Sunday, May 16, 2010

އެމްޑީޕީ އިސްތިއުފާ !



ރައްޔިތުންނަށް ގިނަގުނަ ޥަޢްދުތަކެއް ވުމަށްފަހު ޤައުމުގެ ރައީސްކަމަށް އެމަނިކުފާނު ހޮވިވަޑައިގެންފިއެވެ. ރައްޔިތުން އުއްމީދުކޮށްގެންތިބީ އެމަނިކުފާނަކީ ޥަޢްދު ފުއްދަވާނެ ބޭފުޅެއްކަމުގައެވެ. ނަމަވެސް އެންމެފަހުން ކީހާޅެންވީ ފަރިއްސަށެވެ. ވަޢްދާއި ހުވާކޮށްފައި އެހަނދާން ނެތިއްޖެއެވެ. ނޫނީ އެހެންގޮތެއްގައި މަޖުބޫރުވެއްޖެއެވެ.

އެމްޑީޕީން މިޤައުމުގެ ވެރިކަމާއި ހަވާލުވިފަހުން އެންމެގިނައިން އިވޭއެއްއަޑަކީ ޥަޢްދު ފުއްދުމުގެ ވާހަކައެވެ. އެކަމަކު ހިތާމަކުރަންޖެހޭ ކަމަކީ ވަޢްދު ފުއްދުމުގައި އެމްޑީޕީން ގެންގުޅޭ ދެފުށްދެގޮތް ކަމެވެ. ރިޔާސީ އިންތިޚާބަށް ކެމްޕޭން ކުރަމުންދިޔައިރު މުޙައްމަދު ނަޝީދު ވިދާޅުވެފައިވަނީ ތިމަންމަނިކުފާނަކީ ދީނީ ޢިލްމުވެރިއެއްނޫންކަމުގައެވެ. އަދި ރާއްޖޭގައި ދީނީ ކަންތައްޔައް ހިންގާނީ އިސްލާމްދީނުގެ ޢިލްމު ޙާޞިލް ކުރައްވައިގެން ތިއްބެވި ދީނީ ޢިލްމެވެރިން ކަމުގައެވެ. ފަހަރެއްގައިވެސް ދީނީ ޢިލްމުވެރިންކުރައްވާ ކަންތަކަށްް ސަރުކާރުން ހުރަސްނާޅުއްވާނެ ކަމުގައެވެ. ދީނީ ކަންތައްތައް ހިންގެވުމަށްޓަކައި ވަކިމުއައްސަސާއެއް އުފައްދަވާނެކަމުގައެވެ.

ރައްޔިތުންނަށް ގިނަގުނަ ޥަޢްދުތަކެއް ވުމަށްފަހު ޤައުމުގެ ރައީސްކަމަށް އެމަނިކުފާނު ހޮވިވަޑައިގެންފިއެވެ. ރައްޔިތުން އުއްމީދުކޮށްގެންތިބީ އެމަނިކުފާނަކީ ޥަޢްދު ފުއްދަވާނެ ބޭފުޅެއްކަމުގައެވެ. ނަމަވެސް އެންމެފަހުން ކީހާޅެންވީ ފަރިއްސަށެވެ. ވަޢްދާއި ހުވާކޮށްފައި އެހަނދާން ނެތިއްޖެއެވެ. ނޫނީ އެހެންގޮތެއްގައި މަޖުބޫރުވެއްޖެއެވެ. އެމަނިކުފާނަށް މިހާރު ހީފުޅުވެލައްވަނީ ތިމަންމަނިކުފާނު ޥަޢްދުތަކެއް ވެވަޑައިގަތީ އިސްލާމްދީނުގެ ޝިޢާރު ރާއްޖޭގައި ފާޅުކުރުމަށް ހުރަސްއަޅުއްވަން ކަމުގައެވެ. އެކަމުގެ ޢަމަލީ މަސައްކަތް މިހާރުދަނީ ފުޅާދާއިރާއެއްގައި ކުރައްވަމުންނެވެ. އިސްލާމިކް މިނިސްޓްރީއަކީ ޕެރަލައިޒް ވެފައިވާ މުއައްސަސާއެއް ކަމުގައި ހަދަން ދިވެހިސަރުކާރުންވަނީ ފޫގަޅާފައެވެ.

ދީނީއެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ޤަޥާޢިދު ސަރުކާރުންވަނީ ގެޒެޓްކޮށްނުދީ ހިފަހައްޓާފައެވެ. ޑރ. ޒާކިރު ނައިކްގެ ދަރުސެއްބޭއްވުމަށް ޓްރެކްދަނޑު ނުދޭނަކަމަށް ޔޫތުމިނިސްޓްރީން، އިސްލާމިކް މިނިސްޓްރީއަށްވަނީ އަންގާފައެވެ. ސީދާ މިނިސްޓަރ ޙަސަން ލަތީފުއެވެ. މިނޫނަސް އިސްލާމްދީނާއި ގުޅުންހުރި ކޮންމެކަމެއްގައި، މިސަރުކާރުގެ ސިޔާސަތަކީ އެކަމަކަށް ހުރަސްއެޅުމެވެ. އެކަން ކުރިއަ ނުދިނުމަށެވެ. ދިވެހި ސިފައިންނަށް ޝެއިޚް އިލްޔާސް ދެއްވަންއޮތް ދަރުސެއް ކެންސަލްކުރީ ޚުދު ރައީސް ނަޝީދުގެ އަމުރަށެވެ. މިފަދަ އެތައްކަމެކެވެ. މުރާސިލުން

No comments:

Post a Comment