Monday, May 10, 2010

ދުނިޔޭގެ މަޝްހޫރު ޝަޚްސިއްޔަތެއް ޢަދާލަތުޕާޓީގެ ރިޔާސީކެންޑިޑޭޓަކަށް



ދެހާސްތޭރަ ވަނައަހަރު އޮންނަ ރިޔާސީއިންތިޚާބުގައި ޢަދާލަތުޕާޓީގެ ފަރާތުން ބައިވެރިވާނެ ކަމުގެ އަލާމާތްތައް ދަނީ ފެންނަމުންނެވެ. މިކަމުގެ އަމަލީ މަސައްކަތް މިހާރުވެސް ދަނީ ކުރަމުންނެވެ. މިގޮތުން ރާއްޖޭގެ ތަފާތު ކަންކޮޅުތަކުގައި ޖަލްސާތައް ބޭއްވުމާއި ޕާޓީއަށް މީހުންވެއްދުމުގެ ހަރަކާތްތައް ވަރަށް ހަލުއިކަމާއިއެކު ކުރަމުން އެބަގެންދެއެވެ. މަޢްލޫމާތު ލިބިފައިވާ ގޮތުގައި ޢަދާލަތުޕާޓީގެ ފަރާތުން ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ނިކުންނަނީ ޕްރޮފެސަރު ޙަސަން އުގައިލެވެ. އަދި އެބޭފުޅާގެ ރަނިންމޭޓެއްގެ ގޮތުގައި ޑރ. މުޙައްމަދު މުޢިއްޒުއެވެ.

ޕްރޮފެސަރު ޙަސަން އުގައިލާއި ޑރ. މުއިއްޒުއަކީ އިގިރެސިވިލާތުގައި ކިޔަވާވިދާޅުވާން އުޅުއްވިއިރު ވަރަށް ގާތް ދެބޭފުޅުންނެވެ. ދެބޭފުޅުންނަކީވެސް އިސްލާމްދީނަށް ލޯބިކުރައްވާ، ޒަމާނީ ތަޢްލީމު ޙާޞިލް ކުއްވާފައިވާ ދެބޭފުޅުންނެވެ. ދެބޭފުޅުންވެސް ޕީއެޗްޑީ ހައްދަވާފައިވަނީ އިގިރޭސިވިލާތުންނެވެ. އަދި މިދެބޭފުޅުންގެ އިތުރުން އިގިރޭސިވިލާތުގައި ކިޔަވާވިދާޅުވަމުން ގެންދަވާ ވަރަށްގިނަ ޒުވާނުން ޢަދާލަތުޕީޓިއާއި ގުޅިވަޑައިގެން މިދެބޭފުޅުންގެ ކެމްޕޭނުގައި ބައިވެރިވެ ވަޑައިގަންނަވާނެ ކަމުގައި ބެލެވެއެވެ.

ޕްރޮފެސަރު ޙަސަން އުގައިލަކީ އައްޑުއަތޮޅު ހިތަދޫ އަށް އުފަން ބޭފުޅެކެވެ. ޑރ. މުޙައްމަދު މުޢިއްޒު އަކީ ފަޟީލަތުއްޝައިޚް ޙުސައިން ޢަބްދުއްރަޙްމާންގެ ދަރިކަލެކެވެ. muraasil

2 comments: