Wednesday, May 26, 2010

ފިނޑީން ފާޅުވާ ރޭ

ވާހަކަ ކިޔައިދޭ ރަޙުމަތްތެރިޔާ
މިރެޔަކީ ދިވެހީންގެ ތެރޭގައި ތިބި ފިނޑީން ފެންނާނެ ރެޔެކެވެ. ދުރުގައި ތިބެގެން ހަޅޭ ނަގާ ނަގާ އިރުގައި ކިޔޭ ނުކިޔޭ އެއް ނޭންގި ދީނުން ބޭރުވެ މީހާ ކާފަރުވެގެން ދާއިރުގަވެސް ތިމާގެ ކޮޅު ގަދަކުރެވޭތޯ ބެލުން އެއީ ކާބަފައިން ސުރެ މި ދިވެހީންގަޔަށް އަރަމުން އައިސްފައިވާ ނުފިލީ ވަބާއެކެވެ.
ނަމަވެސް ދިވެހީންގެ ތެރޭގައި އުޅޭ މިޒާތުގެ މީހުންނާއި، އަދި ޙާއްސަކޮށް އެތީސްޓުން ނޫނީ އެގޮނިސްޓުން ނެއްތޯ ކިޔޭ ބަޔަކާއި ދިވެހި ކުރިސްޓިޔަނުންތަށް މިރޭ ތިބޭނީ ފިލައެވެ. ކަންފަތުގައި އަތް އަޅާ ނިދާފައެވެ. ފިނޑިކަމުގެ ކޮޅުނެތް ކޮޅެވެ. އެކަން އެވަނީ ހަމަ އެ ޤުރައިޝުންގެ ގާތަށް ހަމައެކަނި ލިޔުންތެރިކަމުގެ ވައްޓަފާޅިން "އެކަނިވެސް" ގޮންޖަހާލި ކީރިތި ޤުރުއާން އައި އިރު އެމީހުންނަށް ވެފައި ތިބި ގޮތެވެ. މިރޭ 26 - 05 - 2010 ވާ ރޭ މި އަނގަތަށް ބޮޑެތި ކުރާމީހުން ކުރެން ކިތަކަކަށް މީހުންނަށް އެޖަލްސާޔަށް އަންނާން ކެރޭނެޔޭ ވެސް ހިތަށް އަރައެވެ. ތިމާ ނަންވެފައި ފުއްޕާލަންވެސް ޑަކުޓަރު ގާތުން މޮޅު ސުވާލެއް ކޮށްލީމޭ އަހާލާން ކޮޅަށް ތެދުވާނީ ކޮން ދުލެއް އޮތް މި ދީނާއި ދެކޮޅުވެރި އަނގައެއްބާވަ އޭ ހިތައް އަރައެވެ. ނޫނެކެވެ. ގިނަ މީހުން އޮންނާނީ ގޭގައެވެ. ދެން ފިނޑި ރަނޑާލި ތަންތާ ތިބޭ އަންހެނުންގެ އުސޫލު ހެން ބޭކާރު ވާހަކަ ދައްކައިގެން މޮޅު ހޯދޭތޯ ނޫނީ ނުބަލާނެއެވެ. ހަމަ މިހެން އެ ޤުރުއާން ބާއްވާލެވުން ޤުރައިޝުންނަށްވެސް ވިއެވެ. އެމީހުންގެ މުދާތަށް ފޭރެވި، މީހުން އަޅުވެތި ކުރެވި، ބިންތަށް މުސްލިމުން ގެ އަތްދަށަށް ދިޔަ އިރުވެސް ތިބީ އުފްވެސް ބުނެލަން ނުކެރި އިސްޖެހި ފިނޑިވެފައެވެ. އެމީހުންނަށް ކުރެވޭ ކަމެއް ނަމަ ކީތްކުރާން ތޯއެވެ؟ އެންމެ ސޫރަތެއްގެ މިންވަރުވެސް ހަދާލީހެއް ނޫންބާވައެވެ.

އަދި ހަމަ މި ދެންނެވި ބައިގަނޑާއި މެދު އަޅުގަނޑުވެސް ފޮނި ކަނޑާލަމެވެ. މިރޭ އޭގެ ތެރެއިން ގިނަ މީހުން ތިބޭނީ ފިލައެވެ. ގެންދާން އުޅުނަސް މަ ދެން ޓީ.ވީ އިން ނޫނީ ނުބަލާނަމޭ ކިޔާ ފިލާނީ އެވެ. ކުރިމަގު އިނގޭކަމަށް ދަޢުވާ ކުރަނީ އަކީ އެއް ނޫނެވެ. ނަމަވެސް މިއީ ހަމަ ވާނެ ގޮތެވެ. ދިވެހީން ނަކީ އޭރުވެސް މިހާރުވެސް ދެން އަދި ދެންވެސް ހަމަ އެ "ފިނޑި ދިވެހީންނެވެ". ވަރަށް މަދު ހިތްވަރުގަދަ މީހަކު ނޫނީ ދީނަށްވެސް އުޅޭތަނެއް ނުފެންނާނެ ހަމަ އެ ދިވެހީންގެ ދިވެހި ފަސްގަނޑެވެ. murasil

No comments:

Post a Comment