އުއްމު ފާޠިމާ
އަޅުގަނޑުމެންނަށް މިއަދު އެންމެ ގިނައިން އިވޭ އެއް އަޑަކީ ޙައްދު ފަހަނަޅައިފާ ޖަމާޢަތެއްގެ ބަޔަކު މިވެނިކަމެއް ނުވަތަ އެވެނި ކަމެއް ކޮށްފިވާހަކެއެވެ. ޙައްދު ފަހަނަޅައި ދާ މީހުން ގިނަ ވަމުންދާ ވާހަކައެވެ. ބަލާލާ ކޮންމެ ދިމާލަކުން ފެނިގެންދަނީ ހައްދު ފަހަނަޅާ ދާތީ އެކަމާ ކަންބޮޑުވެ ފިކުރު ބޮޑުވެފަ ތިބޭ މީހުންނެވެ. މައިންބަފައިން އެބައިމީހުންގެ ދަރިން ޙައްދު ފަހނަޅާ ދާތީ އެކަމާ ދެރަވެގެން އުޅޭތަނެވެ. ޤައުމުތަކުގެ ވެރިން ރައްޔިތުން ޙައްދުފަހަނަޅާ ދާތީ އެކަމާ ހައިރާންވެ ކަންބޮޑުވެފައިވާތަނެވެ. ޙައްދު ފަހަނަޅައި ދިއުމަކީ މިހާ ނުރައްކާތެރި ދީނީ އަދި އިޖްތިމާޢީ މައްސަލައަކަށް ވުމާއެކު، މި މައްސަލަ ޙައްލުކުރުމަށްޓަކައި މަސައްކަތް ކުރުމީ މުސްލިމު ކޮންމެ ފަރުދެއްގެ ބޮލުގައި އެޅިފައިވާ ޛިންމާއެކެވެ. މި ގޮތުން އަޅުގަނޑު މި ބަޙުޘްގައި ބަލާލާނީ ޙައްދު ފަހަނަޅާ ދިއުމުގެ ރާއްޖޭގެ މިޘާލުތަކާއި އެކަމާއި ކުރިމަތިލާނެ ގޮތްތަކާއި ބެހޭގޮތުންނެވެ.
ޙައްދަކީ ކޮބާ؟
"ޙައްދު" މި ބަހުގެ ލަފްޡީ މާނައަކީ އެއްޗެއް، ކަމެއް ނުވަތަ ތަނެއްގެ އިން ފާހަނގަ ކުރުމަށްޓަކައި ކަނޑައެޅިފައިވާ މިންގަޑެވެ. ޙައްދުގެ މާނައިގައި އަލް އިމާމުލް ބުޚާރީ ރަޙިމަހުﷲ ވިދާޅުވެފައިވަނީ"وأصل الحد ما يحجز بين ش:" ޙައްދުގެ އަޞްލަކީ ދެ އެއްޗެއްގެ ދެމެދުގައިވާ ހުރަހެވެ. އެހެންކަމުން ޙައްދު ކަނޑައެޅިފައިވާ ކޮންމެ އެއްޗެއްގެ ދެކޮޅެއް ވާނެއެވެ. ޝަރުޢީ ކަންތައްތަކުގައި ޙައްދަކީ ކަމެއް ކުރަން އަންގަވާފައިވާ ގޮތަށް ބަދަލުކުރުމެއްނެތި، އެއްވެސް މިންވަރަކަށް އުނި އިތުރުކުރުމަކާއިނުލައިއެކަންކުރުމެވެ.
ޙައްދުފަހަނަޅަޢި ދިއުމަކީ ކޮބާ؟
ޙައްދުފަހަޅައި ދިއުމަކީ ކަނޑައެޅިފައިޥާ ޙައްދަކުން ބޭރުވުމެވެ. މިޘާލަކަށް ތިނަކާއި ހަތަކާއި ދެމެދު ޙައްދު ކަނޑައެޅިފައިވާ އެއްޗެއްގައި އަށެއްވާނީ ކަނޑައެޅިފައިވާ ޙައްދުން ބޭރަށެވެ. ހަމަ އެފަދައިން ދޭއް ވެސް އެއީ ޙައްދުން ބޭރެވެ. ހަމަ މިފަދައިން ޙައްދު ކަނޑައެޅިފައިވާ އެއްވެސް ކަމެއްގައި ދެ ކޮޅުން ކުރެ އެއްކޮޅުން ބޭރުވިނަމަވެސް ބެލެވޭނީ ޙައްދުން ބޭރުވެ، ޙައްދު ފަހަނަޅައި ދިއުން ކަމަށެވެ. އެހެންކަމުން ކަމެއް ކުރުމުގެ ސަބަބުން އަދި ނުކުރމުގެ ސަބަބުންވެސް ޙައްދު ފަހަނަޅައި ހިގައިދެއެވެ . ދީނީ ކަންތައްތަކަށް ބަލާލާއިރު މާތްﷲ ޝަރުޢު ނުކުރައްވާ ގޮތަކަށް އަޅުކަން ކުރުމީ ޙައްދު ފަހަނަޅައި ދިއުމެވެ. އަދި ކުރަން އަންގަވާފައިވާ އަޅުކަމެއް އަންގަވާފައިވާ ވަރަށް ވުރެ ގިނައިން ނުވަތަ އިތުރަށް ކުރުމަކީވެސް ޙައްދު ފަހަނަޅައި ދިއުމެވެ. ދީނީ ކަނަތައްތަކުގައި ޙައްދު ފަހަނަޅައި ދިއުމަށް ޢަރަބި ބުހަގައި އާއްމުކޮށް ބޭނުން ކުރެވޭ ލަފްޡަކީ "تطرف" އެވެ. އަދި ހަމަ އެފަދައިން "غلو" އޭ ވެސް ކިޔެއެވެ. ދީނީ ގޮތުން ބަލާއިރު ޙައްދު ފަހަނަލައި ދިއުމަކީ ޝަރުޢުގައި އަންގަވާފައިވާ ކަމެއް ނުކޮށް ދޫކޮށްލުން( އެއީ ވާޖިބެއް ކަމުގައިވާނަމަ) ނުވަތަ އަންގަވާފައިވާ ކަމެއް ކުރުމުގައި އަންގަވާފައިވާ މިންވަރަށް ވުރެ އިތުރަށް ކުރުން ކަމަށްވާއިރު ބައެއް މީހުންނަށް ހީވާ ގޮތުގައި ދީނީ ވާޖިބުތައް އެކަންތައް ކުރަން އަންގަވާފައިވާ ގޮތަށް އުނިއިތުރުނުކޮށް ކުރުމީ ޙައްދު ފަހަނަޅައި ދިއުންކަމުގައެވެ. މިއީ ޢައިރު މުސްލިމުންގެ ފިކުރީ ހަނގުރާމައިގެ އެބައިމީހުން މަކަރުވެރި ރޭވުންތަކުގެ ތެރެއިން ހިމެނޭ ކަމެކެވެ. ވުމާއެކު ޙަޤީޤަތަށް ރުޖޫޢަވާންޖެހެއެވެ. އެހެނީ މުސްލިމުންގެ ތެރެއިން ދީނުގައި ކަނޑައަޅުއްވާފައިވާ އިމުން ބޭރުގައި ޢަމަލު ކުރާ ބަޔަކު އުޅުނު ނަމަވެސް، ދީނުގެ އަންގަވާފައިވާ އިމުގެ ތެރޭގައި އަޅުކަންތައް ކުރުމަކީ ޙައްދުފަހަނަޅައި ދިއުންކަމުގައި ނުބެލެވޭނެތީއެވެ.
ވުމާއެކު އަޅުގަނޑު މިލިޔުމުގައި ބަލާލާނީ ޙައްދުފަހަނަޅައި ދިއުމުގެ ރާއްޖޭގެ މިޘާލުތަކާއި އެއާ ކުރިމަތިލާނެ ގޮތްތަކާއި ބެހޭގޮތުންނެވެ.
އިޢުތިޤާދީ ކަންތައްތަކުގައި ޙައްދު ފަހަނަޅައި ދިއުން.
1. މުސްލިމުން ކާފިރުކުރުން:- އިޢުތިޤާދީ ކަންތައްތަކުގައި ނުވަތަ ޤަބޫލުކުރާ ޤަބޫލުކުރުންތަކުގައި ޙައްދު ފަހަނަޅައި ދިއުމުގެތެރޭގައި އަޅުގަނޑުމެންގެ މި ދިވެހިރާއްޖެއިން ފެންނަމުންދާ އެއްކަމަކީ "التكفير" ކާފިރުކުރުމުގެ ނުރައްކާތެރި އަދި އެހާމެ ބިރު ބޮޑު މައްސަލައެވެ. މިއީ ޙުލަފާއުއް ރާޝިދީންގެ ހަތަރު ވަނަ ޚަލީފާގެ ޒަމާނުން ފެށިގެން އިސްލާމީ ދުނިޔޭގައި ފެތުރިފައިވާ ފަރުވާއެއް ނެތްފަދަ މަޢުނަވީ ބައްޔެކެވެ. މި މަޢުނަވީ ބަލި ރާއްޖޭގެ މާހައުލަށް ނަޤުލުވިތާ މާ ގިނަ ދުވަހެއް ނުވިކަމުގައިވީނަމަވެސް މިކަނަތައް މި މާހައުލުގައި ނުރައްކާތެރި ދަރަޖައަކަށް ފެތުރެމުންދާކަން ބަޔާންކުރަންޖެހެނީ ނުހަނު ބޮޑަށް ހިތާމަ ކުރާ ޙާލުގައެވެ. އެހެނީ އެހެން މުސްލިމުން ކާފިރުކުރުމުގެ މި ނުރައްކާތެރި ފިކުރަކީ އޭގެ މައްޗަށް ވަރަށް ގިނަ ކަންތައްތަކެއް ބިނާ ވެފައިވާކަމަކަށް ވުމެވެ. މި މައްސަލަކީ މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައި ވަސައްލަމް ތަޙުޛީރު ދެއްވާފައިވާކަމެކެވެ. އެކަލޭގެފާނު ހަދީޘް ކުރައްވާފައިވެއެވެ." أيما امرئ قال لأخيه "كافر" فقد باء بها أحدهما: إن كان كما قال، وإلا رجعت إليه" މާނައީ" އެއްވެސް މީހަކު އޭނަގެ އަޚާއާއި ދިމާލަށް ކާފިރެކޭ ބުނެފިނަމަ އެ ދެމީހުން ކުރެ އެކަކަށް އެކަން ރައްދުވެއެވެ. އޭނަ ކާފިރެކޭ ކިޔައި ގޮވި މީހާ ކާފިރަކަށް ނުވެއްޖެނަމަ، އޭނަގެ އަމިއްލަ ނަފްސުގެ މައްޗަށް އެކަން ރައްދުވެދެއެވެ". އަދި މުސްލިމަކު އޭނަގެ ޢަމަލާއި ބަހުގެ ސަބަބުން ދީނުން ބޭރުވެ ކާފިރަކަށް ވީ ނަމަވެސް އެކަން ކަނޑައަޅައި ނިއްމާނީ ކާފިރުވުމުގެ ޝަރުތުތަކާއި މަވާނިޢުތަކަށް ބެއްލެވުމަށްފަހު ރައްބާނީ ޢިލްމުވެރިންނެވެ. ސަބަބަކީ އެއްވެސް އުޞޫލެއްނެތި ކޮންމެ މީހަކުމެ އެމީހަކު ހިތަށް އެރި މީހަކު ކާފިރުކުރަން ވެއްޖެނަމަ އެއްވެސް މަޞްލަހަތަށް ނޯންނާނެތީއެވެ.
2. އިސްލާމް ދީނަކީ މިއަދުގެ ތަޙުޛީބާއި ނުގުޅޭ ޒަމާނަށް އެކަށީގެން ނުވާ ދީނެއް ކަމަށް ޤަބޫލުކުރުން:- އަޅުގަނޑުމެންގެ ބައެއް ޒުވާނުން ޤަބޫލުކުރާ ގޮތުގައި އިސްލާމް ދީން އަދި އިސްލާމީ ޝަރީޢަތް މިޒަމާނަށް އެކަށީގެން ނުވެއެވެ. ހަމަ އެހެންމެ ތަރައްޤީއާއި ތަމައްދުނުގެ މިޒާމަނުގައި އިސްލާމް ދީނަށް އެއްވެސް ފުރުޞަތެއް ނެތް ކަމަށް އެބައިމީހުން ޤަބޫލުކުރެއެވެ. މިއީ ހުޅަގުގެ ޤައުމުތަކުން ތަޢުލީމު ޙާޞިލުކޮށްގެން އަންނަ ރާއްޖޭގެ ބައެއް ޒުވާނުންގެ ފިކުރުކަމުގައި ހިތާމައާއެކު ދަންނަވަންޖެހެއެވެ. މީގެ ދިރިހުރި މިޘާލެއްގެ ގޮތުން ދާދި ފަހުން ޙައްދުޖެހުމުގެ ސަބަބުން އަށާރަ އަހަރު ނުފުރޭ އަންހެން ކުއްޖަކު ހޭނެތުނު ކަމަށްޓަކައި މިފަދަ ޒުވާނުން ނިސްބަތްވާ ޖަމިއްޔާތަކުން ރާއްޖޭގައި ޙައްދު ޖެހުން ހުއްޓާލުމަށް ގޮވުން ހިމެނެއެވެ. ޙައްދުފަހަނަޅައިފައި ތިބި މިފަދަ ޒުވާނުންގެ ހިތްތަކުގައި ކުފުރުގެ ނިޡާމުތަކަށް އިންތިހާއަށް ލޯބިޖެހިފައި ވުމުގެ ސަބަބުން މިފަދަ ކަންތައްތައް ކުރަމުންދެއެވެ. އިސްލާމީ ދީނާއި ދެކޮޅު ލިއިންތަކާއި ކަންތައްތައް ފަތުރަން މަސައްކަތް ކުރަމުންދާއިރު އެންމެފަހަރަކު ނަމަވެސް ތިމަންމެންނީ މާތްﷲ ޙަޟްރަތަށް ރުޖޫޢަވާނޭ ބަޔަކު ކަންވެސް ނުވިސްނައެވެ. އިސްލާމް ދީނަކީ ހުރިހާ ކަމެއްގެ ޙައްލު ކަމުގައި ވިސްނުންވެސް އެބައިމީހުންނަށް ވަނީ ދަތިކަމަކަށެވެ. ﷲ ތަޢާލާގެ ޙަޟްރަތުގައި ޤަބޫލުކުރެވިގެންވާ ދީނަކީ ހަމައެކަނި އިސްލާމް ދީންކަން މިފަދަ ޖާހިލުންނަށް ނުމެ އެނގޭމެއެވެ.
ޢިބާދާތުގައި ޙައްދު ފަހަނަޅައި ދިއުން
1. އަޅުކަންތައް އަންގަވާފައިވާ މިންވަރަށްވުރެ( ތަކްލީފު ލިބިގެންވާ މިންވަރަށްވުރެ) އިތުރަށް ކުރުން:-
އަޅުގަނޑުމެންގެ މި ޤައުމުގައި މަދުން ނަމަވެސް އަޅުކަންތައް އަންގަވާފައިވާ މިންވަރަށް ވުރެ އިތުރަށް އަދި އެބައިމީހުނަށް ކުޅަދާނަ ވެގެން ނުވާ މިންވަރަކަށް ކުރާ ބަޔަކު އުޅޭކަންވެސް ފާހަނގަ ކޮށްލަންޖެހެއެވެ. މިފަދަ މީހުންގެ ބައެއް ޢަމަލުތަކުގެތެރޭގައި ދަމު ނަމާދު ކުރުމުގައި ނަފްސަށް ކުޅަދާނަކަށް ލިބިގެންނުވާ ވަރަށް ކުރުން ހިމެނެއެވެ. ކިތައްމެ ނިދި އައިސް ހުއްޓަސް ދަމު ނަމާދުކުރުމުގައި ދެމިހުރުން ހިމެނެއެވެ. ނަމަވެސް މިކަމުގައި އޮތް ނަބަވީ އިރުޝާދަކީ ދަމު ނަމާދު ކުރަމުންދާއިރު ކުރިއަށް ނުދެވޭ ދަރަޖައަކަށް ނިދި އަންނަނަމަ ނިދާލާފައި ދެން ތެދުވެ ކުރިއަށް ގެންދިއުމެވެ. ހަމަ މިފަދައިން ދަތުރު ވެރިންނަށް ރޯދަ ދޫކޮށް ލުމާއި ނަމާދު ކުރު ކުރުން ފަދަ މާތްﷲ ދެއްވާފައިވާ ލުއި ފަސޭހަތަކުގައި ނުހިފައި ތިމާގެ ނަފްސަށް ކެތްނުވާ އިރުވެސް މިކަންތައް ފުރިހަމަކުރުމީ އަޅުކަންތަކުގައި ޙައްދުފަނަޅައި ދިއުމުގައި ރާއްޖެއިން ފެންނަ މަންޒަރުތަކެވެ.
ނަމަވެސް، ފިރިހެނުން ތުބުޅި ބެހެއްޓުމާއި، އަންހެނުން މޫނު ބުރުގާ އެޅުމާއި، ބަރާބަރަށް ފަސް ނަމާދަށް ޖަމާޢަތުގައި ރައްކާތެރިވުން ފަދަ ދީނުގައި އަންގަވާފައިވާ ކަންތައްތައް އަންގަވާފައިވާ އުޞޫލުން ކުރުމާއި، އިސްލާމް ދީނުގެ ޝިޢާރުތަކަށް ބޯލެބުމަކީ އަޅުކަމުގައި ޙައްދު ފަހަނަޅައި ދިއުންކަމަށް އަޅުގަނޑުމެންގެ ތެރެއިން ގިނަ ބަޔަކަށް ހީވެފައިވާ ހީވުމަކީ ފިކުރީ ހަނގުރާމައިގެ ބޮޅެއްކަންވެސް މިތަނުގައި ފާހަނގަ ކޮށްލަންޖެހެއެވެ. މިއީ ޢަދާވަތްތެރިންގެ މަކަރުވެރި ރޭވުންތަކާއި އެ ބައިމީހުންގެ ޙީލަތްތެރި ކަމުގައި އަޅުގަނޑުމެން ޖެހިފައިވުމުގެ ނަތީޖާއެވެ.
އަންގަވާފައި ނުވާ އަޅުކަންތައް ކުރުން:-
އިސްލާމް ދީނުގައި އަޅުކަމުގެ އަސްލަކީ ޙަރާމް ވުމެވެ. އެހެނީ އެއްވެސް އަޅުކަމެއް ދިލީލެއްނެތި މާތްﷲ ގެ ރުހުން ލިބެނިވި އަޅުކަމަކަށް ނުވާނެތީއެވެ.މާތް ނަބިއްޔާ މުޙައްމުދު ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރައްވާފައިވެއެވެ." من أحدث في أمرنا هذا ما ليس منه فهو رد" މާނައީ "ތިމަންކަލޭގެފާނު ގެންނެވި ދީނުގެ ތެރެއަށް އާ ކަންތައްތައް ގެންނަ މީހާ ދަންނައެވެ! ހަމަކަށަވަރުން އޭނާ ގެނައި ކަންތައްތައް އޭނައަށް ރައްދުވެގެންވެއެވެ." ނަމަވެސް އަޅުގަނޑުމެންގެ މި ކުޑަ މުޖުތަމަޢުތަކުގައިވެސް އެއްވެސް އަޞްލެއް ނެތް އަޅުކަންތައް ކުރަމުންދާކަމީ ޙަޤީޤަތަށް ވިސްނާލި ކޮންމެ މީހަކަށް ކަށަވަރުވާނެކަމެކެވެ. މި ގޮތުން ޞައްޙަ ދަލީލަކާއި ނުލާ ވަކި ދުވަހެއް ޚާއްޞަ ކޮށްގެން ރޯދަ ހިފުމާއި ، އަތެއް ފައެއް ނެތް މައުޟޫޢު ޙަދީޘްތަކަށް ބުރަވެ ކުރާ ނަމާދުތައް ހިމެނެއެވެ. ހުކުރު ދުވަހުގެ ރޭ ފަދަ ރޭ ތަކުގައި މާލޫދު ކިޔެވުމަކީވެސް މިފަދަ އަޞްލެއްނެތް، އަޅުކަމުގައި ޙައްދު ފަހަނަޅައި ދިއުމުގެ ތެރޭގައި ހިމެނޭ ކަމެކެވެ. ހަމަ މިފަދައިން ޒިޔާރަތްތަކަށް ނަދުރުބުނުމަކީވެސް ދިވެހިންގެތެރޭގައި އަށަގަނެފައިވާ ކަމެކެވެ.
މުޢާމަލާތުގައި ޙައްދުފަހަނަޅައި ދިއުން:-
އިސްލާމް ދީނަކީ އިންސާނުން އުޅެންވީ އެންމެ ފުރިހަމަ ގޮތް ބަޔާންކުރާ ދީންކަމީ ޝައްކެތް އޮތްކަމެއް ނޫނެވެ. އެހެންކަމުން ދިރިއުޅުމުގެ ހުރިހާ މައިދާނެއްގައި އިންސާނުންގެ އުޅުމާއި ގުޅުން ބަހައްޓަންވީ ގޮތް ވަނީ އަންގަވާފައެވެ. ތިމާއަށް ﷲތަޢާލާ ދެއްވާ ރިޒުޤު ހޭދަކުރަންވީ ގޮތާއި ހޭދަކޮށްގެން ނުވާނެގޮތްވެސް ވަނީ ބަޔާންކޮށްފައެވެ. ކަންމިހެން އޮތްއިރު ތިމާއަށް ކޮންމެހެން ބޭނުންނުވާ އެއްޗެހި ގަތުމާއި، ބޭނުންވާ ވަރަށް ވުރެ އިތުރަށް އެއްޗެހި ގަތުމަކީ ﷲ ތަޢާލާ ދެއްވާފައިވާ އެ އިލާހުގެ ރިޒުޤުން އިސްރާފުކުރުމެވެ.މާތްﷲ ވަޙީ ކުރައްވާފައިވެއެވެ.(ولا تسرفوا) މީގެ ތެރޭގައި ހަމަ ޔަޤީނުންވެސް މުދަލުން އިސްރާފުކުރުންހިމެނެއެވެ.. މިއީ މުދާ ހޭދަކުރުމުގައި ޙައްދުފަހަނަޅައި ދިއުން ކަމުގައިނޫނީ ނުވާނެކަން ކަށަވަރެވެ.
ޙައްދު ފަހަނަޅައި ދިއުމާއި ކުރިމަތިލާނެގޮތަތައް:-
ޙައްދު ފަހަނަޅައި ދިއުމަކީ މުޖުތަމަޢުގެ އެންމެން ކަންބޮޑުވާ، ނުރައްކާތެރި މައްސަލައަކަށްވާއިރު، މިކަމުން މުޖުތަމަޢު ރައްކާތެރި ކުރުމަށްޓަކައި ކުރެވެން އޮތް އެންމެހާ މަސައްކަތްކުރުމަކީ ކޮންމެފަރުދެއްގެ ކޮޑުގައި އެޅިފައިވާ ޛިންމާއެކެވެ. މިގޮތުން މި ނުރައްކާތެރި ފިކުރުން މުޖުތަމަޢު ސަލާމަތްކުރުމަށްޓަކައި ކުރެވިދާނެ ބައެއް ކަންތައްތައް ބަޔާންކޮށްލާނަމެވެ.
1. މިކަމުގެ ނުރައްކާތެރިކަން ހާމަކޮށްދީ މީހުން ހޭލުންތެރި ކުރުވުމުގެ ޕޮރުޤުރާމްތައް ހިންގުން.
2. ދީނީ ގޮތުން ބަލާއިރު މިކަމަކީ ކިހާ ނުރައްކާތެރި ކަމެއްކަން ޓީވީ ރޭޑިޢޯ ޗެނަލްތައް މެދުވެރިކޮށް ހާމަކޮށް ބަޔާންކޮށްދިނުން.
3. ދީނީ ޢިލްމުވެރިންގެ ދައުރު ފުޅާކޮށް އިސްލާމީ ޞައްޙަ މަންޙަޖު ބަޔާންކޮށްދިނުމުގައި ހީވާގިވުން.
4. މަދަރުސާ ސުކޫލުތަކުގައި އިސްލާމް ދީން ރަގަނޅަށް އުގެނޭނެ ގޮތް ހަމަޖެއްސުން، އަދި އިސްލާމީ ތަރުބިއްޔަތު ހަރުދަނާ ގޮތެއްގައި ކިޔަވާ ދިނުން.
5. ޒުވާނުންނަށް ވަޒީފާގެ ފުރުޞަތު ހޯދައިދީ އެބައިމީހުންނަކީ ހުސްވަގުތުތައް މި ފަދަ ކަންތައްތަކަށް ދުއްވާލާ ބަޔަކުކަމުގައި ނުވޭތޯ އެންމެން އަތުގުޅައިލައިގެން މަސައްކަތް ކުރުން.
6. ސުކޫލް ނިމޭ ކޮންމެ ދަރިވަރަކީ އިސްލާމީ ދީނުގެ މައިގަނޑު އުޞޫލުތައް ދަންނަ ދަރިއަކަށް ހެދުން.
7. ދަރިން ތަރުބިއްޔަތު ކުރުމުގައި މައިންބަފައިން މިކަމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުން.
8. ރާއްޖެއިން ބޭރަށް ކިޔަވަންދާ ކޮންމެ ކުއްޖަކީ އިސްލާމީ ތަރުބިއްޔަތި ލިބިފައިވާ ކުއްޖަކަށް ހެދުން.
9. ފިކުރީ ހަނގުރާމައަށް ސަމާލުކަންދީ އެކަންތައްތަކުން ޤައުމުގެ ޒުވާނުން ރައްކާތެރި ކޮށްދިނުން.
(ނިމުނީ) murasil

No comments:
Post a Comment