Sunday, May 16, 2010

މިސަރުކާރުގެ ހުންނަ ހަޔާތްކުޑަކަން ނިކަން ދެކި ބަލާށެވެ


ލިޔުނީ: އަލް އިސްލާޙް

އިސްލާމް ދީން ދެކެ މި އެއްޗިހިން ރުޅިއަރާވަރު ނިކަން މިހިރަގެން ދަނީ ފެންނަމުން ނޫންހެއްޔެވެ؟ މަތީގައި އަހުރެން ބުނި ވާހަކަޔާ މިކަމާ ނުގުޅޭ ހެއްޔެވެ؟ މިއީ ހަމަ ލާދީނީ ސަރުކާރެކޭ މި ބުނަނީ އެހެން ވެގެންނެވެ. މިހާރުވެސް ނާޗަރަންގީއެއް ކުޅެން ވެއްޖެނަމަ ސްޓޭޑިއަމެއްނޫން މުލިއާގެވެސް ރައީސްނަޝީދުގެ ނިދާ ކޮޓަރިކޮޅުވެސް ދޭނެ ކަމީ ޝައްކެތް އޮތްކަމެއްނޫނެވެ. މިސަރުކާރުގެ ފެންވަރު މިހިރަގެން ފެންނަނީއެވެ.

މިސަރުކާރަކީ ކިހާވަރެއްގެ ސަރުކާރެއްކަން ހަމަހޭގައި ހުރި ކޮންމެ މީހަކަށް ވަރަށް ސާފުކޮށް މިހިރަ ދަނީ ފެންނަމުންނެވެ. ލާދީނީ ކަންކަމަށް ލޯބި ކުރުމާ އިސްލާމްދީނަށް ނަފުރަތު ކުރުމަކީ މިސަރުކާރުގެ ވައުދެކޭ މިހާރު ހީވާކަހަލައެވެ. މިހިރަ މިހިރަ ވާހަކަތަކަކީ ފަހަރުގައި ތިޔަބޭފުޅުންނަށް އާ ވާހަކައަކަށް ނުވެދާނެއެވެ. އެހެން ނަމަވެސް ކިޔަމުން ކުރިއަށް ގެންދާށެވެ.


އާއެކެވެ! ދައްކަން މިއުޅެނީ މި ސަރުކާރުން އިސްލާމްދީނާ ދެކޮޅަށް ކުރަމުންދާ ކަންތައްތަކުގެ ވާހަކައެވެ. އިސްލާމްދީން މިދިވެހި ފަސްގަނޑުން ފޮހެލުމަށްޓަކާ ރާވަމުންދާ ރޭވުންތަކުގެ ވާހަކައެވެ. މިއީ އަހަރެމެން ވިސްނާލަން ޖެހޭ ކަންކަމެވެ. އަދި އެކަންތައްތައް އެގޮތަށް ކުރުމާ ދެކޮޅަށް އަޑު އުފުލަން ޖެހޭފަދަ ކަންކަމެވެ.


އިސްލާމް ދިވެހި މި ދެމާއްދާ އިހްތިޔާރީ އެއްޗަކަށް ހެދުމަށް މިސަރުކާރުން މަސައްކަތްކުރާތާ ދުވަސްކޮޅެއްވެއްޖެއެވެ. މިފަދަ އަޑުތަކެއް އަހަރެމެންގެ ތެރޭގައި ފެތުރެން ފެށުމާއެކީ އެކަމާ ދެކޮޅަށް އެތަށްބަޔަކު ދަނީ ނުރުހުން ފާޅުކުރަމުންނެވެ. ހުދު އަޅުގަނޑުވެސް އެކަމާ ދެކޮޅެވެ. އެކަން އެގޮތަށް ކޮށްގެން ނުވާނެޔޭ މި ބުނަނީ "ހަރުއަޑުން" ގަޔަށް ލެވުނުހާ ބާރެއް ލާފައެވެ.


ތިޔަބޭފުޅުން ނިކަން ވިސްނާލަ ބައްލަވާށެވެ. އިސްލާމީ ގައުމެއްގައި އަދި ލާދީނީ ހިޔާލުތައް އަހަރެމެންގެ ތެރެއަށް އާންމުވެފައިވާ މިފަދަ ދުވަސްވަރެއްގައި އިސްލާމް، ދިވެހި ފަދަ މާއްދާއެއް އިހްތިޔާރީ އެއްޗަކަށް ހެދުމުން ދެން ވާނީ ކިހިނެއްތޯއެވެ؟ މި ސުވާލުގެ ޖަވާބު ތިޔަބޭފުޅުން އަމިއްލައަށް ދެއްވަ ބައްލަވާށެވެ. އެގޮތަށް އެކަން ކޮއްފިނަމަ މި ދިވެހި ގައުމުން އިސްލާމްދީން ފޮހެވިގެން ދާކަށް މާގިނަ ދުވެއް ނުނަގާނެއެވެ. އޭރުން ދުވަސްކޮޅަކުން ދެން އިވޭނީ އިސްލާމް ދީނަކީވެސް އިހްތިޔާރީ އެއްޗަކަށް ހަދަނީއޭ ކިޔާއަޑު ކަންނޭގެއެވެ. މިފަދަ ބޮޑުކަމެއްގައި ރައްޔިތުންގެ ހިޔާލެއް ހޯދުމެއްނެތި މިފަދަ ކަމެއް ކުރުމަކީ މިސަރުކާރުން ރައްޔިތުންބޭނުންވާގޮތަށް ކަންތައްތައް ނުކުރާނެކަން އަންގައިދޭ އަލިގަދަ ހެއްކެކެވެ. އަދި މިކަމަށް ރައްޔިތުން ނުރުހުން ފާޅުކުރަމުންދާ އިރުވެސް ސަރުކާރުގެ ފަރާތުން މިކަމާ ބެހޭގޮތުން އެއްޗެއް ބުނެފައިފައި ނެތުމުން އެއިން ދޭހަ ވަނީ ސަރުކާރުން ބޭނުންވާ ގޮތަށް އެކަން ކުރާނެކަމެވެ. ނަމަވެސް އަޅުގަނޑު ތިޔަބޭފުޅުންނަށް މި ގޮވާލަނީ ގާނޫނީ އިމުގެ ތެރެއިން މިކަން ހުއްޓުވުމަށް ކުރެވެންހުރި ކަމެއް ކުރުމަށެވެ.


ދެން އޮތީ އެހެން ވާހަކައެކެވެ. އިސްލާމިކް އެފެޔާޒުން އިސްނަގައިގެން ޑރ. ޒާކިރުނައިކް ރާއްޖެ ގެނައުމުގެ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. މިކަމަކީވެސް ތިޔަބޭފުޅުންނަށް ވަރަށް ފާޅުގައި އެނގެން އޮތްކަމެކެވެ. ނަމަވެސް މީގައި އަޅުގަނޑު ފާހަގަކޮށްލަން މިއުޅެނީ މިސަރުކާރުން ޒާކިރް ނައިކްގެ ދަރުސް ބޭއްވިޔަ ނުދިނުމަށް ކުރަމުންދާ މަސައްކަތްތަކެވެ. ޒާކިރްނައިކްގެ ދަރުސް ބާއްވާނެ ތަނެއްގެ ގޮތުގައި އިސްލާމިކް މިނިސްޓްރީން ބޭނުންވެގެން ސްޓޭޑިއަމް ބޭނުންވެގެން އެދުމުން މި ސަރުކާރުން ވަނީ ސްޓޭޑިއަމް ނުލިބޭނެކަމަށް ބުނެފައެވެ. މިސަރުކާރުގެ ހުންނަ ހަޔާތްކުޑަކަން ނިކަން ދެކި ބަލާށެވެ. އިސްލާމް ދީން ދެކެ މި އެއްޗިހިން ރުޅިއަރާވަރު ނިކަން މިހިރަގެން ދަނީ ފެންނަމުން ނޫންހެއްޔެވެ؟ މަތީގައި އަހުރެން ބުނި ވާހަކަޔާ މިކަމާ ނުގުޅޭ ހެއްޔެވެ؟ މިއީ ހަމަ ލާދީނީ ސަރުކާރެކޭ މި ބުނަނީ އެހެން ވެގެންނެވެ. މިހާރުވެސް ނާޗަރަންގީއެއް ކުޅެން ވެއްޖެނަމަ ސްޓޭޑިއަމެއްނޫން މުލިއާގެވެސް ރައީސްނަޝީދުގެ ނިދާ ކޮޓަރިކޮޅުވެސް ދޭނެ ކަމީ ޝައްކެތް އޮތްކަމެއްނޫނެވެ. މިސަރުކާރުގެ ފެންވަރު މިހިރަގެން ފެންނަނީއެވެ.
އޭ ދިވެހި ލޮބުވެތި ރައްޔިތުންނޭވެ. ނިކަން ހޭއަރާ މިހިރަ މިހިރަ ކަންކަމާ ވިސްނާލަބަލާށެވެ. މިކަންކަމުގެ ސަބަބުން މި ދިވެހި ގައުމު މިދަނީ އެއްދުވަހުން އަނެއްދުވަހަށް ހަލާކު ވަމުންނެވެ. އެހެން ކަމުން ސަރުކާރުން ކުރާ މިފަދަ ލާދީނީ ކަންކަން ކުއްވެރިކޮށް އެކަންކަމާ އިދިކޮޅަށް ތެދުވުމަށް ތިޔަ އެންމެހާ މުސްލިމް ރައްޔިތުންނަށް އަޅުގަނޑު ގޮވާލަމެވެ. މިލިޔުމުގައި މި ބަޔާންކޮށްލެވުނީ މިސަރުކާރުގެ ލާދީނީ ޕްރޮޕެގަންޑާގެ ތެރެއިން ކޮންމެވެސް ވަރެކެވެ. އެހެން ފަހަރަކުން ދެން ހުރި ވާހަކަތައް ގެނެސް ދެވޭތޯ ބަލާނަމެވެ. މިހާރަކު ވަގުތެއް ނެތެވެ. dhiburunu

No comments:

Post a Comment