Friday, May 14, 2010

ތަޢުލީމީ މަންހަޖްގެ މައްސަލައިގައި މުދައްރިސުންނާއި ބެލެނިވެރިން ހޭލުންތެރިކުރުމަށް ހިންގާ ޤައުމީ ކެމްޕެއިން ކުޅުދުއްފުށީގައި ޢަދާލަތު ޕާޓީއިން ފަށައި

ތަޢުލީމީ މަންހަޖްގެ މައްސަލައިގައި ޢަދާލަތު ޕާޓީއިންވަނީ މުދައްރިސުންނާއި ބެލެނިވެރިން ހޭލުންތެރިކުރުމުގެ ޤައުމީ ކެންޕޭނެއް ހިންގުމަށް ނިންމާފައެވެ. މިކެމްޕޭންގެ މަސައްކަތް ފެށިގެން މިދިޔައީ ހދ. ކުޅުދުއްފުށީގައެވެ.

ޢަދާލަތު ޕާޓީގެ އަމީން ޢާއްމު އައްޝައިޚް ޢިމްރާން ޢަބްދުﷲ ހދ. ކުޅުދުއްފުށީގެ ސްކޫލުތަކުގެ ޓީޗަރުންނާ 13 މެއި 2010 ވީ ބުރާސްފަތި ދުވަހުގެ ހަވީރު 4 ޖެހިއިރު ކުޅުދުއްފުށީ ޖަލާލުއްދީން ސްކޫލްގެ ހޯލުގައި ބައްދަލުކުރައްވައިފިއެވެ. މިބައްދަލުވުމަކީ ޢަދާލަތު ޕާޓީއާއި، ކުޅުދުއްފުށީ ޖަމްޢިއްޔަތުއްނޫރާއި، ކުޅުދުއްފުށީގައި ހުންނަ ސްކޫލްތައް ގުޅިގެން ބޭއްވި ބައްދަލުވުމެކެވެ. މިބައްދަލުވުމަށް ކުޅުއްދުފުށީގައި މަސައްތަކް ކުރައްވާ ރާއްޖޭގެ ޓީޗަރުންގެ ތެރެއިން 200 އަށްވުރެ ގިނަ ޓީޗަރުންނާއި، ސްކޫލްތަކުގެ ވެރިން ޙާޟިރުވިއެވެ. މުރާސިލް


މިބައްދަލުވުމުގައި ދިވެހި ރާއްޖެގެ ޤައުމީ މަންހަޖަށް ސަރުކާރުން ގެންނަން ނިންމާފައިވާ ބަދަލާއިބެހޭ ގޮތުން ކުޅުދުއްފުށީ ޓީޗަރުން ހޭލުންތެރިކުރުމުގެ ގޮތުން ވާހަަކަ ފުޅު ދައްކަވާފައިވެއެވެ. މަތީ ސާނަވީގެ ދަރިވަރުންނަށް އިސްލާމް އަދި ދިވެހި އެއީ އިޚްތިޔާރީ މާއްދާއެއްގެ ގޮތަށް، އަންނަ އަހަރުންފެށިގެން ހަމަޖެއްސުމަށް ނިންމަވާފައިވާ ނިންމެވުން ކުއްވެރިކުރައްވާ އެކަން ބަދަލުކުރުމަށް ކުރެވެން ހުރިހުރިހާ ކަމެއް ކޮށްދެއްވުމަށް އައްޝައިޚް ޢިމްރާން ޢަބްދުﷲ ގޮވާލެއްވިއެވެ. އަޅުގަނޑުމެންގެ ދަރީންގެ ހިތްތަކުން ދީނާއި ޤައުމަށް އޮންނަންޖެހޭ ލޯބިފިލައިގޮސް ދީނަށް އަދި ޤައުމަށް އެއްވެސް ޙުރުމަތެއް ނުބަހައްޓާބަޔަކަށް އެދަރީން ވިޔަނުދިނުމަށްޓަކައި ކުރެވެން ހުރި ހުރިހާ ކަމެއްކޮށްދެއްވުމަށްވެސް އައްޝައިޚް ޢިމްރާން ޢަބްދުﷲ ގޮވާލެއްވިއެވެ. އައްޝައިޚް ޢިމްރާން ޢަބްދުﷲގެ މިގޮވާލެއްވުމަށް ބައްދަލުވުމުގައި ބައިވެރިވި ކުޅުދުއްފުށީގެ ހުރިހާ މުދައްރިސުންނާއި ސްކޫލްތަކުގެ ވެރިން ފުރިހަމައަށް ތާއީދުކުރައްވާކަންވެސް އެފަރާތްތަކުންވަނީ ހާމަކުރައްވާފައެވެ.

ތަޢުލީމީ މަންހަޖްގެ މައްސަލައިގައި ޢަދާލަތު ޕާޓީއިންވަނީ މުދައްރިސުންނާއި ބެލެނިވެރިން ހޭލުންތެރިކުރުމުގެ ޤައުމީ ކެންޕޭނެއް ހިންގުމަށް ނިންމާފައެވެ. މިކެމްޕޭންގެ މަސައްކަތް ފެށިގެން މިދިޔައީ ހދ. ކުޅުދުއްފުށީގައެވެ.

މީގެ އިތުރުން އުނގަންނައި ދިނުމުގެ މަތިވެރިކަމާއި ބެހޭގޮތުން ވަރަށް ފުރިހަމަ ތަޤްރީރެއް އައްޝައިޚް ޢިމްރާން ޢަބްދުﷲ ދެއްވާފައިވެއެވެ. ކިޔަވައި ދިނުމުގައި ކުރިމަތިވާ ގޮންޖެހުންތަކާއި، އިސްލާމްދީނުގައި މުދައްރިސުންގެ މަޤާމާއި، ޢިލްމުގެ މާތްކަމުގެ މައްޗަށް މިތަޤްރީރުގައި އަލި އަޅުވައިލައްވާފައިވެއެވެ.

ކުޅުދުއްފުށީ ޖަލާލުއްދީން ސްކޫލްގައި ރޭ 8:45 ގައި އެސްކޫލްގެ ގްރޭޑް 9 އަދި 10 ގެ ދަރިވަނުންނަށް އައްޝައިޚް ޢިމްރާން ޢަބްދުﷲ ވަނީ ދީނީ ނަޞޭޙަތް ދެއްވާފައެވެ. މިނަޞޭޙަތުގައި ތަޢުލީމު އުނގެނުމަށް ލިބިފައިވާ ރަނުގެ ފުރުޞަތު ހެޔޮގޮތުގައި ބޭނުންކުރުމުގެ މުހިންމު ކަމުގެ މައްޗަށް ވަރަށް ތަފްޞީލުކޮށް އަލިއަޅުވައި ލައްވާފައިވެއެވެ.

No comments:

Post a Comment