Saturday, May 1, 2010

ހިއްލަތަކީ ޑޮޓްދީނުގެ މީހެއްކަމަށް ފަޅާއަރައިފި

ހިއްލަތު މިދިޔަ ހުކުރު ދުވަހުވަނީ ހުކުރަށް ނުދާކަމަށް އެއްބަސްވެފައެވެ. ހުކުރަށް ނުގޮސް ހިއްލަތުވަނީ ކާނިވާސަރަހައްދުގައި ކުޅެން އުޅެފައެވެ. އަދި ޓިވީ ޗެނެލްތަށް ހުކުރުގަނޑީގަ ބަލަށް އިންނަކަމަށް ވެސް ވަނީ ފަޅާއަރާފައެވެ.
ހުކުރަށް ނުގޮސް ނުވަތަ ޖަމާއަތަށް މިސްކިތަށް ނުދިއުމަކީ ޑޮޓުދީނުގެ މީހުން ކުރާކަންކަމެވެ. ހިއްލަތަށް ޑޮޓްފިކުރުގެ ޙިޔާލުގައި ޖެހިފައިވާކަމަށް ލަފާކުރެވެނީ ކިޔަވަން އުޅުނުއިރު ސްކޫލުދައުރުގައެވެ. އޭރުގެމީހުން ބުނާގޮތުން ހިއްލަތުވަނީ ޕާކިސްތާނުން އައިސްގެން އުޅުނު މީހަކާއި އެންކު ފެނިފައެވެ.
ތިރީގައި މިވަނީ އެފިކުރުގެ މީހުންނަށް ދީފައިވާ ރައްދެކެވެ.
ރާއްޖޭގެ މިސްކިތްތަކުގައި ހެދޭ ޖަމާޢަތްތަކަށް ނުދާ އަޚުންގެ މައްސަލަ ގުޅިފައިވަނީ މުޢައްޔަނުކޮށް ތަކްފީރު ކުރުމާ (1)
www.click4islam.com

މިސްކިތްތަކުގެ އިމާމުންނަށް ޚާއްޞަ ޙުކުމެއް ޖެހުމަށްފަހު އެފަދަ އިމާމުންގެ ފަހަތުގައި ހެދޭ ޖަމާޢަތްތައް އަޅުމުންދާ އަޚުންތައް އިމާމުންނަށް ތަކްފީރުލް މުޢައްޔަން (ވަކި ޚާއްޞަ ފަރުދަކަށް ތަކްފީރުކުރުން) ގެ ޙުކުމް ޖެހީ އަހްލުއް ސުންނަ ވަލްޖަމާޢަތުގެ ޢިލްމުވެރިންނާއި ދިމާއި އިދިކޮޅަށެވެ. މިމައްސަލައާއި ގުޅޭ ގޮތުން ކަމުގެ ޙަޤީޤަތް ބެލުމަށްޓަކައި ބައެއް އަޚުންނާއި ވާހަކަދައްކެމުން އެމީހުންގެ ތެރޭގައި ދެގޮތަކަށް ވާހަކަ ދެކެވޭ ކަމަށް ހާމަވެގެންދިޔައެވެ.

އެއްބައެއްގެ ދަޢްވާއަކީ މިސްކިތްތަކުގެ އިމާމުންނަކީ ކާފަރުވެފައިވާ ބައެއް ކަމަށެވެ. އެހެންނަމަވެސް މިހެން ދަޢްވާ ކުރާ އަޚުންނަށް މިސްކިތްތަކުގެ އިމާމުންގެ ފަރާތުން ސާފު ކުފުރު ނުފެންނަތާގައި އެއިމާމުންނަށް ތަކްފީރުލް މުޢައްޔަންގެ ޙުކުމް ޖެހީ ކުފުރުގެ ޙުކުމް ޖެހުމުގައި ބަލަން ޖެހޭ ޝަރުޠުތަކާއި އަދި ތަކްފީރުކުރުން މަނާ ކުރާ އެންމެހާ ކަންތައްތައް ބެލުމަށްފަހުގައެއް ވެސް ނޫނެވެ. އަދި މިތަކްފީރުލް މުޢައްޔަންގެ ޙުކުމް ޖެހުމުގެ ޤަވާއިދާއި އުޞޫލުތައް، އަހްލުއް ސުންނަ ވަލްޖަމާޢަތުގެ ޢަޤީދާގައި އޮންނަނީ ކިހިނެއްކަން ވެސް ގިނަ އަޚުންނަށް ނޭނގޭ ހިނދު މިޒިންމާދާރު ނުރައްކައުތެރި ވަޒީފާއާއި (މީހުން އިސްލާމްދީނުން ބޭރުކުރުން) މީގެ ތެރެއިން ގިނަ އަޚުން ވަނީ ޙަވާލުވެފައެވެ. ﷲ އަށް ބިރުވެތިވާ ޙައްޤަށް މަސައްކަތްކުރަމުންދާ ޢިލްމުވެރިން ވެސް ކުފުރުގެ ޙުކުމް މީހަކަށް ޢައްޔަން ކޮށްފައި ޖެހުމަށް އެހާމެ ބިރުވެތިވާ ހިނދު އެފަދަ ޢިލްމުވެރިއެއްގެ އަރިހަށް އެކަން ގެންދިޔުމުގެ ބަދަލުގައި އަޅުގަނޑުމެން ކަހަލަ ޢިލްމަށް ޖާހިލު މީހުން އަމިއްލައަށް އެކިއެކި ފޮތްފޮތް ކިޔައިގެން ޢިލްމުވެރިން ޢާންމުކޮށް ވިދާޅުވެފައި ހުންނަ ބަސްތައް ޚާއްޞަކުރުމަށްފަހު، މިނުރައްކައުތެރި ފަތުވާ އެއްވެސް ބެލުމެއްނެތި ޢާންމު ކުރުމުން ދެން ނިކުންނާނެ ނަތީޖާ މިހާރު އަޅުގަނޑުމެންގެ މުޖްތަމަޢުން މިފެންނަނީއެވެ. މިފަދައިން ޢަމަލުކުރުމުން، އެފަދަ ޢިލްމުވެރިންގެ މައްޗަށްވާ އަޅުގަނޑުމެންގެ ޙައްޤު، އަޅުގަނޑުމެންނަށް އެބަ އަދާ ކުރެވޭހެއްޔެވެ؟ ހަމަކަށަވަރުން ވެސް މިފަދަ ޢަމަލުތަކުން އެޢިލްމުވެރިންވަނީ ބަރީއަވެވަޑައިގެންފައެވެ.

ޝެއިޚުލް އިސްލާމް އިބްނި ތައިމިއްޔާ (رحمه الله) ވިދާޅުވެފައިވެއެވެ. ”ވަކި ޚާއްޞަ ފަރުދަކަށް ތަކްފީރު ކުރުމުގައި ޝަރުޠުތަކާއި މަނާތަކެއް ހިމެނިގެންވެއެވެ.
އަދި އަހަރެމެން ޢާއްމު ތަކްފީރުގެ ވާހަކަދެއްކުމުން، އޭގެ މާނަ އަކީ އެކަމުގައި ހިމެނޭ ކޮންމެ ފަރުދެއް ކާފަރުވާ ވާހަކައެއް ނޫނެވެ. މިޝަރުޠުތަކާއި މަނާތައް އޭނާގެ ކިބައިން އެއްކޮށް ނެތިދިޔުމުން މެނުވީއެވެ.“ (މަޖްމޫޢް ފަތާވާ ވޮލިޔުމް 12 ޞަފްޙާ ނަންބަރު 487 -489)

ޝެއިޚް އަބޫ ހަމްޒާ (فك الله أسره) ވިދާޅުވެފައިވެއެވެ. ”އެހެންކަމުން މިޝަރުޠުތައް ފުރިހަމަވުމުން މެނުވީ އަހަރެމެން މީހެއްގެ މައްޗަށް ޚާއްޞަކޮށްފައި (ތަކްފީރުލް މުޢައްޔަން) ތަކްފީރެއް ނުކުރާނަމެވެ. މީހެއްގެ މައްޗަށް ކުފުރުޖެހުން މިބަސް މާނަ ކުރެވެނީ:

ސާފު ކުފުރާއި ސާފު ކާފަރަކާއި ދެމެދު ސާފުވެގެންވާ ތަފާތެއް ވެއެވެ. އެހެން ގޮތަކަށް ބުނާނަމަ، ސާފު ކުފުރެއް ކުރާ ކޮންމެ މީހަކީ ކާފަރެއް ނޫނެވެ. އެހެންނަމަވެސް ސާފު ކޮންމެ ކާފަރަކީ ޔަޤީނުން ވެސް ކުފުރެއް ކޮއްފައިވާ މީހެކެވެ!

ޚުލާޞާކޮށް ބުނާނަމަ މިޤަވާޢިދަކީ އެއީއެވެ.

މިޤަވާޢިދުން ބޭރަށްދާ ކޮންމެ އުޞޫލަކީ އަހްލުއް ސުންނަތު ވަލްޖަމާޢަތުގެ ތެރެއިންވާ އުޞޫލެއް ނޫނެވެ. ޚަވާރިޖުންގެ ފަރާތުން ފެނުނު ނުރައްކައުތެރި އަޚްލާޤުތަކުން އަހަރެމެން ޢިބްރަތް ލިބިގަންނަންވާނެއެވެ.“ ޝެއިޚް އަބޫ ހަމްޒާ (فك الله أسره) ގެ ބަސް ނިމުނީ.

ޝެއިޚް އަބޫ މުޙައްމަދު އަލް މަޤްދިސީ (حفظه الله) ވިދާޅުވެފައިވެއެވެ. ”ރަނގަޅަށް ބެލުމާއި ޔަޤީން ކުރުމާއި ސާފުކުރުމެއްނެތި، ތަކްފީރު ކުރުމުގައި އަވަސްވެގަތުމާއި އޭގެސަބަބުން ނިކުންނަ ނަތީޖާތައް ތަންފީޛު ކުރުމަށް އަވަސްވެގަތުމަކީ އަހަރެމެންގެ މަންހަޖެއް (އުޞޫލު) ނޫނެވެ. އެހެނީ ތަޥްޙީދުގެ މަތީގައިވާ ނަމާދު ކުރާމީހުންގެ ލޭ ހުއްދަކަމަށް ނިންމުމަކީ ވަރަށްވެސް ނުރައްކައުތެރި ކަމެކެވެ. އެންމެ މުސްލިމެއްގެ ލޭ އޮހޮރާލުމުގެ ކުށައްވުރެ، އެއްހާސް ކާފަރުން ދޫކޮށްލުމުގެ ކުށް މާފަސޭހައެވެ.“ ޝެއިޚް މަޤްދިސީގެ ބަސް ނިމުނީ.

އަނެއްބައި އަޚުންގެ ދަޢްވާއަކީ މިސްކިތްތަކުގެ އިމާމުންތައް ކާފަރު ނުވިޔަސް އެމީހުން އެކުރަނީ ކިޔަމަންތެރިކަމުގެ ޝިރުކެއް ކަމުގައެވެ. އަދި މިދަޢްވާ އަކީ ޝަރީޢަތުގައި އެއްވެސް އޮއްޓަރެއް ހުރި ދަޢްވާއެއް ނޫނެވެ. އެހެނީ އިމާމު މީހާ އެކުރަނީ ކިޔަމަންތެރިކަމުގެ ޝިރުކު ކަމުގައިވަނީ ނަމަ، އެފަދައިން ޢަމަލު ކުރާ މީހާ ދީނުން ބޭރުވުން އެކަށީގެންވެއެވެ. ނަމަވެސް މިއަޚުންގެ ދަޢްވާ އަކީ އޭނާ ކާފަރެއް ނުވެއެވެ. ސުވާލަކީ އިމާމު މީހާ ކާފަރު ނުވާ ހިނދު، އަދި އެއަށްވުރެ ރަނގަޅު އެހެން ޖަމާޢަތެއް ނެތް ހިނދުގައި އެއިމާމު މީހާގެ ފަހަތުގައި ޖަމާޢާތުގެ ނަމާދު އަދާ ކުރުމަކީ އަހުލުއް ސުންނަ ވަލްޖަމާޢާތުގެ ޢިލްމުވެރިން އެކަމަކަށް އިޖްމާޢްވެފައިވާ ކަމަކަށްވާ ހިނދު، އަހުލުއް ސުންނަ ވަލްޖަމާޢަތުގެ އަޤީދާއާއި މިފަދައިން ދަޢްވާކުރާ ލޮބުވެތި އަޚުންތައް ޚިލާފުވަނީ ކޮން ސަބަބަކާ ހުރެހެއްޔެވެ؟

ޝެއިޚް އަބޫ ބަޞީރު އައްޠަރްޠޫސީ އާއި ސުވާލުވެވުނެވެ. ”މިސްކިތެއްގެ އިމާމެއްގެ ވަޒީފާ އަދާ ކުރަމުންދާ އިމާމެއްގެ މަގުފުރެދުމުގެ ސަބަބުން، މިސްކިތަށް އޭގެ ސަބަބުން އެއްވެސް އަޘަރެއް ކުރޭ ހެއްޔެވެ؟ އަދި އޭގެ ސަބަބުން މިސްކިތް މަސްޖިދު އައްޡިރާރަށް ބަދަލުވާނެ ހެއްޔެވެ؟“

ޖަވާބު: ”އިމާމް މީހާގެ ސަބަބުން މިސްކިތުގެ ޙުކުމަށް އެއްވެސް އަޘަރެއް ނުކުރާނެއެވެ. އަދި އޭގެ ސަބަބުން މިސްކިތް މަސްޖިދު އައްޟިރާރަކަށް ބަދަލެއް ނުވާނެއެވެ. އެއީ ބިދުޢައިގެ އަހުލުވެރިންނާއި ހަވާ ނަފްސުގެ އަހުލުވެރިން ކުރާ ކަންތައްތައްކުގެ ސަބަބުން މިސްކިތަށް އަޘަރު ނުކުރާ ފަދައިންނެވެ. އެހެންކަމުން މިސްކިތް ފުރަތަމަ ދުވަހު ޤާއިމް ކުރެވުނު މަޤްޞަދާއި އޭގެ ޙުކުމް ހަމަ އެގޮތުގައި ދެމި އޮންނާނެއެވެ.

އެހެނީ މަސްޖިދު އައްޟިރާރު ގައި ތަޤްވާވެރިއެއް ނަމާދު ކުރިކަމުގައި ވިޔަސް އަދި އޭނާއަކީ މީސްތަކުންނަށްޓަކައި އިމާމްވެ ނަމާދު ކުރުމަށް ކަނޑައަޅާފައިވާ އިމާމް ކަމުގައި ވިޔަސް، އެމިސްކިތުގެ ޙުކުމް މަސްޖިދު އައްޟިރާރުގެ ޙުކުމުން ދުރެއް ނުކޮށްދޭނެއެވެ. ތަޤްވާގެ މައްޗަށް ބިނާކުރެވިފައިވާ މިސްކިތެއްގައި ބިދުޢަ ވެރިއެއް އިމާމްވެ ނަމާދު ކުރުމުގެ ސަބަބުން އެމިސްކިތް ﷲ ގެ ގެކޮޅުތަކުގެ ތެރެއިން ގެކޮޅެއްގެ ޙުކުމުން ބޭރެއް ނުވާނެއެވެ. އަދި އެއީ މަތިވެރިކަން ލިބިގެންވާ ތަނެކެވެ.

އެހެނެއްކަމަކު އިމާމުންގެ މަގުފުރެދުން ބެހެނީ ދެބަޔަކަށެވެ:

އެއްވައްތަރަކީ އިމާމް މީހާ އެއީ ކާފަރެއް ކަމުގައިވުމެވެ. އެހެނީ އޭނާ ސާފު ކުފުރުގެ ތެރެއަށް ދިޔުމެވެ. އަދި އެއީ ޝަރީޢަތުގައި އޭނާއަށް ތަކްފީރު ކުރުން މަނާ ކުރާ އެންމެހާ ކަންތައްތަކުން ނަފީ ވުމާއި ގުޅިގެންނެވެ. އެހިނދުގައި އެފަދަ އިމާމެއްގެ ފަހަތުގައި ނަމާދު ކުރުން ދޫކޮށްލުން އެއީ ވާޖިބެކެވެ. ނަމަވެސް އެހެންކަމުން އެފަދަ އިމާމެއްގެ ފަހަތުގައި ނަމާދު ކުރުމަކީ ހުއްދަވެގެންވާ ކަމެއް ނޫނެވެ. ނަމަވެސް އެއިމާމުގެ ފަހަތުގައި ނަމާދު ކުރުން ދޫކޮށްލި މީހާއަށް އެމިސްކިތުގައި ނަމާދު ކުރުން އެއީ ޞައްޙަ އަދި ހުއްދަވެގެންވާ ކަމެކެވެ.

ދެވަނަ ވައްތަރަކީ އޭނާގެ މަގުފުރެދުން އެއީ ބިދުޢަވެރިއެއް ނުވަތަ ފާސިޤެއްގެ ދަރަޖައިގައި ވާއިމާމެވެ. އަދި މިމަގުފުރެދުމަކީ އޭނާ ސާފު ކުފުރަށް ވާޞިލުކޮށްދޭ ކަމެއް ނޫނެވެ. އެހެންކަމުން މިފަދަ އިމާމުންގެ ފަހަތުގައި އެފަދަ ބިދުޢަވެރި ނުވަތަ ފާސިޤު އިމާމުންގެ ފަހަތުގައި ނަމާދު ކުރުން ހުއްދަވެގެންވެއެވެ. ޚާއްޞަކޮށް ޖަމާޢަތުގައި ކުރެވޭ ނަމާދު އެޅިދާނެ ކަމުގެ ބިރު ހީވެއްޖެނަމަ، އެފަދަ އިމާމެއްގެ ފަހަތުގައި ނަމާދުކުރުން އޭނާ އަށް ޚާއްޞަވެގެންވެއެވެ. އަދި އެއިމާމު މީހާގެ މަގުފުރެދުން އެއީ މިކަމަށް (ޖަމާޢަތް އެޅުމަށް) ވާހުރަހެއް ނޫނެވެ.

އަދި ޝެއިޚުލް އިސްލާމް އިބްނި ތައިމިއްޔާ (رحمه الله) 'އަލްފަތާވާ' ގައި ވިދާޅުވެފައިވެއެވެ. ”ޞަޙާބާއިން (رضي الله عنهم) ހުކުރުނަމާދާއި ޖަމާޢަތުގައި އެހެނިހެން ނަމާދުތައް އަލްޙައްޖާޖް އަދި އަލްމުޚްތާރު އިބްނި އަބީ ޢުބައިދު އައްޘަޤަފީ އާއި އެހެނިހެން މީހުންގެ ފަހަތުގައި އާދަކޮށް ކުރައްވައެވެ. އެހެނީ ހުކުރު ނަމާދާއި އެހެނިހެން ނަމާދުތަކުގެ ޖަމާޢަތް ދޫކޮށްލުން އެއީ ފާސިޤު ނުވަތަ ބިދުޢަވެރި އިމާމެއްގެ ފަހަތުގައި ނަމާދު ކުރުމަށްވުރެ މާބޮޑު ބިދުޢައެކެވެ. ޚާއްޞަކޮށް އެދެޖަމާޢަތް އެޅުމުގެ ސަބަބުން އިމާމް މީހާގެ އެމަގުފުރެދުމުން އޭނާ ދުރުނުކޮށްދޭ ހިނދެއްގައެވެ. އެހެންކަމުން އެމަގުފުރެދުމުން އޭނާ ދުރު ނުކޮށްދޭ ހިނދު ޝަރީޢަތުގައި އެޖަމާޢަތް އެޅުމުން އޮތީ ކޮން ފައިދާއެއްހެއްޔެވެ؟ މިކަމާއިގުޅިގެން ސަލަފުންނާއި ޢިލްމުވެރީންގެ އަރިހުގައި، ހުކުރުނަމާދުގެ ޖަމާޢަތާއި އަދި އެހެނިހެން ނަމާދުގެ ޖަމާޢަތްތައް އެފަދަ އަނިޔާވެރި އިމާމުންގެ ފަހަތުގައި ނުކޮށް ދޫކޮށްލާ މީހުން ބެލެވެނީ ބިދުޢައިގެ އަހުލުވެރިންގެ ތެރެއިންނެވެ.“(ހިޖްރަން މަސްޖިދުއް ޡިރާރު)

އެހެންކަމުން ކުރުގޮތަކަށް ބުނާނަމަ ރާއްޖޭގެ މިސްކިތްތަކުގައި ހެދޭ ޖަމާޢަތަށް ނުދާ އަޚުންގެ މައްސަލައިގެ އަޞްލަކީ ތަކްފީރާއި ގުޅިފައިވާ މައްސަލައެކެވެ. މިމައްސަލައިގައި އެންމެ ބޮޑަށް އޮޅުން އަރާފައިވާ މައްސަލައަކީ ތަކްފީރުލް މުޢައްޔަން ނުވަތަ ވަކި މީހަކަށް ޚާއްސަކޮށްފައި ކުފުރުގެ ފަތުވާ ޖެހުމާއިއެވެ.

އެހެންކަމުން ލޮބުވެތިއަޚުންނަށް ނަޞޭޙަތްތެރިވަނީ ތަކްފީރު ކުރުމާއި މެދުގައި ﷲ އަށް ބިރުވެތިވުމަށެވެ! އެހެނީ އެއީ ހަމައެކަނި ﷲ އާއި ރަސޫލާ (صلى الله عليه وسلم) ޙައްޤެކެވެ. އަދި ތަކްފީރުކުރުން ވަނީ ދީނުގެ ވަޢީދުތަކުގެ ތެރެއިންނެވެ. އެހެނީ ﷲ ތަޢާލާ ޙުރުމަތްތެރިކުރައްވާފައި ނަފްސެއްގެ މައްޗަށް ތަކްފީރު ކުރުމުގެ މާނައަކީ އޭނާގެ ލެއާއި މުދަލުގެ ޙުރުމަތް ކަނޑާލުމެވެ. އަދި މިއީ ﷲ ޙަރާމް ކުރެއްވި ކަމެއް ޙަލާލް ކުރުންފަދަ ކަމެކެވެ. އެހެންކަމުން ޤިޔާމަތް ދުވަހުން ﷲ ތަޢާލާގެ ޙަޟްރަތުގައި މިބޮޑު ޒިންމާ ނެގުމަށްޓަކައި ބިރުވެތިވެ ރައްކައުތެރިވާށެވެ!

No comments:

Post a Comment