Monday, May 31, 2010

ސުވަރުގޭގެ ޓިކެޓު އެބަ ބަހޭ ބަލައެއްނުދަންތަ -އިބުރާ

މަންދުކޮލެޖް : ލާދީނީ ފަލްސަފާއެއް

ދާދިފަހުން ލިބަރަލްޕާޓީގެ ލީޑަރ އަދި މަންދުކޮލެޖުގެ ޗެއަރމަން އަލްއަޚް އިބްރާހީމް އިސްމާއީލް ( އިބްރާ ) ބުނެފައިވަނީ ދަރިވަރުންގެ ވިސްނުމާއިފިކްރު ބަދަލުކޮށްލުމަށް ނުފޫޛާއި ބާރާއި ހަރުކަށިކަމާއެކު ދަރިވަރުންގެ ފިކްރު ބަންދުކުރުމަށް އިސްލާމްދީނުގެ ނަމުގައި ބަޔަކު މަސައްކަތްކުރަމުންދާކަމަށާއި މިނިވަން ޚިޔާލްގެ ފިކްރު ހިމާޔަތްކުރުމަށް މަންދުކޮލެޖުން އަބަދުވެސް ތެދުވާނެކަމަށެވެ. އިބްރާ އެބުނާ މިނިވަން ފިކުރަކީ ކޮބައިތޯ ވިސްނާލަންޖެހެއެވެ. މެއި 28 ވަނަދުހަހުގެ ރޭ ދިވެއްސަކު އެފާޅުކުރީ އިބްރާ އެބުނާ މިނިވަންފިކުރެވެ. މިފިކުރު ތަންކޮޅެއްކުރިން އިބްރާގެ ގޭތެރެއިންފެސް ފާޅުވިއެވެ
ތަޢްލީމާބެހޭގޮތުން ތަޢްލީމް ދިނުމަކީކޮބައިކަން ނުދަންނަބަޔަކު ހަމައެކަނި ގުރުއާނާއި ހަދީސް ދަސްކޮށްގެން ތަޢްލީމީނިޒާމު އޮންނަށްވީގޮތް އެބަކިޔާދޭކަމަށް އިބްރާވިދާޅުވިއެވެ. ޓީޗަރުން ކުލާހުގައި ކުދިންނާ މުޚާތަބު ކުރަންވީގޮތްވެސް އެބަ ކިޔާދޭކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް ޤުރއާނާއި ޙަދީސް ނުކިޔަވައި މާތްﷲ އަންގަވާފައިވާ ގޮތަށް އުޅެންނޭގޭނެކަން އިބްރާއަށް އެނގޭކަމަކަށް ނުވެއެވެ. އަދި ހުރިހާ މުސީބާތެއް ދިވެހިންނަށް މިދިމާވަނީ ޤުރުއާނާއި ޙަދީސް ނުކިޔަވާތިބި އިބްރާކަހަލަ މީހުން އަޅުގަޑުމެންގެ ދަރިންނަށް ތަޢްލީމުދިނުމުގެ ދާއިރާގައި އިސްވެރިންގެ ގޮތުގައި ތިބުމުގެ ސަބަބުންނެވެ.

މަންދުކޮލެޖުން ވަނީ އެތަނުގެ ތެރެއަށް މޫނުބުރުގާ އަޅައިގެން ވަނުން މަނާކޮށްފައެވެ. އަދި އެތަނުގައި ކިޔަވާ ކުއްޖަކު މޫނުބުރުގާ އެޅުމުގެ ސަބަބުން މަންދުކޮލެޖުން ވަކިކޮށްފައިވެއެވެ. " ސުވަރުގެ އެދޭމީހާއަށް " މިމައުލޫއަށް ފަޟީލަތުއްޝައިޚް އިލްޔާސް ޙުސައިން ދެއްވި ތަޤްރީރަށް ތައްޔާރުވަމުންދިޔައިރު އިބްރާގެ ރައްޓެއްސެއް ކައިރީގައި، ސުވަރުގޭގެ ޓިކެޓު އެބަ ބަހޭ ބަލައެއްނުދަންހޭ އެހިކަމަށް ވެއެވެ. މިފަދަ ފިކުރެއްގެ މީހަކު ހިންގާ ކޮލެޖަކަށް ތިމާގެދަރިން ކިޔަވަންފޮނުވުމުގެ ކުރިން ކޮންމެ މަންމައަކާ، ބައްޕައަކު ފުންކޮށް ވިސްނާލުން ރަގަޅެވެ. އެކަންވާރަކުން ތިކިޖަހާނީ އެކަންވާރެއްގައި ހުރިއެއްޗެކެވެ. އިބްރާ ހިންގާ ކޮލެޖަކުން ދަސްކޮށްދޭނީ އިބްރާ ޤަބޫލުކުރާ ފަލްސަފާއެކެވެ.މުރާސިލް


Read more...

ނިވަން ނޫހަކީ ކަނޑައެޅިގެން އިސްލާމް ދީނަށް

މިނިވަން ނޫހަކީ ކަނޑައެޅިގެން އިސްލާމް ދީނަށް ފުރައްސާރަކޮށް، އަދި ދީނާއި މެދު މީސްތަކުންގެ ހިތުގައި ޝައްކު އުފެއްދުމަށް ހިންގޭ އެއްޗެކެވެ. އޭގައި ލިޔެފައިވާނީ މުޅީންވެސް މިފަދަ ޚަބަރު ތަކެވެ. މިސާލަކަށް ޑރ. ޒާކިރު ނައިކުގެ އެކި އެކި ދަރުސްތކުން އޭގައި ޖަހާފައިވަނީ ރާވިއްކައިގެން ލިބޭ ލާރިއަކީ ޙަރާމް އެއްޗެއް ކަމުގައި ވިދާޅުވީ ވާހަކަ އެކަންޏެވެ. ބޭނުމަކީ މިގޮތުން މީހުން ދީނަށް ރުޅިއެރުވުމެވެ. އަދި ކޮމެންޓް ތަކުގެ ގޮތުގައި ކަނޑައެޅިގެން އިސްލާމް ދީނަށް ފުރައްސާރަ ކޮށްފައި ހުންނަ ތަކެތި ޖަހަމުން އަންނަތާ އެތައް ޒަމާނެކެވެ. ދިވެހި މުސްލިމުންނަކީ 'ޕެރަސައިޓްސް' (ލޭބޯ ފަނިފަކުސަ) ކަމަށް ލިޔެފައި ވެއެވެ. މިފަދަ އެތައް ކަމެކެވެ. ޑިމޮކްރަސީ އަކަސް، މިނިވަން ކަމަކަސް މިއީ ދިވެހީން ތަޙައްމަލު ކުރަންޖެހޭ ވަރަށްވުރެ މާ ބޮޑު ވަރެކެވެ. ކޮއްކޯ ފުޅަކަސް މިކަންތައް ދިވެހިންނަށް ކެތްކުރެވޭ ވަރުން މިހާރު މައްޗަށް އަރައިގެން ހިގައްޖެއެވެ. އިސްލާމް ދީނަށް ފުރައްސާރަކޮށް ނުވަތަ އެއްޖިންސުގެ ކައިވެނި ހުއްދަ ކުރަން ކެމްޕޭން ކުރާ ހިސާބަށް ދިއުމުން ދިވެހީން ދެން ވިސްނަން ވެއްޖެއެވެ.އިތުރަށް


Read more...

މަހުދީގެފާނު ކަމަށް ދައުވާކުރި މީހަކު ރޭ ހައްޔަރުކޮށްފި

ލިޔުނީ: އަލީ އަހްސަން
މަހުދީ ގެފާނު ކަމަށް ދައުވާކުރި މީހަކު ރޭ ހައްޔަރުކޮށްފިއެވެ.

ދިއިސްލާމްއަށް ވަރަށް މުއުތަބަރު ގޮތެއްގައި ހަބަރުލިބިފައިވާ ގޮތުގައި މިމީހާ ހައްޔަރުކޮށްފައިވަނީ މާލޭގެ 5 ވަނަ އަވަށްކަމުގައިވާ ވިލިގިލިން ކަމަށާއި އޭނާގެ ދައުވާއަކީ އޭނާއަށް އެއީ މަހުދީ ގެފާނުކަމުގެ ‘އިހްސާސް ކުރެވޭ’ ކަމުގައެވެ. މެދުއުމުރެއްގެ މިފިރިހެން މީހާގެ މިދައުވާ ބައެއް ފަރާތްތަކުގެ ކުރިމަތީ ފާޅުކުރަމުންދާތާ ދުވަސްކޮޅެއް ވެއްޖެކަމަށް ދިއިސްލާމްއަށް ވަނީ ހަބަރު ލިބިފައެވެ.
މިހަބަރާއި ގުޅިގެން މިއީ ކިހާވަރެއްގެ ތެދެއްތޯ ބެލުމަށް ކުރެވުނު މަސައްކަތުގައި ދިއިސްލާމްއިން އޭނާއާއި ބައްދަލުކުރެވޭތޯ މަސައްކަތް ކުރަމުންދަނިކޮށް ރޭގެ ވަގުތެއްގައި އޭނާވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. ވިލިގިލީގެ ބައެއް ފަރާތްތަކުން ބުނާގޮތުގައި މީނާ އުޅެނީ ‘ދަނޑިގަޑެއްގެ ކޮޅުގައި އަންނައުނު އަޅާފައިވާ އެއްޗެއް އައްސައިގެން’ ކަމަށާއި އޭނާގެ ވާހަކަތަކުގައި އެއީ މަހުދީކަމަށް ފާޅުގައި ބުނަމުންދާކަމަށެވެ. ދިއިސްލާމްއަށް ހަބަރު ލިބިފައިވާގޮތުގައި މިމައްސަލަ ފެންމަތިވެފައިވަނީ ‘ވިލިގިލީ ކުޑަކުއްޖަކު ސުކޫލުން ނިމިގެން އެކުއްޖާގެ މަންމަ ކައިރީގައި މިއީ ރަސޫލާ ވަޑައިގަންނަވާ ވަގުތުކަމަށް ބުނުމުން އެކުއްޖާގެ މަންމަ ‘ރަސޫލާ’ އަކީ ކާކުހޭ ބުނިކަމަށާއި އެކުއްޖާ ބުނިކަމުގައިވަނީ އެއީ ‘މަހުދީގެފާނު’ކަމަށެވެ. އެހެންވެ ކުޑަކުއްޖާގެ މަންމަ އެބުނާ ‘މަހުދީގެފާނު’ ބެލުމަށް މަޑުކުރި ކަމަށާއި އިރުކޮޅެއްފަހުން އެތަނަށް މީހަކު އައިކަމަށްވެއެވެ. ދެން އޭނާ ކައިރީ އެވާހަކަ އެހުމުން އެމީހާ އޭނާ އަކީ ‘މަހުދީގެފާނު’ކަމަށް ސާބިތުވެ ހުރެ ބުނެފައިވާކަމަށެވެ.’

އިމާމް މަހުދީ ނުވަތަ މަހުދީގެފާނަކީ ފަހު ޒަމާނުގައި ދުނިޔެ އިސްލާހުގެ މަގަށް ގެނައުމަށް ވަޑައިގަންނަވާނެ އިމާމްއެކެވެ. އިމާމް މަހުދީ ވަޑައިގައިގަތުން އެއީ ޤިޔާމަތުގެ ބޮޑު އަލާމާތެކެވެ. ހަމައެހެންމެ ފަހުޒަމާނުގައި ‘ދޮގު’ މަހުދީ ގެފާނުތަކެއްވެސް ފާޅުވާނެއެވެ. އެގޮތުން މީގެ ކުރިންވެސް މިފަދަ އެތައް ‘އިމާމް މަހުދީ’ ތަކެއްވަނީ ފާވެފައެވެ. އެހެނަސް މިއީ މިރާއްޖޭގައި މިފަދަ ދައުވާއެއް ކުރި ފުރަތަމަ ފަހަރެވެ.

ނަމެއް އަދި އުފަން ރަށެއް ސާފުނުވާ މިމީހާ މިހާރު ހުރީ ވިލީފުލުސްގައިކަމަށް ދިއިސްލާމްއިން މިހާތަނަށް ބެލިބެލުމުން ވަނީ ކަށަވަރުކުރެވިފައެވެ.

އިތުރު ތަފްސީލު ލިބުނުހާވަރަކަށް ދިއިސްލާމްއިން ގެނެސްދެވޭނެ، އިންޝާﷲ dhiislam


Read more...

ގުއަޓަނާމޯބޭގެ ޤައިދީން ގެނައުމުގެ ޤާބިލުކަން ދިވެހިސަރުކާރުގައި އަދި ނެތް: ޖަމްޢިއްޔަތުއްސަލަފް

ޖަމްޢިއްޔަތު ސަލަފްގެ ރައީސް ރާއްޖެއިސްލާމަށް މިއަދު ދެއްވި ޚާއްސަ ބަސްދީ ގަތުމެއްގައި ވިދާޅުވީ ގުއަޓަނާމޯބޭގެ ޤައިދީން ރާއްޖެ ގެންނަން ދިވެހިސަރުކާރަކީ އެންމެ އެކަށީގެންވާ ބަޔެއް ނޫންކަމާއި ، ދިވެހިސަރުކާރުގެ ރޭވުންތެރިކަމާއި ސިޔާސަތު އެފަދަ ކަމަކަށް ކުރިމަތިލުމުގައި ތަސައްރުފް ނުފުދޭނެކަމާއި އަދި އެކަށީގެންވާ ޤާބިލްކަން ދިވެހިސަރުކާރުގައި އަދި ނެތްކަމަށެވެ.
ސަބަބެއްކަމަށް ވިދާޅުވީ ސިޔާސީގޮތުންނާއި ، އިޤްތިޞާދީގޮތުން އަދި ދީނީ ގޮތުން ދިވެހިރާއްޖެ މިހާ ނާޒުކު ފައްތަރެއްގެ މަތީގައިއޮއްވާ މިފަދަ ކަމަކަށް ފައިނެގުމަކީ ބުއްދިވެރިކަމެއްކަމުގައި ނުފެންނާތީ ކަމުގައެވެ.


މުސްލިމުންނަށް އެހީވުމަކީ ވެވެންއޮތްވަރަކުން ވާޖިބު ކަމެއް ކަމަށް ވެފައި ވީހިނދު، އެ މަޤްޞަދު މެދުވެރިކޮށް އޭގެ ފަހަތުގައި އަޑިނޭނގޭ އެހެން ކަންކަން ކޮށްފާނެ ކަމުގެ ބިރު- ޙާލަތު ނިޔާކުރާ ގޮތުން އަޅުގަނޑުމެންނަށް ލަފާކުރަން ޖެހެއެވެ. ސަބަބަކީ އިސްލާމްދީނުގައި މުސްލިމުންނަށް އެހީވުމުގައިވެސް ތަރުތީބަކާއި ނިޒާމެއް އޮވޭ، އިސްކަން ދޭންޖެހޭ ގޮތްތަކެއް ހުރީތީއެވެ. ކައިރި މުސްލިމަކަށް އެހީވުން މާ އަވްލާވެގެން ވެއެވެ. މިގޮތުންބަލާއިރު އަޅުގަނޑުމެންނަށް ފެނިގެން މިދަނީ ކައިރި އަވަށްޓެރި ޤައުމުތަކުން މުސްލިމު ދިވެހިދަރީންނަށް ތަފާތު ޒާތްޒާތުގެ އެކި ގޯނާތައް ޙައްޤަކާއި ނުލާ ދިވެހިސަރުކާރު ޝާމިލުވާނޭހެން- ކުރެވޭތަނާއި ، އަޅާލުންކުޑަކޮށް އިހާނެތިކޮށް ހިތޭތަނެވެ.


އެންމެފަހުން އަޅުގަނޑުމެންނަށް ފެނި އަޑުއިވިގެން ދިޔައީ ދީނީގޮތުންނާއި އަވަށްޓެރިގޮތުން ދިވެހިރާއްޖެއާއި ތިމާގެ ޤައުމެއްކަމަށްވާ ޕާކިސްތާނަށްގޮސް އުޅުނު ބަޔެއްގެ ބޮލުގައި ދޮގު ތުހުމަތުތަކެއް އަޅުވައި އެމީހުންނަށް އެތައް އަނިޔާއެއް ލިބުނުމަށްފަހު އެމީހުން ކުށެއްނެތްކަމަށް ދޫކޮށްލިތާ 6 މަސްވީއިރުވެސް ދިވެހިސަރުކާރުން ޙަވާލު ނުވުމުގެ ސަބަބުން އެމީހުން ޙާލުގައިޖެހި ޢާއިލާތަކުން ގެނައިވާހަކައެވެ. މީގެ އިތުރުން ގުއަޓަނާމޯބޭއިން ގެންނަން އެބުނާ މީހުންނަކީ ހަމަ ޙަޤީޤަތުގައިވެސް އެތަނުގައި ބަންދުވި މީހުންކަން ދިވެހިންނަށް ޔަޤީންވާނެ އެއްވެސްގޮތެއް ނެތްކަމަށާއި، މިއެންމެހާކަމެއް މިހެން ހުރުމުން އަޅުގަނޑު ދަންނަވަން ޖެހެނީ ގުއަޓަނާމޯބޭގެ ޤައިދީންކަމަށްބުނެ އެމީހުން ގެންނަނަމުގައި ސަރުކާރުގައި ޤާބިލްކަމެއް ނެތްއިރު އިޚްލާސްތެރިކަމާއިމެދު ސުވާލު އުފެދޭނެ ހެކި އަޅުގަނޑުމެން އަތުގައި ހުރިޔަތީ އެކަން އެގޮތަށް ނުކުރުމަށެވެ. ސަލަފްގެ ރައީސް ވިދާޅުވިއެވެ.Raajjeislam



Read more...

Saturday, May 29, 2010

Another “Maldivian Atheist” Found


Muthey Sim : God... is an athiest...he does not believe in a higher power, being or creator....he simply came from nothing....??

Muthey Sim : only us humans have the power to create gods..... ;)time for another redbull

Muthey Sim : ......only us humans have the power to create gods..... ;)

Muthey Sim : If god is all powerful...then he must be man's greatest creation

Muthey Sim : please save us .....Superman

Muthey Sim : who else could save this country?...hehe

Adam Ayaz : how about rambo? he comes with,..fire works.. bangs.. explosions.. but the finishing will be quite nice. lol

ShiFasy Ali : heheheheee muthasimbe akshey kumar ves hama rangalhuvaane..kekekekekee

Muthey Sim : maldives is no longer a 100% muslim country...yay ;)off to celebrate ........................

Muthey Sim : lets all celebrate over REDBULL ;)...lol

Alee Hashim : Alhamdulillah, very nice article. I hope evryone who reads this explicit n scientific fact should ponder on Almighty God.For sure this's not co-incidence.

Muthey Sim: actually I am thinking the opposite..........
Muthey Sim : what a load of CRAP.....wisdom of the fools..there is no dog but dog....( See MORE )

Ibn Adam : all they can do is utter those words of hatred...if you think you are too wise...why dont you call these words with ur voices in the public..the atheists in the maldives are a bunch of cowards....well face it dude if u think there is no darwin but darwin papa


Mohamed Vishah : @Muthey sim: prove ur statement.... i tell u.. the example of athiests are like a man whos travelling in the desert with no destination... ultimately he will endup no where.... Thats the most stupid,ridicoulous,harted,idiot statement i have ever seen or heard...


Nuahs Feerahs : assalaam alaikum...muthey sis..may be u are an athiest..let me ask u a question..for example and eqipment was brought infront of u...and if i ask, who cud knw the machanism of this thing..what wud u reply?..surely u wud say the creater or the inventer...same way dnt u think the universe has a creator who created in te perfect shape and perfect ... See Morefunctions...and he located the earth in exact point not much heat nt much cold...so tell me all ofthese can it be a coincidence???...if u say yes, u need a brain doctor..if u say yes than u gt the answer..it the allah who has created and he will sustain and he will destory when the day of judgment comes..if u dnt agree with me , point out a single mistake frm the holly quran..???


Sazma Abdullah : @ Muthey sim. maybe u think wat u said is v smart..fr us v foolish.


Mohamed Sobah Chey: Muthey Sim: It would have been very simple. if u didn't like it, u could have kept silent.. its not nice to create hatred. Or if u want to challenge, come and challenge us on a proper ground. if you u r willing, we can arrange a debate between you and those who follow the 'wisdom of the fools' as u hv said.... but..If u do it here, u won't ... See Moreunderstand what we believe neither will we be able to address your issues and concerns. So if you are sincere and is searching for truth, we are ready to help you Insha Allah.Those who have replied: take things patiently


Mohamed Vishah: @sobah: salam.... well said... and agreed...@muthey sim: ok are u ready?


Newklear Nadeem: show him the right path


Muhammad Naajih : Whomever Allah guides no one can lead him astray, and whomever Allah leaves astray no one can guide him.


Zoona Abdul Raheem : Naajih: very true


Sarah Nur: exactly may who he that enjoys the darkness stay in the darkness cause god needs no one infact we r in the need of god oh allah show these loosers among us the right path


Salhi Baisaa : Muthey, Kaley ingey meehaa aran veenu dho...but never think u have any valuable knowledge of any sort, not even of dog's..so better be cool & carry on. U wait, we will also wait. On the Day u may also have wished that u were a dog. I seek refuge with Allah..


Munshid Bin Ali Muhammad: Muthey Sim: You could have done a better job. There are various theories (or rather should I say proofs) that proves the existence of NO CREATOR & the universe with its organic matter is sustained by itself. Sam Harris has already ended the faith (i.e faith in the existence of a creator or belief in a Higher Power NOT the faith in the absence of a creator). Richard Dawkins is doing a very "good" job to spread "atheism". {I would like to note that Dawkins is a fanatic atheist}. I urge you to read more on atheism (there are loads of material on this topic, dude) & follow the boasting of radical atheists before you preach other people your wisdom. Thanks :D


Salhi Baisaa : "Atheism" is the BEST excuse to follow one's own lusts & desires which is the direction many are heading for, its the Western way, they never follow their own books, religion is just a title & thats where so called Islamic countries r hearding all this time from the day they lost Quran & Sunnah long time back.Glorify be Allah above all that they associate with Him. Allah Akbar. MUTHEY ON FACEBOOK
Read more...

Friday, May 28, 2010

ޢަދާލަތު ޕާޓީ ނޫސް ބަޔާން

­­­بسم الله الرحمن الرحيم

ޢަދާލަތު ޕާޓީ

މާލެ، ދިވެހި ރާއްޖެ

ނޫސް ބަޔާން

އަވަސް ސަމާލުކަމަކަށް އެދެން:

މިއަދު، ހުކުރު ދުވަހުގެ ރޭ، މާފަންނު ސްޓޭޑިއަމުގައި އޮތް އިންޑިޔާގެ މަޝްހޫރު ޢިލްމުވެރިއެއް ކަމުގައިވާ ޑރ. ޒާކިރު ނައިކުގެ ދީނީ ދަރުސުގެ ތެރޭގައި ސުވާލު ކުރުމަށް ލިބުނު ފުރުޞަތުގައި ރާއްޖޭގެ ޒުވާނަކު ތިމަންނާއަކީ މުސްލިމް ބައްޕައަކާ މައްމައަކަށް ލިބިފައި ހުރި، ދިވެހި ދަރިއެއް ކަމަށާއި ތިމަންނަ އިސްލާމް ދީން ޤަބޫލު ނުކުރާ ކަމުގައި އިޢުލާންކޮށް އިސްލާމް ދީނަށް ގޮންޖަހައި، ރާއްޖޭގެ ޤާނޫނު އަސާސީ މުގުރާލައި، މިރާއްޖޭގައި ޒަމާނުއްސުރެން އޮތް އާދަކާދައާއި އިސްލާމީ އެއްބައިވަންތަކަން ފުނޑުފުނޑުކޮށްލައި، އެގެނައި ހުތުރު ޢަމަލަކީ ޢަދާލަތު ޕާޓީން އިންތިހާއަށް ޙައިރާންވެ ދެރަވާ ކަމެއް ކަމުގައި ދަންނަވަމެވެ.

މިއަދު ދިވެހި ޒުވާނުންގެ ޙާލަތަށް ވިސްނާއިރު ދެރަވާންޖެހެއެވެ. ބައެއް މީހުން ތިބީ ދީނާ ދުރަށް ދިޔަ ދިޔައިނުން ގޮސް ހައްދުފަހަނަޅާ ގޮސްފައެވެ. ދީނުން ބޭރުވާން ކައިރިވެފައެވެ. މިއީ މިޤައުމުގައި މަދުނޫން ޢަދަދެކެވެ. އަނެއްބަޔަކު ދީނަށް ވަނުމުގެ ނަމުގައި އަނެއް ފަޅިން ބޭރުވެ ޝައްކާއި ވަހުމުގެ މާސިންގާ ކަނޑަކަށް ގޮސް އޮބާލަނީއެވެ. މިއިން އެއްވެސް ކަމަކާ ވިސްނާލައި ފިކުރެއްކޮއްލާނެ ބަޔަކު ޤައުމުގައި ނެތް ކަހަލައެވެ. ޝައްކެއް ނެތް ގޮތުގައި، ދިވެހި ރައްޔިތުންނަށް ފުރިހަމަ އިސްލާމް ދީން އަންގައި ދިނުމަކީ، އަދި ރާއްޖޭގައި މިއޮތް އިސްލާމީ ވަޙުދަތުގައި ރެނދެއް އެޅިޔަނުދީ ހިފެހެއްޓުމަކީ ދިވެހި ދައުލަތަށް ވާޖިބުވެފައިވާ ކަމެއް ކަމުގައިވާތީ، ވަރަށް ބޮޑަށް ހަލާކުވެ، އިސްލާމީ ރިވެތި އަޚްލާޤާއި ޢަޤީދާއާ ދުރަށްޖެހިފައި އޮތް މިޤައުމުގެ ބައެއް ލޮބުވެތި ޒުވާނުންނަށް ހެއުމަގު އަންގައި ދިނުމާއި އެކުދިންގެ އިސްލާމީ ވެށި އިޞްލާޙު ކުރުމަކީ ޤާނޫނީގޮތުން ދިވެހި ސަރުކާރުގެ ބޮލުގައި އެޅިފައިވާ ޒިއްމާއަކަށްވީތީ، މިޤައުމުގެ އަމަންއަމާންކަމާއި ޤާނޫނީ، އިސްލާމީ، ވެށި ވިއްސިވިހާލިވެގެން ދިއުމުގެ ކުރިން އެކަންކަން ހަމައަކަށް އެޅުވުމާއި، ނުފުށަށް އެނބުރެމުންދާ ޤައުމުގެ ސޯބުގެ ފާލު ހެއުކޮޅަށް އެޅުވުމަށް ވީހާވެސް ބޮޑަށް މަސައްކަތްކުރެއްވުމަށް މިފުރުޞަތުގައި އިލްތިމާސްކޮށް ދަންނަވަމެވެ. މާތް ﷲ މިޤައުމުގެ ވަޙުދަތު ޤާއިމު ކުރަށްވުމެވެ. އަދި އިސްލާމީ ކިޔާނު ހިފެހެއްޓެވުމެވެ. އަޅުގަނޑުމެންގެ ދަރިންނަކީ އިސްލާމް ދީން ދެކެ ލޯބިވާ، ދީން ދެކެ ފަޚުރުވެރިވާ ބައެއްގެ ގޮތުގައި ލެއްވުމެވެ. އާމީން! 28 މެއި 2010 ޢަދާލަތު ޕާޓީ

Read more...

މިރަނގަބީލު ބުޅަލުގެ ކަރުގައި އަޅަންކެރޭނީ ކޮން މީދަލަކަށްބާއެވެ


ލިޔުއްވީ: އަލީ ނަސ

ގާތްގަނޑަކަށް މީގެ 900 ވަރަކަށް އަހަރުގެ ކުރިން ރާއްޖޭގައި ތިބޭ ސައްތައިން ސައްތަ ޣައިރު މުސްލިމުންނެވެ. އޭގެފަހުން، ރާއްޖޭގައި ހިނގި ޚުރާފީ ޙާދިޘާއަކާ ގުޅިގެން ރަސްގެފާނާއި ދިވެހި އެންމެން އިސްލާމް ދީން ޤަބޫލުކުރީއެވެ. މުސްލިމުންނަށް ދިވެހި ބުޑިސްޓުން ބަދަލުވެގެން ދިޔައީއެވެ. ދީން ބަދަލުކުރީ ވަރަށް ފަސޭހަ ގޮތަކަށެވެ. އެދީނަށް އިންކާރު ނުކޮށް މިދީނަށް ވަން ކަހަލައެވެ. ބާގަޑި ބާއްވާފައި އަލަށް ލިބުނު ގަޑިއެއް އަތުކުރީގައި އަޅާލާ ބީދައިންނެވެ.

ޑރ. ޒާކިރު ނައިކުގެ ނަޞީޙަތް އަޑުއަހަން މާފަންނު ސްޓޭޑިއަމަށް ދިޔަ ގިނަ ގުނަ ދިވެހިންގެ ތެރޭން، ސުވާލު ޖަވާބު ސެޝަނުގައި ތިމާއަކީ މުސްލިމެއް ނޫންކަމުގައި އިޢުލާންކުރަމުން ދިޔަ ޒުވާނާ، ތިމާގެ ނަމަކީ ނާޒިމޭ ބުނެ ތަޢާރުފު ވުމަށްފަހު އޭނާ އިސްލާމް ދީން ދޫކޮށްފައިވާތީ އޭނާގެ ޙުކުމަކީ ކޮބައިތޯ ޑރ.ގެ އަރިހުން އެދުނެވެ.
މިއަކީ ދިވެހި މުސްލިމް މުޖްތަމަޢަށް މިހާރަކު އައު ކަމެއްނޫނެވެ. އަދި އައު އިޢުލާނެއްވެސް ނޫނެވެ. 1988 ވަނަ އަހަރު މާލޭގައި ގިނަ ޢަދަދެއްގެ ޒުވާނުން ތިމަންމެންނީ މުސްލިމުން ނޫންކަމަށާއި ތިމަންމެން މިތިބީ ނަޞާރާ ދީން ޤަބޫލުކޮށްގެން ކަމަށް އިޢުލާންކުރަން ފެށިއެވެ. މިކަންތައް ހައްދުން ބޭރުވާ ހިސާބަށް ގޮސް ކުޑަކުޑަ ކުއްޖަކު އޭނާގެ މަންމަ ކާފިރުވެއްޖެ ކަމާއި އޭނާއަށްވެސް ކާފިރުވުމަށް މަންމަ މަޖްބޫރު ކުރަމުންދާވާހަކަ ކަމާބެހޭ ފަރާތަށް ގޮސް ތަކުރާރުކޮށް ބުނުމުން، އޭރުގެ ސަރުކާރުން މިޖަމާޢަތުގެ ތެރޭން ކޮންމެވެސް ބަޔަކު ބަންދުކުރިއެވެ. ދުވަސްކޮޅެއް ނުވަނީސް ސަރުކާރުން އެމީހުންނަށް، ކުޑަ ހިނދުކޮޅެއްގެ ތެރޭން އިސްލާމް ދީން އުނގަންނައިދިނުމަށް ފަހު ދޫކޮށްލީއެވެ. ދިގު މުއްދަތެއްގައި އުނގެނިފައި އޮތް ކްރިސްޓިއަން ދީން ކުޑަ ހިނދުކޮޅެއްގެ ތެރޭން ބަދަލު ކުރެވޭނީ ހާދަ ކުޅަދާނަ ބަޔަކަށްތާއެވެ.
މިހާރު ރާއްޖޭގައި ޢަމަލުކުރެވެމުން މިދާ ޤާނޫނު އަސާސީ އުފައްދަމުން ދިޔަ ދިއުމުގެ ތެރޭގައި އެޤާނޫނުގެ ދަށުން ދިވެއްސަކަށް ވެވޭނީ މުސްލިމަކަށޭ، ބުނެ ހުށަހެޅުނު އިޞްލާޙާ މެދު ހިތްހަމަ ނުޖެހިގެން ފާޑުވިދާޅުވި ޚާއްޞަ މަޖިލީހުގެ ބައެއް ބޭފުޅުން އިޢުލާންކުރަމުން ދިޔަކަމީ ސިއްރުކުރެވިފައި އޮތް ކަމެއްނޫނެވެ. ދިވެހި ދަރިން، ދިވެހި އައިޑެންޓިޓީއާއި ޕާސްޕޯޓު ލިބިގެން، ޣައިރުމުސްލިމުގެ ގޮތުގައި އުޅެމުންދާ ކަމަށާއި، މިގޮތަށް ދިވެއްސަކަށް ވުމަށްޓަކައި މުސްލިމަކަށް ވުން ޝަރުޠު ކުރެވޭނަމަ އެމީހުންގެ ޙައްޤު ގެއްލިގެންދާނޭ ކަމަށް ބަޔަކުމީހުން ދަޢުވާ ކުރަމުން ދިޔައެވެ. މިގޮތަށް ދަޢުވާ ކޮށް ދިވެހި ވަޒަންވެރިކަމާއި، ދީން ދޫކޮށްފައި ތިބި ޣައިރު މުސްލިމުންތަކެއް ދީނަށް ވެއްދުމަޓަކައި ދިނުމަށް މަސައްކަތް ކުރަމުން ދިޔައީ ވެސް ހަމަ ދިވެހިންނެވެ.
މިބުނެވުނު މާއްދާގެ މިބުނެވުނު އަކުރު ޤާނޫނު އަސާސީގައި ބޭއްވުމަށް ފެންނަ ނުފެންނަ ވޯޓަކަށް މަޖްލީހުގެ ރިޔާސަތުން އެދިވަޑަައިގަތުމުން ވޯޓު ނުދެއްވާ ދެބޭފުޅަކު އެމަޖިލީހުގައި ތިބިކަމީވެސް މިތާގައި ފާހަގަ ކޮށްލަން ޖެހޭ ކަމެކެވެ.
މިއަދު ރާއްޖޭގައި އިންޓަރނެޓު ސައިޓުތައް ހަދައިގެން ސީދާ އިސްލާމް ދީނާ ޚިލާފަށް، އިސްލާމީ ޝަރީޢަތާ ޚިލާފަށް، ދީނުގެ ބޮޑެތި މައްސަލަތަކާ ޚިލާފަށް ގޮންޖަހަމުން މުރުތައްދުގެ އިޢުލާންކުރަމުންދާ ދިވެހިން އެބަތިބިކަން އަޅުގަނޑުމެން ދަންނަންޖެހެއެވެ.
ރާއްޖޭގެ ބައެއް ނޫސްތަކުގައި މަދުން ނަމަވެސް ދޭތެރެ ދޭތެރެއިން ދީނުގެ ކޮންމެވެސް ބޮޑު މައްސަލައަކާ އިދިކޮޅަށް ކޮންމެވެސް ކަހަލަ ނޭދެވޭ އެއްޗެއް ބުނެ ހަދަމުންދާތަން ވެސް އެބަ ފެންނަމުންދެއެވެ.
ތަންކޮޅެއް ކުރިން ސަރުކާރުގެ އިސް މަޤާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުން އެބޭފުޅުން އިސްލާމް ދީނުގައި އެބޭފުޅުންނަށް ދީފައިނުވާ ޙައްޤުތައް ހޯދަން މަސައްކަތް ކުރަމުންދާ ވާހަކަ، މީޑިޔާއަށް އަރާ އިޢުލާން ކުރަމުންގޮސްފައިވާ ކަމީވެސް އަޅުގަނޑުމެންގެ ހަނދާނުން ފުހިގެންދާނެ ވަރަކަށް ދުރުގައި ހިނގާފައިވާ ކަމެއްނޫނެވެ.
ނަޞާރާ ދީން ފެތުރުމަށް މަސައްކަތް ކުރިކަމުގެ ތުހުމަތުގައި 1998 ވަނަ އަހަރު، ރާއްޖެ ނާދެވޭގޮތަށް ބޭރުކުރި ކިތަންމެ ބަޔަކު މިހާރު ރާއްޖެ އައިސްގޮސް އުޅޭ ކަމީ ތޯތޯ ވާހަކައެއްނޫނެވެ.
2005 ވަނަ އަހަރު އައްޑޫއަތޮޅު ހިތަދޫ މުޙިއްބުއްދީނު ސްކޫލުގައި ކީރިތި ރަސޫލާއަށް ވަރަށް ހަޑިހުތުރުކޮށް ބަސްބުނެ އެއްޗެހި ގޮވި އިންޑިޔާ ޓީޗަރަކު ޑީޕޯޓު ކުރުމަށްފަހު މިއަހަރު ހދ. ކުޅުދުއްފުށީ ޖަލާލުއްދީން އިސްކޫލުގައި ކިޔަވާން އައިސްފައި ހުރިކަމީވެސް ގިނަބަޔަކު ދެނެތިބި ސިއްރެކެވެ.
1998 ވަނަ އަހަރު މިދެންނެވި ގޮތަށް މާލޭގައި ތިމާމެންނީ މުސްލިމުން ނޫންކަމުގައި ނުވަތަ ތިމާމެންނީ ނަޞާރާއިން ކަމުގައި އިޢުލާންކުރި މީހުންވެސް ހަމަ މިރާއްޖޭގައި އުޅެމުންދާކަމީ އެންމެން ދެނެތިބި ސިއްރެކެވެ.
އަނދިރި އަނދިރިންގެ އަތްދަށުގައި ވެގެން ބިރުންނާއި ފައިސާއަށާއި ލޯބީން ދީން ކޮށް ޣައިރު މުސްލިމުކަމުގެ ޝަރަފު ހޯދި މީހުންވެސް ތާރީޚުގައި ވަނީ ވެއަތުވެ ގޮސްފައެވެ.
ކަޅު މުޙައްމަދު ރަސްގެފާނާއި އެނޫންވެސް ރަސްރަސްކަލުންގެ ކަޅު ޞަފުޙާތަކުން ދިވެހި ތާރީޚު ކަޅުވެފައިވާލެއްވެސް ކުޑައެއް ނޫންކަމުގައި، ތެދުތެދަށް ބުނާނަމަ ބުނަންޖެހެއެވެ. ހަމައެއާއެކު އިސްލާމް ދީނުގައި ކަނޑައެޅިފައި ހުރި ބައެއް މައްސަލަތަކާ އިންކާރުކޮށް އިޢުލާންކޮށް ބައެއް ވެރިން ވެސް ތާރީޚު ފަވާލާފައި ގޮސްފައިވާކަން އަޅުގަނޑުމެން ހަނދާނުގައި ބަހައްޓަން ޖެހެއެވެ.
މިހުރިހާ ޞަފުޙާތަކެއް އުކާލި ކަމުގައިވިއަސް މިޙާދިޘާތަކަށް ވުރެން ބޮޑު ތެދު ޙަޤީޤަތެއް އެބަ އޮވެއެވެ. އެއީ ރަނގަޅަށް އިސްލާމް ދީން އެނގިފައި ހުރި މީހަކު އިސްލާމް ދީން ދޫކޮށް، އެހެން ދީނެއް އިޚްތިޔާރު ނުކުރާނެއެވެ. ނުވަތަ އިސްލާމް ދީނާ އިންކާރެއްވެސް ނުކުރާނެއެވެ.
ސުވާލަކީ މިކަންކަމުގެ ޒިއްމާ އުފުލަންޖެހެނީ ކޮންބައެއް ބާއެވެ! ދީން ދޫކޮށްލާފައި ދާމީހާބާއެވެ! ނުވަތަ އެމީހުން ކުދިންގެ ސިފައިގައި ތިއްބާ ތަރުބިޔަތުކޮށް ބޮޑުކުރި މީހުން ބާއެވެ! އެމީހުންނަށް މަގުދައްކައި ހޭނުވި ސަރުކާރާއި މަދްރަސާތައް ބާއެވެ! އެމީހުންނާއި ކަންކަން ޙަވާލުކޮށްގެންތިބި މައިންބަފައިންނާއި ބެލެނިވެރިންބާއެވެ! ތިމާމެންނާއި ދީނުގެ ކަންކަން މަތިކުރައްވައި، މާތް ﷲ ފޮނުއްވި ދީނުގެ ޢިލްމުވެރިން ބާއެވެ.
ހަމަ ގައިމު މާދަމާ ކޮންމެވެސް އެއްބަޔަކާ މިކަމާ ސުވާލުކުރެވޭނެކަން ކަށަވަރެވެ. އެބަޔަކު ޖަވާބުދޭން ޖެހޭނެކަމީ ޝައްކެއް އޮތް ކަމެއްނޫނެވެ.
މިޤައުމުގައި އެކަހަލަ ނާޒިމުން މަދެއް ނޫނެވެ. އަމިއްލައަށް ތިމާގެ ނަމަކީ ނާޒިމޭ ކިޔާމީހުންނެވެ. 1998ވަނަ އަހަރު އިޢުލާން ކުރި މީހުންވެސް މެއެވެ. މިޤައުމުގެ ޕާސްޕޯޓުތައް ހިފައިގެން ބޭރުގެ ފައްޅިތަކުގައި ހިނގާލަ ހިނގާލާ އެތިބަ ބޭރުމީހުންނެވެ. މިއީ ބޭރުމީހުންނެވެ. ދިވެހިންނެއް ނޫނެވެ. އެއީ ޤާނޫނު އަސާސީ ބުނާގޮތުން އެމީހުން ދިވެހިންނަށް ނުވާތީއެވެ. އެހެންކަމުން މިމީސްމީހުންގެ އަތުން ދިވެހި ޕާސްޕޯޓު އަތުލަން ޖެހެއެވެ. އެމީހުންނަށް ޙައްޤު އެއްޗަކަށް ނުވާތީއެވެ. ދިވެހި ސަރުކާރުގެ މިލްކަކަށް ވާތީއެވެ. ޤާނޫނު އަސާސީން އެޙައްޤު ނިގުޅައިގަންނާތީއެވެ. މިކަން ކުރުމުގެ ޒިއްމާ އޮތީ ސަރުކާރު ބޮލުގައެވެ. ނޫންނަމަ އެމީހުން އިސްލާޙުކޮށް އަލުން ތައުބާގެ މަގު އެމީހުންނަށް ދައްކަން ޖެހެއެވެ. މިއީވެސް ހަމަ ސަރުކާރުގެ ވާޖިބެކެވެ.
އަޅުގެ ހިތަށް އަރައެވެ. މިއީ މިނިސްޓްރީ އޮފް އެޑިއުކޭޝަނުން އިސްލާމް މާއްދާގެ މަޖްބޫރުކަން ކަޑާލުމަށް ގަދައަޅައި ކުރަމުންދާ މަސައްކަތަށް ކުރިމަތިވި އިމުތިޙާނަކަށް ނުވޭބާއެވެ! ނުވަތަ އެޑިއުކޭޝަނުން ބޭރުގެ އެހީ ލިބިގެން ހިންގަމުންދާ އިސްލާޙީ ޕްރޮގްރާމުގެ ކާމިބީގެ ހެއްކަކަށް މިކަން މިމިސާލުތައް ނުވޭބާއެވެ!
ކޮންމެއަކަސް މި ސައްތައިންސައްތަ މުސްލިމު ޤައުމުގެ ސައްތަކަން ޤާނޫނީ ގޮތުން ކެނޑިގެން ނުދިޔަ ކަމުގައި ވިއަސް ޢަމަލީގޮތުން ކެނޑިގެން މިއޮތްދަނީއެވެ. ޤާނޫނު ނަގަހައްޓައި ދަމަހުމީ ދައުލަތުގެ ތިން ބާރުގެ މައްޗަށް ލާޒިމުކުރާ ކަމެކެވެ. ސަރުކާރުގެ މައްޗަށެވެ. ޢަދުލުއިންޞާފު ހިންގަން ތިބިމީހުންގެ މައްޗަށެވެ. ރައްޔިތުންގެ މަޖިލީހުގެ މައްޗަށެވެ. އެކަމަކު މިރަނގަބީލު ބުޅަލުގެ ކަރުގައި އަޅަންކެރޭނީ ކޮން މީދަލަކަށްބާއެވެ! ADHALATH

Read more...

Thursday, May 27, 2010

ތިމަންނައަކީ ޓެރަރިސްޓެއް : ޑރ ޒާކިރް ނައިކް


ޙާތިމް

( އެގޮތުން މުރާސިލްގައި ޖިހާދު އިޢްލާންކުރުމަށް ލޮބުވެތި އަޙުންނާއި އުޚުތުންނަށް ގޮވާލަމެވެ. މިބުނީ އިސްލާމީ ގިއުގަނޑުގެ ތެރޭގައި ވާހަކައާއި ހަބަރާއި މަޢްލޫމާތު ގެނެސްދެމާ ބަހީއެވެ.)

"11، 12 ގައި އެކަނި ނޫންކަމަށާއި ޕީ އެޗް ޑީ އާ ހަމައަށްވެސް އިސްލާމް ކިޔަވަން ޖެހޭނެކަމަށެވެ."*** "މިއަދުގެ ސަރުކާރު ކުރީގެ ވެރިކަމަށްވުރެ 100% ރަގަޅުކަމަށް ސީދާ ބަހުން ވިދާޅުވިއެވެ."

މަތީގައި ދެންނެވިފައި އެވާ ސުރުހީ އަކީ ޑރ. ޒާކިރު ނައިކް ބޭރުގެ ޤައުމުތަކުގައި ދަރުސްދެއްވައިފިނަމަ އަނެއް ދުވަހު ނޫހުގެ އެންމެ ފަލަ ސުރުހީތަކަށް އަރާ ޚަބަރެވެ.

ޑރ ޒާކިރް ނައިކްގެ ތާރީޚީ ޒިޔާރަތެއްގައި މިވަގުތު ރާއްޖޭގައި ހުންނަވާ މިރޭ ކުރެއްވި ތަޤްރީރްގައިވެސް ޑރ ޒާކިރު ނައިކް ވަނީ މިބަސް ތަކުރާރު ކުރައްވާފައެވެ. އިތުރަށް ތަފްޞީލް ދެއްވަމުން ޑރ ޒާކިރު ވިދާޅުވީ ކޮންމެ މުސްލިމަކީވެސް އަނިޔާވެރިންނާއި ފާސިޤުން އެމީހުންދެކެ ބިރު ގަންނަ ( ނުވަތަ ޓެރަރއިޒް ވާ) ބަޔަކަށް ވާންޖެހޭނެކަމަށެވެ.

އަދި އިތުރަށް ތިމަންނައަކީ "ފަންޑަމެންޓަލިސްޓެއް" ކަމަށްވެސް ޑރ ޒާކިރު ވިދާޅުވިއެވެ. އެއީ ފަންޑަމެންޓަލިސްޓުންނަކީ ކޮންމެ ކަމެއްގެ އަސާސްތަކުގައި ނުވަތަ ފަންޑަމެންޓަލްސް ތަކުގައ ހިފަހައްޓަން ޖެހޭނެ ބަޔަކަށް ވާތީކަމަށްވެސް ވިދާޅުވިއެވެ. އޭގެ އިތުރަށް ޑރ ވިދާޅުވީ އެބޭފުޅާއަކީ "އެކްސްޓްރީމިސްޓެއް" ކަމަށާއި އެއީ އެބޭފުޅާ އަކީ "އެކްސްޓްރީމްލީ" ދީލަތި، "އެކްސްޓްރީމްލީ" ހަހުރަވެތި "އެކްސްޓްރީމްލީ" ރަގަޅު މީހަކަށް ވާތީކަމަށާއި، އެއްވެސް މުސްލިމަކު ތިމަންނައަކީ "ޕާރޓްލީ" ދީލަތި ނުވަތަ ލޯބިވެތި ނުވަތަ ރަގަޅު މީހެއްކަމަށް ބުނެގެން ނުވާނެކަމަށެވެ.

ޑރ ޒާކިރު ނައިކާއި އޭނާގެ ދަރިފުޅު އުމުރުން އެންމެ 16 އަހަރުގެ ފާރިޤް ނައިކްގެ މިރޭގެ ތަޤްރީރަށް 50،000 މީހުން ހާޒިރުވިކަމަށް ބުނެވެއެވެ. ނަމަވެސް މިކަމުގެ ރަސްމީ ބަހެއް އަދި ނުލިބެއެވެ. ނަމަވެސް، ވަރަށް ސެކިއުރިޓީ ބަލަހައްޓައިގެން، ކޮންމެ މީހަކު ވަކިން ޗެކްކޮށްގެން މީހުން ވެއްދި މި ދަރުސް އަޑުއެހުމަށް ދިވެހިންނާއި ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ ތެރެއިންވެސް އެތައް ހާސް ބަޔަކު އެއްވިއެވެ. ކަޅުތުއްކަލާ ކޮށީގެ އިރަށް އޮތް ކުޅިވަރު ކުޅޭ ބޮޑު ހުސްބިމުގައި ވަރަށް ގިނަ އަދަދަކަށް މީހުން ޖަމާވެފައިވެއެވެ.


ޑރ ޒާކިރުގެ ވާހަކަފުޅަށް ފަހު ސުވާލާއި ޖަވާބު ސެޝަނެއްވެސް ކުރިއަށް ދިއައެވެ. ރޭގަނޑު 12 ގަޑި 30 ވަންދެން މި ދަރުސް ދެމިއޮތެވެ.

ޑރ ޒާކިރުގެ ވާހަކަފުޅުގައި ދެން އަލިއަޅުވާލި ކަންކަމަށް ބަލާއިރު މުސްލިމުންގެ ބިންބި މުގައި ފައްޅިއެޅިގެން ނުވާނެކަމަށް ވިދާޅުވިއެވެ. ހަނގުރާމާގައި އަޅުކަންކުރާ ތަންތައް ހަލާކުކުރުން މަނާކޮށްފައި ވަނީ ޣައިރު މުސްލިމުންގެ ޤައުމުތަކުގައި އެމީހުން ކުރިއްސުރެ ހަދާފައިވާ ތަނަތަންކަމަށްވާތީކަމަށާއި އެކަމާއި 100% މުސްލިމުންގެ ބިމެއްގައި ޣައިރުދީންތަކުގެ އަލޫކަންކުރާ ތަންތައް އެޅުމާ ތަފާތުކަމަށެވެ.

އަމީނިއްޔާ ސްކޫލް ކުއްޖެއް އޯލެވެލް ނިންމުމަށް ފަހު އޭ ލެވެލްގައި އިސްލާމް މައްދާ ކިޔެވުމާ ބެހޭގޮތުން ސުވާލުކުރުމުން ޖަވާބު ދެއްވަމުން ޑރ ޒާކިރު ނައިކް ވިދާޅުވެފާ ވަނީ 11، 12 ގައި އެކަނި ނޫންކަމަށާއި ޕީ އެޗް ޑީ އާ ހަމައަށްވެސް އިސްލާމް ކިޔަވަން ޖެހޭނެކަމަށެވެ.

މިހާރުގެ އިސްލާމް ދިވެހި އިޚްތިޔާރު ކުރުމަށް ސިދާ ސުވާލުކުމުން ކުރީގެ ދަރިވަރަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން ޑރ ޒާކިރު ވިދާޅުވެފާ ވަނީ ނަތީޖާ ރަގަޅު ކުރުމަށް އޮޕްސަނަލް ކުރުމަކީ ހައްލެއް ނޫންކަމަށާއި އެކަމުގައި ޑރ ޒާކިރު ޕްރިންސިޕަލަކަލަށް ހުންނަވާ އިސްލާމިކް އިންޓަރނޭޝަނަލް ސުކޫލްގެ ބައެއް މިސާލުތަކުން ޚިޔާލުދެއްވިއެވެ.

ބައެއް ފަރާތްތަކުން މިއަދުގެ ސަރުކާރަށް އަމާޒުވާ ފަދަ ސުވާލުތައް ކުރުމުން ޑރ ޒާކިރު ވިދާޅުވެފާ ވަނީ ސަރުކާރު ކުރައްވާ ރަގަޅު ކަންތައް ތައްވެސް ފާހަގަކޮށް އެކަމަށް އެޕްރިޝިއޭޓް ކުރާ ހާލު ކުރާ ގޯސްކަންތައްތައް މަޑުމަޑުން ހުއްޓުވަން މަސައްކަތް ކުރަންވީ ކަމަށެވެ. ހަމައެކަނި ގޯސްކަންތައް ފާހަގަ ކުރާ ނަމަ ކަންތައް ބޮއްސުންގޮސްދާނެކަމަށްވެސް ވިދާޅުވިއެވެ. "މިއަދުގެ ސަރުކާރު ކުރީގެ ވެރިކަމަށްވުރެ 100% ރަގަޅުކަމަށް ސީދާ ބަހުން ވިދާޅުވިއެވެ.

ނޫސްވެރިއަކު ރާއްޖޭގެ ޅަފަތުގެ ޑިމޮކްރަސީގެ ފިކުރުތަކާ ބެހޭ ގޮތުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޑރ ޒާކިރު ވިދާޅުވީ ޑިމޮކްރަސީގައި "ގިނަ ބައިގަނޑު ރުހޭގޮތް" އެއީ ފަހުބަޔަށް ވާނަމަ އެއީ އިސްލާމީ ގޮތެއް ނޫންކަމަށާއި އިސްލާމްދީނުގައި އޮންނަނީ "އަބަދުވެސް ޙައްޤުގޮތް" އެއީ ރަގަޅުގޮތްކަމަށެވެ. ޑިމޮކްރަސީގެ ބައެއް އެކަހަލަ މިސާލުތައް ދައްކަވަމުން ބައެއް ޤައުމުތަކުގައި މީހުންގެ ތާއިދާއެކު އެއްޖިންސުންކއިވެނިކުރުން ހުއްދަކޮށްފާ ވާކަމަށާއި އެފަދަ ގޯސްކަމަކަށް ގިނަ ބަޔަކު ރުހުމުން ނުކުންނަ ނުބައި ނަތީޖާއަށް އަލިއަޅުވާލިއެވެ.

މިރޭގެ ދަރުހުގައި އިސްލާމީ ޝަރީޢަތުގެ ފުރިހަމަކަމަށްވެސް ވަރަށް ގިނަ ފަހަރު އަލިއަޅުވާލާފައިވެއެވެ. ޑރ ޒާކިރު ނައިކް ވިދާޅުވީ 100% އިސްލާމީ ޤައުމެއް ދުނިޔޭގައި ނެތްކަމަށާއި ދިވެހިރާއްޖެއަކީ 100% މުސްލިމް ޤައުމެއްގެ އިތުރުން 100% އިސްލާމީ ޤައުމަކަށް ކުރިއަށް އޮތް 10 އަހަރުތެރޭގައި، ﷲގެ އިރާދަފުޅާއެކު ވެގެން ދާނެކަމަށެވެ

ރާއްޖޭގެ ރިސޯޓުތަކުގައި އިސްލާމީ ފަތުރުވެރިކަން ތަޢާރަފް ކުރުމަކީ ވަރަށް ރަގަޅު ކަމެއްކަމަށް ވެސް ޑރ ޒާކިރު ވިދާޅުވިއެވެ. އެގޮތުން ބަދަލުކުރަން ޖެހޭނީ ވަރަށް މަދުކަމެއް ކަމަށާއި އެކަމުގެ ފައިދާ ދުބާޢީގެ ތާޖް ހޮޓެލުން އެހެރީ ފެންނަން ކަމަށްވެސް ޑރ ވިދާޅުވިއެވެ.

މުސްލިމުން ޖިހާދުކުރުމަށް އޮތް އެއް މުހިައްމު އެއް މައިދާނަކީ މީޑިޔާކަމަށާއި މީޑިޔާގައި މުސްލިމުންގެ ބާރި ގަދަކުރަން ވެއްޖެކަމަށްވެސް ޑރ ގެ ވާހަކާގައި ޢިޝާރާތްކުރެއްވިއެވެ. އެގޮތުން ޕީސް ޓީވީ އަކީ އޭގެ މިސާލެއްކަމަށާއި ޒަމާނީ މިފަދަ ވަޞީލަތްތަކުގެ ބޭނުން ހިފަންވީ އެފަދަ ކަންކަމަށް ކަމަށްވެސް ޑރ ވިދާޅުވިއެވެ.

( އެގޮތުން މުރާސިލްގައި ޖިހާދު އިޢްލާންކުރުމަށް ލޮބުވެތި އަޙުންނާއި އުޚުތުންނަށް ގޮވާލަމެވެ. މިބުނީ އިސްލާމީ ގިއުގަނޑުގެ ތެރޭގައި ވާހަކައާއި ހަބަރާއި މަޢްލޫމާތު ގެނެސްދެމާ ބަހީއެވެ.)

(ޚަބަރު ނުނިމޭ... ދެން ބާކީ ސީ އެން އެން ޚަބަރަށް ފަހު....) murasil



Read more...

Wednesday, May 26, 2010

އިސްލާމް ދީނަށް ފުރައްސާރަކުރުމަކީ ހުޅަނގު ދުނިޔޭގެ ތާއީދު އެމީހަކަށް ލިބޭކަމެއް


ތާޅަފިލި
"ކަލޭ ފާޑުކިޔަނީ ހަމައެކަނި އިސްލާމީ ޝަރީޢަތަށް ހެއްޔެވެ؟ ނުވަތަ ޤުރުއާނަށާއި މުޅި އިސްލާމް ދީނަށް ހެއްޔެވެ؟"

ބަންގްލަދޭޝްގެ ލިޔުންތެރިޔާ ތަސްލީމާ ނަސްރީން އާއި ދެކޮޅަށް އެޤައުމުގައި ހިންގޭ ޙަރަކާތްތައް އިތުރުވެގަތުމުން އޭނާ ބުނެފައި ވަނީ، އޭނާ ކަލްކަތާގެ 'ސްޓޭޓްސްމަން' ނަމަކަށްކިޔާ ނޫހަށް (1994 ޖޫންގައި) ދިން އިންޓަވިޔުގައި ބުނި އެއްޗެއް އޮޅުވާލައިގެން އެނޫހުގައި ޝާއިޢުކޮށްފައި ވަނީކަމަށެވެ. ކީރިތި ޤުރުއާން ޒަމާނާއި އެއްގޮތަށް ބަދަލުކުރަންޖެހިފައި ވާކަމަށް އޭނާ ނުބުނާކަމަށް ބުންޏެވެ. މިއާއި ޚިލާފަށް އޭނާ ގޮވާލާފައި ވާނީ އިސްލާމީ ޝަރީޢަތަށް ބައެއް ބަދަލުތައް ގެނައުމަށްކަމަށް ވެސް އޭނާ ބުންޏެވެ.



މާތްވެގެންވާ އިސްލާމް ދީނަށާއި ކީރިތި ޤުރުއާނަށް މަލާމާތްކޮށް ތަސްލީމާ ނަސްރީން ލިޔުންތަކެއް ޝާއިޢުކުރުމުގެ ކުށުގައި ބަންގްލަދޭޝްގެ އިސްލާމީ ޖަމާޢަތްތަކުން ވަނީ އޭނާ މުރުތައްދުވެއްޖެކަމަށް ބުނެ މެރުމަށް ގޮވާލާފަ އެވެ. މިހެންކަމުން މިހާރު މީނާ ވަނީ ފިލައިގެން ސްވީޑްން އަށް ގޮސް ސިޔާސީ ހިމާޔަތް ހޯދާފަ އެވެ. އޭނާ ފިލައިގެން ދިޔައީ ބަންގްލަދޭޝްގެ އެންމެ މަތީ ކޯޓުގައި މައްސަލައިގެ ޤަޟިއްޔާ ހިނގަމުން ދަނިކޮށެވެ.

ތަސްލީމާ ނަސްރީންގެ މުޑުދާރު ލިޔުންތަކަށް ތާއީދުކުރަނީ އިންޑިޔާގެ ހިންދީންނާއި، ހުޅަނގުގެ ޤައުމުތަކުންނެވެ. ދުނިޔޭގެ ކަންކޮޅުތަކުން މުސްލިމުން އޭނާ އަށާއި އޭނާގެ ލިޔުންތަކަށް ކުރަނީ ނަފްރަތެވެ. ތަސްލީމާ ނަސްރީން އަކީ ކުރިން ބޭސްވެރިކަމުގެ ރޮނގުގައި މަސައްކަތްކުރަމުން އައި އަންހެނެކެވެ. ލިޔުންތެރިއަކަށް ވެގަތް ސަބަބަކީ ބޭސްވެރިކަމުގެ ރޮނގުގައި ނާކާމިޔާބުވާން ފެށުމުންނެވެ. ސަލްމާން ރުޝްދީ އާއި ތަސްލީމާ ނަސްރީން އަކީ އެއްކަހަލަ ދެ ޚާއިނުންނެވެ. އެހެނީ މިދެމީހުންގެ ވެސް މަސައްކަތަކީ އިސްލާމް ދީނަށާއި މުސްލިމުންނަށް މަލާމާތްކޮށްގެން ހުޅަނގުގައި މަޝްހޫރުކަން ހޯދުމެވެ.



ކޮންމެގޮތެއްގައި ނަމަވެސް ކީރިތި ޤުރުއާން އާއި ދެކޮޅަށް ތަސްލީމާ ދައްކާ ވާހަކަތަކަށް ރަނގަޅަށް ބަލައިލާންޖެހެ އެވެ. ޕެރިސްގައި ނުކުންނަ ދުވަހުނޫހެއް ކަމަށްވާ ލެމޮންޑް (Le Monde) އަށް މީނާ ދީފައިވާ ބަސްދީގަތުމެއް (30 އޮކްޓޯބަރ 1994 ގައި ނުކުތް) ގާޑިޔަން ވީކްލީ (Guardian Weekly) މަޖައްލާގައި ވެސް ޝާއިޢުކޮށްފައި ވެއެވެ. އެއިންޓަވިޔުގައި ތަސްލީމާ އާއި ސުވާލުކޮށްފައި ވަނީ އަންނަނިވި އިބާރާތުންނެވެ.



"ކަލޭ ފާޑުކިޔަނީ ހަމައެކަނި އިސްލާމީ ޝަރީޢަތަށް ހެއްޔެވެ؟ ނުވަތަ ޤުރުއާނަށާއި މުޅި އިސްލާމް ދީނަށް ހެއްޔެވެ؟" މީގެ ޖަވާބުގައި މި ލަދުހަޔާތް ނެތް އަންހެނާ ބުނީ:



"އަހުރެން ބާރުލާފައި ބުނަން ބޭނުންވަނީ އިންސާނީ އުސޫލުތައް ޤާއިމްކުރަން އަހުރެމެން ބޭނުން ކަމަށެވެ. އެންމެންވެގެން ހަނގުރާމަކުރަންވީ އޮޅުންބޮޅުންތައް ނައްތާލެވޭތޯ އެވެ. ދީން މަސައްކަތްކުރަނީ ޒާތެއްގެ ކަނު، އަނދިރިކަމަކާއި، އަތްފައި ހަލުވާނުލެވުމެއްގެ ތެރޭގައި މީސްތަކުން ބައިތިއްބާށެވެ. އެއީ ދީނުގައި ކަންކަމާއިމެދު ސުވާލުކުރުން މަނާކުރާތީ އެވެ. އެކަމަކު އަހުރެން ސުވާލުކުރާހިތްވެ އެވެ. އެއީ އަހުރެންގެ ހުންނަ ގޮތެކެވެ. އިސްލާމް ދީން ވުޖޫދަށް އައީ މީގެ 1400 އަހަރު ކުރިންނެވެ. އެއަށްފަހު މިހާރު އަހުރެމެންގެ މުޖްތަމަޢުތައް މިވަނީ މާބޮޑަށް ތަރައްޤީވެފަ އެވެ. އެހެންވީމައި 'އެފޮތުގައި' (ޤުރުއާނުގައި) އޮންނަގޮތް ބަލައިގެން އެއަށް އަމަލުކުރެވޭކަށް ނޯންނާނެ އެވެ. ވީމައި އަހުރެން އެފޮތަށް (ޤުރުއާނަށް) ފާޑުކިޔަމެވެ. އަދި އެފޮތުގެ (ޤުރުއާނުގެ) މައްޗަށް ބިނާކޮށްގެން ހެދޭ ހުރިހައި ޤާނޫނުތަކަށް ވެސް ފާޑުކިޔަމެވެ. ބަންގްލަދޭޝްގެ ޤާނޫނީ ނިޒާމް ބިނާވެފައި ވަނީ އިނގިރޭސި ޤާނޫނާއި އެއްގޮތަށެވެ. އެހެންކަމުން އަހުރެމެން އުޅެމުން މިގެންދަނީ އިސްލާމީ ޤައުމެއްގައެއް ނޫނެވެ. އެކަމަކު ކައިވެންޏާއި، ވަރި އަދި ވާރުތަ ފަދަ އާއިލީ މައްސަލަތައް އަދިވެސް ބަލާއުޅެނީ ދީނީ ހަމަތަކާއި އެއްގޮތަށެވެ. (އިސްލާމީ ޝަރީޢަތުގެ އުސޫލުންނެވެ.) މިހެންކަމުން އަންހެނުންނަށް އޮތީ ބޭއިންސާފާއި ގެއްލުމެވެ. މިގޮތް ޖެހޭނީ ބަދަލުކުރާށެވެ."



އަދިވެސް އިތުރަށް ތަސްލީމާ ނަސްރީން ބުނެފައި ވަނީ، "ތަހުޒީބުވެފައިވާ އެއްވެސް ޤައުމެއްގައި އިސްލާމީ ޝަރީޢަތް ރަސްމީ ސިފައެއްގައި އޮވެގެން ވާނެކަމަކަށް އަހުރެން ޤަބޫލެއް ނުކުރަމެވެ. އަހުރެމެން ގެންގުޅެންޖެހޭނީ އެންމެ މިޒަމާނުގެ ޢަލްމާނީ (ދީނާއި ދައުލަތް ވަކިކުރާ)، ވަކި މީހެއް ތަފާތުކުރުމެއް ނުވާ ޤާނޫނެވެ. އެންމެންނަށް މުޅިން ހަމަހަމަ ވަޟުޢީ ޤާނޫނެވެ.



މީނާގެ އިޝާރާތްތަކުން ސާފުކޮށް އެނގޭ އެތައް ޕޮއިންޓްތަކެއް އެބަހުއްޓެވެ. ފުރަތަމައިނުން ތަސްލީމާ އެއްބަސްވެފައި އެވަނީ އޭނާ ޤުރުއާނުގެ އުޞޫލުތަކާއި މުޅިން އިދިކޮޅު ކަމަށެވެ. ޤުރުއާނުގެ ޤާނޫނުތަކާއި ވެސް މުޅިން ދެކޮޅެވެ. މީގެ މާނަ އަކީ ޤުރުއާނަކީ ﷲ ބާވައިލެއްވި ފޮތެއް ނޫނޭ ބުނުމެވެ. އަދި މިހައި ފާޅުކަން ބޮޑު ގޮތެއްގައި ކުފުރުގެ ބަސްތައް ބުނެފައި، ފަހުން އަނެއްކާ އެހެން ނުބުނާކަމަށް ބަންގްލަދޭޝްގައި ވާހަކަދެއްކުމުން ދޭހަވަނީ މީނާ އަކީ ދޮގުހެދުމުން ވެސް ހައްދުފަހަނާއަޅާފައިވާ އަންހެނެއްކަމެވެ. އެހެނީ މިފަދަ މީހުން ދެކޭގޮތުގައި ދޮގެއްހަދާލުމަކީ ގޯހެއް ނޫނެވެ. އެއްވެސް މީހަކު އިސްލާމް ދީނަށް ހުތުރު ބަސްތައް ބުނެ ފުރައްސާރަކުރާ ކަމުގައި ވާނަމަ ހުޅަނގުގެ ޤައުމުތަކުން އެކަމަށް މަރުޙަބާކިޔައި، އެމީހަކީ ހިތްވަރުގަދަ ބަޠަލެއް ކަމުގައި އިޢުލާންކޮށް ހަދައެވެ.



ދެވަނައަށް އޭނާ ބުނެފައި އެވަނީ ބަންގްލަދޭޝްގައި އޮންނަނީ އިނގިރޭސި ޤާނޫނު ކަމަށެވެ. ޙަޤީޤަތުގައި ވެސް ބަންގްލަދޭޝްގެ ރައްޔިތުން އިނގިރޭސި ޤާނޫނު އެތަނުގައި ހިންގަން ބޭނުންބާވަ އެވެ؟ މިފަދަ ކަމަކަށް އެޤައުމުގައި ވާހަކަދެކެވޭ ހެއްޔެވެ؟ އިނގިރޭސި ޤާނޫނަކީ މާޒީވެދިޔަ އިސްތިޢުމާރީ ޤާނޫނެވެ. އެ ދެން ހިންގަން ބޭނުންވަނީ ތަސްލީމާ ނަސްރީން ކަހަލަ ދެތިން މީހެކެވެ. އެތަނެއްގެ ރައްޔިތުން ބޭނުންނޫން ކަމެއް މަޖުބޫރުން ކުރުވަން އުޅެނީ ކީއްވެގެން ހެއްޔެވެ؟ ނުވަތަ މިކަހަލަ ލަދުހަޔާތެއް ނެތް އަންހެނެއްގެ ހަވާނަފްސުގެ އެދުން އެއީ ޤުދުރަތީ ޤާނޫނުކަމުގައި ބަލަންވީ ހެއްޔެވެ؟ ފިރިހެނެއްހެން ބޯކޮށާލައިގެން، ފިރިހެން ހެދުން އަޅައިގެން، ފިރިހެންދުޅާވެގެން އަންހެނުންނަށް ނަމޫނާ ދައްކަމުންދާ މީހަކަށް އޭނާ އެބުނާ އެބައިމީހުންގެ 'ގެއްލިފައިވާ ޙައްޤުތައް' ހޯދައިދެވިދާނެބާ އެވެ؟



'ތަހުޒީބްވެފައިވާ' ޤައުމެއް ބިނާނުކުރެވިގެން މީނާ ހީވަނީ ތެޅިފޮޅޭހެންނެވެ. އަނެއްކާ ތަހުޒީބަކީ ކޮބައިބާވަ އެވެ؟ މީހުނާ ނުއިނދެތިބެ ޖިންސީގުޅުން ހިންގުން ނުވަތަ އެއްޖިންސުން ޖިންސީގުޅުން ހިންގުން ހުއްދަކޮށްފައި އޮންނަ ޤައުމުތައް އެއީ ހަމައެކަނި 'ތަހުޒީބް' ޤައުމުތައްތޯ އެވެ؟ މިއާއި ޚިލާފަށް ވަކި އުޞޫލެއްގެ ދަށުން ދިރިއުޅުމުގެ ކަންތައްތައް ހަމަޖައްސަމުން ގެންދާ ޤައުމުތައް އެއީ 'ނާތަހުޒީބް' ޤައުމުތައްތޯ އެވެ؟ މި ދެބާވަތުން ތަހުޒީބްވެފައި ވަނީ ކޮންބައެއްތޯ އެވެ؟ ހުރިހާގޮތަކުން ބެލިޔަސް އިންސާނުންނަކީ ޖަނަވާރުންނަށްވުރެ މާތް ބައެކެވެ. ޙަޤީޤަތަށް ބުނާކަމުގައި ވާނަމަ ޖަނަވާރުތައް ވެސް ނޫޅޭފަދަ ނުބައި، ފާހިޝް ގޮތްގޮތަށް ހުޅަނގުގެ މީހުން މިހާރު އަންނަނީ އުޅެމުންނެވެ.



މިނިވަންކަމުގެ މާނަ ވެސް އޮޅުވާލައިގެން ފާޑުފާޑުގެ ވާހަކަދައްކަ އެވެ. ހުޅަނގުގެ ގިނަ މުޖުތަމަޢުތަކުގައި، ޚާއްޞަކޮށް އުތުރާއި ދެކުނު އެމެރިކާގައި ކަންތައް އޮންނަ ގޮތަކީ އިރުއޮއްސި އަނދިރިވުމަށްފަހު މީހުންނަށް ގެއިން ބޭރުގައި ހިނގާއުޅޭކަށް ނުކެރެ އެވެ. ރޭގަނޑު ބޭރަށް ދާންޖެހިއްޖެނަމަ ކާރެއް ނުވަތަ ޓެކްސީއެއް ފަދަ ދުއްވާއެއްޗެއްގައި މެނުވީ ދެވޭކަށްނޯވެ އެވެ. ސަބަބަކީ މަގުފޭރުމާއި، މާރާމާރީ އާއި، ޢިއްފަތްތެރިކަމަށް އަރައިގަތުމާއި، މީހުން މެރުން ޢާއްމުވެފައި ވާތީ އެވެ. އިރުއޮއްސި އަނދިރިވުމުން މީސްތަކުން ތިބެނީ ގޭގެ ދޮރުތައް ވީހާވެސް ބޮޑަށް ތަޅުލައިގެން ބިރުންނެވެ. ހަތިޔާރާއި އެކު މަގުތައް މަތީގައި ބާރުހިންގަނީ މަސްތުވާތަކެތި ބޭނުންކުރާ މީހުންނެވެ. މިއީ މިނިވަންކަންތޯ އެވެ؟ ފަސާދަވެފައި އޮތްކަމުގައި ވިޔަސް އިސްލާމުންގެ މުޖުތަމައެއްގައި ވިއްޔާ ޖާނަށް ނުރައްކަލެއް ނެތި ހިނގާބިނގާވެ އުޅެވެ އެވެ. މިނިވަންކަން މާނަކުރެވޭ ހަމައެކަނި ގޮތަކީ އިސްލާމް ދީނަށާއި، މުސްލިމުންނަށް މަލާމާތްކުރުމުގެ ހުއްދައޮތުން ކަމަށްތޯ އެވެ؟ އަދި ވަކި އަދަދެއްނެތި ޖިންސީ ބައިވެރިން ގެންގުޅުމުގެ ހުއްދަ ވެސް އޮތުން ކަމަށްތޯ އެވެ؟ ވެދާނެ ގޮތަކަށް ބަލައިލުމެއް ވެސް ނެތި އެވެ. ތަސްލީމާ ބޭނުންވާ މިނިވަންކަމަކީ މިއީކަން އޭނާގެ ލިޔުންތަކުން ފެންނަން އެބަހުއްޓެވެ.



ސަލްމާން ރުޝްދީ 'ސެޓަނިކް ވާރސަސް' ލިޔުނުކަމަށްޓަކައި އޭނާ އަށް ތަސްލީމާ ނަސްރީން ތަޢުރީފްކުރެ އެވެ. އެފޮތުގައި މާތް ރަސޫލާގެ ސަޚްސިއްޔަތާއި މެދު ބުހުތާން ދޮގުހަދައި ވަރަށް ހުތުރު ބަހުން ފުރައްސާރަކޮށްފައި ވެއެވެ. އަދިވެސް ތަސްލީމާ އިސްލާމް ދީން ކުއްވެރިކުރަން ހުރި ޝައުޤުވެރިކަން ބޮޑުކަމުން ގޮސް ބުނެފައި ވަނީ، ބޮސްނިޔާ އާއި އަލްޖީރިޔާގައި ހިނގާދިޔަ ހަމަނުޖެހުމުގެ ކުށް ބޮލުގައި އަޅަންޖެހޭނީ ވެސް އިސްލާމް ދީން ކަމުގަ އެވެ. ކަންކަމުގެ މަޢުލޫމާތު ނޭނގިހުރެ ތިމާ އާއި ނުބެހޭ ވާހަކަތައް ދެއްކުމަށްވުރެ ތަސްލީމާ އަށް ރަނގަޅު ވާނީ އޭނާގެ އަސްލު މަސައްކަތައިގެން އުޅުނީމަ އެވެ. އެ މަސައްކަތަކީ އޮރިޔާންކާޑު އުފެއްދުމުގެ ފަންނުގައި ކުރިޔަށް ދިޔުމެވެ.



މީނާ އަކީ ޖިންސީ ކަންތައްތަކުގައި ވެސް ޙައްދުފަހަނާއަޅާފައިވާ އަންހެނެކެވެ. ތަސްލީމާގެ އަމިއްލަ ހަޔާތާއި ބެހޭގޮތުން އޭނާ ލިޔުނު ފޮތުގައި އެތައް ބަޔަކަށް ޤަޛުފްކޮށްފައި (ޒިނޭގެ ތުހުމަތުކޮށްފައި) ވެއެވެ. މީނާ އާއި ކައިވެނިކުރި ހަތަރު ފިރިހެނުންނާއި އެކު ހިންގި ޖިންސީގުޅުންތަކުގެ ވާހަކަ ވެސް ހާމަކޮށްފައި ވެއެވެ. އަދި އެފޮތުގައި އޭނާ ހިންގާފައިވާ ނަހަމަ ޖިންސީގުޅުންތަކުގެ ވާހަކަ ގެނެސްފައި ވެއެވެ. މިފޮތް ނެރުނުތަނާހެން ބަންގްލަދޭޝްގައި އެފޮތް ގެންގުޅުމާއި، އިތުރަށް ޗާޕްކުރުން މަނާކުރެވުނެވެ. އަދިވެސް މީނާ ބުނެފައި ވަނީ، "ކައިވެނިކުރުމަކީ އެއީ އަންހެނާ ޖިންސީގޮތުންނާއި އެހެނިހެން ގޮތްގޮތުން އަޅުވެތިވެގެންދާ ކަމެއް ކަމުގަ އެވެ." އޭނާ އެތަކެއް ފިރިހެނުންނާއި އެކު ނަހަމަގޮތުގައި ޖިންސީގުޅުން ހިންގާފައި ވާތީ އެކަމަށް ފަޚުރުވެރި ވެސް ވެއެވެ. އަދި ތަސްލީމާ އަކީ އޮރިޔާންކާޑު އުފެއްދުމުގެ ވެސް ފަންނާނެކެވެ. މީނާ ލިޔުނު ފޮތެއްކަމުގައިވާ 'ލައްޖާ' އަކީ ވަރަށް މައްސަލަ ބޮޑުވެގެން ދިޔަ ފޮތެކެވެ. އޭގައި ވަނީ މުޅިންހެން ފާހިޝް ވާހަކަތަކެވެ. ބަންގްލަދޭޝްގެ މުސްލިމް ފިރިހެނަކު ހިންދީ ދީނުގެ ޒުވާން އަންހެން ކުއްޖަކު ރޭޕްކޮށްލި ކަމަށް ބުނެ އެކަން ހިންގިގޮތުގެ ވާހަކަ އެފޮތް ކިޔާ މީހެއްގެ ސިކުނޑިއަށް ސޫރަވާނެހެން ސިފަކޮށްދީފައި ވެއެވެ. ބަންގާޅީ ބަހުގައި ލައްޖާގެ މާނައަކީ ލަދުވެތިކަމެވެ. ނަމަވެސް ތަސްލީމާ އެފޮތުގައި ވަނީ ލަދުވެތިކަން މުޅިން އެއްފަރާތްކޮށްފަ އެވެ.



މީގެ 14 އަހަރު ކުރިން، އޯގަސްޓް 1994 ގައި ތަސްލީމާ ބަންގްލަދޭޝް އިން ފިލައިގެން ދިޔަ ފަހުން ދިރިއުޅުމުގެ ގިނަ ދުވަސްތައް ހޭދަކޮށްފައި ވަނީ ސްވީޑްންގަ އެވެ. މީގެ އިތުރުން ފަރަންސޭސިވިލާތާއި އެމެރިކާގައި ވެސް ދިރިއުޅެފައި ވެއެވެ. މިއަދު މީނާ ވަނީ ސްވީޑްންގެ ރައްޔިތެއް ކަމުގައި އެޤައުމުގެ ސަރުކާރުން ޤަބޫލުކޮށް ޕާސްޕޯޓް ވެސް ހަދާދީފަ އެވެ. ދިރިއުޅޭނެ ގެއެއް ދިނުމުގެ އިތުރުން ގިނަ އަދަދެއްގެ ފައިސާ މަހުންމަހަށް އޭނާ އަށް ފޮނުވަ އެވެ. ސްވީޑްން އަކީ ޖިންސީ ކަންތައްތައް އެއްވެސް ހިފެހެއްޓުމެއް ނެތި ދޫކޮށްލާފައި އޮންނަކަމަށް މަޝްހޫރު ޤައުމެކެވެ. ސްކެންޑިނޭވިޔާގެ ކޮންމެ ޤައުމެއް ވެސް ހަމައެފަދަ އެވެ. ދުނިޔޭގައި އުފައްދާހައި އޮރިޔާންކާޑެއްގެ އެންމެ ބޮޑުބައި އުފައްދަނީ ސްކެންޑިނޭވިޔާގެ ޤައުމުތައްކަމަށްވާ ސްވީޑްން، ނޯވޭ، ފިންލަންޑް އަދި ޑެންމާކް އިންނެވެ. މީލާދީ އަހަރުތަކުން 20 ވަނަ ޤަރުނު ނިމިގެން އައިއިރު މިތަކެތީގެ އަގު އަހަރެއްގެ މައްޗަށް 22 ބިލިޔަން ޔޫ.އެސް. ޑޮލަރަށް އަރަ އެވެ. އޭރު މިއީ މަސްތުވާތަކެތި ވިއްކައިގެން އަހަރެއްގެ މައްޗަށް ލިބޭ ފައިސާ 'މަނީ ލޯންޑަރިންގެ' ގޮތުގައި ހަމައެކަނި އެމެރިކާގެ ބޭންކްތަކަށް ވަންނަ މިންވަރަށްވުރެ ދެ ބިލިޔަން ޑޮލަރު އިތުރު އަދަދެކެވެ. މިއަދު (މިހިނގާ 2009 ވަނަ އަހަރު) މިއަދަދުތައް މިއަށްވުރެ މާ މަތިވާނެ ކަމުގައި ބެލެވެ އެވެ.



ތާރީޚަށް ބަލައިލާއިރު ވެސް ސްކެންޑިނޭވިޔާގެ މީހުންނަކީ މައިންބަފައިންނެއް، ދަރީންނެއް، އެއްބަނޑު އެއްބަފައެއް ބަލައިލުމެއްނެތި ޖިންސީގުޅުން ހިންގައި އުޅޭކަމަށް މަޝްހޫރު ބައެކެވެ. މިހާރުވެސް ސްކެންޑިނޭވިޔާ އަށް އުފަންވާ ކުދީންގެ 49 އިންސައްތަ އުފަންވަނީ ޒިނޭގެ ދަރީންގެ ގޮތުގައި ނަހަލާލަށެވެ. މިޤައުމުތަކުގައި ނަހަލާލަށް ވިހެއުމަކީ ހުތުރުކަމެއް ނޫނެވެ. އަދި އެއީ މުޖުތަމައުގައި ޤަބޫލުވެވޭކަމެކެވެ. މީހުންގެ އަނބީން ޒިނޭކުރަމުން ދިޔުމުގެ ސަބަބުން ވަރަށް ގިނަ ކުދީން އުފަންވަނީ އެކުދީންގެ އަސްލު ބައްޕައަކަށް ނޫނެވެ. ސްކެންޑިނޭވިޔާގެ 'ޒަމާނީކުރިއެރުމުގެ' އެންމެވިދާ އެއްކަމަކީ ހުރިހައި ގޮތަކުން ވެސް ޖިންސީ މިނިވަންކަން ދެވުނުކަމެވެ. ރުހުމުގައި ނަމަ ކޮންމެ އަންހެނަކާއި ފިރިހެނަކަށް ވެސް ބޭނުން ވަގުތަކު، ބޭނުން ތަނެއްގައި އެކަހެރިގޮތެއްގައި ތިބެ ޖިންސީގުޅުން ހިންގިދާނެ އެވެ. ހަށިވިއްކާނެ ނާސިގެތައް އެޤައުމުތަކުގެ އެތަންމިތަނުގައި ހުޅުވިފައި ހުރެ އެވެ. ވަޒީފާތަކަށް މީހުން ގެނައުމުގެ ނަމުގައި ބޭރު ޤައުމުތަކުން ރީތި ޒުވާން އަންހެން ކުދީން ގެނެވެ އެވެ. ނަމަވެސް މީގެ ބޭނުމަކީ ހަށިވިއްކުމުގެ ފިޔަފާރި ހިންގުމެވެ. މިކަން އޮންނަނީ އެންމެން ދަންނަ ބޮޑު ސިއްރެއްގެ ގޮތުގަ އެވެ. އަންހެނަކަށް އަންހެނަކާއި އިނދެވިދާނެ އެވެ. ފިރިހެނަކަށް ފިރިހެނަކާއި ވެސް އިނދެވިދާނެ އެވެ. ސަރުކާރުންނާއި ފައްޅިތަކުން މިހުރިހައި ބާވަތެއްގެ 'ކައިވެނިތައް' ޤަބޫލުކުރެ އެވެ. އަންހެނުންނާއި ފިރިހެނުން އެއްޖިންސުން ޖިންސީގުޅުން ހިންގުން ވަނީ ޢާއްމުވެފަ އެވެ.



މާޒީވެދިޔަ ތާރީޚްގައި ސްކެންޑިނޭވިޔާގެ ހަނގުރާމަވެރި ލަޝްކަރުތަކެއް ކަމަށްވާ ވައިކިންގްސް (Vikings) ނަމަކަށް ކިޔުނު ބަޔަކު ޖަނަވާރު ދަޅު ބޮލުގައިޖަހައިގެން ޖަނަވާރުތަކެއް ފަދައިން ގޮސް އިނގިރޭސިވިލާތައް އެތަކެއްފަހަރު އަރައި އަނިޔާވެރި އަމަލުތައް ހިންގާފައި ވެއެވެ. އެތަނުގެ ފިރިހެނުންތައް ޤަތުލުކޮށް އަންހެނުންގެ ޢިއްފަތްތެރިކަމަށް އަރައިގަތެވެ. އެތަކެއް ބޯޓުތައް ފުރެންދެން އިނގިރޭސި އަންހެން ކުދީންތައް ނޯޑިކް އައްސޭރިއަށް ގެންގޮސް ގަދަކަމުން ޖިންސީގުޅުން ހިންގާފައި ވެއެވެ. ވައިކިންގްސް މީހުންގެ ތެރެއިން ބަފައިންނާއި ފިރިހެން ދަރީން ބަހައިގެން އެތަނުން އެއް އަންހެނަކު ބޭނުންކުރި އެވެ. ނަމަވެސް މިހާރު މި ވައިކިންގްސް ދަރިކޮޅުން އައި ދަރީންތައް މި ދައުވާކުރަނީ މުސްލިމުންގެ އަންހެނުންތައް 'މިނިވަންކޮށް' އެކަނބަލުންގެ 'ޙައްޤުތައް' ހޯދައިދިނުމުގެ ނަމުގަ އެވެ. މިއީ އަންތަރީސްވާވަރުގެ ބޮޑު އަރަތެއް ނޫން ހެއްޔެވެ؟



ދިރާސާކުރާ ފަރާތްތަކުން ހާމަކުރާ ގޮތުގައި މިއަދު ސްކެންޑިނޭވިޔާގެ ވަރަށް ގިނަ އަދަދެއްގެ ރައްޔިތުންނަކީ އެއްވެސް ދީނެއް ޤަބޫލުނުކުރާ މުޅިން އިލްޙާދީ ކުލަވަރު ލިބިފައި ތިބި މީހުންނެވެ. ދާދި ފަހަކުން ޚިޔާލު ފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަމުގެ ނަމުގައި ނޯވޭ އާއި ޑެންމާކުގެ ނޫސްތަކުން މާތް ރަސޫލާ އަށް މަލާމާތްކުރުމުގެ ގޮތުން ކާޓޫނު ކުރަހާފައި ވެއެވެ. ލިޔުންތެރިކަމުގެ މިނިވަންކަމުގެ ނަމުގައި ސްކެންޑިނޭވިޔާއިން ސަލްމާން ރުޝްދީ އަށާއި ތަސްލީމާ ނަސްރީން އަށް ތާއީދުކޮށް، ޙިމާޔަތްދީ، މަތީފެންވަރުގެ އެވާރޑްތައްދީ ހަދަނީ މުސްލިމުން ރުޅިއެރުވުމުގެ ބޭނުމުގަ އެވެ. އޭރުން އެޤައުމުތަކުގައި ދިރިއުޅޭ ބައިމަދު މުސްލިމުން ނުކުމެ އިހްތިޖާޖުކުރުމުގެ ގޮތުން މުޒާހަރާތައް ކުރާނެ އެވެ. ދެން އެޤައުމުތަކުގެ ސިއްރުފުލުހުން އަޑީގައި ތިބެގެން ބައެއް ތަންތަނުގައި ހުޅުޖަހައި ނުވަތަ ބޮންގޮއްވާހަދަންވީ އެވެ. އެއަށްފަހު އެޖަރީމާ ހިންގިކަމުގެ ތުހުމަތު ކޮންމެވެސް އިސްލާމީ މުވައްސަސާއެއް ހިންގަން ތިބި މުސްލިމް ބަޔެއްގެ ބޮލުގައި އަޅުވާފައި ހައްޔަރުކުރަންވީ އެވެ. ދެން އަވަހަށް ޓެރަރިޒަމް މަނާކުރުމާ ބެހޭ ހަރުކަށި ޤާނޫނެއް ޕާލިމެންޓުން ފާސްކޮށް މުސްލިމް ކުދީންނަށް ތަޢުލީމާއި ތަރުބިއްޔަތުދޭ ތަންތަން ބަންދުކޮށް އުވާލަންވީ އެވެ.



ސްވީޑްންގައި ތަސްލީމާ ދިރިއުޅެމުންދާތަން ވަނީ ސިއްރުކުރެވިފަ އެވެ. ސަބަބަކީ ޔޫރަޕްގެ މުސްލިމުން ވެސް އެނާ ދެކެ ރުޅިއައިސްފައި ވުމުން ސަލާމަތާއިމެދު ކަންބޮޑުވާންޖެހޭތީ އެވެ. 2007 ވަނަ އަހަރުގެ ނޮވެމްބަރ މަހު އިންޑިޔާގެ ކަލްލަތާގައި ހިނގާދިޔަ ހަމަނުޖެހުންތައް ފެށެންދިމާވި ސަބަބަކީ ސިއްރުގޮތެއްގައި ތަސްލީމާ އެރަށުގައި ދިރިއުޅެމުންދާކަން މުސްލިމުންނަށް އެނގުމާއި ގުޅިގެންނެވެ. މަގުތަކަށް ގިނަ އަދަދެއްގެ ރައްޔިތުން ނުކުމެ ދުއްވާއެއްޗެތީގައި ރޯކޮށް ހިންގަމުންދިޔަ ތަޅާފޮޅުންތައް ކޮންޓްރޯލް ނުވެގެން އެންމެފަހުން ކުއްލިހާލަތު އިޢުލާންކޮށް ހަތިޔާރާއި އެކު ސިފައިން މަގުތަކަށް ނެރެންޖެހުނެވެ. ހަމަނުޖެހުންތައް މައިތިރިކުރުމަށްޓަކައި އިންޑިޔާ ސަރުކާރަށް މަޖުބޫރުވީ އޭނާ އިންޑިޔާއިން ފޮނުވާލާށެވެ. ތަސްލީމާ އިންޑިޔާގެ ރައްޔިތަކަށް ހަދައިދިނުމަށް އެދި އޭނާ ކުރަމުން ދިޔަ އިލްތިމާސްތަކަށް އިންޑިޔާ ސަރުކާރުން ދިނީ ބީރު ކަންފަތެކެވެ. މީނާ އިންޑިޔާގެ ރައްޔިތަކަށް ވާން މިހައި ބޭނުންވަނީ ކީއްވެތޯ ބަލައިލުން ބޭނުމެވެ. ކަލްކަތާ ހިމެނޭ ހުޅަނގު ބަނގާޅު ސްޓޭޓްގައި އޮންނަނީ ބަންގާޅީ ބަހެވެ. ތަސްލީމާ އަށް ބަންގާޅީ ބަސް ފިޔަވައި އެހެންބަހަކުން ފޮތް ލިޔާކަށް ނޭނގެ އެވެ. އޭނާ ބުނާގޮތުން ކަލްކަތާ އޭނާ އަށް ސިފަކުރެވެނީ އަމިއްލަ ރަށް ފަދައިންނެވެ. އިންޑިޔާގެ ހުޅަނގު ބަންގާޅުގައި ބަންގާޅީ ބަހުން ވާހަކަދައްކާ 80 މިލިޔަން މީހުންގެ ބޮޑު އާބާދީއެއް އެބަ އޮތެވެ. މިހެންކަމުން މިނާ އިސްލާމް ދީނާ ދެކޮޅަށް ލިޔާ ވާހަކަތައް ފަތުރައި ޖެހިގެން އޮތް ބަންގްލަދޭޝް އަށް ވެސް މީނާގެ ފިތުނަވެރި މެސެޖްތައް ބަންޑުންކުރަން ފަސޭހަވާނީ ކަލްކަތާގައި ހުރެގެންކަމަށް ފެންނާތީ އެވެ. ތަސްލީމާ އިސްލާމް ދީނަށް ފާޑުކިޔައި ލިޔުނު ކިތަންމެ ފޮތެއް އިނގިރޭސި އަށާއި ޔޫރަޕްގެ އެހެނިހެން ބަސްތަކަށް ތަރުޖަމާކުރެވުނު ކަމުގައި ވިޔަސް ޔޫރަޕްގެ ސަގާފަތުގެ ތެރޭގައި އެވާހަކަތަކުގެ މާބޮޑު ބުރަދަނެއް ނުހުރެ އެވެ. މީގެ އިތުރުން ޔޫރަޕްގެ އެބުނާ ހަމަހަމަ 'މިނިވަން' މުޖުތަމައުތަކުގައި އޮންނަ ނަސްލީ ތަފާތުކުރުންތަކުގެ ހިތިރަހަ ތަސްލީމާގެ ކަރުބުޑުގައި ވެސް މިހާރު ލައިފި އެވެ.



ތަސްލީމާ އޭނާގެ އަމިއްލަ ހަޔާތާއި ބެހޭގޮތުން ލިޔުނު ފޮތުގެ އެއްވަނަބައިން ފެށިގެން ހަތަރުވަނަބައި ވަނީ ބަންގްލަދޭޝްގައި މަނާކުރެވިފަ އެވެ. މީގެ ތެރެއިން 'އުޓަލް ހަވާ' (ބާރު ވައިރޯޅި) އަކީ އިސްލާމް ދީނާއި އިދިކޮޅު އެތަކެއް ޚިޔާލުތަކާއި ބަޔާންތައް ލިޔެފައިވާ ފޮތެކެވެ. މިކަމާއި ގުޅިގެން ފުލުހުންނަށް އަމުރުކުރެވިފައި އޮތީ އެފޮތުގެ ހުރިހައި ކޮޕީތަކެއް ހޯދައި ނައްތާލުމަށެވެ. ބަންގްލަދޭޝްގެ ހޯމް މިނިސްޓްރީ އިން ނެރުނު ބަޔާނުގައި ވާގޮތުން އެފޮތުގައިވާ ވާހަކަތަކުގެ ސަބަބުން އެޤައުމުގެ ދީނީ ހަމަޖެހުމަށް ބޫރޫއަރާފާނެ އެވެ. މިކަމާއި ގުޅިގެން ތަސްލީމާ ބީ.ބީ.ސީ އިން އަންނަ ބަންގާޅީ ބަހުން ފޮނުވާ ޕްރޮގްރާމެއްގައި ބުނެފައި ވަނީ ބަންގްލަދޭޝްގައި ހިޔާލުފާޅުކުރުމެގެ މިނިވަންކަން ނޯންނަ ކަމަށެވެ. ބަންގްލަދޭޝް އަކީ ޑިމޮކްރަޓިކް ޤައުމެއް ނަމަވެސް އެޤައުމުގައި ހަޤީޤީ މާނާގައި ޑިމޮކްރަސީ ނެތް ކަމަށެވެ. ހުޅަނގުގެ ޤައުމުތަކުން މިފަދަ މީހުންނަށް ތާއީދުކޮށް، ހިމާޔަތްދީ ހަދަނީ ޚިޔާލުފާޅުކުރުމުގެ 'މިނިވަންކަން' މުސްލިމުންގެ ތެރޭގައި ނެތީމައި އެ މިނިވަންކަން ހޯދައިދިނުމުގެ ނަމުގަ އެވެ. އެމީހުން ދެކޭގޮތުގައި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ ހިތަށްއަރާހައި ދޮގެއް ހުތުރުބަހުން ފާޅުކުރަމުން ދިޔުމެވެ.



މުސްލިމެއްކަމަށް ދައުވާކުރާ މީހަކު އިސްލާމް ދީނާއި ދެކޮޅަށް ދައްކާ ވާހަކަތަކަށް ހުޅަނގުގެ މީޑީޔާ އޮންނަނީ ވަރަށް ބޮޑު ސަމާލުކަމެއް ދީގެންނެވެ. އެފަދަ މީހުންގެ ދިފާއުގައި ޔޫރަޕްގެ ޓީވީ ޗެނަލްތަކުން ވެސް ބޮޑު ރޯލެއްކުޅެމުން ދެއެވެ. މިބުނާބަހުގެ ހެއްކެއްގެ ގޮތުން ސަލްމާން ރުޝްދީ މުރުތައްދުވެއްޖެކަމަށް ބުނެ އޭނާ މަރާލުމަށް އީރާނުގެ ވެރިކަމުގައި އޭރު ހުރި އާޔަތުﷲ ޚުމެއިނީ ފަތުވާ ދިނުމުން ޔޫރަޕްގެ މީޑިޔާ އޭނާ އަށް ހަމްދަރުދީ ހޯދުމަށް ފުންމައިގެން ތެދުވި އެވެ. މިކަންތައްގަނޑުގެ ތެރެއަށް އިސްކޮށް ނުކުމެ އޮތީ ބީ.ބީ.ސީ އެވެ. އޭރު ސަލްމާން ރުޝްދީ ފިލުވައިގެން އޭނާގެ ދިފާއުގައި ހަށިފާރަވެރިންތައް ފޮނުވައިގެން އުޅެނީ އިނގިރޭސި ސިއްރު ފުލުހުންނެވެ. އިނގިރޭސިވިލާތާއި އީރާނާއި ދެމެދުގައި އޮތް ޑިޕްލޮމެޓިކް ގުޅުން ވެސް ކަނޑާލެވުނެވެ. އިނގިރޭސި ސަރުކާރު އޮތީ ސަލްމާން ރުޝްދީގެ ދިފާއުގައި އަޅަންޖެހުނު ކޮންމެ ފިޔަފަޅެއް އަޅަން ތައްޔާރަށެވެ. ރުޝްދީ އަކީ އިނގިރޭސި ރައްޔިތެއް ނަމަވެސް އޭނާ އަކީ އިންޑިޔާ ދަރިކޮޅުގެ މީހެކެވެ. މިބުނާ ކަހަލަ 'ދޮން' އިނގިރޭސިއެއް ނޫނެވެ. ސިއްރާއި ފާޅުގައި ނަސްލީ އިމްތިޔާޒު ދުނިޔޭގައި ހިންގުމަށް އޭރު ޤާއިމްވެއޮތް މިސިޒް މާގަރެޓް ތެޗަރގެ އިނގިރޭސި ސަރުކާރުން އިންޑިޔާ ދަރިކޮޅުގެ އެންމެ މީހަކަށްޓަކައި މިވަރުގެ ބުރައެއް އުފުލާނީ އެކަމުގެ އަޑީގައި ވަރަށް ބޮޑެތި ބޭނުންތަކެއް އޮވެގެންނެވެ. ކީއްވެކަމަށްތޯ އެވެ؟ ސަލްމާން ރުޝްދީ އަކީ މާތް ރަސޫލާ އަށާއި އިސްލާމް ދީނަށް މަލާމާތްކުރަން ނުކުމެހުރި 'މުސްލިމެއް' ކަމަށް ބުނާތީ އެވެ. މީގެ އިތުރުން ވެސް އެތައް ސިއްރުތަކެއް މިކަމުގެ އަޑީގައި ވާކަމަށް ބެލެވެ އެވެ. އެހެންޏާފަހެ އޭނާ އަކީ އެއްވެސް މޮޅުކަމެއް ހުރި މީހެއް ނޫނެވެ. 'ސެޓަނިކް ވާރސަސް' ލިޔުމުގެ ކުރިޔަކުން މީހުން ދަންނަ ލިޔުންތެރިއެއް ވެސް ނޫނެވެ.



ތަސްލީމާ ނަސްރީން މިއަދުވެސް ތަންތަނަށް ދަތުރުކޮށް އުޅެނީ ސިއްރިޔާތުގަ އެވެ. އެއްވެސް ގޮތަކަށް އާދައިގެ ދިރިއުޅުމެއް އުޅެވޭނެކަމުގެ އުންމީދެއް ދެން މީނާއަކަށް ނެތެވެ. ތަސްލީމާ ތިމާގެ މީހަކާއި ބައްދަލުކުރަން ބޭނުންވިޔަސް ތަންތަނަށް ދާންޖެހެނީ އަނދިރި ބިއްލޫރި ލެއްވި ކާރެއްގައި ހަށިފާރަވެރިންނާއި އެކުގަ އެވެ. ދިރިއުޅޭތަން ތިމާގެ މީހުންނަށް ވެސް ވަންހަނާކުރަން ޖެހެ އެވެ. މީހަކާއި ބައްދަލުކުރަން ޖެހިއްޖެ ނަމަ ސަލާމަތީ ކަންތައްތައް ބަލަހައްޓާ މީހުންނަށް ކުރިން އަންގައިގެން ސިއްރުތަނެއް ހަމަޖައްސަން ޖެހެ އެވެ. ވާހަކަދައްކާލެވެނީ ކުޑަ ވަގުތުކޮޅަކު އެވެ. ދިރިއުޅެންޖެހިފައި ވަނީ ހަތަރުފަރާތުން ޙިޞާރުކުރެވިފައިވާ އަސީރެއް ފަދައިން ސިހުމެއްގެތެރޭގަ އެވެ. ތަސްލީމާގެ އަމިއްލަ އިބާރާތުން ބުނާކަމުގައި ވަނީނަމަ، "ހީވަނީ ވޭންއަޅަމުން ގޮސް މަޑުމަޑުން މަރު ގާތްވަމުން އަންނަހެންނެވެ. އިހުސާސްކުރެވެނީ ޖޯޑެއްގައި ހުރި ވިހައެއް މަދުމަދުން ބޮމުންދާއިރު އެއިގެ އަސަރު މަޑުމަޑުން ހަށިގަނޑަށް ފެތުރެމުން ގޮސް ހިއްސުތައް ނެތިކޮށްލާހެންނެވެ." އާނއެކެވެ. ދުނިޔޭގައި ދިރިހުއްޓަސް އެއްވެސް އުފަލެއް، ހިތްހަމަޖެހުމެއް ނެތެވެ. މިފަދަ މީހުން ގިނަފަހަރަށް މަރުގަންނަވާނީ ދުނިޔެމަތީގައި ވެސް ވޭނާއި ކެކުޅުން މެދުވެރިކުރެއްވުމަށްފަހު ވަރަށް ނިކަމެތި ގޮތެއްގަ އެވެ. murasil

Read more...

އޭ ނިކަމެތި އިންސާނާއެވެ. ތިބާގެ ސްމާޓްކަން ދަށްކަންނޫޅޭށެވެ


ތާޅަފިލި

ހިތާމައަކީ މިއިންސާނާވަނީ އެކަން ހަނދާންނެތި ޣާފިލުކަމުގެ ނިދިން ނިދާފައެވެ.

ﷲސުބުހާނަހޫ ވަތަޢާލާ އިންސާނާ އުފައްދަވާފައި ވަނީ ވަރަށްވެސް ނިކަމެތި ގޮތެއްގައެވެ.އާރެއް ބާރެއް ނެތް ބަލިކަށި އެއްޗެއްގެގޮތުގައެވެ.އަދި މިއިންސާނާ ލަށްވާފައި ވަނީ ހުރިހާ ހާލަތެއްގައިވެސް އެއިލާހުގެ އެހީއާއި މަދަދަށް އެދި ބޭނުންވާ ބައެއްގެގޮތުގްއެވެ.އެއްވެސް ހާލެއްގައި އެކަލާނގެ މިއިންސާނާގެ ފަރާތުން ކުޑަވެސް އެހީތެރިކަމެށް ބޭނުންވެގެންނުވެއެވެ.


ހިތާމައަކީ މިއިންސާނާވަނީ އެކަން ހަނދާންނެތި ޣާފިލުކަމުގެ ނިދިން ނިދާފައެވެ.ދުނިޔެމަތީގައި ކުޑަނަމަވެސް ބާރެއް،މުއްސަނދިކަމެއް އަދި މަތީމަގާމެއް ލިބިއްޖެނަމަ އިންސާނާ އޭނާ ހައްދަވާ ގެންގުޅުއްވާ ރިޒުގުދެއްވާ އިލާހުގެމަތިން ހަނދާންނެތިދެއެވެ.އަދި އެހައިބަވަންތަ ރަސްކަލާނގެއާ ތަހައްދީކޮށް އެކަލާނގެއަށް ހާއްސަވެގެންވާ ކަންކަމަށް ބަސްކިޔާއުޅެތެވެ.މިފަދަ ކަންތަށްތަށް އަޅުގަނޑުމެންގެ ތެރޭގައިވެސްމިދަނީ ފާޅުވަމުން ގިނަވަމުންނެވެ.

މިފަދަ ހާދިސާއެކެވެ.ސުނާމީގައި ތ.ބުރުނީގައި މަސައްކަތްކުރަން ދިޔަ ސިފައިންގެ ފައުޖަކާ ބައްދަލުކޮށް އޮފިސަރަކު ބުންޏެވެ.ކަލޭމެން މަސައްކަތާއިގެން ކުރިޔަށްދާށެވެ.ދަތިވާކަމެއް އޮތިއްޔާބުނާށެވެ.އަހަރެން މިހިރީ އިރު ނަގާފަ ގެނެސްދޭންވެސް ތައްޔާރަށެވެ.

މިފަދަ އެހެން ހާދިސާއެކެވެ.ހެވިކަން ކުރުމަށް ޅ.ނައިފަރަށް ދިޔަ ލަޝްކަރާ ވާހަކަދައްކަމުން ކޮމާންޑަރު ބުންޏެވެ. މިއަދު ނަމާދުކުރަން ފޮނުވުމުން މާބޮޑަށްވެސް ލަސްވެއްޖެއެވެ.ވަގުތެއްނެތެވެ.ދެން މީގެފަހުން އެކަހަލަ ބޭކާރު ކަންކަމުގައި ނުފޮނުވާނަމެވެ.ސުބުހާނަﷲ.މިކަލޭގެއަށް ނަމާދަކީވެސް ބޭކާރު އެއްޗެކެވެ.ނަމާދުކުރާ ވާހަކަ ބުނުމުންވެސް ބުންޏެވެ.ނަމާދަށްފޮނުވައިފިއްޔާ މިތާމިއުޅޭ ވަށްހާބީންގަނޑު ތިބެނީ މިސްކިތަށްއަރާ ޙަތިމްކުރާށެވެ.ފައިބާކަށް ނޭންގެއެވެ.އަމިއްލަޔަށް ނަމާދު ނުކުރާތާ ނަމާދުކުރާ މީހުންނާދިމާލަށް ހުތުރު ބަސްބުނަނީއެވެ.

އޭ ނިކަމެތި އިންސާނާއެވެ.ތިބާގެ ސްމާޓްކަން ދަށްކަން ނޫޅޭށެވެ.ތިއަށް ވުރެ ﷲގެ އަޒާބު ގަދަފަދަވެގެން ވެއެވެ.ތިބާއަކީ ވަގުތީ މެހުމާނެކެވެ.އަދި މިދުނިޔެއަކީވެސް ވަގުތީ ތަނެކެވެ.ތައުބާވުމަށް އަވަސްވެގަންނާށެވެ. murasil

Read more...

ފިނޑީން ފާޅުވާ ރޭ

ވާހަކަ ކިޔައިދޭ ރަޙުމަތްތެރިޔާ
މިރެޔަކީ ދިވެހީންގެ ތެރޭގައި ތިބި ފިނޑީން ފެންނާނެ ރެޔެކެވެ. ދުރުގައި ތިބެގެން ހަޅޭ ނަގާ ނަގާ އިރުގައި ކިޔޭ ނުކިޔޭ އެއް ނޭންގި ދީނުން ބޭރުވެ މީހާ ކާފަރުވެގެން ދާއިރުގަވެސް ތިމާގެ ކޮޅު ގަދަކުރެވޭތޯ ބެލުން އެއީ ކާބަފައިން ސުރެ މި ދިވެހީންގަޔަށް އަރަމުން އައިސްފައިވާ ނުފިލީ ވަބާއެކެވެ.
ނަމަވެސް ދިވެހީންގެ ތެރޭގައި އުޅޭ މިޒާތުގެ މީހުންނާއި، އަދި ޙާއްސަކޮށް އެތީސްޓުން ނޫނީ އެގޮނިސްޓުން ނެއްތޯ ކިޔޭ ބަޔަކާއި ދިވެހި ކުރިސްޓިޔަނުންތަށް މިރޭ ތިބޭނީ ފިލައެވެ. ކަންފަތުގައި އަތް އަޅާ ނިދާފައެވެ. ފިނޑިކަމުގެ ކޮޅުނެތް ކޮޅެވެ. އެކަން އެވަނީ ހަމަ އެ ޤުރައިޝުންގެ ގާތަށް ހަމައެކަނި ލިޔުންތެރިކަމުގެ ވައްޓަފާޅިން "އެކަނިވެސް" ގޮންޖަހާލި ކީރިތި ޤުރުއާން އައި އިރު އެމީހުންނަށް ވެފައި ތިބި ގޮތެވެ. މިރޭ 26 - 05 - 2010 ވާ ރޭ މި އަނގަތަށް ބޮޑެތި ކުރާމީހުން ކުރެން ކިތަކަކަށް މީހުންނަށް އެޖަލްސާޔަށް އަންނާން ކެރޭނެޔޭ ވެސް ހިތަށް އަރައެވެ. ތިމާ ނަންވެފައި ފުއްޕާލަންވެސް ޑަކުޓަރު ގާތުން މޮޅު ސުވާލެއް ކޮށްލީމޭ އަހާލާން ކޮޅަށް ތެދުވާނީ ކޮން ދުލެއް އޮތް މި ދީނާއި ދެކޮޅުވެރި އަނގައެއްބާވަ އޭ ހިތައް އަރައެވެ. ނޫނެކެވެ. ގިނަ މީހުން އޮންނާނީ ގޭގައެވެ. ދެން ފިނޑި ރަނޑާލި ތަންތާ ތިބޭ އަންހެނުންގެ އުސޫލު ހެން ބޭކާރު ވާހަކަ ދައްކައިގެން މޮޅު ހޯދޭތޯ ނޫނީ ނުބަލާނެއެވެ. ހަމަ މިހެން އެ ޤުރުއާން ބާއްވާލެވުން ޤުރައިޝުންނަށްވެސް ވިއެވެ. އެމީހުންގެ މުދާތަށް ފޭރެވި، މީހުން އަޅުވެތި ކުރެވި، ބިންތަށް މުސްލިމުން ގެ އަތްދަށަށް ދިޔަ އިރުވެސް ތިބީ އުފްވެސް ބުނެލަން ނުކެރި އިސްޖެހި ފިނޑިވެފައެވެ. އެމީހުންނަށް ކުރެވޭ ކަމެއް ނަމަ ކީތްކުރާން ތޯއެވެ؟ އެންމެ ސޫރަތެއްގެ މިންވަރުވެސް ހަދާލީހެއް ނޫންބާވައެވެ.

އަދި ހަމަ މި ދެންނެވި ބައިގަނޑާއި މެދު އަޅުގަނޑުވެސް ފޮނި ކަނޑާލަމެވެ. މިރޭ އޭގެ ތެރެއިން ގިނަ މީހުން ތިބޭނީ ފިލައެވެ. ގެންދާން އުޅުނަސް މަ ދެން ޓީ.ވީ އިން ނޫނީ ނުބަލާނަމޭ ކިޔާ ފިލާނީ އެވެ. ކުރިމަގު އިނގޭކަމަށް ދަޢުވާ ކުރަނީ އަކީ އެއް ނޫނެވެ. ނަމަވެސް މިއީ ހަމަ ވާނެ ގޮތެވެ. ދިވެހީން ނަކީ އޭރުވެސް މިހާރުވެސް ދެން އަދި ދެންވެސް ހަމަ އެ "ފިނޑި ދިވެހީންނެވެ". ވަރަށް މަދު ހިތްވަރުގަދަ މީހަކު ނޫނީ ދީނަށްވެސް އުޅޭތަނެއް ނުފެންނާނެ ހަމަ އެ ދިވެހީންގެ ދިވެހި ފަސްގަނޑެވެ. murasil

Read more...

Monday, May 24, 2010

އަންނި ލޯބީ ތުނބުޅި ލީމަތަ؟

މިފޮޓޯ ލައިލާއަށް ނުދައްކާތި، ފަހަރެއްގަ ތުބިޅި ދިގުކުރަން މަޖުބޫރު ކޮށްފާނެ.


Read more...

Saturday, May 22, 2010

ޑރ.މުޞްޠަފާ ލުޠުފީގެ އިސްތިއުފާއަށް ގޮވާލާ މުޒާހަރާ ކޮށްފި

ފާރަވެރިޔާ
މަތީ ޘާނަވީގައި ކިޔަވާ ދަރިވަރުންނަށް ދިވެހި، އިސްލާމަކީ އިޚްތިޔާރީ މާއްދާއެއްގެ ގޮތުގައި ހަމަޖައްސަން ސަރުކާރުން ނިންމުމާއި ގުޅިގެން އެކަމާއި އިހްތިޖާޖު ކުރުމުގެ ގޮތުން، މިރޭ (22 މެއި 2010 ) އެޑިއުކޭޝަން މިނިސްޓަރ ޑރ. މުޞްޠަފާ ލުޠުފީ ދިރިއުޅުއްވާ ގެކޮޅު މައްޗަންގޮޅީ ވިކްޓްރީ ދޮށަށް ގިނައަދަދެއްގެ މީހުން އެއްވެ ނުރުހުން ފާޅުކޮށްފިއެވެ. އެއްވެފައި ތިބި މީހުން ގޮވަމުންދިޔައީ ދިވެހިބަހާއި ޤައުމިއްޔަތު އަދި އިސްލާމްދީން ހިމާޔަތް ކުރުމަށާއި ދީނަށް ފުރައްސާރަކުރާ މީހުން ސަރުކާރުގެ ވަޒީފާތަކުން އިސްތިއުފާ ދިނުމަށެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ މަތީމަޤާމުތަކުގައި ތިއްބެވި އިސްބޭފުޅުންގެ އިސްތިއުފާއަށް ގޮވަމުން ގެންދިޔަމީހުން އެދެމުން ދިޔައީ ތަޢްލީމީ މުޤައްރަރުގައި ދިވެހި، އިސްލާމް ކުރީގައިވެސް އޮންނަގޮތަށް ބޭއްވުމަށެވެ.




ސާބަހޭ:ސާބަހޭ!ސާބަހޭ!


ކުޑޭ: ދިވެހި ހުރިހާ ރައްޔިތުންވެސް މި އަޚުންނާއެކީ ބައިވެރިވެ ވަޑައިގެންނަވާ. މާތް ﷲ ތައްލާ މި ނުބައިމީހުންގެ މަކަރުވެރި ރޭވުންތައް ނެތިކުރައްވައި އަޅުގަނޑުމެންގެ ދީބު ސަލާމަތް ކުރައްވާށި




ދޮންބެ:ގަދައަށް ޖައްސަންވީ ތިކަލޭގެ އިސްތިއުފާދެންދެކަށް. ނުވަތަ އެނިންމުން ބަދަލުކުރަންދެކަށް.މުރާސިލުން

Read more...

އިތްފަތާއި އަބުރު ސަފާރީއެއްގައި

ސިރުފާ
މިވާހަކަޔަކީ ހުޅުމާލޭ ކައިރީގައި ވާ ސަފާރީއެއްގެ ބަޔަކު އަންހެންކުއްޖަކަށް ދިންއަނިޔާއެއްގެ ވާހަކައެވެ. ހުރިހާއަންހެންކުދިންނަށް މިނުރައްކަލުން ސަލާމަތްވުމަށް އެންގުމަށްޓަކައި މުރާސިލުގައި ލިޔުނީއެވެ.

ހުކުރުދުވަހަކީ ހުޅުމާލޭ ފެރީޓާރމިނަލް ވަރަށްބާރުބޮޑުދުވަހެކެވެ. ފެރީއަކުން ޖާގައެއްހޯދުމަކީ ވަރަށް އުނދަގޫކަމެކެވެ. ދާމީހުންގެ އަދަދުގިނަކަމުންނެވެ. އެހެންނަމަވެސް އަހަރެންވެސް ގޮސްހުރީ ހުޅުމާލެއަށް ދިއުމަށްޓަކައެވެ. ރައްޓެހިދެތިންކުދިންނާއި އެކީއެވެ. ހުކުރުދުވަސްކަމުން އަޅުގަނޑުވެސް ރައްޓެހިންނާއިއެކު މަޖާކޮށްލުމަށެވެ. މޫދަށްއެރިލައި ހަދާލުމަށެވެ.
މާލެއިންފެރީ ފުރުމަށްޓަކައި މީހުންފެރީއަށް އެރިވަގުތު އަހަރެންގެ ވަރަށްގާތް ރައްޓެހި ކުއްޖަކު ފެނުނެވެ. އަހަރެން ސުވާލުކޮއްލީމެވެ. ހުޅުމާލެއަށް ކީއްކުރަންހެއްޔެވެ. އަހަރެމެންނާއި އެކީ މޫދަށް އެރިލަންދާންވީނޫންހޭ ' އަހަރެންގެ ރަހުމަތްތެރިޔާ ބުނީ އޭނަދަނީ މާމަޖާތަނަކަކަށް ކަމުގައެވެ. އަހަރެން އެކަނިމާމަޖާތަނަކަށް އަނެއްކާ ކޮންތަނަކަަށްތޯ އަހާލީމެވެ. ރަހުމަތްތެރިޔާ ވަރަށް ހިނިއައިސްފައި އެއްޗެކޭ ނުބުނެ ހުއްޓެވެ. އަހަރެން ހުޅުމާލެއަށް ދަނީ އެކަނިހޭ އަހާލީމެވެ. ރަހުމަތްތެެރިޔާ ބޯޖަހާލިއެވެ. ވަރަށް ހެވިފައިހުރެގެންނެވެ. އަހަރެމެންނާއެކީ އައުމަށް އަހަރެންވަރަށް ދައުވަތު ދިނީމެވެ. އެހެންނަމަވެސް ރަހުމަތްތެރިޔާ އެއްވެސްގޮތަކުން ގަބޫލެއްނުވިއެވެ. އެހެންވެ އަހަރެން މާމަޖާތަނަކަށް ތިދަނީ ކޮންތަނަކަށްތޯ އަހާލީމެވެ. ރަހުމަތްތެރިޔާ ބުންޏެވެ. ސަފާރީޔަކަށް އަހަރެންބުނީމެވެ. ސަފާރީޔަކަށޭ އެކަނިތަ ރަހުމަތްތެރިޔާ ހޫމް އަޅާލިއެވެ. ބިޓްބުނެގެން ރަހުމަތްތެރިޔާ ބުންޏެވެ. އަހަރެން އޭނަޔަށް އެކަނި ތިހެންސަފާރީތަކަށް ދާންބިރެއްނުގަނެހޭ ބުނުމުން ރަހުމަތްތެރިޔާ މަލާމާތުގެ ހިނިގަނޑެއްޖަހާލިއެވެ.ބިޓްދިމާވީކިހިނެތްތޯ އަހާލީމެވެ. ރަހުމަތްތެރިޔާ ބުނީ ޗެޓްކޮށްގެންކަމަށެވެ. ވަރަށްމަޖާކަމަށެވެ. އޭނަދައުވަތުދިނީ ހުޅުމާލެއަށްއައުމަށް އެހެންވެ މިއައީ ބުނީ ހުޅުމާލެއަށް އަންނާށޯ ، އައީމަ ބަލާއަންނާނަމޯ ، އަހަރެން ބިރެއްނުގަނޭހޭ ބުނީމައި ރަހުމަތްތެރިޔާ ބުނީ އެއީމާމުސްކުޅި ހިޔާލެއްކަމަށެވެ. އެހިސާބުން އަހަރެމެންގެ ޓީމާއި ރަހުމަތްތެރިޔާވަކިވެއްޖެއެވެ.
ދުވަހުގެ ދަތުރުނިންމާލުމަށްފަހު ގެޔަށް އައިސް ގާތްގަނޑަކަށް ރޭގަނޑުއެގާރާއިގެ ފަހުންފޯންކޯލެއް އައެވެ. އަހަރެންފޯންނެގީމެވެ.ރަހުމަތްތެރިޔާގެ މަންމައެވެ. ރަހުމަތްތެރިޔާ ދެކުނިންތޯ އެހުމުން އަހަރެން ދިޔައީސިއްސައިގެންނެވެ. ރަހުމަތްތެރިޔާގެ މަންމަ މިހާދަންގަޑިޔެއްގައި މިގުޅީ އަނެއްކާ އަދިވެސް އޭނާ ސަފާރީ ގައިބާއެވެ. އަހަރެން ހުޅުމާލެއިން ފެނުނުވާހަކަބުނީމެވެ. ރަހުމަތްތެރިޔާގެ މަންމަ ފޯނުބޭއްވިއެވެ.
އޭގެފަހުން ހަފްތާއެއްވީއިރުވެސް ރަހުމަތްތެރިޔާގެ ހަބަރެއްނުވެގެން ރަހުމަތްތެރިޔާ ނުފެންނަތީ ފޯނަށް ގުޅާލީމެވެ. ރަހުމަޔްތެރިޔާ ފޯނެއްނުނަގައެވެ. ގެޔަށްގުޅީމެވެ. ފޯނުނެގީ މަންމައެެވެ. ރަހުމަތްތެރިޔާ އެރޭގެޔަށްއައިފަހުން ކޮޓަރިން ނުނުކުންނަކަމަށާ، އެނދުމަތީގައި އަބަދުވެސް އޮވެގެން ރޮނީކަމަށް ރަހުމަތްތެރިޔާގެ މަންމަބުންޏެވެ. އަދި ރަހުމަތްތެރިޔާ ވެގެންއުޅޭއެއްވެސް ގޮތެއް އެއްވެސް މީހަކަށް ކިޔައިނުދޭކަމަށް މަންމަބުންޏެވެ. އަދި އެގެއަށް އައިސްދިނުމަށް މަންމަދައުވަތުދިނެވެ، ރަހުމަތްތެރިޔާއާ އެގެއިން އަހަރެން ބައްދަލުކުރީމެވެ. ރަހުމަތްތެރިޔާ އަހަރެންފެނުމުން ރޮއެގަތެވެ. އަދި އަހަރެންގެގައިގައި ބައްދާލިއެވެ. އަދި ވެގެން އުޅޭގޮތެއް ކިޔައިދިނުމަށް އަހަރެންއެދުނީމެވެ. ރަހުމަތްތެރިޔާ ތުރުތުރުއަޅަމުން ބުނެލިއެވެ. އެއީވަރަށް ނުލަފާމީހެއް އަހަރެންގެ އަބުރާއި އިއްޒަތް އެސަފާރީގެ އެންމެން ............................... ނުނިމޭ މުރާސިލުން


Read more...

Friday, May 21, 2010

އަޅުގަނޑަކީ ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިއުކޭޝަން ގައި ކިޔަވަމުން އަންނަ 18 އަހަރުގެ "ކުޑަ"ކުއްޖަކީމެވެ


އަޅުގަނޑަކީ ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިއުކޭޝަން ގައި ކިޔަވަމުން އަންނަ 18 އަހަރުގެ "ކުޑަ"ކުއްޖަކީމެވެ. އަޅުގަނޑުގެ އުމުރުގެ ގިނަ ކުޑަކުދިންނާއި ޙިލާފަށް ސިޔާސީ ކަންކަމާއި ދީނީ ކަންކަމާއި ދީމިކްރާތީ އޭކިޔާ މިނިޒާމުގެ ކަންކަން ހިނގާ ނުހިނގާ ގޮތާމެދު ކޮންމެވެސ ވަރެއްގެ ޝައުގެއް ހުރެ އެވެ. މިއާޓިކަލް ކިޔުއްވަން ތިޔަ ފެއްޓެވީ އަޅުގަނޑަކީ ކާކުތޯ ބަލާކަން ނޫންކަން ގައިމެވެ. ވީމާ ތިޔަ ޢިއްޒަތްތެރި ރާއްޖެ އިސްލާމް ގެ މެންބަރު ފޫހިފުޅު ވުމުގެ ކުރިން މަޢުލޫ ފެށާނަމެވެ.
މިހާރަކަށް އައިސް ސިޔާސީ ކުޅިގަނޑުގެ ހަވާސާގައި (ވާނީ ވެސް މިހެން ތާއެވެ. ހަވާސާ ރޮނގު ދަންމަވަން ތިއްބެވި ބޭފުޅުން މިކަހަލަ ކަންކަން ހަވާސާ ގެ އެތެރެއަށް، ސަފުހާގެ މެދަކަށް ނުލައްވާނިއްޔައެވެ.) ދެކެވޭ އެންމެ ބޮޑު އެއް ވާހަކަ އަކީ އިސްލާމް ދިވެހި މި ދެ މާއްދާ އުވާލަން (ރީތި ބަހުން ނަމަ އިޙްތިޔާރީ ދެ މާއްދާގޮތުގައި ހަދަން) އެޑިއުކޭޝަން މިނިސްޓްރީގެ ޓިއަރިންގް، މާފްކުރައްވާ ސްޓިއަރިންގް ކޮމިޓީ އަކުން ނިންމި ވާހަކަ އެވެ. މިކަމުގައި އަޅުގަނޑު އެޑިއުކޭޝަން މިނިސްޓްރީ އަށް ތާޢީދު ކުރާނީތޯ ނުވަތަ ނޫންތޯ (ކޮންމެވެސް އެއްކޮޅަކަށް ބުރަވުން މި ޒަމާނު މަޖުބޫރެވެ.) ނިންމަން ކޮންމެވެސް ވަރަކަށް ދަތިވިއެވެ.
ވޭތުވެދިޔަ ދިހަ އަހަރު އަޅުގަނޑު މި އައީ އިސްލާމް ކިޔަވަމުން ނެވެ. ދިހަ އަހަރު ދުވަހު އިސްލާމް ކިޔަވާ ނިންމާފައި އައިސް މަތީ ޘާނަވީ އަށް ވަން މި ތުއްތު އަޅުގަނޑަށް ކިޔަވާ ދޭންފެށީ، ހަދީޘް އަކީ ރަސޫލުﷲ ސ.އ.ވ. ވިދާޅޫވާ ބަސްފުޅުތަކޭ ކުރެއްވިކަންކަމޭ ދެން ތިޔަ އިއްޒަތްތެރު މެންބަރަށް ވެސް އެނގި ލައްވައެއް ނޫންތޯއެވެ. ދަންނަވަން މިއުޅޭ ވާހަކަ އަކީ 18 އަހަރުގެ ކުޑަކުއްޖަކަށް އިސްލާމް މާއްދާގެ ނަމުގައި ކިޔަވައި މި ދެވެނީ ފަސް ވަނަ ކުލާހުގައި ކިޔަވާ ކުއްޖާއަށް އެނގެންޖެހޭ ފިލާވަޅުތަކެވެ. ކިޔަވާދޭ ގޮތުންނާއި ކިޔަވައި ދޭމުޤައްރަރުގެ ހުރި މޮޅުކަމުން އިސްލާމް މާއްދާ ކިޔަވައި ދިނުމެކޭ ނުދިނުމެކޭ ގާތްގަނޑަކަށް އެއްވަރެވެ. އަޅުގަޑަށް އެނގިފައި އޮތް ގޮތުގައި އިސްލާމް ދީނަކީ ދިރި އުޅެން ވީ ގޮތެވެ. ވޭއޮފް ލައިފް އެވެ. ނަމަވެސް އަޅުގަނޑުމެންނަށް ކިޔަވައިދޭ އެއްޗަކުން ދިރިއުޅެންވީ ގޮތް ކީތް ކުރަންތޯ ދިރި އުޅުމަކީ ކޮބައި ކަންވެސް ނޭންގެއެވެ. އެންމެ ކުޑަމިނުން ނަމާދު ނުކުރާ މިހާ އަށް ހުރި އަޒާބަކީ ކޮބައިކަން އެނގުނީ ވެސް ޝޭޙް އާދަމް ޝަމީމް ގެ ނަމާދު ދަރުހުންނެވެ.
ދެން އުފެދޭ ސުވާލަކީ މިހާ މަތީ ފެންވަރަކަށް ކިޔަވާދެމުން އަންނަ މާއްދާއެއް މިހާރު ކިޔަވާދޭގޮތަށް ކިޔަވައި ދިނުމުގެ ބޭނުމެއް އެބަ އޮތް ތޯއެވެ. ފާސްވާ ކުދިން އެހާ މަދުވެފައި ކިޔަވާ ހިތްވާ (މިހާރު ކިޔަވަންޖެހޭ ގޮތަށް) އެއްވެސް ކުއްޖެއް ނެތް މިމާއްދާ މަޖުބޫރު ކޮށް އޮތުން މުހިންމުތޯ އެވެ.
މިއީ ހަމަ ތަޢީދު ކުރާނީ ތޯ ނުކުރާނީ ތޯ ނިންމުމުގެ އިންތިގާލީ މަރުހަލާގައި އަޅުގަނޑުގެ ސިކުނޑީގައި ހިނގި ރިޔާސީ ބަހުސެވެ. ދެން ވާހަކަ ފުޅުދެއްކެވީ ދެންމެ މިދެންނެވި ހިޔާލާ އެތްގޮތް ނަމަވެސް އެޑިއުކޭޝަން މިނިސްޓްރީގެ ޙިޔާލާ ދެގޮތް ބޭފުޅޭކެވެ.
ބަނގުރަލުގެ މައްސަލާއިގައި ސަރުކާރުގެ ކޮންމެވެސް ބޭފުޅަކު ވިދާޅުވި ގޮތުގައި މައްސަލަ ތަކެއް ހުރުމަކީ ކަމެއް ހުއްޓާލަން ވީ އުޒުރެއް ނޫނެވެ. މައްސަލަ ތަކާ ކުރިމަތިވީމާ އެއަށް ވުރެ ރަނގަޅުގޮތެއް ހޯދާނީ އެވެ. އެ ގޮތުން އަޅުގަނޑަށް ފެންނަ ފެނުމުގައި އިސްލާމް ގެ ސިލަބަސް އިސްލާހް ކޮށްގެން ވިޔަސް އިސްލާމް ކިޔަވައި ދިނުމަކީ ކުރަން ޖެހޭ ކަމެކެވެ. އިސްލާމް ކިޔަވައި ދިނުން ހުއްޓާލަން ވީ އެއް ނޫނެވެ. ސިލަބަސް އިސްލާހް ކުރަން ވީ އެވެ. ﷲ ތަޢާލާގެ ނަންފުޅުވެސް ގަނެނުލާ ހަފްތާގެ ސްކޫލަށް ދާ ފަސް ދުވަސް ދުއްވާލުމަކީ ހައްލެއްކަމުގައި އަޅުގަނޑެއް ނުދެކެމެވެ. މިހާރު ނަމަ އެންމެ ދެދުވަހު ވިޔަސް ލޮބުވެތި ހީވާގި މުދައްރިސުން ﷲ ތަޢާލާގެ މާތް ނަންފުޅު އަޅުގަނޑުމެންގެ ކުރި މަތީގައި ގަނެ އެވެ. އެނޫން އެހެން ތާކުން އެ ވަރުވެސް ނުވާ ކުދިންތަށް ވެހެމުން މިދާ ވާރޭގެ ކަނި ތަކަށް ވުރެ ގިނަ އިރު މިކަންވެސް ހުއްޓާލައިފިނަމަ ޣާފިލް ކަމުގެ މައްޗައް ޣާފިލު ކަން ފުނިޖެހޭނެއެވެ. ދެންއުފެދޭ ސުވާލަކީ މިކަންކަން ތަޢުލީމީ ދާއިރާގެ ބޭފުޅުން ނަށް އެނގި ނުލައްވާ ތޯއެވެ؟ ނުވަތަ މިއީ ގަސްދުގައި ރޭވުމެއްގެ ދަށުން ހިނގާ ކަމެއް ތީއެވެ؟ މި ސުވާލުގެ ޖަވާބު ތިޔަ ޢިތްޒަތްތެރި މެންބަރު ބޭނުންފުޅު ގޮތަކަށް އަމިއްލަ ނަފްސަށް ދެއްވާށެވެ. އަޅުގަނޑުވެސް ދީފީމެވެ. އަދި އެޑިއުކޭޝަން މިނިސްޓިރީ ގެ ނިންމުމާ ދެކޮޅުހަދަން ނިންމީ ވެސް އެ ޖަވާބުގެ މައްޗަށް ބިނާކޮށެވެ. Raajjeislam


Read more...

ފޮރިންމިނިސްޓަރު ރިޗެޑްގެ ވާހަކަތައް ދައްކަން ފެށުމުން އެވާހަކަތައް ކުރުކުރަން ކިތަންމެހާވެސް މަސައްކަތް ކުރެއްވިއެވެ

http://www.richardwumeide.blogspot.com/?zx=c481c62e1eac697

ގުއަންޓަނާމޯބޭ ޖަލުން މީހުން ގެންނަން އުޅޭ ކަމުގެ ސިއްރު އެޖެންޑާ
ކިއުބާގައި ހުންނަ އެމެރިކާގެ ގުއަންޓަނާމޯބޭ ޖަލުން ކުށްވެރިން ރާއްޖެ ގެންނަން އުޅޭ ކަމުގެ ވާހަކަތައް މިހާރު ވަނީ ދެކެވިފައެވެ.

މިކަމުގެ އަސްލު ހަގީގަތަށް ބަލާއިރު، ގުއަންޓަނާމޯބޭ ޖަލަކީ އަނިޔާކުރުމުގައި ހުއްދުފަހަނަ އަޅާފައިވާ ބަޔަކު ހަވާލުވެގެން ޑިއުޓީ ކުރަމުންދާ ޖެލެކެވެ.
މިޖަލުގައި ގިނައީ ޓެރަރިސްޓުން ކަމަށް ބަލައި އެމެރިކާނުންނަށް ނުކިޔަމަންތެރިވި މީހުންނެވެ. އެގޮތުން ދުނިޔޭގެ އެކިކަންކޮޅުތަކުގެ މީހުން މިޖަލުގައި އެބަތިއްބެވެ.

ގުއަންޓަނާމޯބޭ ޖަލާއި ރާއްޖެއާ އޮތް ގުޅުން:
_________________________
ހަގީގަތުގައި ގުއަންޓަނާމޯބޭ ޖަލަކީ ރާއްޖޭގައި މީގެ ކުރިން އަޑުއިވިގެންދިޔަ "މާފުށީ އަލްކަޓްރާސް" ގެ އެއްބައެވެ. މިހެން ބުނުމުން ފަހަރުގައި ކިޔުންތެރީންނަށް ނޭނގުނު ކަމުގައިވިޔަސް، އަލްކަޓްރާސް ޖަލުގައި ކުށްވެރިންނަށް އަނިޔާކުރަނީ މޫދުން ބާލާ ރޯމަހެއް މަރާލުމަށްޓަކައި ތަޅާ އުސޫލުންނެވެ.
ބާރުގަދަމީހާ ނުވަތަ ނުފޫޒުގަދަ މީހާ އަކީ ޖަލުގެ ދާދާ އެވެ. އޭނާ ބުނެފިނަމަ ގުދަށް އޮވެގެން އޮރިޔާންވެސް ވާން ޖެހޭނެއެވެ. މަރާލަފާނެ ތީއެވެ.
ކިއުބާގެ ހުންނަ ރާއްޖޭގެ އަލްކަޓްރާސްއާ ބަލާފަ ދެތިންގުނަ އަނިޔާކުރާ ގުއަންޓަނާމޯބޭ ޖަލުގައި ކުށްވެރިން ބިޑިއަޅުވާފައި، އޮރިޔާންކުރުމަށްފަހު ކުއްތާ ތަކުގެ ތެރެއަށް (ގޮޅިތަކުގެ ތެރޭގައި ދިރިއުޅޭ ކުއްތާ) ދޫކޮށްލައެވެ. ދެން އެސޮރުމެން އެމީހުންނަށް ހާނީކަކޮށް ކުރާނެ ކަންތަކާމެދު ތިޔަ ކިޔުންތެރިން އަމިއްލައަށް ވިސްނާލައްވާށެވެ.

ރާއްޖޭގެ ދިވެއްސަކުވެސް ގުއަންޓަނާމޯބޭ ޖަލުގައި ދުވަސްތަކެއް ވޭތުކުރި ކަމަށް ވެއެވެ.
ރާއްޖޭގެ ޖަލުގައި ފަނަރަ އަހަރަށްވުރެ ގިނަ ދުވަސްތަކެއް ވަންދެން އޮތް ޗައިނާގެ މީހެއްގެ ވާހަކަތައް އަޑު އެހިންތޯ އެވެ.
އޭނާއަކީ މައުމޫނު ސަރުކާރު ހިންގެވިއިރު ރާއްޖެ އަިސް އުޅުނު ފަތުރުވެރިއެކެވެ. ނަމަކަށް ކިޔަނީ ރިޗާޑް ވެން ޑޫ އެވެ.

މީނާ ދިވެހިރާއްޖެ އައިސް ބޮޑުފެންވަޅުގޭ މުސްތަފާއާއި ގުޅިގެން ވިޔަފާރިއެއް ކުރިކަމަށް ވެއެވެ.
އެގޭގައި ވަރުގަދަ ރެސްޓޯރެންޓަކާ އަދި ބޮޑު ބިއުޓީ ތަނެއް ހުޅުވީ ބުނެވޭ ގޮތުގައި 3 މިލިއަން ޑޮލަރު އިންވެސްޓް ކޮށްގެންނެވެ.
ވަރަށް ބާރަށް މިތަން ހިނގަމުން ދަނިކޮށް ސަރުކާރުގެ މިނިސްޓަރު ކަމުގައި އުޅުއްވި ބޮޑުފެންވަޅުގޭ ފަހުލަވާނު ކުރެއްވި ކަމަކީ، އެއްކަލަ ޗައިނާގެ މި މުއްސަނދިކަލޭގެ (ރިޗެޑް) ޖަލުގައި ބަންދު ކުރުމަށް ރޭވުންތަކެއް ރޭވީ އެވެ.

ރިޗެޑްގެ ކުށެއް ނެތސް ބޮޑުފެންވަޅުގެ ކޮޅަށް ޖެހެން އޮތީ ރިޗެޑް އަތުން ކުރިން ދެންނެވި 3 މިލިއަން ކަމަށް ބެލެވޭ ޑޮލަރުގަނޑު ފެލާލައިގެންނެވެ. މުސްތަފާއަށް އެކަން ކުރެވެން އޮތީ ސަރުކާރާއި ގުޅިގެން ކޮންމެވެސް އެއްޗެކޭ ކިޔައި އޭނާ ޖަލަށް ލައިގެންނެވެ.
މިގޮތުން އެމީހުންގެ ފުރަތަމަ މިޝަން ކާމިޔާބު ކުރީ އެވެ. މިކަންތަތައް ފަޅާއެރީ ސަރުކާރު ބަދަލުވާން ވެގެން އުޅުނު ދުވަސްވަރު ރިޗެޑް ޖަލުން ދޫކުރި ހިސާބުންނެވެ.
ރިޗެޑް ޖަލުން ދޫކޮށްލިއިރު އޭނާ ލައްވާ އެއްވެސް އެެއްޗެއްގައި ސޮއެއް ނުކުރެއެވެ. އަދި އޭނާގެ ކުށަކީ ކޮބައިކަމާ، ބަންދުގައި ފަނަރަ އަހަރު ވަންދެން ޖަލުގައި ބެހެއްޓި ސަބަބެއްވެސް އޭނާއަކަށް ނޭނގެއެވެ.

މިސަބަބާހެދި ރިޗެޑަށް ޖެހުނީ ރާއްޖޭގެ ބައެއް ނޫސްވެރިންނާ އެނޫންވެސް ހެޔޮއެދޭ ފަރާތްތަކުގެ އެހީ ހޯދާށެވެ.

މައްސަލަ ޑރ. ޝަހީދާ ހަމަޔަށް
---------------------
މައުމޫނުގެ ދުވަސްވަރުވެސް އަދި ކެނެރީ އަންނި ދުވަސްވަރުވެސް ފޮރިން މިނިސްޓަރަކީ ޑރ.ޝަހީދެވެ. އެހެންކަމުން ރިޗެޑްގެ ވާހަކަތައް ވަރަށް ރަނގަޅަށް އޭނާއަށް އެނގޭނެ އެވެ.
މިސަބަބާހުރެ ރާއްޖޭގެ ނޫސްވެރިން އެކި ވަރުވަރުނބް މިވާހަކަތައް ދައްކައި ހެދިއެވެ.
އެގޮތުން ޓީވީއިން ލައިވްކޮށް ދެއްކެވި "ފަންސަވީސް"ގައި ރާއްޖޭގެ ނޫސްވެރިއެއް ކަމުގައިވާ އާފަތިސް ނޫހުގައި ކުރިން އުޅުއްވި ޢަބްދުﷲ ޖުނައިދު ފޮރިންމިނިސްޓަރުގެ އަރިހުން ސުވާލުކުރެއްވުމުން އެނގުނުގޮތުގައި ރިޗެޑް އަތުގައި ޕާސްޕޯޓެއްވެސް މިހާރަކު ނެތެވެ. އޭނާގެ ޕާސްޕޯޓާ އޭނާގެ ހުރިހާ ލިޔެކިޔުންތަކެއް އޭނާ ޖަލަށްލުމާއެކު ވަނީ އޭނާއަށް ގެއްލިފައެވެ. އަދި އޭނާ ޖަލުގައި ފަނަރަ އަހަރުވީއިރުވެސް އޭނާއަކާ ތަހުގީގީ އެއްވެސް ސުވާލެއް ކޮށްފައި ނެތެވެ.
ރިޗެޑް އަކީ ޗައިނާ މީހެއް ކަމާއި އޭނާ މަރުވެއްޖެކަމަށް އޭނާގެ އަނބިދަރިންވެސް ހީކޮށްގެންތިބިކަމަށް ވެއެވެ.
ފޮރިންމިނިސްޓަރު ރިޗެޑްގެ ވާހަކަތައް ދައްކަން ފެށުމުން އެވާހަކަތައް ކުރުކުރަން ކިތަންމެހާވެސް މަސައްކަތް ކުރެއްވިއެވެ. އޭގެ ވީޑިއޯ ރިކޯޑިންގ މިހާރުވެސް ޓީވީ އެމްގަ އާ ދިވެހިރާއްޖޭގެ އަޑުގައި އެބަހުއްޓެވެ. އޭނާ ބުނީ ރިޗެޑް އަށް ދެން އެންމެ ރަނގަޅުވާނީ އޭނާގެ ހައްގު ހޯދަން ނޫޅުނިއްޔާއެވެ. ސަބަބަކީ ޕާސްޕޯޓެއްވެސް ނެތުމުންނެވެ.

ކޮންމެގޮތެއްވިޔަސް ރިޗެޑް ބޭނުންވެގެން އުޅެނީ އިންޓަނޭޝަނަލް ފަރާތްތައް މެދުވެރިކޮށްގެން އޭނާ ރާއްޖޭގެ ޖަލުގައި ކުށެއްނެތި، ސަބަބުވެސް ނާންގަވާ ފަނަރަ އަހަރަށް ބަންދުކުރި މައްސަލަ ބެލުމަށެވެ.
ކޮންމެގޮތެއް ވިކަމުގައި ވިޔަސް އޭނާއަކީ މަރުވެފައި ކަމަށް ހީކުރިކަމުގައިވިޔަސް، ދުނިޔޭގައި ދިރިހުރި ޗައިނާގެ ރައްޔިތެކެވެ.
އެހެންކަމުން ޗައިނާއިން އޭނާއަށް އެހީތެރިނުވާނެއެކޭ ނުބުނެވޭނެއެވެ.
ޗައިނާގެ މިދެންނެވި ރިޗަޑް މިހާރު ނިދައި ހަދަނީ ޑީޕީއާރުއެސްގެ ސިޑި މަތީގައެވެ. ކައިބޮއި ހަދަނީ ހެޔޮއެދޭ ފަރާތްތަކުގެ އެހީގައެވެ.
މީނާގެ މައްސަލަ ބޮޑުވެގެން، ކަމެއް ގޯސްކޮށް ހިނގާފާނެތީވެ، ސަރުކާރުން މިހާރު ބޭނުންވަނީ އިންސާނުންގެ ހައްގުތަކަށް މަސައްކަތް ކުރުމުގެ ނަމުގަ ރިޗެޑަށް ރާއްޖެއިން ދިރިއުޅުމެއް ހޯދައިދިނުމަށެވެ.
މިރޭވުން އެމީހުންނަށް ކާމިޔާބު ކުރެވެން އޮތީ ދުނިޔޭގެ އަނިޔާވެރި ޖަލަކުން ބަޔަކު ގެނެސް ދިވެހިރާއްޖޭގައި ވަޒަންވެރިކުރުވުން ކަހަލަ ކަމެއް ކޮށްގެންނެވެ.
އެގޮތުން ޗައިނާގެ ރިޗެޑްގެ ބަދަލުގައި 3 މީހުން ނުވަތަ އެއަށްވުރެ ގިނަ މީހުން މިނިވަން ކުރުމެވެ.
މަކަރާ ހީލަތުން ފަށައިގެން އުޅެނީ އެމަސައްކަތެވެ. އޭރުން ރިޗެޑްގެ މައްސަލަ އޮއްބޭނެ އެވެ. އަދި ދުނިޔޭގެ ފެންވަރުގެ އެވޯޑެއް އަންނި އަށް ލިބޭނެ އެވެ. މުރާސިލުން

Read more...

ދެން މިވެސް ޗާޓެއް


ދިވެހިއިސްލާމްގެ މަންހަޖު ޗާޓް ލީކުވެއްޖެ
މިޗާޓް އަތައް ނުލިބުނަސް މިޗާޓްގައިވާކަންތައްތައްވަނީ އެޑިޔުކޭޝަން މިނިސްޓްރީތެރެއިން ވަރަށްގާތް ކުއްޖަކަށްފެނިފައެވެ.

އަޅުގަނޑު ކިޔުންތެރިންނާއި ހަމައަށް މިގެނެސްދެނީ ދިވެހިއިސްލާމް މިދެމާއްދާގެ މަންހަޖު އެކުލަވާލުމުގައި ގެންގުޅުނު މަންހަޖު ޗާޓްގައިވާ ކަންތައްތަކެވެ. މިމައުލޫމާތު ލީކުކޮށްލާފައިވަނީ އެޑިޔުކޭޝަން މިނިސްޓްރީގެ އަޅުގަނޑުގެ ވަރަށްގާތް ސިއްރު ރިޕޯޓަރެކެވެ


މަތީގައިވާ ދިވެހިއިސްލާމް މަންހަޖުޗާޓުން ރަތްކުަލައިގެ ގޮޅީގޭތެރޭގައިވާ ހުދުކުލައިގެ ގޮޅިން ކިޔުންތެރިންނަށް ތިޔަފެނިވަޑައިގަންނަވަނީ އެންމެފުރަތަމަ ސްޓޭޖެވެ. މިސްޓޭޖުގައިވާ ކަންތައް މިހާރުމިވަނީ މިބައިމީހުން ފުރިހަމަކޮށްފައެވެ. ދިވެހިއިސްލާމްކިޔަވައިދިނުމުގައި ދެވުނުސަމާލުކަން ކުޑަކުރުމުގެ ސަބަބުން ނަތީޖާއެވަނީ ދަށްކުރެވިފައެވެ. ކޮންމެރަށެއްގެ ސްކޫލުގެ އެންމެއިސްވެރިޔާއަށް އަންގާފައިވަނީ ދިވެހިއިސްލާމަށްވުރެ ބޮޑަށް އެހެންމާދާތަކަށް ކުދިންގެ ސަމާލުކަން އިތުރުކުރުމަށެވެ. އެގޮތުން ބެލެނިވެރިންގެ ބައްދަލުވުންތަކުގައި ބައެއްސްކޫލުތަކުގެ އިސްވެރިންނަށް ނޭނގިނަމަވެސް މިބައިމީހުންގެ ދަންތޫރާގައިޖެހުމުގެ ސަބަބުން ކުދިންގެނަތީޖާތައް މިހާރުވަނީ ދަށްވެ އެބައިމީހުންގެ ފުރަތަމަސްޓޭޖްގެ މަރުހަލާ ހާޞިލްކުރެވިފައެވެ.
ފިޔާތޮށިކުލާގެ ގޮޅިންތިޔަފެނިވަޑައިގަންނަވަނީ ދެވަނަސްޓޭޖެވެ. މިހާރުއެންމެގަދަޔަށް ދިވެހިރައްޔިތުންގެ ބޮަލަށް ވިސްނަދޭން އުޅޭ ދިވެހިއިސްލާމް އިޙްތިޔާރީ މާއްދާތަކެއްގެ ގޮތުގައި ކަނޑައެޅުމެވެ. މިމަރުހަލާގައި ބޭނުންކުރަނީ ފުރަތަމަސްޓޭޖް ކާމިޔާބުވުމުންނެވެ. ވިސްނަދޭންބޭނުންކުރާ ޕޮއިންޓަކީ " ދިވެހިއިސްލާމް ގެ ނަތީޖާވަނީ ވަރަށްދަށްވެފައިނޫންހޭ އެހެންވުމުން މިދެމާއްދާ އިހްތިޔާރީމާއްދާތަކެއްގެ ގޮތުގައި ހަދަންވީނޫންހޭ އޭރުންކުދިންނަށް ފައިދާކުރާނޭ"ސުވާލަކީ މިދެމާދާށްއިން ދަށްވޭ ކިޔާފައި ކުދިންގެ އަތްމައްޗަށް ދޫކޮށްލަންވީތޯ ނޫނީ ކުރިޔަށްވުރެވެސް ގަދަޔަށް ކިޔަވައިދޭންޖެހޭނީ އެއްނޫންތޯ؟ އެބައިމީހުންގެ ފުރަތަމަ މަރުހަލާކާމިޔާބުވުމުން ދެވަނަމަރުހަލާ އަށް ދިއުމުގައި ބޭނުންކުރައްވާ ޕޮއިންޓަށް ތިބެފުޅުންވިސްނަވާށެވެ. އެހެންކަމުން ދިވެހިއެއްހެމެހާ ރައްޔިތުން މިކަމާހޭލައި ދެވަނަސްޓޭޖް ފަހަނައެޅިޔަނުދީ ފުރަތަމަސްޓޭޖުން އެބައިމީހުން ކާމިޔާބުކޮށްފައިވާ މަރުހަލާ ވެސް ރައްޔިތުން އެދޭގޮތައް މަންހަޖުބަދަލުކޮށް ކުދިންގެ ނަތީޖާ ރަނގަޅުކުރަމާހެއްޔެވެ. އެހެންނުވެއްޖެނަމަ ބާކީހުރިމަރުހަލާތައް މިބައިމީހުން ފަސްޖެހުމެއްނެތި ކުރިޔަށްގެންދާނެއެވެ. ދިވެހިރައްޔިތުން ހޭލާށެވެ.މުރަސިލުން

Read more...

Thursday, May 20, 2010

މަތީ ސާނަވީ ތަޢުލީމުގައި އިސްލާމް މަޖްބޫރު މާއްދާއަކަށް އޮންނަންޖެހޭ ސަބަބު

ތިރީގައި މިވަނީ ރާއްޖޭގެ މަތީ ސާނަވީ ތަޢުލީމުގައި އިސްލާމް މަޖްބޫރު މާއްދާއަކަށް އޮންނަންޖެހޭ ސަބަބުތަކުގެ ތެރޭން މުހިއްމު ބައެއް ސަބަބުތަކެވެ. އެއީ:

1- މުސްލިމު ކުއްޖަކު ކޮންމެ ކަހަލަ ތަޢުލީމެއް އުނގެނިގަތް ކަމުގައި ވިއަސް އޭނާއާ ދީނާ ގުޅުން އޮންނަންޖެހޭނެއެވެ. އަދި އެމާއްދާއަކާ އިންސާނާއާ ނުވަތަ އިންސާނިއްޔަތާ ގުޅުވައިދޭނެ އެއްޗަކީ އިސްލާމް ދީނެވެ.





2- ލޮބުވެތި ރަސޫލާގެ އަރިހުން އިމާމު ޠަބަރާނީ ރިވާ ކުރަށްވާފައި ވެއެވެ. އިތުރު އެކަލޭގެފާނު ޙަދީޘު ކުރަށްވާފައިވަނީ ކުދިންގެ ހިތްތަކުގައި ތިންކަމަކަށް ލޯބިޖެއްސުމެވެ. އެތިންކަން އެއްކޮށްލުމުން އެއަށް ކިޔަނީ، އިސްލާމް ދީނެވެ. އެހެންކަމުން ކޮންމެ މަރުޙަލާއެއްގައި ވެސް ކުއްޖާއަށް މިނިޒާމުގެ ދަށުން ތުރުބިޔަތު ލިބެންޖެހޭނެއެވެ.

3- ދިވެހި ރާއްޖޭގެ ދެވޭ ތަޢުލީމުގައި ބިންގާ އޮންނަންޖެހޭނީ އިސްލާމް ދީން މަތީގައި ކަމެވެ. އެއީ ރާއްޖޭ ހުރިހާ ރައްޔިތުންނަކީ މުސްލިމުން ކަމަށްވާތީއެވެ.

4- ދިވެހި ރާއްޖޭގެ ތަޢުލީމުގެ މަޤްޞަދެއް ކަމުގައި އެޑިއުކޭޝަނުން ކަނޑައަޅާފައި ވަނީ، ދިވެހި ރާއްޖޭގެ ތަޢުލީމީ ނިޒާމަކީ އިސްލާމީ ވެއްޓެއްގައި ދެވޭ، ކިޔައިގެން ކުއްޖާ ނިމޭއިރު ކުއްޖާއަކީ އިސްލާމް ދީން ދެކެ ލޯބިވާ، ޤައުމަށާއި ވަޠަނަށް އަދި ރައްޔިތުންނަށް އިޚްލާޞްތެރި ބައަކަށް ހަދަން މަސައްކަތް ކުރަންޖެހެއެވެ.

5- ރާއްޖޭގެ ޤާނޫނު އަސާސީގައި، ކޮންމެ ރައްޔިތަކަށް ކޮންމެހެން ލިބެންޖެހޭ އަސާސީ ޙައްޤުތަކުގެ ތެރޭގައި އަންނަނިވި މާއްދާގައި، ވަރަށް ޞަރީޙަކޮށް އިސްލާމީ ތަރުބިޔަތުގެ މައްޗަށް ބާރު އެޅުމަށް ބަޔާންކޮށްފައި އޮތްއިރު، މިމާއްދާ އަކީ މަޖްބޫރު މާއްދާއަކަށް ހަދައިގެން ނޫނީ ކޮންމެ ކުއްޖަކަށް އެޙައްޤު ލިއްބައިނުދެވުން. އެމާއްދާއި ވަނީ އަންނަނިވި ގޮތަށެވެ. އެއީ 36 ވަނަ މާއްދާގެ (ނ) އެވެ. އޭގައި ވަނީ: އުނގެނުމުގެ ޙައްޤު: (ނ) ތަޢުލީމީ ނިޒާމުގެ ތެރޭން އިސްލާމް ދީނަށް ބޯލަނބައި ކިޔަމަން ގަތުމަށް ބާރު އެޅުމަށާއި، އިސްލާމް ދީނަށް ލޯބިޖެއްސުމަށާއި، އިންސާނީ ޙައްޤުތަކަށް އިޙްތިރާމް ކުރުމަށާއި، ޢާއްމުކޮށް އެންމެންގެ މެދުގައި ޞުލްޙަ މަސަލަސްކަމާއި ރަޙްމަތްތެރިކަން ބާއްވައިގެން އުޅުމުގެ މުހިއްމުކަން އުނގަންނައިދީ، މިކަންކަން ކުރިއެރުވުމަށް ބާރުއަޅާންވާނެއެވެ.

6- ބައިނަލްއަޤްވާމީ ތަޢުލީމީ ކަރިކިއުލަމުގެ އުޞޫލަކީ ކުއްޖާ ކިޔަވަމުންދާ ތަފާތު މާއްދާތަކަކީ އެކަތި އަނެކައްޗާ ގުޅި، ލައި މެހިފައި އޮންނަ އެއްޗަކަށް ވާންޖެހޭނެ ކަމަށެވެ. މިގޮތަށް އެމާއްދާތައް ލައިމެހި ގުޅުވައިދެވޭނީ އެހުރިހާ މާއްދާއެއް ގުޅުވައިދޭ ނިޒާމެއް ކަރިކިއުލަމް ހެދުމުގައްޔާއި ސިލަބަސް އެކުލަވާލުމުގައި ބޭނުންކުރުމެވެ. އަދި ނިޒާމުގެ ދަށުން ކުއްޖާއަށް މާއްދާތައް އުނގަންނައި ދިނުމާއިއެކު އޭގެ މަތީ ހާނުވައި ތަރުބިޔަތު ކުރުމެވެ. ސާނަވީ ނިމެންދެން އެގޮތަށް ގުޅުވައިދޭ ވަކި މާއްދާއެއް އޮތުމެވެ. އަދި ކޮލެޖު މަރުޙަލާއިން މަތީގައި އެފަދަ ގުޅުވައިދޭ ފިކުރެއްގެ ދަށުން ކިޔައިދެމުން ދިއުމެވެ. ނުވަތަ އެފަދަ މާއްދާއެއް ތަޢާރުފުކޮށް، އެވަސީލަތް ބޭނުންކުރުމެވެ. ރާއްޖޭގައި މިއަށް ކިޔާނީ އިސްލާމް މާއްދާއެވެ.

7- ދުނިޔޭގެ ހުރިހާ ޤައުމީ ޔުނިވަރސިޓީތަކުގައި އެޤައުމެއްގެ ފިކުރާއި ސަގާފަތް ނުވަތަ ދީނާއި ޢަޤީދާ، ޤައުމީ މާއްދާއެއްގެ ގޮތުގައި ނުވަތަ ޔުނިވަރސިޓީ މާއްދާއެއްގެ ގޮތުގައި ކޮންމެ ދަރިވަރަކު ވެސް ކިޔަވަން މަޖްބޫރުވާނެއެވެ. އެއީ ޤައުމު ކުއްޖާ ބައްޓަންއުޅޭ ގޮތަކަށް ގެންދިއުމަށް ބާރުއެޅޭނީ އޭގެ ޒަރީޢާއިން ކަމަށް ވާތީއެވެ. މިތަފާތު އެނގޭނީ މިސާލަކަށް، ޞިއްޙީ ދާއިރާއިން ނުވަތަ ސިވިލް އިންޖިނޭރިންގް ދާއިރާއިން ރަޝިޔާއިން ނިމޭ ކުއްޖަކާއި އެމެރިކާއިން ނިމޭ ކުއްޖަކާ ދެމެދު ހުރި ތަފާތު ހޯދަން އުޅޭނަމައެވެ. އެއްކުއްޖަކު ކެޕިޓަލިޒަމަށް ތާއީދު ކުރާ އެއުޞޫލަށް ތަބާވާ ޑޮކްޓަރަކަށް ނުވަތަ އިންޖިނޭރަކަށް ވެފައެވެ. އަނެކަކު ހުންނާނީ ކޮމިއުނިޒަމަށް ތާއީދު ކުރާ އެއުޞޫލަށް ތަބާވާ ޑޮކްޓަރަކަށް ނުވަތަ އިންޖިނޭރަކަށް ވެފައެވެ. އެހެންކަމުން އިސްލާމީ ޤައުމަކުން ނިމޭ ކުއްޖަކު ހުންނަންޖެހޭނީ އިސްލާމީ ނިޒާމަށް ތާއީދު ކުރާ އެއުޞޫލަށް ތަބާވާ ޑޮކްޓަރަކަށް ނުވަތަ އިންޖިނޭރަކަށް ވެގެންނެވެ. ޤައުމުގެ ތަޢުލީމީ ނިޒާމުގެ ފިކުރު އޮންނަންޖެހޭނީ މިއުޞޫލުގެ ދަށުންނެވެ. މިކަން މިގޮތަށް ކުރެވޭނީ އެޑިއުކޭޝަން ލެވެލްގައި މިކަމަށް ތާއީދުކުރާ ބަޔަކު ތިބެގެންނެވެ. އަދި އިސްލާމް މާއްދާއެއްގެ ގޮތުގައި ހުރިހާ މަރުޙަލާއެއްގައި ދަރިވަރުންނަށް އިސްލާމީ ފިކުރު ދީގެން، ކޮންމެ ކުއްޖަކަށް އެކަން މަޖްބޫރު ކޮށްގެންނެވެ. މިއީ ކޮންމެ ޤައުމެއްގައި ޤައުމީ ފެންވަރުގައި ކަންކުރަމުންދާ ގޮތެވެ.adhalath

Read more...

އިހަވަންދޫގެ ބޮޑުބާރު ސޯމާލިޔާ ޖޯލިފަތި

ސޯމާލިޔާ މީހުންނަކީ ކަނޑުފޭރޭ ބައެއްކަމަށް މުޅިދުނިޔެއަށް މަޝްހޫރު ވެފައިވާ ބަައެކެވެ. އެހެންނަމަވެސް ސޯމާލިޔާގެ ކަނޑުފޭރޭ މީހުންގެ ފަރާތުން އެއްވެސް ނުރައްކަލައެއް ދިވެހިރާއްޖެއަށް ނެތްކަމަށް ދިވެހިރާއްޖޭގެ ސަލާމަތީ ބާރުތަކުން ވަނީބުނެފައެވެ. އެއީ އެމީހުންގެ ނުރައްކާތެރިކަން އަދި މިސަރަހައްދައް ނުފޯރާތީއެވެ. އެހެންނަމަވެސް އިހަވަންދޫގެ ބޮޑުބާރަކީ ސޯމާލިޔާ ޖޯލިފައްޗެވެ.
މިޖޯލިފައްޗަކީ އިހަވަންދޫގެ ހުޅަނގުފަރާތު ބަނދަރުމަތީގައި ހުއްނަ ޖޯލިފައްޗެކެވެ. މިޖޯލިފައްޗަށް ސޯމާލިޔާ ޖޯލިފައްޗޭ ކިޔުނީ ނުވަތަ ސޯމާލިޔާ މީހުންގެ ޖޯލިފައްޗޭ ކިޔައިގެން ނަންދެވުނީ 2009 ވަނަ އަހަރު އެ ޖޯލިފަތިން ނިންމި ނިންމުމެއްގެ ސަބަބުންނެވެ. އެނިންމުމަކީ ވަރަށް އާދަޔާހިލާފު ނިންމުމެކެވެ. އެއީ މަސްވެރިން އަތުން މަސްގަންނަ އަގު ދައްވުމާއި ގުޅިގެން ދޯނިފަހަރުގައި ފުރައިގެންގޮސް މިފްކޯގެ ބޯޓްގެ ކެޕްޓަން ހޫނުގޮނޑިޔަށް ލުމުގެ އާދަޔާއި ހިލާފުއަމަލެވެ. ހަމަ އެދުވަސްވަރު ފާޑަކައް އިހަވަންދޫ އޮފީސް ބަންދުވެސް ކުރިއެވެ. އެއީވެސް އެއްކަލަ ސޯމާލިޔާ ޖޯލިފަތިން ނިންމި ނިންމުމެކެވެ. ކޮންމެއަކަސް ސޯމާލިޔާ ނަމުން ނަންދެވުނީ އިސްވެ މިދަންނަވާލި އަމަލަކީ ސޯމާލިޔާ މީހުންގެ އަމަލުތަކާއި ގާތްކުރާ ކަމަކަށްވާތީއެވެ.
މިހާރު އެއްމެންވެސް ގަބޫލުކުރާ ގޮތުގައި ސޯމާލިޔާ ޖޯލިފައްޗަކީ އިހަވަންދޫގެ ބޮޑު އެއްބާރެވެ. ރަށުއޮފީހަށް ލަފާދޭ މަރުކަޒެވެ. ރަށު އޮފީހުން ކުރާ ހުރިހާ ކަންކަމެއްގައިވެސް ރަތްއިތުންގެ ލަފަޔާއި އިރުޝާދު ހޯދާ ތަނަކީ ސޯމަލިޔާ ޖޯލިފައްޗެވެ. އިހަވަންދޫ ތަރައްޤީ ކުރުމަށް ކުރަންޖެހޭ ކަންކަމުގައިވެސް އެއްމެފަހުބަސް އެއްލާތަނަކީ އެއީއެވެ. ސޯމާލިޔާ ޖޯލި ފައްޗަކީ އިހަވަންދޫގެ ހަބަރުފަތުރާ އެއްވަސީލަތެވެ. އިހަވަންދޫގައި ހިގާހުރިހާކަމެއްގެ އެއްމެފުރިހަމަ މައުލޫމާތު އެއްތަނަކުން ހޯދާނަމަ އެއްމެ ފުރަތަމަވެސް ޒިޔާރަތްކޮއްލަންވީ ސޯމާލިޔާޖޯލިފައްޗަށެވެ. އެމީހުންނަ ސިއްރުން އިހަވަންދޫގައި އެއްވެސް ކަމެއްނުހިނގާނެއެވެ.
ސޯމާލިޔާ ޖޯލިފަތީގެ ލީޑަރުކަން ކުރަމުންގެންދަނީ އެކިދުވަސްވަރު އެކި މީހުންނެވެ. ސޯމާލިޔާ ޖޯލިފަތިން ހަބަރުދޭގޮތުގައި ސްކޫލުގައި އުޅޭ އެއްވެސް ދަރިވަރަކު އެތަނަށް ދިއުމަކީ މަނާކަމެކެވެ. އަދި މިހާތަނަށް ސޯމާލިޔާ ޖޯލިފަތީގައި ބީހިލުމުގެ ފުރުސަތުވެސް ހޯދާފައިވަނީ އެއްމެ އަންހެނެކެވެ. ސްކޫލުކުދިން އެތަނަށް ދިއުންމަނާ ކަމުގައިވިއަސް ސްކޫލުގެ ޓީޗަރުން އަބަދުމެ އެތަނުގައި ތިބެއެވެ. އަދި ޑީ.އާރު.ޕީ ގެ މަންދޫބަކު އަބަދުވެސް ( މަޝްވަރާ ވަގުތުތަކުގައި ) އެތަނުގައި ހުރެއެވެ. މިދަންނަވާލެވުނު ކަންކަމާއި އަދި އެހެނިހެން ކަންކަމާއިއެކު ސޯމާލިޔާ ޖޯލިފައްޗަކީ އިހަވަންދޫގެ ބޮޑުއެއްބާރެވެ. ވުމާއެކު ސޯމާލިޔާ ޖޯލިފަތީގެ ބިރުވެރިކަން އިހަވަންދޫ ރައްއިތުންނަށް އެބައޮތެވެ.
އަޙްމަދު ތިރިމިޒީ

Read more...

އިސްލާމް މާއްދާއާއި ދިވެހި މާއްދާގެ މުހިއްމުކަން



'އިސްލާމް މާއްދާއާއި ދިވެހި މާއްދާގެ މުހިއްމުކަން

ނަސާރާއިންނާއި ޔަހޫދީން ފަދައިން މިހާރަކަށް އައިސް ދިވެހިންވެސް އިސްލާމްދީނަށް ފުރައްސާރަކުރަމުންދާކަމީ ވަރަށް ހިތާމަހުރިކަމެކެވެ. ދީނަށް ފުރައްސާރަކުރަމުންދާ މީހުން ގަބޫލުކުރާގޮތުގައި އިގިރޭސީ މާއްދާއާއި ބޭރުގެ މާއްދާތައް ރަގަޅަށް ކިޔެވީމަ އެކުއްޖަކަށް ކިޔެވުނީއެވެ.އިސްލާމް މާއްދާއަކީ މަޖުބޫރު މާއްދާއެއްނޫނެވެ މުސްލިމަކަށްވީމަ އެއޮތީނިމިފައެވެ.އެކަމަކު އެމީހުން އެގަބޫލުކުރާގޮތަށް އިގިރޭސީ އެނގިގެން ދީންކިޔަވާމީހުންވާނީ ޑޮޓުންނަށެވެ. ދެން އިނގިރޭސީ އެނގުނީމަ ދީންދަސްވާނަމަ ކީއްވެގެންތޯ ޔޫރަޕްގެ މުސްލިމުން ސަޢުދިއަރަބިޔާއަށާއި މިސްރުފަދަ އަރަބި ޤައުމުތަކަށް ދީންކިޔަވަން އައިސްމިތިބެނީ؟ އެހެނީ އެމީހުންނަކީ އުފަން އިނގިރޭސީންނަށްވާއިރު އެމީހުންގެ އަތުގައި ދީނީ ފޮތްތަކާއި ހުރިހާ ވަސީލަތްތައް ހުރީމަ ދީން އެގެންޖެހޭނެ ނޫންތޯއެވެ.

އެކަމަކު ޔޫރަޕް މީހުން އެޤައުމުތަކަށް އަންނަން ޖެހެނީ ދީނުގެ އަސްލާއި އުސޫލު އޮންނަގޮތަށް ދީންކިޔެވުން މުހިއްމުކަމަކަށްވާތީއެވެ. އިނގިރޭސީ ބަހުން ދީންކިޔަވާމީހުން ޖިހާދުކުރުމުގެ ނަމުގައި ޔޫރަޕް ފަސާދަކުރުމުގެ ސަބަބުން ދުނިޔޭގައިތިބި ހުރިހާ މުސްލިމުންގެ ނަން ހަޑިވެ ކޮންމެ މުސްލިމަކީ ޓެރަރިސްޓެއްކަމަށް ޤަބޫލުކުރެވުމުގެ ސަބަބުން މުސްލިމުންނަށް ޔޫރަޕްގެ ގައުމުތަކުގައި މިހާރަކަށް އައިސް އުޅެންދަތިވެއްޖެއެވެ. ހަމަ މިގޮތަށް ދިވެހިރާއްޖޭގައި ޑޮޓުންގެ ޖަމާޢަތެއް އުފެދި އިޤްތިސާދަށް ބޮޑުހީނަރުކަމަށް ގެނެސް ދުނިޔޭގެ ނަޒަރުގައި ރާއްޖެ ސިފަކުރެވިގެންދިޔައީ ޓެރަރިސްޓް ގައުމެއްގެ ގޮތުގައެވެ. ޑޮޓް ޖަމާޢަތުގެ މީހުން އަމިއްލައަށް އިންޓަނެޓުން ދީންކިޔަވައިގެން ޕާކިސްތާނަށާއި ވަޒީރުސްތާނަށް ގޮސް މަރުވުމުގެ ސަބަބުން އެއާއިލާތަކުގެ ކިތައްމީހުން ޔަތީމުވެފައި އެބަތިބިތޯއެވެ. އެހެނީ ދީނުގައި ހަނގުރާމަ ނުކުރާމީހުންނާއި ޖިހާދު ކުރުމުގެ ނަމުގައި ހަނގުރާމަކުރުމެއް ނުއޮވެއެވެ. އިނގިރޭސީ ބަހަށް ކިތައްމެ މޮޅުކުއްޖަކަށް ވިޔަސް ސްކޫލުން ދީން ނުކިޔަވާ ސްކޫލް ނިންމުމަށްފަހު އަމިއްލައަށް ދީންކިޔަވަން އުޅުނަސް އެކުއްޖަކަށް ދީން ނުކިޔެވޭނެއެވެ. ސަބަބަކީ ދީނުގެ މުސްޠަލަހާތު އިނގިރޭސީބަހުން ލިޔެފަހުއްޓަކަސް ނޭގޭނެތީއެވެ. ދީނާއި ނުލައި އަމާން މުޖުތަމަޢުއެއް ބައްޓަންކޮށް ނުދެވޭނެއެވެ. އެހެނީ ޤާނޫނުގައި ކުއްތަކާއި ކުށުގެ ޙުކުމް ތަންފީޒުކުރަން ޖެހެނީ ހަމައެކަނި ދުނިޔޭގައެވެ އުޚުރަވީ ޖަޒާއެއްނެތެވެ. އެކަމަކު ދީނުގައި ދުނިޔެވީ ޖަޒާއަކާއި އުޚުރަވީ ޖަޒާއެއް އޮވެއެވެ. އަމާން މުޖުތަމައުއެއް ބިނާވާނީ ދީން ދަންނަ ﷲއަށް ބިރުވެތިވާ މީހުންގެ މުޖުތަމައުގައިއެވެ. ގްރޭޑް އެގާރަ ބާރައިގައި އިސްލާމް ދިވެހި އިޚްތިޔާރީ މާއްދާތަކަށް ހެދުމުން ގިނަ ކުދިން މާއްދާތައް މަދުކުރުމުގެ މަގުސަދުގަޔާއި ކުރިޔަށް ދާންބޭނުންވާ ދާއިރާއާއި ނުބެހޭ ދެމާއްދާއަކަށްވާތީ ނުކިޔަވާނެއެވެ އެހެންވުމުން އެދެ އަހަރު ނިންމާފަ މުޖުތަމައުއަށް ނުކުންނަ އިރު ދީނީ މައުލޫމާތު މަދުވެ ދީނާއި ދުރެވެ ކުރިން ކިޔެވި އެއްޗެހިމަތިންވެސް ހަނދާނެތިގެންދާނެއެވެ.
ދެންއޮތީ ދިވެހިބަސް އިޚްތިޔާރުކުރާވާހަކަ .ރާއްޖޭގެ ދުސްތޫރުގައި ކަނޑައެޅިފައިވާ ގައުމީ ބަހަކީ ދިވެހިބަހެވެ. އެގޮތުން ކޮންމެ ދިވެއްސަކުވެސް އަމިއްލަ މާދަރީބަހަށް އިޙްތިރާމްކުރަންޖެހޭނެއެވެ. ދިވެހިންނަކީ އަމިއްލަ ބަހުން ވާހަކަ ދައްކާ ބަޔަކަށްވާތީ ފަޚުރުވެރިވާންޖެހޭނެއެވެ. އެހެނީ ބައެއްގައުމުތަކުގައި އެމީހުންގެ އަމިއްލަ ބަސް އޮވެފަ އިނގިރޭސީ ނުވަތަ ފުރަންޗް ގައުމީބަހަކަށް ހަދާފައި އެބަހުއްޓެވެ. އެކަމަކު ދިވެހިންނަށް މުސްތަޤިއްލު ބަހެއްވަނީ ލިބިފައެވެ. އެއީ ދިވެހިނަން ލިބެންޖެހޭ އިޖްބާރީ ހައްގެއް' އިޚްތިޔާރީ ހައްގެއް ނޫން' ކުއްޖާ ކިޔަވައި ނިމިގެން ރައްޔިތުންގެ މަޖިލިސް ނުވަތަ ވަޒީރުންގެ މަޖިލިސް ފަދަ ތަނެއްގައި ވާހަކަ ދައްކަންޖެހޭ އިރު ދިވެހިބަހުން ވާހަކަ ދައްކަން ނޭގެންޏާ އެކުއްޖަކު ކިޔެވި ކިޔެވުމުގެ ވެސް ފައިދާއެއް މުޖުތަމައުއަށްވެސް ފައިދާއެއްނެތެވެ. ކުޑައިރުންފެށިގެން ކުދިންނަށް އިގިރޭސީ ބަސް ދަސްކުރުމުގެ ބޭނުމުގައި މައިން ބަފައިން ކުދިންނާއި އިގިރޭސީން ވާހަކަ ދެއްކުމަކީ މީހާރު ރާއްޖޭގައި އާންމުވަމުން އަންނަކަމެކެވެ. މީގެ ނަތީޖާއަކަށްވަނީ ކުއްޖާ ބޮޑުވާއިރުވެސް މަންމަ ބައްޕަ މުދައްރިސް މިފަދަ ނަންތަކަށް ދިވެހިންކިޔަނީ ކީކޭކަށް ނޭގުމެވެ. އެކަމަކު އެއްވެސް ގައުމެއްގައި އެބައެއްގެ އަމިއްލަބަހަށް ވުރެ އިސްކަން ދޭންޖެހޭ ބަހެއް ނޯންނާނެއެވެ. ރާއްޖެއަކީ އާބާދީ ބޮޑު މުއްސަދި ގައުމަކަށް ނުވާތީ ރާއްޖޭގެ ކުދިންނަށް ތަޢުލީމް ހާސިލްކުރުމަށް ބައިނަލްއަގުވާމީ ބަސް މުހިއްމުވުން އެއީ އަމިއްލަ ބަސްނައްތާލައި ދިވެހިކުދިންގެ ކުރިމަގުއޮތީ އިގިރޭސީ ބަހާއިއެކު ކަމުކައި އެއްވެސް ބަޔަކު ދެކިގެންނުވާނެއެވެ. ދުނިޔޭގެ ބޮޑެތި މަޝްހޫރުގައުމުތަކުގެ ރަސްގެފާނުންނާއި ރައީސުންގެ ތެރޭގައިވެސް އިގިރޭސީ ބަހުން ވާހަކަދައްކަން ނޭގޭމީހުން އެބަތިއްބެއެވެ. އަދި އިނގިރޭސީ ބަސްއެނގިހުރެ އދ ޖަލްސާފަދަ ބޮޑެތި ޖަލްސާތަކުގައި އެމީހުންގެ އަމިއްލަބަހުން ވާހަކަދައްކާ މީހުންއެބައުޅެއެވެ. ސަބަބަކީ މުޅި ދުނިޔެއަށްވެސް އެމީހުންގެ އަމިއްލަ ބަހުގެ ހުރި މުހިއްމުކަމާއި އެބަހަށް ކުރާއިޙްތިރާމް އަންގާލުމުގެ ބޭނުމެވެ.ޒަމާން ތަރައްގީވީމަ ޔޫރަޕްމީހުންގެ ފަހަތުން ދުވާކަށް ނުޖެހޭނެއެވެ ތަރައްގީވި ޒަމާނުގައި ކޮންމެ ބަހަކުން ވާހަކަދެއްކިޔަސް ނޭގޭ މީހާއަށް އެބަސް ތަރުޖަމާވެގެން އެގޭފަދަ ވަސީލަތްތައް އެބަހުއްޓެވެ.
ޔަޤީނުންވެސް އެނގޭކަމަކީ 1980 ގެ އަހަރުތަކާ ހަމައަށް ދިވެހިރާއްޖޭގެ ޤައުމީ މުޤައްރަރުގެ ވަކި މާއްދާތަކެއްގެ ގޮތުގައި ޤުރްއާނާއި ޢަރަބި ބަސް ވެސް ކިޔަވައިދެމުން އައިސްފައިވާ ކަމެވެ. ނަމަވެސް، ޤުރްއާނާއި ޢަރަބި ބަހަށް ދުވަހެއް ދުވަހަކަށް ކުދިން ދަށްވެ، އެކަން ޙައްލުކުރުމަށް ހަރުދަނާ ފިޔަވަޅުތަކެއް ނޭޅިދިއުމުގެ ނަތީޖާއަކަށް ވެގެންދިޔައީ އެމާއްދާތަކަކީ ކުދިން ގަޔާނުވާ މާއްދާތަކަކަށް ވެގެން ދިއުމެވެ. ދެން ފެނުނީ މިއަދު އަޅުގަނޑުމެންނަށް އިވެމުންމިދާ ހަކަލަ ފަރިއްސެއް ކިޔަންފެށިތަނެވެ. ދަރިންނަށް "މޮޅު ގޮތްތަކެއް ހޯދައިދިނުމަށްޓަކައި" ޤުރްއާން މާއްދާ، އިސްލާމް މާއްދާއާ އެއްކުރި ޚަބަރެވެ. ޢަރަބި މާއްދާ އިޚްތިޔާރީ މާއްދާއެއްގެ ގޮތަށް "ދުވަސްކޮޅަކަށް" ހަމަޖެއްސިއަޑެވެ. އޭގެ ދުވަސްކޮޅެއްފަހުން ފެނިގެން ދިޔައީ ޢަރަބިމާއްދާ ކިޔަވައިދިނުން މުޅިން ހުއްޓާލެވުނުތަނެވެ.
އެދުވަހު "ކުދިންނަށް ހޯދައި ދިން މޮޅު ގޮތްތަކުގެ" ނަތީޖާ މިއަދު މިއޮތީ ފެންނާށެވެ. އޭލެވެލް ހަދައިގެން މުޖުތަމައަށް ކުއްޖާ ނުކުންނައިރު ޚަތިމް ބަލައިގެން ޤުރްއާނުގެ އާޔަތެއް ކިޔަވަން އެނގޭނީ ވެސް މަދުކުއްޖަކަށެވެ. ޢަރަބި ބަހުން މިވަރުގެ މިންވަރެއް ވެސް ނުވެއެވެ. ކުއްޖާގެ ޢަރަބިތާނަ ލިޔުމުގެފެންވަރުގެ ވާހަކަ ހެވީ ނުދެއްކިއްޔާއެވެ
އިޒުލޭލު މީހުންވެސް އެމީހުންގެ ދީނައްޓަކައި އެމީހުންގެ ނަސްލައްޓަކައި ހަނގުރާމަ ކުރަމުންދާ ކަން އެއީ މުޅިދުނިވެސް ދަންނާނެކަމެކެވެ. އަދި ދުނިޔޭގެ ތާރީޚަށް ބަލާލާއިރުވެސް އިޓަލީވިލާތު ވަޓިކަންސިޓީއަށް ބަލާލިޔަސް އެބައެއްގެ ދީނައްޓަކައި ގުރުބާންވާވަރު ރަގަޅަށް އެނގޭނެއެވެ.
'' ހަމަކަށަވަރުން ތެދުމަގުގައިވާ މީހުންނަށް ކާމިޔާބުލިބޭނެއެވެ.'
މިލިޔުން ވިދާޅުވާ ބޭފުޅުން ވީހާވެސް ގިނަބަޔަކަށް މިލިޔުންފޯރުކޮށްދޭށެވެ. މީހަކަށް ރަގަޅުގޮތް ބުނެދޭމީހާއަށް ވެސް ސަވާބުލިބޭނެއެވެ.
murasil

Read more...

Wednesday, May 19, 2010

މުސްތަފާ ކަމާލް އަތާ ތުރުކު މިޤައުމުގައި ފާޅު ވިޔަކަ ނުދޭނަމެވެ


11، 12 ގައި އިސްލާމް ދިވެހި ކިޔަވާކުދިން ނަށް ޔުނިވާސިޓިން ޖާގަ ނުދޭނެކަމަށް ތުރުކީ މުސްތަފާ އަތުން ބުނެފިއެވެ.
މިލިޔުމުކީ ހިސްޓްރީ ގެ މައްޗައް ލިޔެފައިވާ ލިޔުމެކެވެ. މިލިޔުން ފަހަރުގައި ރާއްޖޭގެ މާހައުލާއިވެސް ވައްތަރުވެދާނެއެވެ. ކޮމެންޓް ކުރާ ބޭފުޅުނަށް ހަދުމަކޮށް ދިނުމުގެ ގޮތުން ބުނެލަމެވެ. އިސްލާމް ދީނާއި ހިލާފްނޫން ހުރިހައި ކޮމެންޓެއް ސާއިރު ކުރެވޭނެއެވެ.

11، 12 އިން ކިޔަވާކުދިންގެ ތެރެއިން އިސްލާމް އަދި ދިވެހި ކިޔަވާކުދިން ނަށް ޔުނިވާސިޓިން ޖާގަ ނުދޭނެ ގޮތަށް ތައްޔާރުކޮށް ފައިވާ ތަޢުލީމީ މަންހަޖު މުސްތަފާ ކަމާލު އަތާ ތުރުކު ރަސްމީކޮށް ޢިއުލާން ކޮށްފިއެވެ. އެގަވައިދުގައި ވާ ގޮތުން 11، 12 ކިޔަވާ ކުދިން ނަށް ކިޔެވޭނީ ހަމައެކަނި 3 މާއްދާއެވެ. އޭގެ ތެރެއިން އިސްލާމް އަދި ދިވެހި ކިޔަވަން ބޭނުން ކުދިންނަށް ކިޔެވޭނި ހަމަ އެކަނި 1 މާއްދާއެވެ. 11، 12 ކިޔަވަނީ ޔުނިވާސިޓީން ޖާގަ ހޯދާށެވެ. ރަގަޅު ޔުނިވާސިޓީން އަކުން ޖާގަހޯދަން ބޭނުން ނަމަ އޭލެވެލް 3 މާދާއިން ފާސްވާން ޖެހެއެވެ. ވުމާއި އެކު އޮޓަމެޓިކުން ޔުނިވާސިޓީ އަށް ވަނުމަށް ހުރިހައި ދަރިވަރުން ނަށް އިސްލާމް އަދި ދިވެހި ދޫކޮށްލާން ޖެހެއެވެ. މިފަދަ ގޮތަކަށް ކުދިން ލައްވައި މަޖުބޫރުކޮށްގެން ތިޔަ ހާވާފައިވާ ހަޑި ފިލުވުމަށް އަޅުކަޑުމެން މިތިބީ ނުކުމެއެވެ. އަޅުގަޑުމެން ނަށް ތާރީޚް ފެނެއެވެ. ލައިކް ތުރުކީގައި އޮތް އިސްލާމީ ހަލީފައި ވައްޓާއިލާއި ތުރުކީގެ ގާނޫނު އެއްވެސް ދީނެއް ގަބޫލް ނުކުރާމީހުން ބޭނުން ގޮތަށް ހެދި މުސްތަފާ ކަމާލް އަތާ ތުރުކުފަދަ މީހުންނެވެ.


އަޅުގަޑު މަތީގައި ވިދާޅުވެފައި ވާ ވާހައަކީ އަތާ ވަރަށް ސިއްރިޔާތުގައި ނިންމި ނިންމުމެއްގެ މައިގަޑު ޕޮއިންޓެކެވެ. މިބައިމީހުން ގެ އަސްލު މަޤުސަދަކީ މިތަނުގައި ދީން ގަބޫލް ނުކުރާމީހުން އުފެއްދުމެވެ. އެއްވެސް އިސްލާމަކަށް 11، 12 ގައި އިސްލާމް އަދި ދިވެހި ކިޔަވައިގެން ޔުނިވާސިޓީއަށް ވަނުމުގެ ދޮރު ބަނދު ކޮށްލުމެވެ. އޭރުން 11،12 އިން އިސްލާމް އަދި ދިވެހި އޮޓަމެޓިކުން ހުއްޓޭނެއެވެ. އޭރުން 11، 12 އަށް ކިޔަވައި ދިނުމަށް މުޅިންހެން ހުންނާނީ ދީންގަބޫލް ނުކުރާ އެބައިމީހުންގެ ޕުރޮޕެގަންޑާ ފަތުރާ މީހުންނެވެ. ލައިކް ތުރުކީގައި އޮތް އިސްލާމީ ހަލީފައި ވައްޓާއިލާއި ތުރުކީގެ ގިނަބަޔަކު ދީންގަބޫލް ނުކުރާމީހުންނަށް ހެދި މުސްތަފާ ކަމާލު އަތާ ތުރުކު ފަދަ ބޭބޭ ފުޅުންނެވެ.


ޤައުމީ މަހާސިންތާ ގައި ނިމުނު ކަންތަށްތަށް ދީނީ އިލްމުވެރިންގެ ފައިބުޑަށް ޖެހުމަށްފަހު ބޭރުން 1 މިލިޔަން ރޯޔޫ ނުވަތަ 1 މިލިޔަން ލޮޑަރު ޕާޓީ ހިންގަން ދޭނަމޭ އިސްލާމްދީން ހަލާކުކޮށްލަން އުޅޭމިހަކު އުޅެފާނެތީ އެވެ. ( މިތާއިގާއި އަޅުގަޑު އެފައިސާ ނެގިވާހަކަ ބުނަން ބޭނުންނުވަނީ ޤާނޫނަށް ހުރުމަތް ތެރިކޮށް ހިތުމަށާއި، ބުނަން ބޭނުން ނުވާތީއެވެ.) 11، 12 ގެ ކުދިން އިސްލާމް އަދި ދިވެހި ގަދަކަމުން ފޭރިގަތް މަންހަޖު ތައްޔާރުކުރީ އެޑިއުކޭސްންގެ ލާދީނީ އަތާ ގެ ހަތަރުވަރަކަ ލާދީނީ އަތުން މިގައުމުން އިސްލާމްދީން މުޅިން ފުހެލުމުގެ ދުރުރާސްތާ މިސަން ކާމިޔާބު ކުރުމުގެ ނިޔަތުގައެވެ. ތިޔަ ހާވައިފައިވާ ހަޑި ފިލުވުމަށް އަޅުގަޑުމެން މިތިބީ ނުކުމެއެވެ. ހަމަހިލާ ލާދީނީ ލައިކް ތުރުކީގެ ސުކޫލްތަކުން ދީނީ ޢިލްމު ކިޔެވުން މަނާކުރި އަދި ބުރުގައި މަނާކުރި ، ދީންގަބޫލްނުކުރާ މީހުން އުފެއްދި ޤައުމީ މަންހަޖު ތައްޔާރުކުރި މުސްތަފާ ކަމާލް އަތާ ތުރުކު މިޤައުމުގައި ފާޅު ވިޔަކަ ނުދޭނަމެވެ. އދި މިލިޔުން ލިޔުނު މީހާ ވެސް ވަރަށް ހަރުއަޑުން މިކަން ފާގަކޮށްފައިވެއެވެ.މުރާސިލުން

Read more...

ދިވެހިރާއްޖެ ދާޚިލީހަނގުރާމައަކާ ދިމާއަށް

އިބްނު އަލީ
ޖައްވުހޫނުވާ ވާހަކައާއި ކަނޑުގެ ލޮނުގަނޑު އުފެލޭވާހަކަ، އަދި މިކަމުގެ ސަބަބުން ދިވެހިރާއްޖެ އަޑިއަށް ހިގައިދާނެ ކަމުގެ ވާހަކައަކީ އަލުގަޑުމެންގެ ވެރިން ވަރަށްގިނައިން ދައްކަވައި އުޅުއްވާ ވާހަކައެކެވެ. އަދި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް މުޙައްމަދު ނަޝީދު ވެރިކަމާއި ޙަވާލުވިތާ ކުރީކޮޅު ވިދާޅުވެފައިވަނީ ދިވެހިރާއްޖޭގެ ރައްޔިތުންނަށް ދިރިއުޅެވޭވަރުގެ ބިމެއް އެހެންކޮންމެވެސް ޤައުމަކުން ހޯއްދަވަން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމުގައެވެ.
ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ސަބަބުން ދިވެހިރާއްޖެ އަޑިއަށް ހިގައިދާނެ ކަމުގެ ބިރަށްވުރެން މާބޮޑުބިރެއް ދިވެހިރައްޔިތުންނަށް މިހާރު އެބައޮތެވެ. އެއީ މިހާރުގެ ސަރުކާރުގެ ޢަމަލުތައް ހުރިގޮތުން ދިވެހިރާއްޖެ ދާޚިލީ ހަމަނުޖެހުމެއްގެ ތެރެއަށް ވެއްޓިދާނެ ކަމުގެ ބިރެވެ. އަލްމާނީ ފިކުރުގެ މީހުންނާއި އިސްލާމްދީނުގެ އުޞޫލަތަކަށް ތަބާވާމީހުންގެ ދެމެދުގައެވެ. ސަރުކާރުގެ ހުރިހާ ސިޔާސަތެއް ބައްޓަންކުރެވޭތަން ފެންނަނީ އިސްލާމްދީނާއި ދެކޮޅު އަލްމާނީ ފިކުރަށް އިސްކަންދީގެންނެވެ. ރައީސް ނަޝީދުގެ ވެރިކަމުގައިމިވީ 554 ދުވަހަށް ބަލާއިރު މިކަން ވަރަށް ސާފުކޮށްފެންނަން އެބައޮތެވެ. އިސްލާމްދީނާއި ގުޅުންހުރި ކޮންމެކަމެއްގައި ސަރުކާރުގެ ސިޔާސަތަކީ މުސްލިމު ދިވެހިރައްޔިތުންނަށް ވުރެން ހުޅަގުގެ ފަރަންޖީންނާއި އެއުރެންނަށް ތަބާވާ މަދު އަލްމާނީ ފިކުރުގެ ދިވެހިންކޮޅެއްގެ ޝުޢޫރަށް އިސްކަންދިނުމެވެ.

މީހުން ދިރިއުޅޭރަށްރަށުގައި ބަނގުރާވިއްކުމުގެ ހުއްދަދޭން ސަރުކާރުން ނިންމުމާއި ގުޅިގެން ރައްޔިތުން، އެކަންނުކުރުމަށްއެދި ސަރުކާރުގެ އެކިއެކި މުއްސަސާތަކުގައި އާދޭސް ކުރަމުން އެތަކެއްދުވަސްތަކެއް ވަންދެކަށް ހިގިއެވެ. ނަމަވެސް އެއަޑު އަހާކަށް ސަރުކާރުގެ ވެރިންނެއް ބޭނުމެއްނުވިއެވެ. ނަތީޖާއެއްގެ ގޮތުން އިސްލާމްދީނަށް ލޯބިކުރާ ދިވެހިރައްޔިތުންނަށް މަޖުބޫރުވީ ދެވަނަ ވިސްނުމަކަށްދާށެވެ. އެންމެފަހުން ސަރުކާރަށް އެކަންނުކުރުމަށް މަޖުބޫރުކުވީ މުސްލިމު ދިވެހިރައްޔިތުން މުޒާހަރާ ކޮށްގެންނެވެ. ތަޢްލީމީ މަންހަޖު އިސްލާހުކުރުމުގެ ނަމުގައި، މިހާރު ސަރުކާރުން އެފަދަ ދެވަނަ މުޒާހަރާއަކަށް ދިވެހިން ނިކުންނަން މަޖުބޫރުއެބަކުރުވައެވެ. މަތީޘާނަވީގެ ދަރިވަރުންނަށް ދިވެހިބާހާއި ދިވެހިންގެ ޢަޤީދާއާއި ގުޅިފައިވާ އިސްލާމް މާއްދާ އިޚުތިޔާރީ މާއްދާތަކަށް ހެދުމަށް އަދުގެ ސަރުކާރުން ވަނީ ނިންމާފައެވެ. މަތީ ޘާނަވީގެ ދަރިވަރުންނަށް ދޭން ކަނޑައަޅާފައި އޮތީ އިޚްތިޔާރީ މާއްދާތަކެއްގެ ގޮތުގައި ތިންފުރުޞަތެވެ. އެއިގެ ތެރޭގައި ދިވެހި، އިސްލާމް ނަގާ ދަރިވަރެއްނަމަ އިތުރަށް ކިޔަވަން ލިބެނީ އެންމެ މާއްދާއެކެވެ. ބޭނުމަކީ ދިވެހި، އިސްލާމަށް އޮތްފުރުޞަތު ހަނިކޮށްލުމެވެ. ކިޔަވަންބޭނުންވާ ދަރިވަރުންނަށްވެސް އެހެންދާއިރާއަކުން ކުރިއަށްދާން ބޭނުމިއްޔާ ދިވެހި، އިސްލާމްދޫކޮށްލަން މަޖުބޫރުކުރުމެވެ. ދިވެހިރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ޤަވާޢިދު ސަރުކާރު ގެޒެޓްގައި ޖަހައިދިނުމަށް އިސްލާމިކް މިނިސްޓްރީން އެދުނީމައި ރައީސް އޮފީހުން ބުނެފައިވަނީ އެޤަވާޢިދުގައި ޕޮލިސީއާއި ފުށުއަރާ ކަންތައްތަކެއް އެބަހުރި ކަމުގައެވެ. ނަމަވެސް އެއީ ކޮންޕޮލިސީއެއް ކަމެއް ހާމައެއްނުކުރެއެވެ. މުޅިދުނިޔެ ދަންނަ މަޝްހޫރު އިސްލާމީ ޢާލިމު ޑރ. ޒާކިރު ނައިކްގެ ދަރުސެއް ބާއްވަން އިސްލާމިކް މިނިސްޓީއަށް މިމާލެއިން ތަނެއް ލިބުނީވެސް ދިވެހިރައްޔިތުން މުޒާހަރާއަށް ނިކުމެދާނެ ކަމުގެ ބިރުހީވެގެންނެވެ.

އެމްޑީޕީ އިން އަބަދުވެސް ދަޢްވާ ކުރަނީ، އެއީ މިޤައުމުގައިއޮތް އެންމެ ޑިމޮކްރެޓިކް ސިޔާސީޕާޓީ ކަމުގައެވެ. އަދި ބައެއްފަހަރު އެމްޑީޕީން ބުނާގޮތުގައި ދިވެހިރާއްޖޭގައިއޮތް ހަމައެކަނި ޑިމޮކްރެޓިކް އުސޫލުން ހިންގާ ޕާޓީއަކީ އެމްޑީޕީއެވެ. ނަމަވެސް ވެރިކަމަށް އައިފަހުން މިފެންނަނީ ޢަމަލާއި ބަހާއި ދިމާނުވާ ތަނެވެ. ޑިމޮކްރަސީއަށް ފުރަގަސްދޭތަނެވެ. މިޤައުމުގެ ރައްޔިތުންނަކީ ސައްތައިންސައްތަ މުސްލިމުންނެވެ. އަދި އެއުރެން ބޭނުންވަނީ ދިވެހި ޤައުމު އިސްލާމީ އުސޫލުތަކުގެ މަތީގައި ބިނާކުރާށެވެ. ނަމަވެސް ސަރުކާރުގެ ޢަމަލުތަކަށްބަލާއިރު ފެންނަނީ މިޤައުމުގައި ތިބި އަލްމާނީ ފަލްސަފާއަށް ތާއީދުކުރާ މަދުބައެއްގެ އެދުމާއި އެއްގޮތަށް ޤައުމު ބައްޓަންކުރާށެވެ. ވީއިރު އެބުނާ ޑިމޮކްރަސީ ކޮބައިތޯއެވެ. ޑިމޮކްރަސީގައި އޮންނަނީ ގިނަމީހުން ބޭނުންވާ ގޮތްކަމަށްވާއިރު މިޤައުމުގެ ގިނަރައްޔިތުން އެދޭގޮތް އެއީ ޑިމޮކްރަސީއަށް ނުވަނީ ބާވައެވެ. ސަރުކާރުގެ މިފަދަ ނޭއްގާނި ޢަމަލުތަކަށްބަލާއިރު މިޤައުމު ދާޚިލީ ހަމަނުޖެހުމަކާއި ދިމާލަށް ލަވަމުން ގެންދާކަމަށް ޤަބޫލުކުރެވެއެވެ. އިސްލާމީ އުސޫލުތަކަށް ލޯބިކުރާ މީހުންނާއި ހުޅަގުގެ އުސޫލުތަކަށް ލޯބިކުރާ އަންމާނީ މީހުންނާއި ދެމެދުގައެވެ. މުރާސިލުން


Read more...