Sunday, May 16, 2010

ދީނީ ދަރުސްއަކަށް ދައުވަތު އެރުވުމުން އެކަމަށް ރައީސް ނަސީދު ފާޅުގައި އިންކާރު ކޮށްފި!



ދީނީ ދަރުސްއަކަށް ދައުވަތު އެރުވުމުން އެކަމަށް ރައީސް ނަސީދު ފާޅުގައި އިންކާރު ކޮށްފި!

ޖަމިއްޔަތުއްސަލަފުން ސިލްސިލާކޮށް ވަރަށް ބޮޑެތި ހޭދަ ތަކެއް ކޮށްގެން ކޮންމެ އަހަރަކު ހިންގުމަށް ހަމަޖެހިފައިވާ ދަ ކޯލް އިވެންޓުގެ ބޮޅެއް މި އަހަރު ޖޫންމަހުގެ 03 އިން 06 ބޭއްވުމަށް ހަމަޖެހިފައިވާކަން ވަނީ އެޖަމިއްޔާއިން އިއުލާން ކުރަޢްވާފައެވެ. މި ގޮތުން މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ އިވެންޓުގައި ލެކްޗަރ ދިނުމަށް ވަޑައިގަންނަވަނީ ދުނިޔޭގެ މަޝްހޫރު ދެ ދާއީން ކަމުގައިވާ ޑރ. ބިލާލް ފިލިޕްއާއި އަބްދުއްރަޙީމް ގްރީން ކަމުގައި އެޖަމްއިއްޔާއިން ވަނީ އިއުލާން ކުރައްވާފައެވެ. މި ގޮތުން މި ތިންދުވަހުގެ ތެރޭގައި ޖުމްލަ 7 ދަރުސް ބޭއްވުމަށް ހަމަޖެހިފައިވާއިރު ރޭގަނޑު ބޭއްވުމަށް ހަމަޖެހިފައިވާ ދަރުތައް ކާނިވާ ސްޓޭޖްގައި ބޭއްވުމަށް ރޭވިފައިވާއިރު ހަވީރު ބޭއްވުމަށް ހަމަޖެހިފައިވަނީ ތާޖުދީން ސުކޫލްގައިކަން އެ ޖަމްއިއްޔާއިން ހާމަ ކުރެއެވެ.

މި އިވެންޓްތައް ބޭއްވުމުގެ ގޮތުން މިހާރު ދަނީ އެކިއެކި ޖަލްސާތައްބާއްވައި މިކަމަށް ބޭނުންވާނޭ ވޮލަންޓިއަރުން ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. މި ޖަމިއްޔާއިން އުއްމީދުވެސް ނުކުރާހާގިނަ ވޮލަންޓިއަރުން މިހާރުވެސް ލިބިފައިވާކަމަށް މިޖަމިއްޔާއިން ހާމަކުރެއެވެ. މި ފުރުސަތަކީ ހަމަކޮންމެ ބޭފުޅަކަށްވެސް އޮތް ފުރުސަތެއްކަން އެޖަމިއްޔާއިން ހާމަކުރެއެވެ. އަދި މިކަމަށްބޭނުންވާނޭ ފައިސާގެ 55% ދީލަތި ފަރާތްތަކުގެ އެހީގައި ލިބިފައިކަމަށްވެސް މި ޖަމިއްޔާއިން ހާމަކުރެއެވެ. މި ދަރުސްތައް ޓީވީ މޯލްޑިވްސް އިން ލައިވް ކުރުމަށްޓަކައި ގާތްގަނޑަކަށް 350000 ރުފުޔާ ހޭދަކުރަން ޖެހުމުގެ ސަބަބުން އެޖަމިއްޔާއަށް ޓީ ވީ މޯލްޑިވްސްއިން ދަރުސްތައް ދުރަށް ދެއްކުމަށް ވަނީ ނުކުޅެދިފައެވެ. ނަމަވެސް މިހާރު ދަނީ ވީޓީވީއާއިއެކު މިކަން ލުއި ގޮތަށްކަށް ބާޓާ ސިސްޓަމްގެ އުސޫލުން ކުރެވޭތޯ ބެލުމަށް މަޝްވަރާ ކުރެވެމުންކަމަށް މި އިވެންޓްގައި އިސްކޮށް އުޅުއްވާ ފަރާތުން ހާމަކުރެއެވެ.
މި އިވެންޓުތަކަށް ވަޑައިގަތުމަށްޓަކައި ރަޢީސުލް ޖުމްހޫރިޔާއަށާއި ނައިބް ރައީސް އަދި މިނޫންވެސް ސަރުކާރުގެ އިސްފަރާތްތަކަށް ދައުވަތު ދެއްވާފައިވާކަން މިކަމުގައި އިސްކޮށް އުޅުއްވާ ފަރާތްތަކުން މިރޭ މާފަންނު މަދަރުސާގައި ބޭއްވި ބައްދަލުވުމުގައި ވަނީ ވިދާޅުވެފައެވެ. މި ގޮތުން ރައީސުލް ޖުމްހޫރިއްޔާ މުޙައްމަދު ނަސީދަށް އެރުވި ދައުވަތު ޖަވާބުގައި އޭނާ އަށް ވަޑައިނުގެންނެވޭނޭ ކަމަށާއި ބަދަލުގައި ކޮންމެސް އަންހެނަކު ބައިވެރިވާނޭކަން އަންގާފައިވާކަމަށް މިކަން އިންތިޒާމް ކުރާފަރާތްތަކުންވަނީ ހާމަކޮށްފައެވެ. އަޅުގަނޑު ދެކޭގޮތުގައި މިކަމަކީ ޖަމިއްޔަތުއް ސަލަފަށް މިކަމުގައި ލިބޭނޭ އެންމެ ބޮޑު ހިތާމައެވެ. ސަބަބަކީ މި އިވެންޓް ތަކަކީ އެބޭފުޅޫން ވަރަށް އިޙްލާސްތެރިކަމާއި އެކު ކުރަމުންދާ މަސައްކަތަކަށް ވާއިރު މި ސައްތައިން ސައްތަ އިސްލާމް ކަމަށް ދައުވާ ކުރާ ދިވެހިރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ މިކަން ބަލައި ނުގަތުމެވެ... އަޅުގަނޑު ހިތާހިތާ ކޮށްލެވޭ ސުވާލަކީ މިފަދަ ރައީސްއަކު އެހެންތަނެއްގަ ދިރިއުޅޭ އިސްލާމުންނަށް ހެވެއް އެދޭނެ ބާއޭ؟ މި ހެން ހީވާ މިޖެހުނީ މިހާރު އެންމެ ގަދަޔަށް ދެކެވެމުންދާ ވާހަކައަކީ ގުއަންޓަނާމޯ ބޭ ޖަލުގައި ތިބި ދެ މުސްލިމުން ރާއްޖެ ގެނައުމުގެ ވާހަކަ ކަމުގައި ވާތީއެވެ. ރައީސް ރޭޑިއޯ ހިތޯބުގައި ބުނެފައިވަނީ "ހަމަ އަޅުގަނޑުމެން ދެން އެހީތެރިވެދެވޭތޯ މިބަލަނީ، އަދި އިތުރު ދެމީހަކަށް. އެ ދެމީހުން ރާއްޖެ އައުމަކުންނެއް އަޅުގަނޑު ނުދަންނަވާނަން، ދިވެހިރާއްޖޭގެ އެއްވެސް ކަމަކަށް އެއްވެސް ބަދަލެއް، އެއްވެސް އުނިކަމެއް އައިސްގެނެއް ނުދާނެ. އެއާ ޚިލާފަށް ރާއްޖެއަށް ލިބޭނީ ރަނގަޅު. ލިބޭނީ ރީތި ނަން. ލިބޭނީ ޤަދަރާއި ޢިއްޒަތް. އަޅުގަނޑުމެންނަކީ އެހެން މީހުންގެ އުނދަގޫ ކަންކަމުގައި އަޅުގަނޑުމެންނަށް ވީމިންވަރަކުން އަޅާލާ ބައެއްގެ ގޮތުގައި އަޅުގަނޑުމެންނަށް ފާހަގަވެވޭނެ. ޚާއްޞަ ގޮތެއްގައި ޖަލެއްގައި ނުޙައްޤުން ހައްޔަރުވެތިބި ބަޔަކު، ޚާއްޞަކޮށް އިސްލާމް ބަޔަކު އެމީހުންނަށް ލުއިގޮތެއް ހޯދައިދިނުމުގައި ދިވެހިރާއްޖެއިން އެހީތެރިވެވެން އޮއްވާ، އަޅުގަނޑުމެން އެކަން ނުކޮށް ދޫކޮށްލުމަކީ އަޅުގަނޑުގެ ނަޒަރުގައި، އަޅުގަނޑުމެންގެ ޤާނޫނުއަސާސީއަކާވެސް އަދި މާތްވެގެންވާ އިސްލާމްދީނަކާވެސް، އަދި ދިވެހިވަންތަކަމާވެސް އެއްގޮތަކަށްވެސް އެއްގޮތްކަމެއް ނޫން. އަޅުގަނޑުމެން ވީމިންވަރަކުން ހުރިހާ އެންމެންނަށް އެހީތެރިވެދޭންޖެހޭނެ" އަޅުގަނޑު ހިތަށް މިއަރަނީ މިހާ ދީނަށް ލޯބި ކުރާ ރައީސަކު މިކަހަލަ އިވެންޓަކަށް އިންކާރު ކުރަންވީ ސަބަބަކީ ކީއްވެގެން ބާއެވެ. ހަމަގައިމުވެސް އަޅުގަނޑަށް ހީވާގޮތުގައި އެހެން ބަޔަކު އިސްލާހް ވުމަށްވުރެ ރަނގަޅީ އަމިއްލަޔަށް ފުރަތަމަ އިސްލާޚް ވުން ހެނެވެ. އެހެން ވީމާ މި ގުއަންޓަނާމޯބޭ ޖަލުގެ މައްސާލާއާއި ބެހޭ ހުރިހާ ކަމެއް ސާފް ކުރުމަކީ ވަރަށް މުހިއްމުކަމެކެވެ. މުރާސިލުން

1 comment:

  1. I say, Let him be.. The presence of a certain person showing up for a blessed gathering will not be a good thing for us or the organizers of the gathering, but rather for the person who comes. Ultimately everyone will come to know of his actions, which will constitutie the things he or she did or did not...
    so let him be..

    ReplyDelete