
ޝައިޚް އިލްޔާސް މިހެންވިދާޅުވީ ޢަދާލަތު ޕާޓީގެ ފަރާތުން ރާއްޖެގެ އަތޮޅުތަކަށް ކުރާ ސިލްސިލާ ދަތުރުތަކުގެ ތެރެއިން، މިދިޔަ ހަފުތާގައި ބޮޑު ތިލަދުންމަތި ހިމެނޭ ހއ އަތޮޅުގެ ބައެއް ރަށްރަށަށް ކުރި ދަތުރުގައި ވާހަކަދައްކަވަމުންނެވެ. އައްޝައިޚް އިލްޔާސް ޙުސައިން ވިދާޅުވީ މިސަރުކާރު ގެނައުމުގައި ޢަދާލަތު ޕާޓީއިން ވަނީ ވަރަށް އިސް ދައުރެއް އަދާ ކޮށްފައިކަމަށާއި ދިވެހި ރައްޔިތުން މުޙަންމަދު ނަޝީދު އާއި ވެރިކަން ޙަވާލު ކުރީ ޢަދާލަތު ޕާޓީ ވެސް ކޯލިޝަން ގައި ހިމެނޭތީއާއި، ދީނީ ކަންތައް ރަގަޅުމަގުން ބަލަހައްޓަމުން ގެންދިއުމުގެ މުހިންމު މަސްއޫލިއްޔަތު ޢަދާލަތު ޕާޓީއާއި ޖާމިނު ކޮށްފައިކަމަށެވެ. ނަމަވެސް މި ބޮޑު ޙަގީގަތް މިހާރު ސަރުކާރު ހިންގަވަން ތިއްބެވި އިސް ބޭފުޅުން ހަނދާން ނެތިއްޖެ ކަމުގެ ހެކިތައް ފެންނަން ފަށައިފި ކަމުގައި ޝައިޚް އިލްޔާސް ވިދާޅުވިއެވެ.
އަޅުގަނޑުމެން ފުރަތަމަ ބަލާނީ ސުލްޙަވެރި ގޮތުގައި ވާހަކަދައްކައިގެން މިމަސްއަލަތައް ޙައްލު ކުރެއްވުމަށް ކަމަށާއި ނަމަވެސް އިސްލާޙު ނުވެއްޖެނަމަ ކުރީގެ ސަރުކާރާއި ދެކޮޅަށް މަސައްކަތް ކުރި ފަދައިން މިސަރުކާރާއިދެކޮޅަށްވެސް މަސައްކަތް ކުރަން ޖެހިދާނެ ކަމުގައި ޝައިޚް އިލްޔާސް ޙުސައިން ވިދާޅުވިއެވެ.
މިސަރުކާރުގެ އިސްވެރިން ދީނީ ކަންތައްތަކަށް ފާޅުގައި ފާޑު ކިޔަންފެށުމުން، ޢަދާލަތު ޕާޓީއިންވަނީ ސަރުކާރާއިމެދު ކުރިން މުޢަމަލާތްކުރަމުން އައިގޮތް މިފަހަކަށް އައިސް ބަދަލުވެފައިވާކަން ފާހަގަކޮށްލެވެއެވެ. dhiislam
>
ރެނދެއެޑަގެ...ދެން ހުއްޓަލައު!
-
އައްޑޫ އަކީ، ގަމާއި ޖެހިގެންއޮއް ކުދުރަށައް. އެރަށް ކެ*ނަ*ގެން އިނގިރޭސިއެ
1940ގެ އަހަރަތަކި ގަމި ރަންވޭ އެޑަލިއެ. މިކޯ ގަމި ސިފައިންގެ ސަރަހައްދި
އެފެ...
3 weeks ago
No comments:
Post a Comment