ލިޔުނީ: ހުސެއިން ހަބީބު
ދިވެހި ރާއްޖޭގެ ޤައުމީ ދިފާއީ ބާރުގެ ފަރާތުން ޑރ. ޒާކިރު ނައިކުގެ ސެކިއުރިޓީ ބެލެހެއްޓުމާއި ހަވާލުނުވީ މިލްޓަރީ ޤާނޫނު ތަންނުދޭތީ ކަމުގައި ކަމަށް އިސްލާމިކް މިނިސްޓްރީގެ ޑިރެކްޓަރ ޖެނަރަލް އަޙްމަދުﷲ ޖަމީލް ވިދާޅުވެއްޖެއެވެ.
އަޙްމަދުﷲ މިހެންވިދާޅުވީ މިއަދު ދި-އިސްލާމްކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. އެމް.އެން.ޑީ.އެފް އިން މިއިވެންޓްގެ ސެކިއުރިޓީ ބެލެހެއްޓުމަށް އެމް.އެން.ޑީ.އެފް އިން ހަވާލު ނުވުމުން އެކަމާ ވިދާޅުވަނީ ކީކޭތޯ އެއްސެވުމުން އަޙްމަދުﷲ ވިދާޅުވީ ސިފައިންގެ ޤާނޫނު ބުނާގޮތުން މަދަނީ ކަންކަމުގައި ޚަރަކާތްތެރި ވުމަށް ތަންނުދޭކަމަށެވެ. ނަމަވެސް ފުލުހުން އެދިއްޖެ ޙާލަތެއްގައި އެމް.އެން.ޑީ.އެފްއަށްވެސް ޚަރަކާތްތެރިވުމުގެ ފުރުޞަތު އޮންނާނެކަމަށެވެ. dhiislam
No comments:
Post a Comment