Sunday, May 9, 2010

އެއީ އެމްޑީޕީގެ ނަސީބެވެ

މުސްރިފު،މުރާސިލް
އެންމެފަހުން ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް، ރާއްޖޭގެ " ބޮޑު " ދެޕާޓީން ތައްޔާރުވަމުންއައީ ވަރަށް އުއްމީދާއި އެކުގައެވެ. ކޮންމެބަޔަކުވެސް ބުނަމުންދިޔައީ މަޖިލީހުގެ އަޣްލަބިއްޔަތު ހޯދާނެކަށެވެ. ކެންޑިޑޭޓުން ބުނަމުން އައީ ދާއިރާގެ ރައްޔިތުންގެ ޝުޢޫރާއި ވިންދު ފިސާރި ރަގަޅަށް އެނގޭކަމުގައެވެ. ކޮންމެ ކެންޑިޑޭޓަކުވެސް ދައުވާ ކުރަމުން ދިޔައީ ދާއިރާގެ ހާލަތު އެންމެ ރަގަޅަށް އެނގޭނީ ތިމަންނައަށް ކަމުގައެވެ. ގިނަގުނަ ވަޢްދުތަކެއް ދިޔައީކުވަމުންނެވެ. ލައްކަ ލައްކައިން ދިޔައީ ޚަރަދު ކުރަމުންނެވެ.
ކޮންމެކަމެއްގައިވެސް ކާމިޔާބާއި ނާކާމިޔާބު އޮންނާނެއެވެ. އިންތިޚާބެއްގައި ވާދަކުރާ ކޮންމެމީހަކީ ކާމިޔާބުކުރެވޭނެ މީހެއްނޫނެވެ. އެއްކަމެއްގައި ލިބޭނާކާމިޔާބަކީ އަނެއްކަމެއްގައި ކާމިޔާބަކަށްވެސް ވެދެއެވެ. އަދި ނާކާމިޔާބުވުން އެއީ ނަސީބުކަމުގައިވެސް ވެދެއެވެ. މިގޮތުން އެންމެފަހުން ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ އިންތިޚަބުގައި އެމްޑީޕީއަށް ލިބުނު ނާކާމިޔާބަކީ ވެރިކަންކުރުމުގައި އެމްޑީޕީއަށް ލިބުނު ކާމިޔާބެކެވެ. ސަބަބަކީ އެމްޑީޕީ ވެރިކަމަށްއައީ ރައްޔިތުންނަށް ވަރަށްގިން ވައްދުތަކެއް ކޮވެފައެވެ. ވަޢްދުތައް ވެފައިވަނީ ފުއްދޭނެތޯ ނުވަތަ ނޫންތޯ ބަލާފައެއްނޫނެވެ. ވެރިކަމަށް ދަހިވެތިވެފައި ތިބިވަރުން ލިބެންއޮތްގޮތަކަށް ވެރިކަންހޯދަން ހެދުނުވަރަކަށް ދޮގުވެސް ހެދީއެވެ. ޑަޒަންޑަޒަނުން ޥަޢްދުތައް ވަމުންދިޔައީ ޤައުމުގެ އިގްތިސާދީ ހާލަތަށް ވިސްނާލާފައެއްނޫނެވެ. ފުއްދޭނެތޯ ނުވަތަ ނުފުއްދޭނެތޯ ބަލާފައެއްނޫނެވެ.

ގިނަގުނަ ޥަޢްދުތަކެއް ވުމަށްފަހު އެމްޑީޕީން ޤައުމުގެ ވެރިކަމަށް އަތުވެއްޖެއެވެ. ރައްޔިތުންނަށް ވެފައިވާ ޥަޢްދުތައް ނުފުއްދައިގެން ރައްޔިތުންދަނީ ޝަކުވާކުރަމުންނެވެ. މިހާރު އެމްޑީޕީން ދައްކަނީ ވަރަށް ފައްކާ ބަހަނާއެކެވެ. ރައްޔިތުންގެ މަޖިލީހުގެ އަޣްލަބިއްޔަތު ނުލިބުމުގެ ސަބަބުން ޥަޢްދުތައް ނުފުއްދެނީ ކަމުގައެވެ. ނަމަވެސް ޥަޢްދުތައް ވަމުންދިޔައިރު ރައްޔިތުންގެ މަޖިލީހުގެ އަޣްލަބިއްޔަތުލިއްޖެއްޔާ މިވެނިކަމެއް ކޮށްދޭނެކަމަށްބުނެ ވެފައިވާ އެއްވެސް ޥަޢްދެއް ނެތެވެ. މިހާރު މަޖިލީހުގެ އަޣްލަބިއްޔަތު ނުލިބުން ވެފައިވަނީ އެމްޑީޕީގެ ނަސީބުކަމުގައެވެ. ޥަޢްދު ނުފުއްދުމަށްދައްކާ ބަހަނާއަކަށެވެ.

No comments:

Post a Comment