Monday, April 26, 2010

އަނެއްކާ ބޮޑު ދާއްބަ ޖިބުއެ އެރީބާ


ޖިބުއެ މަރުވުމާއި މިނިވަން އޮންލައިން އުފަންވުން
ހާމަކުރާ މީހާގެ މޭޒު / ރައީސް އޮފީހުގައި ޖިބުއެ ހިންގި މޭޒުން (މިހާރު މިމޭޒަކީ ހާމަކުރާމީހާގެ މޭޒެވެ.)- އެހެންޏާ މިއީ ހުރި މޭޒެއްވެސް ނޫނެވެ.

އާދައިގެ މީހަކު އޭނާގެ ސައިޒުން މަސައްކަތެއް ކުރަމުން ދަނިކޮއް، އޭނާއައް ލިބެންޖެހޭ ވަރައްވުރެ ބޮޑު ސަޕޯޓެއް ލިބޭހެން ހީވީމާ، ދެން ވާނޭ ގޮތް ވާނެއެވެ. އޭރުން އޭނާއައް ހީވާނީ މަ ވަރައް މޮޅުހެންނެވެ. އަދި މަށައް މާ މޮޅު ކަމެއް ކުރެވޭ ހެންނެވެ. ދެން އޭނާ ހުންނާނީ ބަޠަލު ވެފައެވެ

ޖިބުއެ ބްލޮގައް ވެސް ވީ އެހެންނެވެ. ޖިބުއެގެ ނަމުގައި ބްލޮގް ހިންގުމުގެ ކުރިން ބްލޮގް ހިންގަން ފެށި މީހަކު، އޭނާ ބްލޮގް ހަދަން ފެށި މަގުސަދު ހަނދުމަ ނައްތާލައި، މުޅިން ސިޔާސީ މައްޝޫރު ކަމެއް ހޯދަން މަސައްކަތް ފެށީއެވެ.
ކަން ދިމާކުރި ގޮތުން ޖިބުއެ މިނަމުގައި ހިންގަން ފެށި ބްލޮގް ހިންގަން ފެށި ދުވަސްވަރަކީ ރާއްޖޭގައި ސިޔާސީގޮތުން އިންޓަނެޓުގައި ސަރުކާރާ ދެކޮޅު ލިޔުންތައް ފިނިވި ދުވަސްކޮޅެކެވެ. ރާއްޖޭގެ ސިޔާސީ މަސްރަހުގެ ހަލަބޮލިކަމާއެކު ޖިބުއެ ލިބުނު ފުރުސަތުގައި އޭނާގެ ބްލޮގުން ރައީސް ނަޝީދުގެ ސަރުކާރައް ވަރައް ފާޅުގައި "ބަވަން" ފެށިއެވެ. އެވަގުތު އިދިކޮޅު އެންމެން ޖިބުއެގެ ފަސްބައިގައި އެލިގަތްހެން އޭނާއައް ހީވިއެވެ. އިހުސާސެއް ނުވަތަ ހުވަފެނެއްގެ ޒަރީއާއިންނެވެ.
ކޮންމެއަކަސް، ޖިބުއެގެ ބްލޮގުގެ ހިޓު ގިނަވާހެން ފެންނަ ވަރަކައް އޭނާއަކީ މައުމޫނުގެ ދައުރުގައި އަންނި ވީހެން، އަންނިގެ ދައުރުގެ އިދިކޮޅު ބަތަލުގެ ގޮތުގައި ސިފަވާން ފެށިއެވެ.
ދެނަކާ ދެނެއް ނެތެވެ. ޖިބުއެ ނަމުގައި ލިޔުނު ބްލޮގް އެކީ އެކައްޗައް ރައީސް ނަޝީދާއި ޖައްސާލިއެވެ. ކުރީކޮޅުގައި އަދާލަތާއި ސަރުކާރުގެ ދައްނަބޭކަލުންނާވެސް ޖައްސާލިއެވެ. ނަމަވެސް ރަލުގެ މުޒާހަރާއައްފަހު އަދާލަތުވެސް ރަގަޅެވެ. ސަރުކާރުގެ ދައްނަބޭކަލުން ވެސް ރަގަޅެވެ.
އެހެން އުޅެނިކޮއް ޖިބުއެއައް ޅައެއްޗެއް އެޅިއްޖެއެވެ. އެއީ ހަގީގަތުގައި ސިޔާސީ މައިދާނަކީ ކޯންޗެއްކަން ނޭނގޭ މީހަކު މާ ސިޔާސީ ވީމާ ވާނޭ ގޮތެވެ. ބައެއްގެ ބޯކެނޑުމައް ގޮވާލީއެވެ. މަރުގެ އިންޒާރު ދުނިޔޭގެ ބައެއް ގައުމުތަކުގައި ދޭ ހަބަރު ޓީވީ ރެޑިއޯއިން ލިބިފައިވާތީ ތޯއްޗެކެވެ. މަށައްވެސް އެކަން ކުރެވިދާނެއޭ ހީވީއެވެ.
ނަމަވެސް ސިޔާސީ ގަދަކަނޑަކައް އެއްވެސް ލައިފުޖެކެޓެއް ނެތި ފުއްމާލި މީހަކައް ވާނީވެސް މިހެންނެވެ. ފޮށޭނެ މީހުން މަދެއް ނޫނެވެ. ފޮށެވިދާނެ މީހުން ވެސް މަދެއް ނޫނެވެ. މިބުނީ ޖިބުއެ ފޮށެން ބޭނުންނަމަ ޖިބުއެއައް ފޮށެވިދާނެ މީހުން މަދު ނޫން ވާހަކައެވެ.
ޖިބުއެ ބުލޮގު ހިންގީ މާ އިސްލާމީ ކަމައް ދައްކައިގެންނެވެ. އެހެންނަމަވެސް އިސްލާމްދީނުގައި މަނާ ކިތައްމެ ކަމެއް ޖިބުއެ ބުލޮގުން ކުރިއެވެ. މީހުންގެ މަސް ކެއެވެ. ގީބަ ބުނިއެވެ. ދޭތެރެ ޖައްސަން އުޅުނެވެ. ދެން އެންމެ ބޮޑު ކަމެވެ. ބަޔަކު މަރާލަން އިންޒާރު ދިނެވެ. މިއީ ބިންމަތި ފަސާދަ ކުރުން ނޫން ދެން ކޮން ކަމެއް ހެއްޔެވެ؟
ކޮންމެއަކަސް ޖިބުއެއައް [ޓައިޕިން މިސްޓޭކަކުން] ވިޔަސް ބެހިލެވުނީ ރާއްޖޭގެ އެންމެ އިސް މަގާމުގައި ހުރި މީހާގެ އަނބި ގޮއްޔެއާއެވެ. އޭނާވެސް އުޅެނީ މާލޭގައޭ ފަސޭހައިން ޓާގެޓް ކުރެވިދާނެއޭ ... މިކަހަލަ އެއްޗެއް ލިޔެލެވިއްޖެއެވެ.
ދެނަކާ ދެނެއް ނެތެވެ. އިސްލާމްދީނައް ޖޯކު ޖެހުމުގައި އަވަދިނެތި އުޅޭ ހިލްއަތާއި ޑީއޯ ސައްޕެ، އެވާހަކަ ބޮޑު ކުރިއެވެ. އަދި ވަގުތުން ފަތުރާލިއެވެ. ސަރުކާރު ހިލުވާލިއެވެ. ފުލުހުންނައް ތަހުގީގު ކުރަން ފަށަން ޖެހުނެވެ. ރައީސްގެ އަންހެނުންގެ ސަލާމަތް އެއީ ފުލުހުންގެ ޒިއްމާއެކެވެ.

އަހަރެމެންގެ ކުޑަކުޑަ ޖިބުއެގެ ހޭވެރިކަން ވީ ދެނެވެ. މިކުރެވުނު ކަމާމެދު ހަގީގަތުގައިވެސް ދެރަވިއެވެ. އެހާ ރަނގަޅައް ހިނގަމުން އައި ޖިބުއެ ހުއްޓާލަން މަޖުބޫރު ވަނީއެވެ. އައިޓީ ދާއިރާއިން ދިވެހި ފުލުހުންގެ ކުރިއެރުމައް ބަލާއިރު ޖިބުއެ ލޮކޭޓް ކުރަން ވަރައް ފަސޭހަވާނެކަން އެނގުނީމާ ވަގުތުން ބުލޮގުގަނޑު ހުއްޓާލާފައި ވަލައް ވަދެ ފިލައިފިއެވެ.

ފިލައި ހުއްޓާ އަނެއްކާ ވަސްވާހެއް ބީއްސާލިއެވެ. އެއީ ... ބަލަ ކީއްވެގެން ހެއްޔެވެ. އާ ބުލޮގެއް ހަދާނީއެވެ. އެހެން ނަމެއްގައެވެ. އެހެންނަމަވެސް އެއް ސިލަބަހެއްގެ މަތީގައެވެ. މިބުނީ ބުލޮގުގެ ސިޔާތުގެ ވާހަކައެވެ. ވަގުތުން ބުލޮގެއް ހެދީއެވެ. ނަންވެސް ހޯދީ ޖިބުއެ މިނަމާ ދުރު ނަމެކެވެ. މިފަހަރު ބްލޮގުގެ ނަމަކީ މިނިވަން އޮންލައިން އެވެ.
ޖިބުއެއާއި މިނިވަން އޮންލައިންއަކީ އެކަކުގެ މަސައްކަތްތަކެއްކަން އެންމެ ބޮޑައް އެނގޭނީ ޖިބުއެގެ ލިޔުންތައް ކިޔާފައިވާ މީހުންނަށެވެ.
އެއިން ބޭކަލަކު މި ލިޔުން ވިދާޅުވުމުގެ ކުރިން މިނިވަން އޮންލައިނައް ވަޑައިގެންނެވިއަސް، އެ ބުލޮގުގެ ލިޔުމުގެ ސްޓާއިލް ޖިބުއެގެ ބުލޮގާ އެއްވައްތަރުކަން އެނގޭނެއެވެ.
ދެން އޮތީ ބުލޮގުގެ ޑިޒައިނާއި ޓޭމްޕުލޭއިޓެވެ. އެވެސް އެއްގޮތްކަން ޖިބުއެ ބުލޮގާއި މިނިވަން އޮންލައިން ބުލޮގު ދިރާސާ ކޮއްފި ކަމުގެ މާހިރުންނައް އެނގޭނެއެވެ. މިބުނީ ބުލޮގަރުން ވާހަކައެވެ.
އަދި އެއްވާހަކަ ދަންނަވާލާނަމެވެ. ޖިބުއެ ހިންގުމައްފަހު މިނިވަން އޮންލައިން ހިންގާ މީހާއަކީ ދީނީ ކުލަ ޖައްސައިގެން ހުރެ ދީނީ މީހުންގެ ތެރޭގައި ހުރެ ހަސަން ސައީދުގެ 2013 ގެ ސިއްރު ކެމްޕޭން ޖައްސާ މީހެކެވެ.
= މި ބަޔާން ނެރުނީ ރައީސް އޮފީހުގެ ޖިބުއެގެ ސެކްށަން އުވި ދިޔުމައްފަހު އެތަނުގައި އަލައް ބިނާކުރި ހާމަކުރާ މީހާގެ ޑެސްކުންނެވެ.
= ސުކުރިއްޔާ

2 comments:

  1. it was not me. nor he is from this office. i am still alive n in good condition. am preparing to attack again with more n more power. yet am in my special process of SPYING. haha. its more important for me to makes things not happen from anni rather than i write on blog. minivanonline is not jibues.thanks

    ReplyDelete
  2. ބުނަންހޭ، މިއީ ހައުދަހައިވާ ހުތުރު ކަމެކޭ، މިއީ ކިހައި ހަޑިކަމެއްހޭ، މިހަރަ އުޅޭ ނަސުރުސޫމާރިޔާ ހުރެ އަނބިންގެ ބުރިތައް ފެޅެނީއޭ، ނިކަން ކޮންމެސް ފަންވަތެއް ލިޔެދެހެރޭ، ސަމާލުކަމަށް ގެންނަހަރޭ، އެހެންޏާ ކުރީގައި ސޫމާރިވާހަކަ އޮތީ މަނަދޫލައިވްގައޭ، މިހައިރު އެއޮތީ މުރާސިލުލައިވްގައޭ، ދެން އަހުރެން ހަދާނީ އަޅެފަހެ ކިހިނެއްހޭ، ތިރީގައި މިއޮތީ ލިންކް އެލިފައޭ ނިކަން މިއަށް ފިތަހަރޭ ދެބް ހެކިވަހަރޭ. ބަލަގަ ސޫމާރިމެންނާއި ހުށެ މުޅި މާލެ ކަޅުވެއްޖޭ،ލަދުން ބޯލަކާހޭ. ޒާކިރުނައިކްވެސް އަންހެނުން މިހާރު ނުގެންނާންކަމަށް ވައުދުވެއްޖެޔޯ، ކިހާދެރަހޭ..

    ReplyDelete