުރެވިފައެވެ.


ލިޔުނީ: އަލީ އަހްސަން

‘މުސްލިމުންގެ ގުޅުން’ ގޫގަލްގައި ޖަހާފައި ސާޗްކޮށްލުމުން މުސްލިމުންގެ ގުޅުމުގެ ވެބްސައިޓްގެ ހެކް ކޮށްފައިވާ ސައިޓްގެ ވެބް ހެޑިންގ އަކަށް ލިޔެފައިވަނީ ‘ހިއްލަތު.ކޮމް’ ކަން ދިއިސްލާމްއަށް ވަނީ ފާހަގަ ކުރެވިފައެވެ.


‘މުސްލިމުންގެ ގުޅުން’ ޖަމިއްޔާގެ ރަސްމީ ވެބްސައިޓް ހެކް ކޮށްފިއެވެ.

މީގެ ދެދުވަސް ކުރިން ހެކް ކޮށްފައިވާ ‘މުސްލިމުންގެގުޅުން.އޯގް’ ގައި ހެކް ކުރުމަށްފަހު ވިހުރެމުންދާ ދިވެހި ދިދައަކާއި ‘އަނހާ…. ކިހިނެއް މިވީ’ ޖަހާފައިވެއެވެ. އަދި ނުފެންނާނެހެން ހުދުކުލައިން ‘ހެކްޑ އެންޑް އޯން’ ޖަހާފައިވެއެވެ.

ރާއްޖޭގައި އެންމެ ގިނަ ދުވަސްވީ ޖަމިއްޔާކަމުގައިވާ މުސްލިމުންގެ ގުޅުމުގެ ފަރާތުން ވާހަކަ ދެއްކެވި ފަރާތަކުން ދިއިސްލާމްއަށް ހާމަކުރެއްވިގޮތުގައި ‘ވެބްސައިޓް ހެކް ކޮށްފައި ވަނީ މީގެ ދެ ދުވަސް ކުރިން ކަމަށާއި ހެކް ކުރި ބަޔަކު އަދި ނޭނގޭ’ކަމަށެވެ. އެޖަމިއްޔާއިން ހާމަކުރައްވާ ގޮތުގައި ‘މުސްލިމުންގެ ގުޅުމުގެ އާ ވެބްސައިޓެއް އިތުރު ބައިތަކާއި އެކު ވުޖޫދަށް އަންނާނެ ކަމަށާއި މުސްލިމުންގެ ގުޅުމަށް ބަޔަކު ދިން މިހަމަލާގެ ސަބަބުން އިތުރަށް ހިތްވަރު ލިބި އިސްލާމްދީނުގެ ދިފާއުގައި މަސައްކަތްތައް އިތުރަށް ކުރިއަށްދާނެ’ ކަމަށެވެ.

މުސްލިމުންގެ ގުޅުމުގެ ވެބްސައިޓަކީ އެޖަމިއްޔާގެ ހަބަރާއި މައުޟޫމާތު ފޯރުކޮށްދިނުމަށް ހަދާފައިވާ ވެބްސައިޓެކެވެ. އެޖަމިއްޔާއިން ހާމަކުރައްވާ ގޮތުގައި ކުރިއަށް އޮތްތަނުގައި އާ ވެބްސައިޓަކާއި އެކު ޖަމިއްޔާގެ ހަބަރުގެ އިތުރުން ލާދީނީ ކަންކަމާއި ދެކޮޅަށް ވެބްސައިޓު މެދުވެރިކޮށް ތަފާތު މަސައްކަތެއް ފަށާނެކަމަށާއި ‘ހެކް’ ކުރުމުގެ ސަބަބުން ޖަމިއްޔާގެ ފަރާތުން ހިންގާ މީޑިއާ ހަރަކާތްތަކަށް އެއްވެސް ހުއްޓުމެއް ނާންނާނެ’ކަމަށެވެ.

‘މުސްލިމުންގެ ގުޅުން’ ގޫގަލްގައި ޖަހާފައި ސާޗްކޮށްލުމުން މުސްލިމުންގެ ގުޅުމުގެ ވެބްސައިޓްގެ ހެކް ކޮށްފައިވާ ސައިޓްގެ ވެބް ހެޑިންގ އަކަށް ލިޔެފައިވަނީ ‘ހިއްލަތު.ކޮމް’ ކަން ދިއިސްލާމްއަށް ވަނީ ފާހަގަ ކުރެވިފައެވެ.

ފަހަކަށް އައިސް ދީނީ ވެބްސައިޓްތަކަށް ދޭ ހަމަލާތައް ވަނީ އާންމުވެފައެވެ. ދީނީނިއުސް.ކޮމް ބައެއްގެ އަތްދަށަށް ދިއުމަށް އަލުން ލިބިފައިވަނީ ހެކަރުންނާއި ދެކެވުނު ވާހަކަތަކަކަށް ފަހުގައެވެ dhiislam

Read more...

ރާބޯ މީހުނަށް ބަނގުރާ ބަހައްޓަންޖެހެންޏާ ޖުވަކުޅޭ މީހުނަށް ކެސިނޯވެސް ހުނަންވާނެތާއެވެ. ހަށިވިއްކާ މީހުނަށް ނާސިގެތައްވެސް ބަހައްޓަން ޖެހޭނެތާއެވެ.

އަބްދުﷲ މުއާޛް - ހާމަ ޑައިލީ
ދިވެހިރާއްޖެއަކީ އިސްލާމީ އުސޫލުގެ މަތީގައި ބިނާވެފައިވާ ދައުލަތެއްކަމުގައި ޤާނޫނު އަސާސީގެ ދެވަނަ މާއްދާގައިބުނެފައި އެބައޮތެވެ. ޤާނޫނު އަސާސީގެ މައިގަޑު މަސްދަރަކީ އިސްލާމް ދީންކަމަށް ޤާނޫނު އަސާސީގައިވެއެވެ. އިސްލާމްދީނާއި ޚިލާފު ޤާނޫނެއް ނުހެދޭނެކަމަށްވެސް ޤާނޫނު އަސާސީގައި އޮވެއެވެ.

މީހުން ދިރިއުޅޭ ރަށްރަށުގައި ބަނގުރާ ވިއްކުން މަނާކުރުމުގެ ބިލެއް ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ވެއްދުމާގުޅިގެން އެބިލު ވަންދޮރުން ވަނީ ސައްޕުޖަހާ ބޭރުކޮށްލާފައެވެ. ހުއްޖަތަކަށް ދެއްކީ ރާއްޖޭގެ ވަކިތަނެއްގައި ރާވިއްކުން މަނާކުރުމަކީ އެހެންތަންތާ ރާވިއްކުން ހުއްދަކުރުން ކަމުގައި ވާނެކަމަށްޓަކައި ވަކިތާކު ރާވިއްކުން މަނާކުރާ ޤާނޫނެއް ހެދުމަކީ ޤާނުނު އަސާސީއާއި ޚިލާފުކަމަކަށްވުމެވެ. ވެރިކަން ކުރާ އެމްޑީޕީއަށް ނިސްބަތްވާ މެންބަރުންނާއި، އެނޫން ބައެއް މެންބަރުންވެސް އެރޫޙުގައި މަޖިލީހުގެ ތަޅުމުގައި ހަރުއަޑުން ބުނަމުން ދިޔައީ މަނާކުރަންޏާ މަނާކުރަންވާނީ މުޅިރާއްޖޭގައި ރާވިއްކުން ކަމަށެވެ. އެބަހަނާގައި މީހުން ދިރިއުޅޭރަށް ރަށުގައި ބަނގުރަލާއި އޫރުމަސް ވިއްކުން މަނާ ކުރާ ޤާނޫނެއް ފާސްވިޔަނުދީ މަޖިލިހަށް ބަލައިވެސް ނުގަނެ އެބިލްވަނީ މަޖިލީހުން ބޭރުކޮށްލާފައެވެ. މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން ޤާނޫނު އަސާސީއަށް އިޙުތިރާމްކޮށް އެވަރުގެ ނިންމުމެއް ނިންމެވުވުމުން ރާއްޖޭގައި ބަނގުރާ މަނާކުރުން ދެން މާލަހެއް ނުވާނެކަމަށް ބަޔަކަށް ހީކުރެވުނެވެ. ރާއްޖެއަށް އެތެރެކުރުން މަނާ އެއްޗެއްގެ ގޮތުގައި ބަނގުރަލާއި އޫރުމަސް ހިމެނިގެންދާތަން ދެކޭހިތުން ބަޔަކުތިއްބެވެ.


އޭގެފަހުން، ރާއްޖޭއަށް އެތެރެކުރުން މަނާތަކެތީގެ ޤާނޫނަށް އިސްލާޙެއް ހުށަހެޅުނުތަން މަޖިލީހުން ފެނިގެން ދިޔައެވެ. ރާއްޖެއަށް ބަނގުރަލާއި އޫރުމަސް އެތެރެ ކުރުން މަނާކުރުމުގެ ބޭނުމުގައެވެ. ސައްތައިން ސައްތަ އިސްލާމީ ޤައުމުގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ކިބައިގާއި ދީނަށް ނަޞްރުދިނުމުގެ ރޫހު ހުރިމިންވަރު ވަޒަންކޮށްލުމަށް ލިބުނު ފުރުޞަތަކަށް އެކަންވެގެން ދިޔައެވެ. ރާއްޖޭގެ ބައެއްގައި ބަނގުރާ ވިއްކާފާ އަނެއްބައިގާ ބަނގުރާ ނުވިއްކާ ގޮތަށް ހަދާ ޤާނޫނަކަށް ވޯޓުދޭން ބިރުން، މީހުންއުޅޭ ރަށްރަށުގައި ބަނގުރަލާއި އޫރުމަސް ވިއްކުން މަނާކުރާ ބިލަށް ވޯޓުނުދީ މުޅިރާްޖޭގައި ބަނގުރަލާއި އޫރުމަސް މަނާ ކުރަން ގޮވާލި އެެއްކަލަ މެންބަރުންތައް މިއިސްލާޙު ހުށަހެޅިއިރު ކޮބައި ހެއްޔެވެ. އިސްލާމް ދީނަށްޓަކައި އެއިސްލާޙު ފާސްކޮށްލާކަށް ނުކެރުނެވެ. ކުރިންވެސް އެކަން އެގެއެވެ. ނުކުރާނެއެވެ. ނުވެސް ކުރެވޭނެއެވެ. އެއަށްވުރެ ބޮޑަށް މާއްދިއްޔަތަށް މިތިބެވެނީ އަޅުވެތިވެވިފައެވެ.


އިސްލާމް ދީނާއި ރާއްޖޭގެ ޤާނޫނު އަސާސީއަށް ޙުރުމަތްތެރިކޮށް ހިތުމަށް ހުވާކޮށްގެން ތިބެ ދީނަށް ނަޞްރުދޭން ކެރޭ ބަޔަކަށް މަޖިލީހުގެ ގިނަ މެންބަރުންނުވިއެވެ. އާއެކެވެ. އިސްލާމްދީނުގައި ބަނގުރާ ޙަރާމެވެ. އޭގެ ވިޔާފާރިވެސް ޙަރާމެވެ. އެއީ ވަކި ޙާލަތެއްގައި ހުއްދަވެފައި ހަރާމްވާ އެއްޗެއް ނޫނެވެ. ފުރާނަ ސަލާމަތްކުރުމަށް އެހެން އެއްވެސް ގޮތަކަށް ފުރުޞަތެއްނެތް ހިނދު ބަނގުރާ ހުއްދަވާކަމަށް ހުއްޖަތްދައްކަމުން، އިޤްތިޞާދީ މަންފާއަށްޓަކައި ރާވިއްކުމަކީ މައްސަލައެއްނޫނޭ ބުނެ އެއިސްލާޙު ބަލައިނުގަނެ އެއްލާލީއެވެ.


އަޖައިބެއް ނުވާނެހެއްޔެވެ. ދޭތެރެ ދޭތެރެއިން މަލޭންނާއި ރަށްރަށުން ބަނގުރާ އުފައްދާ މީހުން ފެނިގެން އަތުލައިގަނެ އެމީހުނަށް އެބަ އަދަބުދެއެވެ. ރިސޯޓުތަކުގެ ބަރތަކާއި ގުދަންތަކުގައި ރާއަތުރައިގެންނާއި ފައްލަވަ ކޮށްގެން އޫރުމަހާއި ރާވިއްކާ ނަގާއިރު އެއީ މައްސަލައަކަށްނުވެއެވެ. އިސްލާމުންނޭ ކިޔައިގެން ﷲގަންދީ ހުވާކޮށްގެން ތިބެ ﷲގެ ވަޙީބަސް ފުޅުތަކާ ޗެލެންޖުކުރަން ހެޔޮވާނެ ހެއްޔެވެ. ބިރުނުގަންނަނީ ހެއްޔެވެ. ތިޔަކަހަލަ މަޖިލީހަކަށްވުރެ ﷲ މާބޮޑެވެ. މާމަތިވެރިއެވެ.


ރާއްޖެއަށް ބަނގުރަލާއި އޫރުމަސް އެތެރެކުރުން މަނާކުރަން ބިރުން ތިޔައުޅެނީ އިޤްތިޞާދޭ ކިޔައިގެން ހެއްޔެވެ. ބަނގުރަލާއި އޫރުމަހާ ނުލާ ޓޫރިޒަމް ނުހިންގޭނެކަމަށް ހީވަނީ ހެއްޔެވެ. ﷲގެ ކުޅަދުންވަންތަކަމާ މެދު ޝައްކުވަނީހެއްޔެވެ. ﷲ އަމުރުފުޅަކާ އެއްގޮތަށް ޢަމަލުކޮށް ދީނަށް ނަޞްރު ދިނުމުން ނިކަމެތިވާނޭކަމަށް ހީވަނީ ހެއްޔެވެ.


ބަނގުރާ ނުވިއްކަންޏާ ޓޫރިޒަމް ހަލާކުވެ އިޤްތިޞާދު ފުޑުފުޑުވާނެ ކަމަށް ބުނެ މަޖިލީހުގައި ގަޔަށް ބާރުލާފައި ވާހަކަ ދައްކާއިރު، ސްނާމީ އައިސް އެތައް ރިސޯޓެއް ފުޑުފުޑުވެ އިޤްތިޞާދު ހަލާކުވީ ރާފުޅިތަކާއި އޫރުމަސްތައް އަތުރައިގެން ނަށަނަށާ ތިއްބާކަން ހަނދާން އެބަހުރިބާއެވެ. ޤުދުރަތީ ކާރިސާއަކުން ނުވަތަ ދުނިޔޭގައި ހިނގާ ނޭއްގާނިކަމަކުން ޓޫރިޒަމަށް ނުބައި އަސަރުތައް ކޮށްފައި ހުރީ ރާފުޅިތައް އެތެރެކޮށްގެން ވިއްކާންތިއްބައެވެ. މިހާރުވެސް އައިސްލޭންޑްގެ އަލިފާން ބަރުބަދައެއްގެ ދުމާހުރެ ޔޫރަޕްގައި ދަތުރު ފަތުރު މެދުކެނޑުމުން ރާފުޅިތައް އަތުރައިގެން ތިއްބަސް އެތިބީ އެމީހުނަށް އެތިބީ ރާއްޖޭގައި ރާބޯން ނާދެވިފައެވެ. ހީނުކުރާހާ ބޮޑުގެއްލުމެއް އެކަމުންވެސް އެދަނީ ޓޫރިޒަމަށް ކުރަމުންނެވެ. މިހުރީ އިބްރަތް ޙާޞިލުކުރާންވީ ކަންކަމެވެ.


އަނެއްކޮޅު ޓޫރިޒަމް އިންޑަސްޓްރީގައި، ރާބޯ މީހުނަށް ބަނގުރާ ބަހައްޓަންޖެހެންޏާ ޖުވަކުޅޭ މީހުނަށް ކެސިނޯވެސް ހުނަންވާނެތާއެވެ. ހަށިވިއްކާ މީހުނަށް ނާސިގެތައްވެސް ބަހައްޓަން ޖެހޭނެތާއެވެ. ޑްރަގަކީވެސް މަނާއެއްޗަކަށް ހަދާނޭކަމެއް ނެއްތާއެވެ. އެއީވެސް ފައިދާބޮޑު ވިޔަފާރިއެއް ވިއްޔާއެވެ. އޭރުން ޓޫރިޒަމްގެ އައު މާރކޭޓްތައް ހުޅުވި ގިނަ ފައިސާ ލިބޭނެ ނޫންހެއްޔެވެ. ރާވިއްކަން ބަހައްޓަންޏާ ކެސިނޯތަކާ ނާސިގެތައްވެސް ނުބަހާއްޓާންވީ ކަމެއްވެސް ނެތްތާއެވެ. ނަޢޫޛުބިﷲ...............! raajjeislam

Read more...

Wednesday, April 21, 2010

ދިވެހިރާއްޖޭގެ އެންމެހާ މީޑިޔާތަކަށް


ހ.ކޮޔާ
އަބަދަށްއުފާ މަގު

ދިވެހިރާއްޖޭގެ އެންމެހާ މީޑިޔާތަކަށް
ވެދުން ސަލާމަށްފަހު ދަންނަވަމެވެ.
ދުސްތޫރީ މައްސަލައެއްގެ ގޮތުގައި 7 މާރޗް 2010 ގައި " ބަނގުރަލާއި ، އޫރުމަހާއި އޫރުމަހުން އުފައްދާތަކެތި ދިވެހިރާއްޖެއަށް ގެނައުމާއި، ދިވެހިރާއްޖޭގައި ގެންގުޅުމުގެ ޤަވާޢިދު" ދިވެހިރާއްޖޭގެ ޤާނޫނު އަސާސީގެ ފުރަތަ ބާބުގެ 10 ގެ ހ އަދި ށ އާއި ތަޢާރުޞުވާތީ އެ ޤަވާޢިދު ބާތިލްކޮށްދިނުމަށް އެދި ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓަށް ހުށައެޅީމެވެ. 21 މާރޗްގައި ސްޕްރީމް ކޯޓުން ޖަވާބުދެއްވާފައިވަނީ މިފަދަ ދުސްތުރީ މައްސަލައެއް ފުރަތަ މަރްޙަލާގައި ބަލަންޖެހޭނީ ހައިކޯޓުން ކަމަށެވެ. ވުމާއިއެކު މި މައްސަލަ އަލުން 11 އެފްރީލް 2010 ގައި ދިވެހިރާއްޖޭގެ ހައިކޯޓަށް ވަނީ ލެވިފައެވެ. އަދި ހައިކޯޓުން ވަނީ މިމައްސަލަ ރަސްމީކޮށް ބަލައިގަނެފައެވެ.

ދަންނަވަމެވެ. ބަނގުރަލަކީ މަަސްތުވާއެއްޗަކަށް ވީހިނދު އަދި މަސްތުވާތަކެތި ހުއްޓުވުމަކީ މިއަދުގެ ސަރުކާރުން ވެފައިވާ ރިޔާސީ ވަޢްދުތަކުގައި ހިމެނިފައިވާ ކަމެއްކަމަށްވުމާއި ، ދިވެހި ޖުމްހޫރިއްޔާގެ ރައީސް އަލްފާޞިލް މުޙަމްމަދު ނަޝީދު 26 ފެބްރުއަރީ 2010 ވަނަ ދުވަހު ދިވެހި ރާޢްޖޭގެ އެންމެހާ ރައްޔިތުންނާއި މުޚާތަބް ކުރައްވާ ދެއްވި ރޭޑިޔޯ ޚިތާބުގައި މާލެއާއި އަދި ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައި ހިންގައިފައިވާ ހުރިހާ މާރާމާރީ އަކީ ބަނގުރާ ބޮއިގެން މަސްތުވެގެން ހިންގާފައިވާ ކަމެއްކަން ސާފު ޢިބާރާތުން ދޭހަވާގޮތަށް ރައީސުލް ޖުމްހޫރިއްޔާ ފާހަގަކޮށް އެކަން ޢާއްމު ކޮށް ޢިޢްލާން ކޮށްފައިވާތީއާއި ، ބަނގުރަލުގެ މައްސަލައަކީ ޤައުމުގައި މިއަދު ވަރަށް ނާޒުކު ކަމަކަށްވެފައިވާ ދަނޑިވަޅެއްގައި ، ހަނދާން ހުންނާނޭފަދައިން ބަނގުރާވިއްކުމަކީ ދެކޮޅުހަދާ ނުރުހޭ ކަމެެއްކަން ދިވެހި އެންމެހާ ރައްޔިތުން ނިކުމެ މުޒާހިރާކޮށްގެން ދައްކާފައިވާއިރު މިފަދަ ހައްސާސް މައްސަލައެއްގައި ތިޔަ އެންމެހާ މީޑިޔާ ތަކުން މި މައްސަލަ އިތުރަށް ތަޙްޤީޤްކޮށް މިކަމުގައި ފުރިހަމަ އެއްބާރުލުން ދެއްވާ މިކަން ހިނގަމުންދާގޮތް ދިވެހި އެންމެހާ ރައްޔިތުންނަށް އެންގުމަކީ ތިޔަ މީޑިޔާ ތަކުގެ ޤައުމީ ޒިންމާއެއް ކަމުގައި ދެކެމެވެ.
ދަންނަވަމެވެ. މިފަދަ ދީނީ އަދި ޤައުމީ މައްސަލައެއްގައި އެހީތެރިކަން ހީދުމުގެ ގޮތުން އަޅުގަނޑު ބަނގުރަލުގެ ޝަރުޢީ ހުކުމް ހޯދުމަށް ފަސްފަރާތަކަށް ސިޓީ ހުށައެޅީމެވެ. އެއީ އިސްލާމިކް މިނިސްޓްރީއާއި ދިވެހިރާއްޖޭގެ ފިޤްހް އެކަޑަމީއާއި އަދާލަތު ޕާޓީ އާއި އިސްލާމިކް ފައުންޑޭޝަން އޮފްދަ މޯލްޑިވްސް އާއި ޖަމްޢިއްޔަތުއްސަލަފް އެވެ. އިސްލާމިކް މިނިސްޓްރީންނާއި ޖަމްޢިއްޔަތުއްސަލަފުން ތަފްސީލީ ޖަވާބު ދެއްވައިފާ ވާކަން ފާހަގަ ކުރަމެވެ. މިކަމުގައި އަދާލަތު ޕާޓީން ޕާޓީގެ ރައީސް އައްޝައިޚް ހުސެންރަޝީދު އަހްމަދު ފޯނުން ވިދާޅުވެފައިވަނީ މިނިސްޓްރީންވެސް ޖަވާބުދެއްވަން ތިއްބަވާނީ އެއްބަޔެއްކަމާއި އަދާލަތު ޕާޓީން މިކަމުގައި ޖަވާބު ދެވޭނީ އަނގަބަހުން ކަމުގައެވެ.
ހަމަ މިއާއި އެކު އިސްލާމިކް ފައުންޑޭޝަން އޮފްދަމޯލްޑިވްސްއިން ވަނީ މިކަމުގައި ތަކުރާރުކޮށް މަސައްކަަތް ކުރުމުންވެސް އެއްވެސް އެއްބާރުލުމެއް ނުދީފައެވެ. އަޅުގަނޑު މި މައްސަލައިގާ އިސްލާމިކް ފައުންޑޭޝަނަށް އެދުނީ ކީރިތި ޤްރުއާނާއި ރަސޫލާގެ ޙަދީޡުން ބަނގުރަލާއި ބެހޭގޮތުން އައިސްފައިވާ ހުރިހާ ހުކުމްތައް ލިޔުމަކުންނާއި ދިވެހި ތަރުޖަމާ ދިނުމަށެވެ. ނަމަވެސް އައްޝައިޙް ފަރީދު އަހްމަދު ކައިރީގައި ބައިންދަވައިގެން އެހެންމީހަކު ފޯނުން ގުޅާ ވިދާޅުވެފައިވަނީ ތި މައްސަލައިގާ އިސްލާމިކް ފައުންޑޭޝަނުން އެއްވެސް ލިޔެކިޔުމެއް ނުދޭނެކަމާއި ތިކަމުގައި ޖަވާބެއް ދެވޭނީ ހަމައެކަނި އަނގަބަހުން ކަމަށެވެ. މިއީ އަޅުގަނޑު ނުހަނު ހިތާމަ ކުރިކަމެއްކަމުގައި ދަންނަވަމެވެ.
މިސިޓީއާއިއެކު ބަނގުރާވިއްކުން ހުއްޓުވައި މި ޤަވާޢިދު ބާތިލް ކުރުމަށް އަޅުގަނޑު ލިޔެފައިވާ ޑޮކިއުމެންޓްތަކުގެ ކޮޕީ ތިޔަފަރާތުގެ މަޢްލޫމާތައްޓަކައި ފޮނުވީމެވެ.

އިޙްތިރާމް ޤަބޫލްކުރެއްވުން އެދެމެވެ.
19 އެޕްރިލް 2010

ޚާދިމްކުމް

އިބްރާހިމް ޝަމީމް/ ހ.ކޮޔާ
7776475

Read more...

Tuesday, April 20, 2010

ބޮން ގޮއްވާނެކަމުގެ އިންޒާރު، ދީނީގޮތުން ހަރުކަށި ހިޔާލުގެމީހުން ދީފި

ދިވެހި އަލްޤައިދާގެ ކަޅު ހިތި އިންޒާރު
ފެންނަމުން މިދާ މަންޒަރުތަކާއި އިވެމުން މިދާ އަޑުތަކަކީ ދިވެހި އަލްގައިދާގެ މެމްބަރުންގެ ޖޯސް ކައްކުވާލާ އަޑުތަކެކެވެ. އަބަދުވެސް އިވެމުން ފެންނަމުން މިދަނީ ދީނީ ކަންތައްތައް ހުއްޓުވުމާއިއެކު ފާހިސް ކަންތައްތައް އާންމު ކުރާ މަންޒަރެވެ. ކެތްތެރިކަން ކޮޅުން ލައިފިއެވެ. ދެނެއް ބޮން ނުގޮއްވައެއް ކެތެއްނުވާނެއެވެ.
މިދޭ އިންޒާރަކީ ފިސާރި ކެރޭ ބަޔަކު ދޭ ކަޅު ހިތާމަވެރި އިންޒާރެކެވެ...އާންމު ކުރަމުން މިދާ އެނެމެހާ ފާހިސް ކަންތައްތައް ނުހުއްޓުވައިފިނަމަ، އެ ބާއްވާ ކޮންމެ ސޯ އެއްގައި ބޮމެއްގޮއްވާލާނެ ވާހަކަ އުފަލާއިއެކު ދަންނަވާ އިންޒާރު ކުރަމެވެ.. މި ސޯތަކަށް އެއްވެސް މީހަކު ނުދިއުމަށް ދިވެހި އަލްގައިދާގެ ފަރާތުން އިލްތިމާސްކޮށް އިންޒާރުކުރަން.... މުރާސިލް

Read more...

”ބައްޕާ، ސުވާލެއް ކޮއްލަންތޯ؟“

click4islam
މީހަކު މުޅިދުވަހު މަސައްކަތުގައި އުޅެފައި ވަރަށް ވަރުބަލިކަމާއިއެކު ގެއަށް އައިއިރު، ދޮރުމަތީގައި އޭނާގެ 5 އަހަރުވީ ފިރިހެންދަރިފުޅު އޭނާގެ އިންތިޒާރުގައި ހުއްޓެވެ.

”ބައްޕާ، ސުވާލެއް ކޮއްލަންތޯ؟“

”އާނ! ކީއްވެ ނުކުރަންވީ، ކޮބައި ސުވާލަކީ؟“ ބައްޕަ ޖަވާބު ދިނެވެ.

”ބައްޕާ، ބައްޕައަށް ގަޑިއަކު ކިތައް ޑޮލަރު ލިބޭތޯ؟“

”އެއީ ދަރިފުޅާ ބެހޭކަމެއް ނޫން!، ތިޔަފަދަ ސުވާލެއް ކުރުމުގެ ބޭނުމަކީ ކޮބައި؟“ ވަރަށް ރުޅިގަދަވެފަ ބައްޕަ ބުންޏެވެ.

”އަޅުގަނޑު ހަމަ އެނގެން ބޭނުންވަނީ، އަޅެ ބުނެދެއްވަބައްލަވާ! ބައްޕައަށް ގަޑިއަކު ކިތައް ޑޮލަރު ލިބޭތޯ؟“ ދަރިފުޅު އާދޭހާއިއެކު ސުވާލު ކުރިއެވެ.

”ދެން ތިހާ އެނގެން ބޭނުންވަންޏާ އެންމެ ރަނގަޅު، ބައްޕައަށް ގަޑިއަކު 20 ޑޮލަރު ލިބޭ“

”އެހެންތޯ...“ ކުއްޖާ ޖަވާބު ދިނެވެ. އަދި އިސްދަށަށް ޖަހާލިއެވެ. އިރުކޮޅަކުން އިސް އުފުލާލައި ބުންޏެވެ. ”ބައްޕާ، އަޅުގަނޑަށް 10 ޑޮލަރު ދެއްވަފާނަންތޯ؟“

ބައްޕަ ވަރަށް ރުޅި ގަދަވިއެވެ. އަދި ބުންޏެވެ. ”އަހަންނަށް އާމްދަނީ ލިބޭވަރު، އެވަރަކުން ތިބެލީ ތިކަހަލަ ކޫސަނި ކަމެއް ކުރަންދޯ؟ ކޮންމެވެސް ކުޅޭ އެއްޗެއް ނުވަތަ ތާކުންތާކު ނުޖެހޭ އެއްޗެއް ގަންނަން ކަމަށްދޯ؟ ހަމަ މިހާރު ކޮޓަރިއަށްދޭ!! އަދި ތިހާ ކަންތައް ބޮޑުވެގެން ތިއުޅެނީ ކީއްވެގެންކަމާއި މެދު ވިސްނާ!! އަހަރެން ކޮންމެދުވަހަކުވެސް މިއުޅެނީ ނުލާހިކު ބުރަކޮށް މަސައްކަތުގައި، އަދި އަހަންނަކަށް ތިޔަ ކޫސަނި ކުޅިވަރުތަކަކަށް ވަޤުތެއް ނެތް.“

ދަރިފުޅު ކިޔަމަންތެރިކަމާއި އެކު ކޮޓަރިއަށް ގޮސް ދޮރުލައްޕާލިއެވެ. ބައްޕަ ބޭރުގަ އިނދެ އެކަމާއި ވިސްނިއެވެ. އަދި ހައްތަހާ ރުޅި ގަދަވިއެވެ. ”އޭނާ ޑޮލަރެއް ހޯދާށޭ ކިޔާފަ އެފަދަ ސުވާލުތައް ކުރަން ކެރުނީ ކީއްވެ؟“

ގަޑިއެއްހާއިރު ފަހުން ބައްޕަ ރުޅި މައިތިރިވެ، ރަނގަޅަށް ވިސްނާލިއެވެ. އަދި އޭނާގެ ދަރިފުޅާއި މެދު ކަންތައް ކުރެވުނީ މާހަރުކަށިކޮށްކަން އޭނާއަށް ވިސްނުނެވެ. ”އޭނާ 10 ޑޮލަރު ހޯދަން ބޭނުންވީ ކޮންމެވެސް މުހިންމު އެއްޗެއް ގަންނަން ކަމަށްވެސް ވެދާނެއެވެ. އޭނާއަކީ މާގިނައިން ފައިސާ ހޯދަން ބުނާ ކުއްޖެއްވެސް ނޫނެވެ.“ ދަރިފުޅުގެ ކޮޓަރި ކައިރިއަށް ގޮސް ދޮރު ހުޅުވާލިއެވެ. އަދި ބުންޏެވެ. ”ދަރިފުޅު ނިދަނީތަ؟“

”ނޫން ބައްޕާ، އަދި ނުނިދަން“ ކުއްޖާ ޖަވާބުދިނެވެ.

”ބައްޕައަށް ދަރިފުޅާއި މެދު މާހަރުކަށިކޮށް ޢަމަލު ކުރެވިއްޖެދޯ؟ ބައްޕަ މާބޮޑަށް މަސައްކަތުގަ އުޅެ ވަރުބަލިވެފަ ހުރިލެއް ބޮޑު ކަމުން އެގޮތަށް ކަންތައް ކުރެވުނީ އިނގޭ، މިއޮތީ ދަރިފުޅު ބުނި 10 ޑޮލަރު“

ދަރިފުޅު ކޮޅަށް އިށީނދެލައި ހަމަޖެހިލިއެވެ. އަދި އުފަލުން ގޮސް ބުންޏެވެ. ”ވަރަށް ބޮޑަށް ޝުކުރިއްޔާ ބައްޕާ“ އެއަށްފަހު އޭނާގެ ބާލީސް ދަށުން އެހެން ޑޮލަރުތަކެއް ނެގިއެވެ. ބައްޕައަށް ކުއްޖާ އަތުގަ އޭރުވެސް ފައިސާ ހުރިކަން އެނގުމުން، އަނެއްކާ ރުޅިގަދަވިއެވެ. ކުއްޖާ ކޮންމެއަކަސް އެފައިސާތައް ގުނާލިއެވެ. އެއަށްފަހު އޭނާގެ ބައްޕައާއި ދިމާލަށް ބަލާލިއެވެ.

”ދަރިފުޅު އަތުގައި ފައިސާ ހުއްޓާ ކީއްކުރަން ފައިސާ ހޯދަން ތިކިޔަނީ؟“ ބައްޕަ ރުޅިގަދަވެގެން ސުވާލުކުރިއެވެ.

”އެއީ، ކުރިން އަޅުގަނޑު އަތުގައި އެވަރަށް ނެތީމަ، އެކަމަކު މިހާރު އެބަހުއްޓެވެ.“ ދަރިފުޅު ބުންޏެވެ.

”ލޯބިވާ ބައްޕާ، އަހަރެން އަތުގައި މިހާރު 20 ޑޮލަރު އެބައޮތެވެ... ބައްޕަގެ ވަޤުތުގެ ތެރެއިން 1 ގަޑިއިރު އަޅުގަނޑަށް ވިއްކަފާނަންތޯއެވެ؟“ މުރާސިލް

Read more...

އޭ ޢުމަރެވެ! ކަލޭގެފާނު ވެރިކަން ކުރަށްވައިފީމުއެވެ

އައްޝައިޚް ޙުސައިން ރަޝީދު އަޙްމަދު
"ނުރުހޭ ބަޔަކު ނުރުހުނަސް މިޤައުމުގެ ދީނަކީ އިސްލާމް ދީނެވެ. ޤާނޫނު އަސާސީއިން ސެކިއުލަރިޒަމަކަށް ޖާގައެއް ނުދެއެވެ." މިނިސްޓަރ އޮފް ސްޓޭޓް ފޯރ ހޯމްއެފެއާރޒް
މިއަދުގެ މަޖިލީހުުގެ ބައެއް މެންބަރުންގެ ވާހަކަފުޅުން އެބޭފުޅުންގެ ހިތްޕުޅުތަކުގައި ފޮރުވިފައި އޮތް، އިސްލާމް ދީނަށް ކުރަށްވާ ނަފްރަތު ފާޅުވެގެން ދިޔައެވެ. އެބޭފުޅުންނާ އިސްލާމް ދީނާ އޮތް ދުރުކަން ހާމަވެގެން ދިޔައެވެ. އެބޭފުޅުންގެ ކިބައިގައި ހުރި އިސްލާމީ

މިއަދު ރައްޔިތުންގެ މަޖިލީހުގެ ތަޅަމުގައި ބަޙުޘު ކުރެވެމުންދިޔަ މައްސަލައަކީ ސިޔާސީ ޕާޓީތަކާ ބެހޭ ބިލުގެ މައްސަލައެވެ. ތެދެކެވެ. ކޮންމެ ބިލަކީ ވެސް އޭގެ އެންމެ ރަނގަޅު ގޮތުގައި ދިވެހި މުޖްތަމަޢަށް އެންމެ ފައިދާ ބޮޑު ގޮތަކަށް ފާސްކޮށް، ނެރެންޖެހޭ ބިލަކަށް ވާންވާނެއެވެ. އެފަދަ ބިލަކާމެދު ބަޙުޘު ކުރާއިރު ވާހަކަދައްކާ މީހާއަކީ ވެސް އެފެންވަރަށް ތިމާގެ ލިޔާޤަތާއި ހުނަރުވެރިކަން ހުރި މީހަކަށް ވާންވާނެއެވެ. ތިމާމެން ޤަބޫލުކުރާ ވަކި ގޮތެއް، މިސުރާބުވާންޖެހޭ ވަކި އަމާޒެއް، ޤަބޫލުކުރަންޖެހޭ ވަކި އުޞޫލެއް، ކަށަވަރުކުރަންޖެހޭ ވަކި ޢަޤީދާއެއް، ނެތި ވާހަކަ ދައްކާ މީހަކަށް އެމީހާ ވެގެނެއް ނުވާނެއެވެ.

އަޅުގަނޑުމެންގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަކީ ވަކި ޢަޤީދާއެއް ޤަބޫލުކޮށްގެން ތިބެ، އެޢަޤީދާގެ ނަމުގައި އެދީނަކަށް ޙުރުމަތްތެރިކޮށް ހިތާނެ ކަމަށާއި އެދީނެއް ޙިމާޔަތްކުރާނެ ކަމަށް ވަޢުދުވެ ﷲ ގަންދީ ހުވައި ކުރަށްވައިގެން ތިއްބެވި ބޭފުޅުންނެވެ. އެހެންކަމުން މަޖިލީހުގެ މެންބަރުން ވާހަކަދައްކަވާއިރު، މައްސަލަތަކާއި ބިލުތަކަށް ބަޙުޘު ކުރަށްވާއިރު، މެންބަރެއްގެ ޙައިޘިއްޔަތުން މިބުނެވުނު ނުގުތާއަށް ސަމާލުކަން ދެއްވަން ޖެހޭނެކަމީ ޝައްކެއްއޮތް ކަމެއްނޫނެވެ. އެހެންނުވެއްޖެނަމަ އެފަދަ މީހަކަށް ތިމާއަކީ ކާކުކަންވެސް ނޭގެނީއެވެ.

މިއަދުގެ ޖަލްސާގައި ބަޙުޘުކުރެވެމުން ދިޔައީ ވަރަށް މުހިއްމު ބިލަކަށެވެ. ސިޔާސީ ޕާޓީތަކުގެ ބިލެވެ. މަންމައަށް ވުރެން ކުރިން ދަރިފުޅު އުފަންވާވާހަކަ ޤަބޫލު ނުކުރެވުނު ކަމުގައި ވިއަސް، މިއޮތީ އެފަދަ މިސާލެއް ފެންނާށެވެ! ބަޔާންވެގެންވާ ޤާނޫނެއް ނެތި، ސިޔާސީ މައިގަނޑުތަކެއް ކަނޑަނޭޅި، ސިޔާސީ ގިނަ ޕާޓީތަކެއް ރާއްޖޭގައި އުފަންވީއެވެ. އެހެންކަމުން ޕާޓީތަކަށް ހިނގަންވާގޮތެއް، އަޅަންވާ ފިޔަވަޅެއް ރަނގަޅަށް އެނގޭކަމަކަށް ނުވެއެވެ. ކޮންމެ ޕާޓީއެއްގެވެސް ލީޑަރުންނާއި ސަޕޯޓަރުން ދަޢުވާ ކުރަނީ ތިމަންމެންގެ ޕާޓީނޫން އެހެން ޕާޓީއެއްގައި ރަނގަޅު ސިޔާސަތެއް ނެތް ކަމަށާއި، ޑިމޮކްރަސީއެއް ނޯންނަ ކަމަށެވެ.

އެއީވެސް ސިޔާސަތެއްކަމަށް ވެދާނެއެވެ. ޙައިރާންވާންޖެހޭ ކަމަކީ، އެޢަޤީދާއެއް ޤަބޫލުކޮށް، އެދީނެއްގައި ތިމާމެން ތިބެ، އެއާޚިލާފަށް ދަޢުވާކުރަމުންދާ ދިއުމެވެ. އަރާއިން ގޮފި އަމިއްލައަތުން ކަނޑައި ވައްޓާލާ މީހަކީ ޖުހާގެ ވާހަކައިގައި އަންނަ މީހާއޭ ބުނެވުނަސް މިހިރީވެސް އެކަހަލަ މިސާލުތަކެކެވެ.

މިއަދުގެ މަޖިލީހުގެ ބައެއް މެންބަރުންގެ ވާހަކަފުޅުން އެބޭފުޅުންގެ ހިތްޕުޅުތަކުގައި ފޮރުވިފައި އޮތް، އިސްލާމް ދީނަށް ކުރަށްވާ ނަފްރަތު ފާޅުވެގެން ދިޔައެވެ. އެބޭފުޅުންނާ އިސްލާމް ދީނާ އޮތް ދުރުކަން ހާމަވެގެން ދިޔައެވެ. އެބޭފުޅުންގެ ކިބައިގައި ހުރި އިސްލާމީ ޘަޤާފަތުގެ ނިކަމެތިކަން އެނގިގެން ދިޔައެވެ. އެއާއެކު އެބޭފުޅުންނަށް ދުނިޔޭގެ ޘަޤާފަތުން ލިބިވަޑައިގެންފައިވާ އެއްޗެއްގެ މަދުކަން ވެސް ސާބިތުވެގެން ދިޔައެވެ. ހަމަ އެހެންމެ މަޖިލީހުގައި އެންމެ ފުރަތަމަ އަމާޒަކަށް ބެލެވެމުންދާ ދިވެހި ދައުލަތުގެ ޤާނޫނު އަސާސީއިން މާބޮޑު ޢިލްމެއް ލިބިވަޑައިގެންފައި ނުވާ ކަމުގެ ހެކިތައް އެބޭފުޅުންގެ ދޫފުޅުން ހާމަކުރަށްވައި، ރައްޔިތުންނަށް އެކަން ފާޅުކުރަށްވަމުން ގެންދެވިކަން ވެސް އެނގިގެން ދިޔައެވެ.

ވިސްނާލުން ކީއްތޯއެވެ؟ މިއަދު ދުނިޔޭގައި އޮތް އެންމެ ފުރިހަމަ ޑިމޮކްރަސީއެއް އޮތްކަމަށް ބުނެވޭ ޤައުމަކީ އަވައްޓެރި އިންޑިޔާއެވެ. އިންޑިޔާގައި ދީނީ ޕާޓީ ނެތްތޯއެވެ؟ ސީދާ ހަރުކަށި ހިންދީ ދީން ހިމާޔަތްކުރަން މަސައްކަތްކުރާ ޕާޓީއެކެވެ. ހަމަ އެއާއެކު ކޮމިއުނިސްޓް ޕާޓީވެސް އިންޑިޔާގައި ވަރަށް ފުޅާކޮށް ތަމްސީލު ވަމުން އެބަދެއެވެ.

ދުނިޔޭގައި އެންމެ ކުރިއަރާފައިވާ ހުޅަނގުގެ ޤައުމުތަކުގައި ދީނީ ޕާޓީތައް މަދީތޯއެވެ؟ ސީދާ ކްރިސްޓިޔަން ޕާޓީތައް އުފެދިފައި ހުރިއިރު، އެނޫން ނަންނަމުގައި އެބައިމީހުންގެ ދީން ޙިމާޔަތްކުރުމުގެ މަޤްޞަދުގައި އުފެދިފައިހުރި ޕާޓީތައް މަދީތޯއެވެ؟ އިނގިރޭސި ވިލާތުގައި ދީނީ ޕާޓީ ނެތީތޯއެވެ؟ ތެދެކެވެ. ރާއްޖޭގައި އިސްލާމީ ޕާޓީއެއް އޮންނާކަށް ނުޖެހެއެވެ. އެއީ ދުނިޔޭގެ އެހެން ޤައުމުތަކާ ޚިލާފަށް ރާއްޖޭގައި އުޅެނީ ހުސް އިސްލާމުން ކަމުގައިވީތީއެވެ. އެބައިމީހުންގެ ތެރޭން ކޮންމެ ބަޔަކު ޕާޓީއެއް އުފެއްދި ކަމުގައި ވިއަސް އިސްލާމް ދީން ޙިމާޔަތް ކުރުމީ އެޕާޓީއެއްގެ ވާޖިބަކަށް ވާނެތީއެވެ.

އެކަމަކު ދެން އުފެދޭ ސުވާލަކީ އިސްލާމް ދީނާއި ސިޔާސަތް ވައްކޭ ކިޔާ މީހުން، ރާއްޖޭގައި މިއޮތް ޤާނޫނު އަސާސީއަށް ދޭނީ ކޮން ޖަވާބެއް ބާއެވެ! އެއަސާސްގެ ބަހުރުވައިން ބުނާނަަމަ، ރާއްޖޭގެ ދީނަކީ އިސްލާމް ދީނެވެ. އިސްލާމީ ޝަރީޢަތާ ޚިލާފު އެއްވެސް ޤާނޫނެއް ނެހެދޭނެއެވެ. އެފަދަ ޤާނޫނެއް ހެދިކަމުގައި ވިއަސް އެއީ ވެސް ބާޠިލް އެއްޗެކެވެ. ރާއްޖޭގެ ރައްޔިތަކަށް ވެވޭނީ މުސްލިމަކަށް ވެގެންނެވެ. މިހިރީ ޤާނޫނު އަސާސީއިން ކަނޑައެޅި ބަޔާންވެގެންވާ ހަމަތަކެވެ. އެހެންކަމުން މިއާ ޚިލާފަކަށް އެކަކަށްވެސް ވާހަކަ ދެއްކުމުގެ ޖާގައެއް ނެތެވެ.

ދީނާއި ސިޔާސަތަކީ ދޭއްޗެއް ކަމަށް ހަދައި، އެދޭތި އެއްނުކުރެވޭނެއޭ ބުނާ ބަޔަކުނަމަ، ދަންނާށެވެ! އެއީ އިސްލާމް ދީނުގައި ހުރި އުނިކަމެއް ނޫނެވެ. ފަހަރެއްގައި އެމީހަކަށް އެނގިފައި ހުރި ދީނެއްގެ އުނިކަމަކަށް ވެދާނެއެވެ. ހަމަ އެއާއެކު އެމީހެއްގެ ސިކުނޑީގައި ހުރި ނުކުޅެދުންތެރި ކަމެކޭވެސް ބުނެވިދާނެއެވެ. މިއިން އެނގެނީ އެމީހެއްގެ ކިބައިގައި ހުރި ޢިލްމީ ނާޤާބިލް ކަމެއްގެ ބޮޑުކަމެވެ. މިވެނި މީހަކީ "ކަނޑުކޮހެކޭ" ބުނެވެނީ އޭނާ ކަނޑަށް ވައްޓާލައިގެން ދެފެން ދޭތެރެއަށް ވަނީމައެއް ނޫނެވެ. އެއީ ތިމާގެ ސިކުނޑީގައި ހުރި ނުކުޅެދުންތެރިކަން ފެންމަތިވުމުން ކިޔައިއުޅޭ ބަހެކެވެ.

ދަންނަވަންތޯއެވެ؟ އިސްލާމް ދީނަކީ ވެރިކަން ކުރަން ދުނިޔެއަށް ފޮނުއްވުނު ދީނެކެވެ. އެދީން ދުނިޔޭގައި ކޮށްފައިއޮތީވެސް ވެރިކަމެވެ. މިދީނަކީ ދުނިޔޭގައި އިސްލާމީ ވެރިކަން ހިންގައިފައި، ކާމިޔާބީ ހޯދައި އެކަން ދުނިޔެއަށް ދައްކުވައިދީފައިވާ ދީނެވެ. ދުނިޔޭގައި އަމަންއަމާންކަން ޤާއިމުކޮށްފައިއޮތް ދީނެވެ. އިންސާނުންގެ ތެރޭގައި ހަމަހަމަ ކަމާއި، އިންޞާފާއި ޢަދުލަކީ ކޮަބައިކަން އެންމެފުރަތަމަ ދައްކައިދިން ވެރިކަމަކީ އިސްލާމީ ވެރިކަމެވެ. ޣައިރުމުސްލިމް ވެރިކަމެއްގެ ކިއްލާއެއްގެ ތެރެއަށް ބޮޑުވެފައި ހުރި މީހަކު، މިދީނުގެ ވެރިއަކު އަމާންކަމާއެކު އަރާމުގައި ނިދާފައި އޮތްވައި، ފެނިފައި ބުނި ބަސް ހަނދުމައަށް ގެންނަމާ ހިނގާށެވެ! އޭނާ ބުނެފައިވަނީ މިފަދައިންނެވެ. حَكَمْتَ وَعَدَلْتَ وَأَمِنْتَ فَنِمْتَ يَا عُمَرُ! މާނައީ: އޭ ޢުމަރެވެ! ކަލޭގެފާނު ވެރިކަން ކުރަށްވައިފީމުއެވެ. އަމަން އަމާންކަން ޤާއިމު ކުރަށްވައިފީމުއެވެ. ޢަދުލުވެރިކަން ހިންގަވައިފީމުއެވެ. އަރާމުގައި އަވަހާރަލައްޕަވައިފީމުއެވެ. މިއެވެ. ވިސްނާލަމާ ހިނގާށެވެ! މިއަދު ސެކިއުލަރ ވެރިންގެ ތެރޭގައި ނުވަތަ ސެކިއުލަރވިސްނުން ބޮއިގެންތިބި މީހުންގެ ތެރޭގައި މިބަސް ނިސްބަތް ކުރެވިދާނެ ހަމަ އެކަކު ވެސް ދުނިޔޭގައި އެބަ އުޅޭބާއެވެ! ނުވަތަ ދުނިޔޭގައިއުޅެ، ދުނިޔެ ދޫކޮށްފައިވެސްވާ މިފަދަ ލީޑަރަކު އުޅުނުބާއެވެ! ނަމަވެސް އިސްލާމީ ތާރީޚުގައި އެފަދަ ބޭފުޅުން މަދެއްނޫނެވެ.

(ސުންބުލީގެ 35 ވަނަ ޢަދަދު- އައްޝައިޚް ޙުސައިން ރަޝީދު އަޙްމަދު) މުރާސިލް


Read more...