Monday, May 31, 2010

ސުވަރުގޭގެ ޓިކެޓު އެބަ ބަހޭ ބަލައެއްނުދަންތަ -އިބުރާ

މަންދުކޮލެޖް : ލާދީނީ ފަލްސަފާއެއް

ދާދިފަހުން ލިބަރަލްޕާޓީގެ ލީޑަރ އަދި މަންދުކޮލެޖުގެ ޗެއަރމަން އަލްއަޚް އިބްރާހީމް އިސްމާއީލް ( އިބްރާ ) ބުނެފައިވަނީ ދަރިވަރުންގެ ވިސްނުމާއިފިކްރު ބަދަލުކޮށްލުމަށް ނުފޫޛާއި ބާރާއި ހަރުކަށިކަމާއެކު ދަރިވަރުންގެ ފިކްރު ބަންދުކުރުމަށް އިސްލާމްދީނުގެ ނަމުގައި ބަޔަކު މަސައްކަތްކުރަމުންދާކަމަށާއި މިނިވަން ޚިޔާލްގެ ފިކްރު ހިމާޔަތްކުރުމަށް މަންދުކޮލެޖުން އަބަދުވެސް ތެދުވާނެކަމަށެވެ. އިބްރާ އެބުނާ މިނިވަން ފިކުރަކީ ކޮބައިތޯ ވިސްނާލަންޖެހެއެވެ. މެއި 28 ވަނަދުހަހުގެ ރޭ ދިވެއްސަކު އެފާޅުކުރީ އިބްރާ އެބުނާ މިނިވަންފިކުރެވެ. މިފިކުރު ތަންކޮޅެއްކުރިން އިބްރާގެ ގޭތެރެއިންފެސް ފާޅުވިއެވެ
ތަޢްލީމާބެހޭގޮތުން ތަޢްލީމް ދިނުމަކީކޮބައިކަން ނުދަންނަބަޔަކު ހަމައެކަނި ގުރުއާނާއި ހަދީސް ދަސްކޮށްގެން ތަޢްލީމީނިޒާމު އޮންނަށްވީގޮތް އެބަކިޔާދޭކަމަށް އިބްރާވިދާޅުވިއެވެ. ޓީޗަރުން ކުލާހުގައި ކުދިންނާ މުޚާތަބު ކުރަންވީގޮތްވެސް އެބަ ކިޔާދޭކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް ޤުރއާނާއި ޙަދީސް ނުކިޔަވައި މާތްﷲ އަންގަވާފައިވާ ގޮތަށް އުޅެންނޭގޭނެކަން އިބްރާއަށް އެނގޭކަމަކަށް ނުވެއެވެ. އަދި ހުރިހާ މުސީބާތެއް ދިވެހިންނަށް މިދިމާވަނީ ޤުރުއާނާއި ޙަދީސް ނުކިޔަވާތިބި އިބްރާކަހަލަ މީހުން އަޅުގަޑުމެންގެ ދަރިންނަށް ތަޢްލީމުދިނުމުގެ ދާއިރާގައި އިސްވެރިންގެ ގޮތުގައި ތިބުމުގެ ސަބަބުންނެވެ.

މަންދުކޮލެޖުން ވަނީ އެތަނުގެ ތެރެއަށް މޫނުބުރުގާ އަޅައިގެން ވަނުން މަނާކޮށްފައެވެ. އަދި އެތަނުގައި ކިޔަވާ ކުއްޖަކު މޫނުބުރުގާ އެޅުމުގެ ސަބަބުން މަންދުކޮލެޖުން ވަކިކޮށްފައިވެއެވެ. " ސުވަރުގެ އެދޭމީހާއަށް " މިމައުލޫއަށް ފަޟީލަތުއްޝައިޚް އިލްޔާސް ޙުސައިން ދެއްވި ތަޤްރީރަށް ތައްޔާރުވަމުންދިޔައިރު އިބްރާގެ ރައްޓެއްސެއް ކައިރީގައި، ސުވަރުގޭގެ ޓިކެޓު އެބަ ބަހޭ ބަލައެއްނުދަންހޭ އެހިކަމަށް ވެއެވެ. މިފަދަ ފިކުރެއްގެ މީހަކު ހިންގާ ކޮލެޖަކަށް ތިމާގެދަރިން ކިޔަވަންފޮނުވުމުގެ ކުރިން ކޮންމެ މަންމައަކާ، ބައްޕައަކު ފުންކޮށް ވިސްނާލުން ރަގަޅެވެ. އެކަންވާރަކުން ތިކިޖަހާނީ އެކަންވާރެއްގައި ހުރިއެއްޗެކެވެ. އިބްރާ ހިންގާ ކޮލެޖަކުން ދަސްކޮށްދޭނީ އިބްރާ ޤަބޫލުކުރާ ފަލްސަފާއެކެވެ.މުރާސިލް

No comments:

Post a Comment