Sunday, April 25, 2010

ދިވެހިރާއްޖެއިން ބަނގުރާ މަނާ ނުކުރުމަށް މަޖިލީހުން ނިންމިތާ ކުޑަދުވަސްކޮޅެއްގެ ތެރޭގައި އަނެއްކާވެސް އެ މައްސަލަ ހައިކޯޓަށް

ރީކޯ މޫސަ ރަލާ ދެކޮޅުހެދުމަށް އިންކާރު ކުރޭ

އެތައްފަހަރެއްގެ މަތިން ބަނގުރާ މަނާ ކުރުމަށް އިލްމުވެރިންނާއި މަދަނީ ޖަމާޢަތްތަކުން މިދިޔަ ހަމަސްދުވަސްތެރޭގައި ތަފާތު އެކި މަސައްކަތް ކުރުމަށްފަހު މައްސަލަ އަދިވެސް އޮތީ ހަމަ އޮތްގޮތަށެވެ. ކަން މިހެން އޮށްވާ އާއްމު ފަރާތަކުން މި މައްސަލަ ނުވަތަ ބަނގުރާވިއްކަން ހުއްދަދީފައިވާ ޤަވާޢިދު ބާތިލް ކުރުމަށް ހައިކޯޓަށް ލައި އަދި އެމައްސަލަ ބަލައިވެސް ގަނެފިއެވެ. މިއީ ދިވެހި ހުރިހާ އިސްލާމުން ވަރަށް އުފާކުރަން ޖެހޭ ކަމެކެވެ. އަދި މީގެ އިތުރުން މި މައްސަލައާއި ބެހޭގޮތުން ވީހާ އަވަހަކަށް މަދަނީ އިއްތިހާދުން އިބްރާހިމް ޝަމީމް އާއި އެއްބާރުލުން ދެއްވުމަކީ މި މައްސަލައިގާ ވަރަށް އަވަހަށް ކުރައްވަން ޖެހޭނެ ކަމެއްކަމުގައި ފެނެއެވެ.

ހ.ކޮޔާ އިބްރާހިމް ޝަމީމް ދުސްތޫރީ މައްސަލައެއްގެ ގޮތުގައި 7 މާރޗް 2010 ގައި " ބަނގުރަލާއި ، އޫރުމަހާއި އޫރުމަހުން އުފައްދާތަކެތި ދިވެހިރާއްޖެއަށް ގެނައުމާއި، ދިވެހިރާއްޖޭގައި ގެންގުޅުމުގެ ޤަވާޢިދު" ދިވެހިރާއްޖޭގެ ޤާނޫނު އަސާސީގެ ފުރަތަ ބާބުގެ 10 ގެ ހ އަދި ށ އާއި ތަޢާރުޞުވާތީ އެ ޤަވާޢިދު ބާތިލްކޮށްދިނުމަށް އެދި ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓަށް ހުށައެޅިއެވެ. ނަމަވެސް 21 މާރޗްގައި ސްޕްރީމް ކޯޓުން ޖަވާބުދެއްވާފައިވަނީ މިފަދަ ދުސްތުރީ މައްސަލައެއް ފުރަތަ މަރްޙަލާގައި ބަލަންޖެހޭނީ ހައިކޯޓުން ކަމަށެވެ. ވުމާއިއެކު މި މައްސަލަ އަލުން 11 އެފްރީލް 2010 ގައި ދިވެހިރާއްޖޭގެ ހައިކޯޓަށް އިބްރާހިމް ޝަމީމް ލެއްވިއެވެ. އަދި ހައިކޯޓުން ވަނީ މިމައްސަލަ ރަސްމީކޮށް ބަލައިގަނެފައިކަމުގައި އިބްރާހިމް ޝަމީމް އާއި ހައިކޯޓުން ކަށަވަރު ކޮށްދެއްވައެވެ. ސިޓީ

No comments:

Post a Comment