Friday, May 21, 2010

ފޮރިންމިނިސްޓަރު ރިޗެޑްގެ ވާހަކަތައް ދައްކަން ފެށުމުން އެވާހަކަތައް ކުރުކުރަން ކިތަންމެހާވެސް މަސައްކަތް ކުރެއްވިއެވެ

http://www.richardwumeide.blogspot.com/?zx=c481c62e1eac697

ގުއަންޓަނާމޯބޭ ޖަލުން މީހުން ގެންނަން އުޅޭ ކަމުގެ ސިއްރު އެޖެންޑާ
ކިއުބާގައި ހުންނަ އެމެރިކާގެ ގުއަންޓަނާމޯބޭ ޖަލުން ކުށްވެރިން ރާއްޖެ ގެންނަން އުޅޭ ކަމުގެ ވާހަކަތައް މިހާރު ވަނީ ދެކެވިފައެވެ.

މިކަމުގެ އަސްލު ހަގީގަތަށް ބަލާއިރު، ގުއަންޓަނާމޯބޭ ޖަލަކީ އަނިޔާކުރުމުގައި ހުއްދުފަހަނަ އަޅާފައިވާ ބަޔަކު ހަވާލުވެގެން ޑިއުޓީ ކުރަމުންދާ ޖެލެކެވެ.
މިޖަލުގައި ގިނައީ ޓެރަރިސްޓުން ކަމަށް ބަލައި އެމެރިކާނުންނަށް ނުކިޔަމަންތެރިވި މީހުންނެވެ. އެގޮތުން ދުނިޔޭގެ އެކިކަންކޮޅުތަކުގެ މީހުން މިޖަލުގައި އެބަތިއްބެވެ.

ގުއަންޓަނާމޯބޭ ޖަލާއި ރާއްޖެއާ އޮތް ގުޅުން:
_________________________
ހަގީގަތުގައި ގުއަންޓަނާމޯބޭ ޖަލަކީ ރާއްޖޭގައި މީގެ ކުރިން އަޑުއިވިގެންދިޔަ "މާފުށީ އަލްކަޓްރާސް" ގެ އެއްބައެވެ. މިހެން ބުނުމުން ފަހަރުގައި ކިޔުންތެރީންނަށް ނޭނގުނު ކަމުގައިވިޔަސް، އަލްކަޓްރާސް ޖަލުގައި ކުށްވެރިންނަށް އަނިޔާކުރަނީ މޫދުން ބާލާ ރޯމަހެއް މަރާލުމަށްޓަކައި ތަޅާ އުސޫލުންނެވެ.
ބާރުގަދަމީހާ ނުވަތަ ނުފޫޒުގަދަ މީހާ އަކީ ޖަލުގެ ދާދާ އެވެ. އޭނާ ބުނެފިނަމަ ގުދަށް އޮވެގެން އޮރިޔާންވެސް ވާން ޖެހޭނެއެވެ. މަރާލަފާނެ ތީއެވެ.
ކިއުބާގެ ހުންނަ ރާއްޖޭގެ އަލްކަޓްރާސްއާ ބަލާފަ ދެތިންގުނަ އަނިޔާކުރާ ގުއަންޓަނާމޯބޭ ޖަލުގައި ކުށްވެރިން ބިޑިއަޅުވާފައި، އޮރިޔާންކުރުމަށްފަހު ކުއްތާ ތަކުގެ ތެރެއަށް (ގޮޅިތަކުގެ ތެރޭގައި ދިރިއުޅޭ ކުއްތާ) ދޫކޮށްލައެވެ. ދެން އެސޮރުމެން އެމީހުންނަށް ހާނީކަކޮށް ކުރާނެ ކަންތަކާމެދު ތިޔަ ކިޔުންތެރިން އަމިއްލައަށް ވިސްނާލައްވާށެވެ.

ރާއްޖޭގެ ދިވެއްސަކުވެސް ގުއަންޓަނާމޯބޭ ޖަލުގައި ދުވަސްތަކެއް ވޭތުކުރި ކަމަށް ވެއެވެ.
ރާއްޖޭގެ ޖަލުގައި ފަނަރަ އަހަރަށްވުރެ ގިނަ ދުވަސްތަކެއް ވަންދެން އޮތް ޗައިނާގެ މީހެއްގެ ވާހަކަތައް އަޑު އެހިންތޯ އެވެ.
އޭނާއަކީ މައުމޫނު ސަރުކާރު ހިންގެވިއިރު ރާއްޖެ އަިސް އުޅުނު ފަތުރުވެރިއެކެވެ. ނަމަކަށް ކިޔަނީ ރިޗާޑް ވެން ޑޫ އެވެ.

މީނާ ދިވެހިރާއްޖެ އައިސް ބޮޑުފެންވަޅުގޭ މުސްތަފާއާއި ގުޅިގެން ވިޔަފާރިއެއް ކުރިކަމަށް ވެއެވެ.
އެގޭގައި ވަރުގަދަ ރެސްޓޯރެންޓަކާ އަދި ބޮޑު ބިއުޓީ ތަނެއް ހުޅުވީ ބުނެވޭ ގޮތުގައި 3 މިލިއަން ޑޮލަރު އިންވެސްޓް ކޮށްގެންނެވެ.
ވަރަށް ބާރަށް މިތަން ހިނގަމުން ދަނިކޮށް ސަރުކާރުގެ މިނިސްޓަރު ކަމުގައި އުޅުއްވި ބޮޑުފެންވަޅުގޭ ފަހުލަވާނު ކުރެއްވި ކަމަކީ، އެއްކަލަ ޗައިނާގެ މި މުއްސަނދިކަލޭގެ (ރިޗެޑް) ޖަލުގައި ބަންދު ކުރުމަށް ރޭވުންތަކެއް ރޭވީ އެވެ.

ރިޗެޑްގެ ކުށެއް ނެތސް ބޮޑުފެންވަޅުގެ ކޮޅަށް ޖެހެން އޮތީ ރިޗެޑް އަތުން ކުރިން ދެންނެވި 3 މިލިއަން ކަމަށް ބެލެވޭ ޑޮލަރުގަނޑު ފެލާލައިގެންނެވެ. މުސްތަފާއަށް އެކަން ކުރެވެން އޮތީ ސަރުކާރާއި ގުޅިގެން ކޮންމެވެސް އެއްޗެކޭ ކިޔައި އޭނާ ޖަލަށް ލައިގެންނެވެ.
މިގޮތުން އެމީހުންގެ ފުރަތަމަ މިޝަން ކާމިޔާބު ކުރީ އެވެ. މިކަންތަތައް ފަޅާއެރީ ސަރުކާރު ބަދަލުވާން ވެގެން އުޅުނު ދުވަސްވަރު ރިޗެޑް ޖަލުން ދޫކުރި ހިސާބުންނެވެ.
ރިޗެޑް ޖަލުން ދޫކޮށްލިއިރު އޭނާ ލައްވާ އެއްވެސް އެެއްޗެއްގައި ސޮއެއް ނުކުރެއެވެ. އަދި އޭނާގެ ކުށަކީ ކޮބައިކަމާ، ބަންދުގައި ފަނަރަ އަހަރު ވަންދެން ޖަލުގައި ބެހެއްޓި ސަބަބެއްވެސް އޭނާއަކަށް ނޭނގެއެވެ.

މިސަބަބާހެދި ރިޗެޑަށް ޖެހުނީ ރާއްޖޭގެ ބައެއް ނޫސްވެރިންނާ އެނޫންވެސް ހެޔޮއެދޭ ފަރާތްތަކުގެ އެހީ ހޯދާށެވެ.

މައްސަލަ ޑރ. ޝަހީދާ ހަމަޔަށް
---------------------
މައުމޫނުގެ ދުވަސްވަރުވެސް އަދި ކެނެރީ އަންނި ދުވަސްވަރުވެސް ފޮރިން މިނިސްޓަރަކީ ޑރ.ޝަހީދެވެ. އެހެންކަމުން ރިޗެޑްގެ ވާހަކަތައް ވަރަށް ރަނގަޅަށް އޭނާއަށް އެނގޭނެ އެވެ.
މިސަބަބާހުރެ ރާއްޖޭގެ ނޫސްވެރިން އެކި ވަރުވަރުނބް މިވާހަކަތައް ދައްކައި ހެދިއެވެ.
އެގޮތުން ޓީވީއިން ލައިވްކޮށް ދެއްކެވި "ފަންސަވީސް"ގައި ރާއްޖޭގެ ނޫސްވެރިއެއް ކަމުގައިވާ އާފަތިސް ނޫހުގައި ކުރިން އުޅުއްވި ޢަބްދުﷲ ޖުނައިދު ފޮރިންމިނިސްޓަރުގެ އަރިހުން ސުވާލުކުރެއްވުމުން އެނގުނުގޮތުގައި ރިޗެޑް އަތުގައި ޕާސްޕޯޓެއްވެސް މިހާރަކު ނެތެވެ. އޭނާގެ ޕާސްޕޯޓާ އޭނާގެ ހުރިހާ ލިޔެކިޔުންތަކެއް އޭނާ ޖަލަށްލުމާއެކު ވަނީ އޭނާއަށް ގެއްލިފައެވެ. އަދި އޭނާ ޖަލުގައި ފަނަރަ އަހަރުވީއިރުވެސް އޭނާއަކާ ތަހުގީގީ އެއްވެސް ސުވާލެއް ކޮށްފައި ނެތެވެ.
ރިޗެޑް އަކީ ޗައިނާ މީހެއް ކަމާއި އޭނާ މަރުވެއްޖެކަމަށް އޭނާގެ އަނބިދަރިންވެސް ހީކޮށްގެންތިބިކަމަށް ވެއެވެ.
ފޮރިންމިނިސްޓަރު ރިޗެޑްގެ ވާހަކަތައް ދައްކަން ފެށުމުން އެވާހަކަތައް ކުރުކުރަން ކިތަންމެހާވެސް މަސައްކަތް ކުރެއްވިއެވެ. އޭގެ ވީޑިއޯ ރިކޯޑިންގ މިހާރުވެސް ޓީވީ އެމްގަ އާ ދިވެހިރާއްޖޭގެ އަޑުގައި އެބަހުއްޓެވެ. އޭނާ ބުނީ ރިޗެޑް އަށް ދެން އެންމެ ރަނގަޅުވާނީ އޭނާގެ ހައްގު ހޯދަން ނޫޅުނިއްޔާއެވެ. ސަބަބަކީ ޕާސްޕޯޓެއްވެސް ނެތުމުންނެވެ.

ކޮންމެގޮތެއްވިޔަސް ރިޗެޑް ބޭނުންވެގެން އުޅެނީ އިންޓަނޭޝަނަލް ފަރާތްތައް މެދުވެރިކޮށްގެން އޭނާ ރާއްޖޭގެ ޖަލުގައި ކުށެއްނެތި، ސަބަބުވެސް ނާންގަވާ ފަނަރަ އަހަރަށް ބަންދުކުރި މައްސަލަ ބެލުމަށެވެ.
ކޮންމެގޮތެއް ވިކަމުގައި ވިޔަސް އޭނާއަކީ މަރުވެފައި ކަމަށް ހީކުރިކަމުގައިވިޔަސް، ދުނިޔޭގައި ދިރިހުރި ޗައިނާގެ ރައްޔިތެކެވެ.
އެހެންކަމުން ޗައިނާއިން އޭނާއަށް އެހީތެރިނުވާނެއެކޭ ނުބުނެވޭނެއެވެ.
ޗައިނާގެ މިދެންނެވި ރިޗަޑް މިހާރު ނިދައި ހަދަނީ ޑީޕީއާރުއެސްގެ ސިޑި މަތީގައެވެ. ކައިބޮއި ހަދަނީ ހެޔޮއެދޭ ފަރާތްތަކުގެ އެހީގައެވެ.
މީނާގެ މައްސަލަ ބޮޑުވެގެން، ކަމެއް ގޯސްކޮށް ހިނގާފާނެތީވެ، ސަރުކާރުން މިހާރު ބޭނުންވަނީ އިންސާނުންގެ ހައްގުތަކަށް މަސައްކަތް ކުރުމުގެ ނަމުގަ ރިޗެޑަށް ރާއްޖެއިން ދިރިއުޅުމެއް ހޯދައިދިނުމަށެވެ.
މިރޭވުން އެމީހުންނަށް ކާމިޔާބު ކުރެވެން އޮތީ ދުނިޔޭގެ އަނިޔާވެރި ޖަލަކުން ބަޔަކު ގެނެސް ދިވެހިރާއްޖޭގައި ވަޒަންވެރިކުރުވުން ކަހަލަ ކަމެއް ކޮށްގެންނެވެ.
އެގޮތުން ޗައިނާގެ ރިޗެޑްގެ ބަދަލުގައި 3 މީހުން ނުވަތަ އެއަށްވުރެ ގިނަ މީހުން މިނިވަން ކުރުމެވެ.
މަކަރާ ހީލަތުން ފަށައިގެން އުޅެނީ އެމަސައްކަތެވެ. އޭރުން ރިޗެޑްގެ މައްސަލަ އޮއްބޭނެ އެވެ. އަދި ދުނިޔޭގެ ފެންވަރުގެ އެވޯޑެއް އަންނި އަށް ލިބޭނެ އެވެ. މުރާސިލުން

No comments:

Post a Comment