Monday, May 17, 2010

އޭލޮބްވެތި ރައީސެވެ

އަނެއްކާވެސް ތިބާއަށް އަހަރެއްފުރުނީއެވެ. ތިބާގެ ޙަޔާތުން ވޭތުވެދިޔަ އަހަރުތަކަށް އަހަރެއް އިތުރުވީއެވެ. ދަންނާށެވެ. އިންސާނާފުރާފުރިހަމަ ވުމަށްފަހު އޭނާގެ ޙަޔާތުން ވޭތުވާ ކޮންމެ އަހަރަކީ އޭނާގެ ހަށިގަނޑު ދެރަކޮށް ބާކުރާ ދުވަސްތަކެކެވެ. ކައްވަޅާ ތިބާއާ ދެމެދުގައިވާ ރާސްތާ ކުޑަތަންވަނީ އެވެ. ތިބާ ކައްވަޅާގާތްވަނީ އެވެ. ވޭތުވެ ދިޔަ އަހަރަކީ ތިބާއާ މަރާދެމެދުގައިވާ ދުވަސްތަކުން އުނިވި އަހަރެވެ. އެހެންގޮތަކަށް ބުނާނަމަ ތިބާއާ އެ މަރާ ގާތްކުރި ފަސްއަހަރެވެ.
އޭ ލޮބްވެތި ރައީސެވެ!..
އޭ ލޮބްވެތި ރައީސެވެ!..
ވިސްނާށެވެ. ޢަމަލުތައް ހިސާބްކުރާށެވެ. ތިބާއާ ހަވާލުވެފައިވާ ޒިންމާ ނުހަނު ބޮޑެވެ. އެކަމުގައި ވަފާތެރިވާށެވެ. ތިބާގެ މަސްޢޫލިއްޔަތު ވަރަށް ބޮޑެވެ. އެކަމުގައި ޒިންމާދާރުވާށެވެ. ތިކަމަކީ ހަމަކަށަވަރުވެސް ސުވާލުވެވޭނެ ކަމެކެވެ.
ލޮބްވެތިރައީސެވެ.
ދުވަސްތައް ފާއިތުވަނީ އެވެ. ކުޑައިރުގައި އެކުވެރިންނާ އެކު ކުޅެމަޖާކުރަންއުޅުނު ހަނދާނެއްނުވޭހެއްޔެވެ؟ ކުޑައިރުގެ މަޖާ ޙަޔާތެވެ. އެއަށްފަހު މަދަރްސީ ދުވަސްތަކެވެ.
އެދުވަސްތައް މިހާރުކޮބައިހެއްޔެވެ؟ ހީވަނީ އިއްޔެގެ ހަނދާންތަކެއްހެން ދެއްތޯއެވެ؟..
އާއެކެވެ. އެދުވަސްތައް ފާއިތުވެ ދިޔައީ ވަރަށް އަވަހަށެވެ. ވީމާ ދަންނާށެވެ. ކުރިއަށް އޮތް ދުވަސްތައްވެސް ހަމަ އެހާމެ އަވަހަށް ހިނގައިދާނެއެވެ.. murasil

No comments:

Post a Comment