Tuesday, April 20, 2010

މިހާރުގެ ރައީސް ވިދާޅުވެފައި ވަނީ، ދިވެހިރާއްޖޭގައި އެހެން ދީންތަކުގެ މީހުންނަށް އަޅުކަންކުރެވޭނެ ތަންތަން ބިނާކުރުމަށް..

މިނިވަން
ޕްރެޒެންޓަރ: " މިހާރުގެ ރައީސް ވިދާޅުވެފައި ވަނީ، ދިވެހިރާއްޖޭގައި އެހެން ދީންތަކުގެ މީހުންނަށް އަޅުކަންކުރެވޭނެ ތަންތަން ބިނާކުރުމަށް.. ކިހިނެއްތޯ މަނިކުފާނު ދެކިލައްވަނީ"
ޕްރެޒެންޓަރ އެސުވާލު ކުރުމުން ވެސް މައުމޫނުދެއވާނެ ޖަވާބު، ބަލަންއިން މީހެއްގެ ހައިސިއްޔަތުން އަޅުގަނޑަށްވެސް އެނގެއެވެ. އެހެން ނަމަވެސް މައުމޫނުގެ ޖަވާބުގެ ވަކިހިސާބަކުން ހިތަށްއެރީ "މިއެއްޗަކީ" ވޭތުވެދިޔަ 30 އަހަރު މިޤައުމުގެ ވެރިކަން ކުރެއްވި ކަލޭގެބާއެވެ؟

މައުމޫނަށް މާބޮޑަށް އެނގިލައްވަނީ....
19 އޭޕްރިލް 2010 ވަނަ ދުވަހުގެރޭ، 10:00 ގައި ވީޓީވީ އިން ގެނެސްދިން "ހޫނު ގޮނޑި" ޕޮރޮގްރާމް ބަލަމުން ގެންދިޔައީ ދިވެހިރާއްޖޭގެ ސިޔާސީ އަދި ޑިމޮކްރެޓިކް ހަޔާތާއި ދޭތެރޭގައި ވިސްނާލުމަށް އިތުރަށް ސިކުނޑި ތާޒާކޮށްލުމުގެ ބޭނުމުގައެވެ. ކުރީގެ ރައީސް މައުމޫނު އެރޭ ޕްރޮގްރާމްގެ މެހެމާނުގެ ގޮޑީގައި އިންނެވުމުން ހިތަށް އެރީ، އެބޭފުޅާގެ ވިސްނުންފުޅު ހުރިގޮތްވެސް އެނގިގެންދާނެ ކަމަށެވެ. އެބޭފުޅާ ދިވެހިރާއްޖެ އަށް ހޯއްދަވައިދެއްވި ތަރައްޤީގެ ވާހަކަތައް ހިއްސާ ކުރައްވާނެ ކަމަށެވެ. ކަންތައްތައް ވެގެން ދިޔައީވެސް ހަމަ އެގޮތަށެވެ. ޕްރޮގްރާމް ހުށަހަޅަން އިން ޕްރެޒެންޓަރ، އެކި ގޮތްގޮތައް މައުމޫނަށް ސުވާލުތައް ކުރިމަތި ކުރަމުން ގެންދިޔައެވެ.

ޕްރެޒެންޓަރ: " މިހާރުގެ ރައީސް ވިދާޅުވެފައި ވަނީ، ދިވެހިރާއްޖޭގައި އެހެން ދީންތަކުގެ މީހުންނަށް އަޅުކަންކުރެވޭނެ ތަންތަން ބިނާކުރުމަށް.. ކިހިނެއްތޯ މަނިކުފާނު ދެކިލައްވަނީ"
ޕްރެޒެންޓަރ އެސުވާލު ކުރުމުން ވެސް މައުމޫނުދެއވާނެ ޖަވާބު، ބަލަންއިން މީހެއްގެ ހައިސިއްޔަތުން އަޅުގަނޑަށްވެސް އެނގެއެވެ. އެހެން ނަމަވެސް މައުމޫނުގެ ޖަވާބުގެ ވަކިހިސާބަކުން ހިތަށްއެރީ "މިއެއްޗަކީ" ވޭތުވެދިޔަ 30 އަހަރު މިޤައުމުގެ ވެރިކަން ކުރެއްވި ކަލޭގެބާއެވެ؟
މައުމޫނުގެ ޖވާބުގައި ވިދާޅުވީ އެހެން އެއްވެސް ދީނަކަށް އަޅުކަންކުރާ ތަންތަނެއް މިޤއުމުގައި ހުރެގެން ނުވާނެކަމަށެވެ. ދެންވިދާޅުވީ "އެހެންނަމަވެސް ފުރިހަމަ މުއުމިނުންނަކީ މާތް ﷲ ބާއްވާލެއްވި ސަމާވީ ދީންތައްވެސް ޤަބޫލްކުރާ" މިހެންނެވެ.

އެހެން ބުނުމާއެކެ، އިން ގޮޑިން ތެދުވެގެން ގޮސް ޓީވީ ނިތްވާލީ އެއީ ކިހާވަރެއްގެ މީހެއްކައް އަޅުގަނޑަށް އިހުސާސް ކުރެވުމުންނެވެ. އިސްލާމީ ތަޢުލީމު އުގެނި ވަޑައިގެން ހުންނެވި މައުމޫނުފަދަ ކުރީގެ ރައީސަކު އެފަދަ "ވިޔާނުދާ" ވަހަކައެއް ލައިވް ޕްރޮގްރާމްއެއްގައި ބުނެފާނެއޭ އަޅުގަނޑު ހިތަކަށްވެސް ނާރައެވެ.
އެބޭފުޅާއަށް އެހީފުޅުކުރެވުނީ، މާތް ﷲ އެހެންދީންތަކެއްވެސް ބާއްވާލެއްވި ކަމަށްތާއެވެ. ނޫނޭ އެއީ ވާ، މޯޅުމީހެއް ދޯއެވެ؟ މާތް ﷲ ބާއްވާލެއްވީ ހަމައެންމެ ދީނެއްކަމެއް އެކަލޭގެއަށް ހަމަނޭންގެނީ ހެއްޔެވެ. ނޫނީ، އެބޭފުޅާގެ އަރިހުގައި މަސައްކަތްކުރައްވާ އަފުރާޝީމް ފަދަ ބޭފުޅުން، އިސްލާމްދީނުގެ ރުކުންތަށް އޮޅުވާލިހެން، އެބޭފުޅާވެސް މަސައްކަތް ކުރައްވަން ފެއްޓެވީ ތޯއްޗެކެވެ. މުރާސިލް

No comments:

Post a Comment