Wednesday, May 26, 2010

އޭ ނިކަމެތި އިންސާނާއެވެ. ތިބާގެ ސްމާޓްކަން ދަށްކަންނޫޅޭށެވެ


ތާޅަފިލި

ހިތާމައަކީ މިއިންސާނާވަނީ އެކަން ހަނދާންނެތި ޣާފިލުކަމުގެ ނިދިން ނިދާފައެވެ.

ﷲސުބުހާނަހޫ ވަތަޢާލާ އިންސާނާ އުފައްދަވާފައި ވަނީ ވަރަށްވެސް ނިކަމެތި ގޮތެއްގައެވެ.އާރެއް ބާރެއް ނެތް ބަލިކަށި އެއްޗެއްގެގޮތުގައެވެ.އަދި މިއިންސާނާ ލަށްވާފައި ވަނީ ހުރިހާ ހާލަތެއްގައިވެސް އެއިލާހުގެ އެހީއާއި މަދަދަށް އެދި ބޭނުންވާ ބައެއްގެގޮތުގްއެވެ.އެއްވެސް ހާލެއްގައި އެކަލާނގެ މިއިންސާނާގެ ފަރާތުން ކުޑަވެސް އެހީތެރިކަމެށް ބޭނުންވެގެންނުވެއެވެ.


ހިތާމައަކީ މިއިންސާނާވަނީ އެކަން ހަނދާންނެތި ޣާފިލުކަމުގެ ނިދިން ނިދާފައެވެ.ދުނިޔެމަތީގައި ކުޑަނަމަވެސް ބާރެއް،މުއްސަނދިކަމެއް އަދި މަތީމަގާމެއް ލިބިއްޖެނަމަ އިންސާނާ އޭނާ ހައްދަވާ ގެންގުޅުއްވާ ރިޒުގުދެއްވާ އިލާހުގެމަތިން ހަނދާންނެތިދެއެވެ.އަދި އެހައިބަވަންތަ ރަސްކަލާނގެއާ ތަހައްދީކޮށް އެކަލާނގެއަށް ހާއްސަވެގެންވާ ކަންކަމަށް ބަސްކިޔާއުޅެތެވެ.މިފަދަ ކަންތަށްތަށް އަޅުގަނޑުމެންގެ ތެރޭގައިވެސްމިދަނީ ފާޅުވަމުން ގިނަވަމުންނެވެ.

މިފަދަ ހާދިސާއެކެވެ.ސުނާމީގައި ތ.ބުރުނީގައި މަސައްކަތްކުރަން ދިޔަ ސިފައިންގެ ފައުޖަކާ ބައްދަލުކޮށް އޮފިސަރަކު ބުންޏެވެ.ކަލޭމެން މަސައްކަތާއިގެން ކުރިޔަށްދާށެވެ.ދަތިވާކަމެއް އޮތިއްޔާބުނާށެވެ.އަހަރެން މިހިރީ އިރު ނަގާފަ ގެނެސްދޭންވެސް ތައްޔާރަށެވެ.

މިފަދަ އެހެން ހާދިސާއެކެވެ.ހެވިކަން ކުރުމަށް ޅ.ނައިފަރަށް ދިޔަ ލަޝްކަރާ ވާހަކަދައްކަމުން ކޮމާންޑަރު ބުންޏެވެ. މިއަދު ނަމާދުކުރަން ފޮނުވުމުން މާބޮޑަށްވެސް ލަސްވެއްޖެއެވެ.ވަގުތެއްނެތެވެ.ދެން މީގެފަހުން އެކަހަލަ ބޭކާރު ކަންކަމުގައި ނުފޮނުވާނަމެވެ.ސުބުހާނަﷲ.މިކަލޭގެއަށް ނަމާދަކީވެސް ބޭކާރު އެއްޗެކެވެ.ނަމާދުކުރާ ވާހަކަ ބުނުމުންވެސް ބުންޏެވެ.ނަމާދަށްފޮނުވައިފިއްޔާ މިތާމިއުޅޭ ވަށްހާބީންގަނޑު ތިބެނީ މިސްކިތަށްއަރާ ޙަތިމްކުރާށެވެ.ފައިބާކަށް ނޭންގެއެވެ.އަމިއްލަޔަށް ނަމާދު ނުކުރާތާ ނަމާދުކުރާ މީހުންނާދިމާލަށް ހުތުރު ބަސްބުނަނީއެވެ.

އޭ ނިކަމެތި އިންސާނާއެވެ.ތިބާގެ ސްމާޓްކަން ދަށްކަން ނޫޅޭށެވެ.ތިއަށް ވުރެ ﷲގެ އަޒާބު ގަދަފަދަވެގެން ވެއެވެ.ތިބާއަކީ ވަގުތީ މެހުމާނެކެވެ.އަދި މިދުނިޔެއަކީވެސް ވަގުތީ ތަނެކެވެ.ތައުބާވުމަށް އަވަސްވެގަންނާށެވެ. murasil

No comments:

Post a Comment