Tuesday, May 18, 2010

ރައީސް ފައިވިއްދާލައިގެން މިއުޅެނީ އަނެއްކާ ކޮންކޮޅަކުން އިރުއެރީބާއެވެ؟..

ބަކުރުބެ
ކިހިނެތް ޤަބޫލުކުރާނީ؟؟
އެމެރިކާއިން މިކަން ކުރަން ބުނެފިއެވެ. ދެން ރެކެވޭކަށް ނެތެވެ.

ގުއަންޓަނާމޯބޭ އިން ޓެރެރިސްޓުން ރާއްޖެ ގެނައުމަށް މިހާރުގެ ރައީސް ފައިވިއްދާލައިގެން މިއުޅެނީ އަނެއްކާ ކޮންކޮޅަކުން އިރުއެރީބާއެވެ؟..

މީ އަޖައިބެކެވެ.. ބޮޑު އަޖައިބެކެވެ. މިކަމުގައި ފޮރުވިފައިވާ ކޮންމެސް ކަންތައްގަނޑެއް އުޅޭހެން ބަކުރުބެއަށް އެބަ ހީވެއެވެ. މިހެން މިބުނީ ކުއްލިއަކަށް މިގައުމުގެ މިހާރުގެ ރައީސް އިސްލާމް ދީނަށް މާ ބޮޑަކަށް ލޯބިވެ އިސްލާމީ "އަޚުން" ކޮޅެއް މާލެ ގެނައުމަށް ވަރަށް އަވަދި ނެތި މަސައްކަތް ކުރައްވާތީއެވެ. ކާފަރުންގެ ޖަލަކުން މުސްލިމް އަސީރުން ކޮޅެއް ސަލާމަތް ކޮށް އެކަމަށް އެހީތެރިކަމުގެ އަތެއް ފޯރުކޮށްދޭން އުޅޭތީއެވެ. އަދި މިކަމާ އިދިކޮޅަށް ކޮންމެ މީހަކު ކޮންމެ އެއްޗެއްކިޔަސް ފަސް އެނބުރި ނުބަލާނެ ކަމަށާއި އިތުރަށް އެވާހަކަދައްކާ ޖަވާބުދާރީ ނުވާނެކަމަށް ވަނީ ބުނެފައެވެ. ހައިރާން ވަނީ މިހެންވެގެންނެވެ. ތިރީގައި މިލިޔެލަނީއެވެ....

1- މިޤައުމަށް ދިމާވެފައިވާ އެންމެ ބޮޑު ނުރައްކަލަކީ އެކްސްޓރީމިޒަމް ނުވަތަ ޓެރެރިޒަމަށް ވާގިދީފާނެ ފަދަ މީހުން މިޤައުމުގައި ގިނަވަމުން ދާތީކަމަށް ރައީސް ބުނެފައި ވީހިނދު ޓެރަރިސްޓުންގެ ގޮތުގައި ބަނދުކޮށްފައިތިބި ބަޔަކު މިގައުމަށް އަނެއްކާ ގެންނަން އުޅޭތީއެވެ.

2- އަވައްޓެރި ގައުމުތަކުގައި ރާއްޖޭގައި ނުރައްކާތެރި ޓެރެރިސްޓުން ތިބި ކަމަށް ބުނެފައި އެއަށްވުރެ ނުރައްކާތެރި ބަޔަކު މިތަނަށް ގެނައުމުން ތާކުންތާކު ނުޖެހޭތީއެވެ.

3- އެޖަލުން އެމީހުން މިނިވަން ކުރަން ހުށައެޅީ ރާއްޖެއަކުން ނޫނެވެ. މީ އެމެރިކާއިން އެދިގެން ކުރުވާ ކަމެކެވެ. މީގެން ވެސް އެނގެނީ އެމެރިކާ ނުވަތަ ހުޅަންގުގެ ޑިމޮކްރަސީގެ އަޅުވެތިކަމުގެ ދަށަށް މިޤައުމު ގޮސްފައިވާވަރެވެ. އެމެރިކާއިން މިކަން ކުރަން ބުނެފި އެވެ. ދެން ރެކެވޭކަށް ނެތެވެ.

4- މިގެނެވޭ މީހުންނަކީ ޓެރެރިސްޓުން ނޫންކަމުގެ ޔަގީންކަން އޮތްވާހަކަ ރައީސް ބުނުމުންނެވެ. ދެން އެހެން ވިއްޔާ ކިއްކުރަންތޯ މިގައުމަށް ގެންނަނީ؟ އެމީހުންނަކީ ކުއްވެރިން ނޫންކަމުގައި ވާނަމަ އެމީހުންގެ އަމިއްލަ ވަޒަނަށް ދޫކޮށްލަން ވީނުންތޯއެވެ. އަނެއްކާ މިޤައުމަށް ގެނެސް އިތުރަށް އަޅުވެތި ކުރުމުގެ ބޭނުމެއް ކޮބައިތޯއެވެ؟

5- މިފަދަ ކުށެއް ނެތް ބަޔަކު މިހާ ދުވަސް ވަންދެން ޖަލެއްގައި އެހާމެ ނުބައި ބަދުނާމެއް ބޮލުގައި އަޅުވާފައި ބޭތިއްބީތީވެ އެމެރިކާ ގޮވައިގެން ކޯޓަށް ދިއުމަށް ނުވަތަ އެމްނެސްޓީ އިންޓަރނޭޝަނަލް ނުވަތަ ދުނިޔޭގެ ހިއުމަން ރައިޓްސް ގައި މައްސަލަ ނުޖައްސަވަނީ ކީއްވެތޯއެވެ.

6- އެފަދައިން އެމެރިކާ ކަންކޮށްފައި ވާއިރު އެމެރިކާއަށް ނުރުހުމުގެ ބަހެއްވެސް ނުބުނެ އަދި ނުވިތާކަށް އެކަން ކުއްވެރި ނުކޮށް މިހާ މުސްލިމުންނަށް ހެޔޮފުޅުވެގެން މިއުޅެނީ ކީއްވެބާއެވެ.

7- ރާއްޖެއަށް މިގެނެވެނީ އެފަދަ ނުރައްކާތެރި ބައެއް ނޫންކަމަށްބުނެ އަދި އެފަދަ ނުރައްކަލެއް ކުރިމަތި ނުވާނޭ ކަމަށް ބުނީމައި އަދި ވަކިން ބޮޑަށް މިކަން ޖޯކުވެއެވެ. ރައީސަށް މިކަން އެނގުނީ ކިހިނަކުންބާއޭ ހިތަށްއަރައެވެ.

މިހިރީ ހައްތަހާވެސް ހިތުގައި ޝައްކުއުފެދޭ ކަންތައްތަކެވެ. ބަކުރުބެވެސް އެދެނީ ގުއަންޓަނާމޯބޭ ޖަލުގައި ތިބި މުސްލިމުން މިނިވަން ކުރާށެވެ. އެކަމަކު ބަކުރުބެ އެދެނީ އެމީހުން އެމީހުންގެ އަމިއްލަ ވަޒަނަށް ދޫކޮއްލުމަށެވެ. ބަކުރުބެ މިހުރިހާ ކަމަކަށް ވިސްނާލާއިރު ޚުލާސާ ކޮއްލަމުން ބުނެލާނީ މީހަމަ ޔަހޫދީންގެ ރޭވުމެކޭ. މިއުޅެނީ ގުއަންޓަނާމޯ އިންގެނައި މުސްލިމު އަޚުން ކޮޅެކޭ ކިޔާފަ ޔަހޫދީންތަކެއް ގެނެސްބަހައްޓައި މިގައުމުގެ ދީނީ ވަހުދަތު ނަގާލާ މިތަނުގައި ޓެރެރިސްޓުން އުފައްދައި އޭގެ ސަބަބުން އިޒްރޭލަށް ނުރައްކާތެރި ކަން ބޮޑުކަމަށް ހާމަކޮށް އިޒުރޭލުލައްވައި މިގައުމު އަޅުވެތިކޮށް މިގައުމު ހިފާ އެމީހުންގެ ވަޒަނަކަށް މިތަން ހަދަން. މިގައުމުގެ މުއްސަނދިކަމުގެ ފައިދާނަގައި މިގައުމު ފަލަސްތީނަށް ހެދިހެން ހަދާލަން. ބޭނުން ވަނީ %100 މުސްލިމް އެންމެ ގައުމެއްވެސް މިދުނިޔޭގައި ނުބޭއްވުން.

- އިޚުލާސްތެރިކަމާއެކު ބަކުރުބެ - މުރާސިލުން

No comments:

Post a Comment