އިއްޔެއަކީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހެވެ. ހިތާމައަކީ އެފަދަ ދުވަހަކު އިވިގެންދިޔަ ޚަބަރުތަކަކުންނެވެ. ދިވެހިރާއްޖޭގެ މީޑިޔާގައި މަޝްހޫރުކަން ހޯދަމުން އަންނަ ދެ ވެބަސައިޓް ހެކްކުރި ޚަބަރެވެ. ރާއްޖޭގެ އާޓިސްޓެއްގެ ދެވެބަސައިޓެވެ. އެސައިޓު ތަކުގައި އާންމުކޮން ލާދީނީ މީހުންގެ ޙިޔާލު ނުވަތަ މިހާރުގެ ގޮތުން ބުނަނީނަމަ އަނެއް ފިކުރުގެ މީހުންގެ ގޮތްތަކަށް ކުރެހުމުން ރައްދުދެމުންދިޔައެވެ. ފިނިއަށީގެ ފަރާތުން ކުރި ދިރާސާއިން އިނގުނު ގޮތުގައި މިކަމުގެ އަޑީގައިވަނީ ރާއްޖޭގައި މިއިޅޭ ލާދީނީ ބައިގަނޑެވެ.އަދި ދިވެހިސަރުކާރާއި އިންޑިޔާ ސަރުކާރުގެވެސް އަތެއް ވެދާނެކަމަށް ދިރާސާތަކުން ދައްކައެވެ. ދާދިފަހުން ވަނީ ރާއްޖޭގެ މަޝްހޫރު ޖިބުއެގެ ސައިޓާއި މިނިވަން އޮންލައިންހެކުކުރި ޚަބަރު މީޑިއާގެ ފަލަ ސުރުހީތަކަށް އަރާފައެވެ. މިނިވަންކަން އޮންނަށްވީ ހަމައެކަނި ލާދީނީމީހުންގެ ފިކުރު ފަތުރަން އެކަންޏެއް ނޫނެވެ. ލާދީނީ ވެބްސައިޓެއް ހެކްކުރިނަމަ މިއަދު އެކަން ކުށްވެރިކޮށް ދިވެހި މީޑިއާގެ އިސްވެރިންގެ އަނގަ މައިތިރި ނުވީހެވެ. މީޑިޔާގައި މިނިވަންވީ ހަމައެކަނި އަނެއްފިކުރެވެ.
ހައްދެއް އިމެއްވެސް ނެތީތާއެވެ.
-
ގާނޫނާ ޚިލާފަށް އުޅެނިކޮށް ޑިޕޯޓް ކުރި ނޯވޭގެ މީހާ
މިދެދުވަހެއްގައި، ރާއްޖޭގައި އެންމެ ހިނގާ ހަބަރަކީ ފަރަންސޭސި
ދެމަފިރިއަކާއި ދަރިން ޤާނޫނާ ޚިލާފަށް ...
1 week ago
"I bet I can find 1,000 people who DISLIKE Hilath Rasheed!!!" ge namuga Ali Ahsan hedhi group ves hack koffi. mi kankurumah takaa vanee Ali Ahsan ge email account aa ehen baeh admin membarunge email thah hack koffa. adhi mihaaru hack kuri meehun vanee Ali Ahsan ge facebook login id ves badhalukoffa. adhi group ge nun ves "DISLlKE" in than "LIKE" ah badhalukoffa . mihaaru mi group ge namakee "I bet I can find 1,000 people who LIKE Hilath Rasheed!!!" . ekamaku mi group ah join vefa thibi gina baiverin nakee mi hack kurumuge kurin baiverivi meehun.
ReplyDelete