ސޯމާލިޔާ މީހުންނަކީ ކަނޑުފޭރޭ ބައެއްކަމަށް މުޅިދުނިޔެއަށް މަޝްހޫރު ވެފައިވާ ބަައެކެވެ. އެހެންނަމަވެސް ސޯމާލިޔާގެ ކަނޑުފޭރޭ މީހުންގެ ފަރާތުން އެއްވެސް ނުރައްކަލައެއް ދިވެހިރާއްޖެއަށް ނެތްކަމަށް ދިވެހިރާއްޖޭގެ ސަލާމަތީ ބާރުތަކުން ވަނީބުނެފައެވެ. އެއީ އެމީހުންގެ ނުރައްކާތެރިކަން އަދި މިސަރަހައްދައް ނުފޯރާތީއެވެ. އެހެންނަމަވެސް އިހަވަންދޫގެ ބޮޑުބާރަކީ ސޯމާލިޔާ ޖޯލިފައްޗެވެ.
މިޖޯލިފައްޗަކީ އިހަވަންދޫގެ ހުޅަނގުފަރާތު ބަނދަރުމަތީގައި ހުއްނަ ޖޯލިފައްޗެކެވެ. މިޖޯލިފައްޗަށް ސޯމާލިޔާ ޖޯލިފައްޗޭ ކިޔުނީ ނުވަތަ ސޯމާލިޔާ މީހުންގެ ޖޯލިފައްޗޭ ކިޔައިގެން ނަންދެވުނީ 2009 ވަނަ އަހަރު އެ ޖޯލިފަތިން ނިންމި ނިންމުމެއްގެ ސަބަބުންނެވެ. އެނިންމުމަކީ ވަރަށް އާދަޔާހިލާފު ނިންމުމެކެވެ. އެއީ މަސްވެރިން އަތުން މަސްގަންނަ އަގު ދައްވުމާއި ގުޅިގެން ދޯނިފަހަރުގައި ފުރައިގެންގޮސް މިފްކޯގެ ބޯޓްގެ ކެޕްޓަން ހޫނުގޮނޑިޔަށް ލުމުގެ އާދަޔާއި ހިލާފުއަމަލެވެ. ހަމަ އެދުވަސްވަރު ފާޑަކައް އިހަވަންދޫ އޮފީސް ބަންދުވެސް ކުރިއެވެ. އެއީވެސް އެއްކަލަ ސޯމާލިޔާ ޖޯލިފަތިން ނިންމި ނިންމުމެކެވެ. ކޮންމެއަކަސް ސޯމާލިޔާ ނަމުން ނަންދެވުނީ އިސްވެ މިދަންނަވާލި އަމަލަކީ ސޯމާލިޔާ މީހުންގެ އަމަލުތަކާއި ގާތްކުރާ ކަމަކަށްވާތީއެވެ.
މިހާރު އެއްމެންވެސް ގަބޫލުކުރާ ގޮތުގައި ސޯމާލިޔާ ޖޯލިފައްޗަކީ އިހަވަންދޫގެ ބޮޑު އެއްބާރެވެ. ރަށުއޮފީހަށް ލަފާދޭ މަރުކަޒެވެ. ރަށު އޮފީހުން ކުރާ ހުރިހާ ކަންކަމެއްގައިވެސް ރަތްއިތުންގެ ލަފަޔާއި އިރުޝާދު ހޯދާ ތަނަކީ ސޯމަލިޔާ ޖޯލިފައްޗެވެ. އިހަވަންދޫ ތަރައްޤީ ކުރުމަށް ކުރަންޖެހޭ ކަންކަމުގައިވެސް އެއްމެފަހުބަސް އެއްލާތަނަކީ އެއީއެވެ. ސޯމާލިޔާ ޖޯލި ފައްޗަކީ އިހަވަންދޫގެ ހަބަރުފަތުރާ އެއްވަސީލަތެވެ. އިހަވަންދޫގައި ހިގާހުރިހާކަމެއްގެ އެއްމެފުރިހަމަ މައުލޫމާތު އެއްތަނަކުން ހޯދާނަމަ އެއްމެ ފުރަތަމަވެސް ޒިޔާރަތްކޮއްލަންވީ ސޯމާލިޔާޖޯލިފައްޗަށެވެ. އެމީހުންނަ ސިއްރުން އިހަވަންދޫގައި އެއްވެސް ކަމެއްނުހިނގާނެއެވެ.
ސޯމާލިޔާ ޖޯލިފަތީގެ ލީޑަރުކަން ކުރަމުންގެންދަނީ އެކިދުވަސްވަރު އެކި މީހުންނެވެ. ސޯމާލިޔާ ޖޯލިފަތިން ހަބަރުދޭގޮތުގައި ސްކޫލުގައި އުޅޭ އެއްވެސް ދަރިވަރަކު އެތަނަށް ދިއުމަކީ މަނާކަމެކެވެ. އަދި މިހާތަނަށް ސޯމާލިޔާ ޖޯލިފަތީގައި ބީހިލުމުގެ ފުރުސަތުވެސް ހޯދާފައިވަނީ އެއްމެ އަންހެނެކެވެ. ސްކޫލުކުދިން އެތަނަށް ދިއުންމަނާ ކަމުގައިވިއަސް ސްކޫލުގެ ޓީޗަރުން އަބަދުމެ އެތަނުގައި ތިބެއެވެ. އަދި ޑީ.އާރު.ޕީ ގެ މަންދޫބަކު އަބަދުވެސް ( މަޝްވަރާ ވަގުތުތަކުގައި ) އެތަނުގައި ހުރެއެވެ. މިދަންނަވާލެވުނު ކަންކަމާއި އަދި އެހެނިހެން ކަންކަމާއިއެކު ސޯމާލިޔާ ޖޯލިފައްޗަކީ އިހަވަންދޫގެ ބޮޑުއެއްބާރެވެ. ވުމާއެކު ސޯމާލިޔާ ޖޯލިފަތީގެ ބިރުވެރިކަން އިހަވަންދޫ ރައްއިތުންނަށް އެބައޮތެވެ.
އަޙްމަދު ތިރިމިޒީ

No comments:
Post a Comment