Tuesday, June 1, 2010

ހިއްލަތުމަރާލައިފ


މުޙައްމަދު ސިރުޙާން
ހިއްލަތަކީ އަޅުގަނޑަށް ހީވާގޮތުން މިހާތަނަށް މީޑިޔާގައި އެންމެގިނައިން މަރުގެއިންޒާރުތައް އައިސްފައިވާ ފަރާތެވެ. އަދިރާއްޖޭގައި އުފެދުނު އެންމެ މަޝްހޫރު ނޫސްވެރިޔާއެވެ. ހިއްލަތު މަރާލައިފި ނުވަތަ ހިއްލަތު މަރުވެއްޖެ މިތަނުން އަޑު އަހާލަން ބޭނުންވަނީ ކޮން ޖުމްލައެއްތޯއެވެ. ހިއްލަތު މަރާލައިފިކަމަށް ވަނީނަމަ އެކަންވާނީ ދިވެހި ނޫސްވެރިކަމުގެ ތާރީޚުގައި ފުހެވިގެން ނުދާނެ ފަލަސުރުހީއަކަށެވެ. އެކަމަކު އާދައިގެ މަރަކުން މަރުވެއްޖެ ނަމަ ވާނީ ކަމަނަގޭ ތަކުރުމަރުވިފަދައެވެ. އެކަމަކު ނުކުންނާނެ މައްސަލައެއް އެބައޮތެވެ. އެއީ ހިއްލަތު ވަޅުލާނީ ކޮންތާކުތޯއެވެ. ނުވަތަ ހިއްލަތު މައްޗަށް ކަށުނަމާދުކުރާނެ ތޯއެވެ. މި ސުވާލުތައް ކުރާނެ ވަރަށް ގިނަމީހުން މިދިވެހި ފަސްގަނޑުގައި ތިބޭނެއެވެ. މިސުވާލުތައް އުފައްދާނީ ހިއްލަތާމެދު ނުރުހޭ މީހުންނެވެ. އެމީހުން ކަށުނަމާދު ނުކޮށްފިނަމަ ދެން ހިއްލަތުގެ މައްޗަށް ކަށުނަމާދު ކުރާނީ ފަހެކާކުހެއްޔެވެ؟ ސަބަބު ވަރަށް ސާފެވެ. ހިއްލަތުގެ ބްލޮގުބަލާލުމުން އެކަން ސާފުވާނެއެވެ. އެކަމުގައި ގޮތެއް ނިންމަން ތިޔަކިޔުންތެރިޔާއަށް ދޫކޮށްލާނަމެވެ.

ހިއްލަތުވެސް ކޮންމެވެސް ދުވަހަކުން ހަމަޔަގީނުންވެސް މަރުވާނެއެވެ. އަހަރެމެންނާ ހިއްލަތު ވަކިވެއްޖެނަމަ އަހަރެމެންގެ ތެރޭގައި ހިތާމައާއި އުފާ އެއްވެގެން ދާނެތާދޯއެވެ؟ ވަރަށް ގިނަމީހުން ހިއްލަތުގެ މޫނު ބަލާލަން ދާނެކަމަށްލަފާކުރެވެ. އެއީ ހިއްލަތަކީ ވަރަށް މަޝްހޫރު ނޫސްވެރިއެއްކަމަށް ވާތީއެވެ. އެމަޝްހޫރުކަން ހޯދިގޮތް ކިޔުންތެރިޔާއަށް އޮޅިފައިވާނެކަމަކަށް އަހަރެންނަކަށް ނޯޅެއެވެ. އަހަރެން އެދުވަހަކުން ހިއްލަތުގެ މޫނު އެންމެފަހުފަހަރަން ބަލާލަން ދާހިތްވެއެވެ. ސަބަބުތައް ވަރަށް ގިނައެވެ. އޭގެ ތެރެއިން އެއްސަބަބު ކިޔުންތެރިޔާ ބަލަން ބޭނުން ވިޔަސް ނުވިޔަސް މިލިޔަނީއެވެ. އެއީ ހިއްލަތަކީ ދިވެހި ކުރެހުން ތެރީންނަށް ދިވެހި ސަރުކާރަށް ނުކޮއްދެވުނު ހިދުމަތެއް ކޮށްދެއްވިފަރާތެކެވެ.
އަހަރެންނަށް ހީވާގޮތުގައި ހިއްލަތު ސަންދޯކަށްލާނީ އިސްލާމުން ކަފުންކުރާގޮތަށް ކަފުން ކޮށްފައެވެ. އެކަމާ ހިއްލަތު ރުހޭނެކަމެއް ނުވަތަ ނުރުހޭނެ ކަމެއް އަހަންނަކަށް ނޭގެއެވެ. އަހަރެން ކޮންމެހެން އެކަމާ ވަކިގޮތެން ނުނިންމާނަމެވެ. ނަމަވެސް ހިއްލަތުގެ ބައްޕައަކީ ވަރަން ދީންވެރި ބޭފުޅެކެވެ. އަހަރެންނަށް އެނގިފައިވާގޮތުން ހިއްލަތު ނަމާދުކުރޭތޯ ބައެއްފަހަރު ސައިކު ފަހަތަށް ލައިގެން މިސްކިތަށްވެސް ގެންދެއެވެ. އަދި އެބޭފުޅާއަކީ މި ވައްހާބީން މިއުޅޭހެން ތުބުޅިވެސް ހުންނަބޭފުޅެކެވެ. ދަރިފުޅު ދީނަށް އުޅެން އެހާބޭނުން ފުޅުވާ ފަރާތެއް ދަރިފުޅުމަރުވުން އިސްލާމީ ގޮތަށް ކަފުންނުކޮށް ބޮނޑެއް ވަޅުލާހެން ވަޅުލާނެއެކޭ އަހަރެންގެ ހިތެއްނުބުނެއެވެ. ކުރީގައި ހިއްލަތުވެސް ބޭނުން ވާނީ އެގޮތަށެވެ. ނަމަވެސް ބޭރުކަރައަކަށް ކިޔަވަން ގޮސް އައިފަހުން ހިއްލަތުގެ ދެކޭގޮތް ޖެހޭނީ ހިއްލަތާ ސުވާލުކޮށްލާށެވެ.
ހިއްލަތު މަރުވުން ދެން ހިއްލަތަށް ވާން ބޭނުން ވަނީ ފަހެ ދެން ކޮންގޮތެއްބާވައެވެ. ކާޅެއްގެ ގޮތުގައި އަލުން ދުނިޔެއަށް އައުންބާވައެވެ. އަހަރެންނަށް އެނގޭ ހަޤީޤަތަކީ މަރުވުމަށް ފަހު ދެން ތިމާގެ ބާރު ކެނޑުނީ އެވެ. އުފަލާއިމަޖަލުގެ ގޮތުގައިވެސް ދެން ލިޔުމެއް ލިޔެލާކަށް ފުރުސަތެއް ނޯންނާނެކަމެވެ. ހިއްލަތުވެސް މަރާބައްދަލުވެ ނިމުމެއް އަންނާނެފަދައިން މިލިޔުމަށްވެސް ނިމުން ގެންނާނަމެވެ. ނޫނީ ތިޔަ ކިޔުންތެރިޔާ ލިޔުންތެރިއަކަށްވެ ބާކީ ބައި ފުރިހަމަކުރާށެވެ.mohamedsiruhan.blogspot.com

1 comment:

  1. death- a fact which we all have to believe.

    ReplyDelete