ދިބުރުނު
އިއްޔެ 4 މެއި 2010 ވަނަދުވަސް އަހަރެމެންގެ މި ދިވެހިރާއްޖޭގައިވެސް ފާހަގަ ކުރީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ގޮތުގައެވެ. މިދުވަސްފާހަގަ ކުރުމުގެ ގޮތުން ބޮޑެތި ޖަލްސާތަކާއި ކެއުންތައް ބާއްވާ ހަދާފައިވެއެވެ. މިގޮތުން ބޭއްވުނު ޖަލްސާގައި ވާހަކަ ދައްކަމުން ދިވެހިރާއްޖޭގެ ރައީސް އަލްފާޟިލް މުހަންމަދު ނަޝީދު ވިދާޅުވެފައި ވަނީ މި ސަރުކާރުން މީޑިޔާއަށް ނުފޫޒު ނުފޯރުވާނެ ކަމުގައެވެ. ނަމަވެސް އަޅުގަނޑުގެ ހިތުގައި އުފެދޭ ސުވާލަކީ ކަންތައްތައް ވަމުން މިދަނީ ހަމަ އެގޮތަށް ބާވައެވެ؟
އިއްޔެ ލިބެމުން ދިޔަ ހަބަރު ތަކަށް ބަލާލުމުން ދޭހަވަނީ ދިވެހި މީޑިޔާގައި މިނިވަންކަން އޮތީ ވަކި ބަޔަކަށް ކަމެވެ. އާއެކެވެ. ލާދީނީ މީހުންނަށް އެކަންޏެވެ. ނުވަތަ މި ސަރުކާރަށް ތާއީދު ކުރާ މީހުންނަށް އެކަންޏެވެ.
މިހެން މިދަންނަވަން ޖެހުނީ އިސްލާމްދީނަށް ނަސްރުދޭ ލިޔުންތަކާއި މި ސަރުކާރަށް ފާޑު ކިޔާފައި ލިޔުންތައް ލިޔާ ވެބްސައިޓް ތަކާއި ބްލޮގްތައް ހެކް ކުރުން އާދަޔާ ހިލާފަށް އިތުރު ވެފައި ވާތީއެވެ. އިއްޔެ އިވުނީ ރާއްޖޭގެ މަޝްހޫރު ކުރެހުންތެރިއެއްކަމަށްވާ މުހަންމަދު ޝިރުހާންގެ ވެބްސައިޓް ހެކްކުރި ވާހަކައެވެ. އޭގެ ކުރީ ދުވަހު ލިބުނީ ޝިރޫގެ އާޓް ބްލޮގް އަނެއް ފިކުރުގެ ބައިގަނޑުގެ އަތްދަށަށް ދިޔަ ހަބަރެވެ. އަޅުގަނޑު ކޮށްލަން ބޭނުންވާ ސުވާލަކީ މިއީ ހަމަ ނޫސްވެރިކަމުގެ މިނިވަންކަން ތޯއެވެ؟
މީގެ ދުވަސްކޮޅެއްކުރިންވެސް ވަނީ ބްލޮގް ތަކާއި ބައެއް ސައިޓްތައް ހެކް ކޮށްފައެވެ. މިގޮތުން ރާއްޖޭގެ މަޝްހޫރު ސިޔާސީ ބްލޮގެއް ކަމަށްވާ ޖިބުއެ ބްލޮގާއި މިނިވަން އޮންލައިން ބްލޮގް އަދި ހިމޭން އިންގިލާބް ވެބްސައިޓްވެސް ހެކް ކޮށްފައި ވާކަމަށް މައުލޫމާތު ލިބެއެވެ. މީގެ އިތުރުންވެސް މުސްލިމުންގެ ގުޅުމުގެ ވެބްސައިޓް ހެކް ކުރި ހަބަރުވެސް ދާދިފައހުންވަނީ ފެތުރިގެން ގޮސްފައެވެ.
ނޫސްވެރިކަމުގެ މިނިވަންކަން އޮންނަނީ ވަކި ބަޔަކަށޭ އަޅުގަނޑު ދެންނެވީ މިސަބަބު ތަކަށް ޓަކައެވެ. މިސައިޓް ތަކާއި ބްލޮގްތައް ހެކް ކުރުމުން ސަރުކާރުގެ އެއްވެސް ފަރާތަކުން މިކަންކަމާ ގުޅޭ ގޮތުން އެއްވެސް އެއްޗެއް ބުނެފައި ނުވާކަމީވެސް މިކަމުގެ ހެއްކެކެވެ. ނަމަވެސް ލާދީނީ މީހުން ( އަނެއްފިކުރު) ގެ މީހުންގެ ވެބްސައިޓެއް ނުވަތަ ބްލޮގެއް ހެކް ކޮށްފިނަމަ އެކަން ކުށްވެރިކޮށް މީޑިޔާގެ އިސްވެރިން ވާހަކަ ދައްކާނެ ކަމީ ޝައްކެއް އޮތްކަމެއް ނޫނެވެ.
ނޫސްވެރިކަމުގެ މިނިވަން ކަމަކީ ކޮންމެ މީހެއްގެ ވެސް ހައްގެއްކަމަށް ވާނަމަ ނުވަތަ މީޑިޔާގެ މިނިވަން ކަމަށް މި ސަރުކާރުން ނުފޫޒު ފޯރުވަން ބޭނުން ނުވާނަމަ އިސްލާމީ ފިކުރުގެ މީހުންނަށްވެސް އެމީހުންގެ ފިކުރުގެ ލިޔުންތައް ލިޔުމުގެ މިނިވަންކަންވެސް ލިބެން ޖެހޭނެއެވެ. ތިމާމެންނަށް ހަޖަމު ނުކުރެވޭކަހަލަ ލިޔުމެއް ލިޔާއިރަށް އެ ވެބްސައިޓެއް ނުވަތަ ބްލޮގެއް ހެކް ކުރުމަކީ ހައްލެއް ނޫނެވެ. އަނެއްފިކުރުގެ މީހުންވެސް އަނެއް ފިކުރުފާޅު ކުރަމުން ތިހިރަގެންދަނީ ނޫންހެއްޔެވެ؟ އަހަރެމެން އިސްލާމީ ފިކުރުގެ މީހުންވެސް އިސްލާމީ ފިކުރުގެ ލިޔުންތައް ލިޔެ ފާޅު ކުރަމުން ގެންދިޔުމުގެ މިނިވަންކަން އަހަރެމެންނަށްވެސް އޮންނަންވާނެއެވެ. އިންޝާ ﷲ dhi-burunu

my blog is also hacked. www.imaadh-bin-nasir.blogspot.com
ReplyDeleteit was hacked after a few days when it was closed for construction.
i just changed the url of the blog for the construction.
here is the real blog.
www.imed-construction.blogspot.com
check it. you will see something funny,
hacker said that he/she is naked.
mi ee knme bayaku kuri kamaka viyas miee noos verikamuge minivan kamaa mulhin khilaafu mududhaaru bahaa amalaa dhimaa nuvaa meehunge amalea
By: imaadh Bin nasir