Sunday, May 16, 2010

ޖިބުއެގެ ހަނދާނުގައި - އެ ހަނދާނުގައި

އެ ހަނދާނުގައި
މިއީ މިހާތަނަށް ދިވެހި ރައްޔެތުންނަށް އަދި ފަޅާއަރާފައި ނުވާ ކަމެކެވެ. ދުވަސްވަރަކީ 1970ގެ ފެށުނު ކޮޅުގެ ދުވަސްވަރެވެ..އޭރު ނާސިރުގެ ވެރިކަން ނިމުމުގެ ވަގުތު ކައިރިވެފައިވެއެވެ. އަދި މައުމޫނުމެން " މިސުރު ގުރޫޕް" ރޭވި ރޭވުމާއި އެއްގޮތަށް ދިވެހި ވެރިކަން އަތުލުމުގެ ނިޔަތްގަނެ މިކަމުގެ ވާހަކަތައް ދައްކައި މިކަމަށް މަސައްކަތްތައް ސިއްރުން ފެށުނެވެ.
މައުމޫނުމެން މިސުރުގައި ކިޔަވާށޭ ކިޔާފައި ހަމައެކަނި އެތާ 10 ބާރަ އަހަރު ތިބުމުގެ ސަބަބުން އަރަބި ބަހުން މެދުމިންވަރަކަށް ވާހަކަ ދައްކަން އެނގުން ފިޔަވައި އިތުރު އެއްވެސް ދީނީ ޢިލްމެއް ލިބިފައެއްނެތެވެ. މީގެ ހެއްކަކަށް ފުދޭވަރުގެ ވާހަކަޔެއް މިތާ ލިޔެލާނަމެވެ. ޖީލުލް އުސްތާޒުގެ ނަމުގައި މައުމޫނު މެން ގަސްތުގައި ކަމަކާއި ނުލާ މަޝްހޫރު ކުރި ޖަމީލް ދީދީ ގެ އަޑިނޭނގޭ ވާހަކަޔަކެވެ. މިސުރުގައި ހުރެފައި ކިޔެވުމުގެ ސާނަވީ މަރުޙަލާގައި ( މިހާރުގެ ގޮތުން ގްރޭޑް 10 ) ނުނިމެނިސް މިސުރުން ނިކުންނަން ޖެހިއްގެއެވެ. އެއަހަރު ދެން މިސުރުގައި ހުރެފައި ދިޔައީ ޙައްޖުވުމުގެ ނަމުގައި މައްކާޔަށެވެ. ދިޔަބޭނުމަކީ މަދީނާގެ ޔުނިވަރސިޓީން ޖާގަ ހޯދައި ކިޔެވުމުގެ ބޭނުމުގައިއެވެ. ދެން މިދަތުރުގައި ގޮސް ބައްދަލުކުރީ އައްްޝައިޚް އަލްމަރްޙޫމް މުޙައްމަދު އިބްރާހީމް މއ.ބާބުލްޢަވާލީ އާއި އެވެ. މިއީ ދިވެހި ތާރީޙް ގައި އެންމެ ފުރަތަމަ މަދީނާ ޔުނިވަރސިޓީގައި ކިޔެވި ފުރަތަ ދަރިވަރެވެ. ދަތުރުގެ މެދުތެރެއިން ޙައްޖުގެ ތެރޭގައި މިނާއަށް ނުދަނިސް ޖަމީލުދީދީ އެދުނީ މަދީނާގައި ކިޔެވުމަށެވެ. އެހެންވެ އައްްޝައިޚް އަލްމަރްޙޫމް މުޙައްމަދު އިބްރާހީމް މއ.ބާބުލްޢަވާލީ އާއި ބައްދަލުކޮށް އެދުމުން ވިދާޅުވީ ( ޖަމީލު އަތުގައި ސާނަވީ ސެޓްފިކެޓް އެބައޮތްތޯއެވެ؟) ޖަވާބުގައި ޖަމީލު ދީދީ ދެންނެވީ ނެތްކަމަށެވެ. ދެވަނަ ސުވާލަކަށް އަނެއްކާވެސް އިތުރު އެހެން ސެޓްފިކެޓެއް އޮތްތޯ އެހުމުން ޖަމީލު ދީދީ ވިދާޅުވީ " ޝޭޚުއޭ އަޅުގަނޑު އަތުގައި ކާވެނީގެ ސެޓްފިކެޓް ފިޔަވައި އެހެން އެއްވެސް ލިޔެކިޔުމެއް ނެތެވެ." މިސުރުން އަދި ސާނަވީ ނުނިމޭކަމަށާއި އެކަމަށް އަދި 2 އަހަރު ބޭނުން ކަމަށެވެ. .. މިއަށްފަހު ދެންއައީ މާލެ އެވެ. އެއަށްފަހު އެއީ ޖީލުލް އުސްތާޒުއެވެ. މިކަމުގެ ހެކިން ދުނިޔޭގައި އެބަތިއްބެވެ. އައްްޝައިޚް އަލްމަރްޙޫމް މުޙައްމަދު އިބްރާހީމް މއ.ބާބުލްޢަވާލީގެ އަނބިކަނބަލުން އަލްފާޞިލާ އާމިނަތު މުޙައްމަދު އަދިވެސް ދުނިޔޭގައި އެބައިންނެވިއެވެ. އައްޝައިޚް މުޙައްމަދު ރަޝީދު އިބްރާހިމް އާއި ޒާހިރު ހުސައިން ކަހަލަ މީހުން މިކަން ވަރަށް ރަންގަޅަށް ދަންނާނެއެވެ. މިހިސާބުން ސުވާލަކީ ޖަމީލު ދީދީ ދުނިޔޭގައި ނެތްވަރުގެ ޝޭޚަކަށް ވީ ކިހިނެއްތޯ އެވެ. ..އަޑުއައްސަވާށެވެ.. މިކަންވީގޮތަކީ މިއީ ހަމަ ސީދާ މައުމޫނު ގެ ރޭވުމެކެވެ. ކަންވީގޮތަކީ މިދެންނެވީ އައްްޝައިޚް އަލްމަރްޙޫމް މުޙައްމަދު އިބްރާހީމް މއ.ބާބުލްޢަވާލީ މާލެ އައިސް ނާސިރު ގެ ވެރިކަމުގައި އުއްތަމަ ފަނޑިޔާރުގެ މަޤާމު ދިނީމާ މިވެރިން ހަސަދަ ވެރިވިއެވެ. އަދި މިއައްވުރެ ބޮޑަށް މި މީހުންގެ ޢިލްމުނެތުމުގެ ސަބަބުން އިސްލާމްދީނުގެ ވާހަކަ ހިތުހުރުގޮތަކަށް ނުދެއްކޭތީ ބާބުލްޢަވާލީ ޝޭހް ދެކެ ވަރަށް ރުޅި އައެވެ.އެއީ މިވެރިން ނުކިޔަވާތިބެ ދައްކާ ކޮންމެވާހަކަޔަކަށް ރައްދުދެއްވާތީ އެކަމުގެ ހަސަދަޔެވެ. ސަބަބަކީ މިމީހުން ރާވައިގެންތިބީ ވެރިކަމަށް ދަހިވެތިވެ އެގޮތުން މަޝްހޫރުކަން ހޯދުމުގެ ގޮތުން އޭރުގެ ދިވެހިންނަކީ ދީންވެރިކަން ބޭނުން ހެޔޮމަގު އެގެން ބޭނުންބަޔަކަށްވާތީވެ، އޭރުގައި މޮޅެއްއެޅޭނީ ދީނީ ޝޭޚަހަށްވެ ހުރެގެން ކަން މިވެރިންނަށް އެނގޭތީވެއެވެ. އޭރުގައި މުޙައްމަދު ފާރޫގް އާއި އިބްރާހިމް ޒަކަރިއްޔާމެން ބާބުލްޢަވާލީ ގޭތެރޭގައި ޤްރުއާނާއި ޙަދީސް ޢާއްމުންނަށް ކިޔަވައިދެމުން ގެންދިޔައެވެ. އެއީ ބާބުލްޢަވާލީ ޝޭޚްއާއި އެކުއެވެ.އެކަމުގައި އަދިވެސް އެމީހުން ހެކިވުމަށް ދުނިޔޭގައި އެބަތިއްބެވެ. ކޮންމެމީހަކު ގުޅައި ސުވާލު ކުރިޔަސް ފާރޫގްމެން ތެދައްބުނަންޏާ ޖެހޭނީ އާނ ޖަވާބު ދޭށެވެ..މިއީ އެގޭ ދޮރުމަތީގައި އޭރު އުޅުނު ސިއްދީޤް ކިޔާ ސިފައިންގެ މީހަކުވެސް ވަރަށް ގިނައިން އަޅުގަނޑަށް ކިޔައިދިން ސްޓޯރީއެކެވެ. ..މިއީ ވަރަށް ދިގުވާހަކަޔެކެވެ.. މިއީ ފަހުގެ ދިވެހި އިސްލާމީ ތާރީޚްގެ އެންމެ ތަފްސީލްބޮޑު އެންމެ އަނިޔާބޮޑު ދީން ހަލާކު ކުރުމުގެ ބިންގާ " މިސުރު ގްރޫޕް" އެޅި ދުވަސްވަރެވެ...ފުރަތަމަ މިހަސަދަ ފެށުނީ ކުއްޅަވައްގޭތެރޭގައި ޖަމީލުދީދީ އާއި މައުމޫނާއި ދެއްކި ވާހަކަޔަކުން ނެވެ. މި ސިއްރުވާހަކަ ކިޔައި ދިނީ އޭރު މިވެރިން ގެންގުޅުނު ފެންތަށި އުފުލަން ގޭގައި ހުރި.(..........) އެވެ.މަސްލަހަތަށް ނަންއުނިކޮށްފައި.. ދެން މިސުރު ކަހަލަ ތާކު އުޅޭއިރު ޤްރުއާނުގެ ބަޔެއް އާޔަތްތަކުގެ މަނަޔާ ބައެއް ޙަދީސްތައްވެސް އެނގޭނެތާއެވެ...ކޮންމެއަކަސް ދުވަސްތައްދަމުން ވެރިކަމަށް އޭތިމީތިހަދައިގެން އެރިއްޖެއެވެ. އެހިސާބުން އެފެށުނީ އެއްކަލަ ތުނބުޅިލީމީހުންގެ ވާހަކަޔެވެ. ވައްހާބީންގެ ވާހަކަޔެވެ.. އަދި ނުނިމޭ އިންތިޒާރު ކޮއްލައްވާ!
އިސްލާމްދީންދެކެ އެންމެ ރުޅިއަންނަނީ ޑީއާރްޕީ މީހުންކަމަށް..! (2) ކުރީގެ ޢަދަދާއި ގުޅޭ
ކުރީގެ ފުރަތަ ލިޔުން ކޮންމެހެން ބައްލަވާށެވެ!އޭރުން މި ވާހަކައިގެ ދެކޮޅު އެނގޭނެއެވެ! އަދި ދަންނަވަމެވެ. މި ލިޔުމުގެ ސަބަބުން އައްނި ރައީސުގެ ޖާހިލުކަމާއި ނުލަފާ ކަމާއި ދީންދެކެ އަންނަ ރުޅި ދުވަހަކުވެސް ނަފީވެގެން ނުދާ ހުއްޓެވެ. އހ...ދެލިޔުންވެސް ކިޔުއްވުން އެދެމެވެ.ނޯޓް: މިލިޔުމުގައި މައުމޫނު އައްޑުވަސް ނޫހަށް ދިން އިންޓަވިއުގައި ލިޔެފައިވާ ލިޔުންކޮޅު ފެންނަ ފޮޓޯއެއްވެސް ހިމެނީމެވެ. .
ބަޔަކު ކިތަންމެ ނުރުހުނަސް މި ތާރީޚް ތަކަކީ ދިވެހި ރައްޔެތުންގެ ޙައްޤެކެވެ. މިއީ އެގެންޖެހޭ އެއްޗެކެވެ. މިކަހަލަ ޙަޤީޤީ ލިޔުމެއް ފެންނައިރަށް ސިކުނޑިވަޅަށް ލޯ އަރުވަގެން އިސްލާމްދީނާއި ދޭތެރޭ ތިމާގެ އަސްލު ސިފަދައްކާނެއެވެ. ހީވާނީ ޖަރުމަނު މީހަކު ރާބޮއިގެން ތެޅޭހެންނެވެ. ފަރުވާލެއް ނެތެވެ. ދަތްކުނޑި ވިކައިގެން އަނގައިގާ ހުރި ހުރިހާ ދަތެއް ހުސްކުރިޔަސްމެއެވެ. އެހެންޏާފަހެ ކިތައް ކިތައް ރަސްކަލުންނާއި ކިތައްކިތައް ރަދުންނާއި ވަޒީރުންގެ ތަފާތު ވާހަކަ އަހަރެމެންނަށް ތަފާތު އެކިގޮތަގޮތަށް ތާރީޚުން އެނގޭހެއްޔެވެ. އަދި މިހަކަލަ ކިތައް ވާހަކަ އަޑުނީވެ މީހުން ގަސްތުގައި ފޮރުވައިފައި ވާނެތޯއެވެ.އަހުރެންނަކީ މިއަދުގެ ދިވެހި އިސްލާމީ ތާރީޚް ލިޔާ މީހުންނަށް ވަރަށް ބޭނުންތެރި މީހަކީމެވެ. އަދި މި ނޫނަސް މައުމޫނު މަރުވީމާ މައުމޫނުގެ ވާހަކަވެސް މީހުން ދައްކާނެއެވެ. ދައްކާނީ ދީނަށް މަކަރު ހަދައި ޢިލްމުވެރިން ބަންދުކޮށް ތަޅައި އަނިޔާކުރި ވާހަކަޔެވެ. އިސްލާމްދީން ތިމާ ބޭނުންވާގޮތައް ރައްޔެތުންނަށް ދައްކަން އުޅެ 3ން ލައްކަ ދިވެހިންނަށް ދީން ފޮރުވި ވާހަކަޔެވެ..މިއާ ވިދިގެން ހަމަ ބަޔަކު ނިކުމެ އޭނާޔަކީ މިހާރު މަރުވެފައިވާ މީހެކޭ އޭނާގެ ވާހަކަ ނުދައްކާށޭ ބުނެ އުޅޭނެތެވެ. މައުމޫނުގެ ދީނީ ޢިލްމު ހުރި މިންވަރުގެ މިސާލެއް މިތާ ލިޔެލާނަމެވެ. އަށްޑުވަސް މަޖައްލާގެ 16 ނޮވެމްބަރ 200 ވަނަ އަހަރު 23 ވަނަ ނަންބަރުގެ 22 ގެ އެންމެ ތިރީ ކޮލަމްގައި ކޮށްފައިވާ ސުވާލަށް ދީފައިވާ ޖާހިލު ޖަވާބު ނިކަން ދެކިބަލާށެވެ. އަޅެ ރައްޔިތުންނޭވެ. ނިކަންތިބެ މި ޖާހިލު ކަލޭގެ ބުނި އެތި ދެކޭށެވެ. ކިޔާށެވެ. އަހުރެން ޖިބުއެ މިތާނގައި އެބަސްތައް ނަކަލު ކޮށްލާނަމެވެ.( ތިޔަބޭފުޅުން ވަރަށް ރަނގަޅަށް ހަނދާން ހުންނާނެ ވާހަކަޔެކެވެ. ނިކަންތިބެ ދެކޭށެވެ. " މައުމޫނާއި ކުރެވުނު ސުވާލު. މެންދުރު ފަހު އަވަހާރަފުޅު ލައްޕަވަންތޯ؟ މެންދުރުފަހު އަވަހާރަފުޅު ލެއްޕެވުމަކީ ކޮންކަހަލަ ކަމެއްތޯ؟ މައުމޫނުގެ ޖަވާބު: އާދެ! އެވަގުތު މާބޮޑު އެހެންކަމެއް ނެތިއްޔާ ކޮންމެވެސް ވަރަކަށް ނިދާލަން. އަޅުގަނޑަކީ ވަރަށް ދަންވަންދެން މަސައްކަތުގައި އުޅެންޖެހޭ މީހަކަށްވާތީ މެންދުރުފަހުން އަރާމުކޮށްލުމަކީ ވަރަށްބޮޑު ތާޒާކަމެއް ލިބޭކަމެއް. އިނގިރޭސިވިލާތުގެ ކުރީގެ ބޮޑުވަޒީރު ވިންސްޓަންޗާރޗިލްވެސް ވިދާޅުވެފައިވެއެވެ. މެންދުރުފަހުން ބައިގަޑިއިރެއްހާ ނަމަވެސް ޖައްސާލުމަކީ ވަރަށް ފައިދާ ހުރި ކަމެކެވެ. " ނިކަން ދެކޭށެވެ. މައުމޫނަކަށް މިއީ އޭނާ ގެ އުއްމަތައް ފޮނުވުނު މާތް ނަބިއްޔާގެ ޙަދީޡް ތަކުގައި އައިސްފައިވާ ސުންނަތެއް ކަމެއް ނޭނގެއެވެ.ހަމަ ނޭނގެނީއެވެ. އެއީ ދަންނަމީހަކަށް ހެދިގެން އުޅޭ މީހެކެވެ. އަދި ކިއެއް އިނގިރޭސި ބޮޑުވަޒީރެއް ބުންޏޭ ކިޔައިގެން ދެއްކިވާހަކަ ނަގުލު ކުރިއެވެ. މިއީ ޖާހިލު ކަމުގެ އިންތިހާ ނޫންތޯއެވެ؟ މިސްރުގައި ކުރީ ކޮންކަމެއް ހެއްޔެވެ؟ ކިރިޔާވެސް ރަސޫލާގެ ހަދީޡެއް ކިޔެވިނަމަ ގައިމު މި ޙަދީޡް އެނގުނީހެވެ. މެންދުރު ފަހުން ނިދުމަށް ޢަރަބިބަހުން ކިޔަނީ ޤައިލޫލާއެވެ. ކަލޯ މައިމޫނާއެވެ. އެއީ ސުންނަތެކެވެ. ......ޖުއްރަތްތެރި ތާރީޚްގެ އަހުލުވެރިން މީހުންދައްކާހާ ވާހަކަޔަކަށް، ބޮލަކަށް ،ކަނދުރާއަކަށް ނުބަލައި އެމީހުންގެ ތާރީޚް ކަރުދާސްތަށް ލިޔެނަގާނެތެވެ. އެއީ ތާރީޚްގެ މި ޙަޤިޤަތް، އަންނާން ތިބީންނަށް މިކަންކަން އެންގުމަށެވެ. އެހެންނޫންނަމަ ހިޓްލަރާއި ޖޯސެފް ސްޓާރލިން ކަހަލަ މީހުންގެ ވާހަކަ މިއަދު އަހަރެ އަހަރެމެން އަނގަ ފުޅާކޮއްފާ ދައްކާނީ ކޮންފަދައަކުންހެއްވެ. ދެންފަހެ! ކަމެއްގައި މީހަކު މަކަރުހަދައި އޮޅުވައިލައިފައިވާނަމަ އެކަމަކީ ކޮންމެސް ޒަމާނަކުން ބޯމަތިވެ ފެންމަތިވާނެ ކަމެކެވެ. އަދި ޢަމްދުން ދީނީ އިލާހީ ޢިލްމު ބުނެދިނުމުގައި އެއްވެސް ނުކިއްސަރު ކަމެއް ދެއްކިނަމަ އެކަމަކީ ވަންހަނާ ނުވެ ނުދާނެ ބިރުހުރި ކަމެކެވެ. ދެން ކޮންމެއަކަސް....ވާހަކަ އާއިގެން ކުރިއަށް..
އަލްމަރްޙޫމް ޖަމީލުދީދީ މާލެއައިގޮތަށް އައިސް ދެއްކީ ފިސާރި މޮޅުވާހަކަޔެކެވެ. އެއަހަރު ޙައްޖަށް ދިއުމަށް ތައްޔާރުވެ ތިބި އެންމެން އަތިރީގެ އާގެއަށް ޙައްޖުވިލޭރޭ އެއްކުރެވުނުވެ. އެއީ ދީނީ ނަސޭޙަތް ދިނުމުގޮތުން ކަމުގައި އެންގުނެވެ. އޭރު އެތާނގައި އަހްމަދު ހިލްމީދީދީ ( އަތިރީއާގެ) އާއި އަނބިކަނބަލުން މަރިޔަމް އަމީން ދީދީ އިންނެވިއެވެ. އެންމެ ފުރަތަމަވެސް ޖަމީލުދީދީ ވިދާޅުވީ މިހާރު މަދީނާގައި ދިވެއްސަކު ކިޔަވަމުންދާ ވާހަކަޔެވެ. އަދި އޭނާޔަކީ ވައްހާބީޔެއްކަމާއި އޭނާ މާލެ އައިސް އަހަރެމެން މި ޤަބޫލުކުރާ ހުރިހާ ގޮތަކާއި ޚިލާފްވެ ފިތުނައުފައްދާނެ ކަމަށް އޭރު އެތާ އެއްކުރެވިފައި ތިބި 70 އަންހެހުންނާއި 88 ފިރިހެނުންނަށް އެންގުނެވެ.އެއީ 1974 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައެވެ. ވާހަކައިގެ ތަފްސީލުގައި އޭނާޔަކީ މުޙަމްމަދު އިބްރާހީމް ކިޔާމީހެއްކަމާއި ، އަދި އޭނާޔަކީ ޤްރުއާން ހިތުދަސް މީހެއްކަން ބުންޏެވެ. " އޭނާ އެންމެ ގިނައިން ކިޔާނީ ބުޚާރީ ކިޔާ ފޮތެއްގައި ހުންނަ ޙަދީސްތަކެވެ. ކަލޭމެން ހަނދާން ކުރާށެވެ. މިއީ ޝާފިޢީ މަޒްހަބުގެ މީހުން އުޅޭ ޤައުމެކެވެ. މިސުރުގައިވެސް އޮންނަނީ ޝާފިޢީ މަޒްހަބެވެ. މަޒްހަބަކީ އޭނާ ދެކޭގޮތުގައި ބިދުޢަޔެކޯލައެވެ. މިފަހަރުގެ ޙައްޖުގައި އެކަކުވެސް އޭނާ ދައްކާ ވާހަކަ އަޑުއަހައިގެން ނުވާނެއެވެ. އެމީހަކު މަޒްހަބުން ބޭރުކޮށް މަގުފުރައްދާނެއެވެ. އަދި އެއްވެސް މީހެއްގެ ޙައްޖެއް ކަމަކު ނުދާނެއެވެ.އެންމެ ބޮޑު ކަމަކީ އޭނާޔަކީ ފަތިސްނަމާދުގައި ދުވަހަކުވެސް ޤުނޫތުކީ މީހެއްނޫނެވެ." މިއީ ހަމަ ސީދާ އަލްމަރުޙޫމް ޖަމީލްދީދީގެ ޢިބާރާތް ކޮޅެވެ. އެކަކުވެސް މިކަމާއި ނުކަރާށެވެ. އަހުރެންނަށް މިވާހަކަ އިވުނީ އަހްމަދު ހިލްމީގެ ދެކަނބަލުންގެ ސަނަދުންނެވެ. އަޅުގަނޑު މުޙައްމަދު އިބްރާހިމް ސިފަކުރަނީ މިޤައުމަށް އައި ދެވަނަ އަބުލްބަރަކާތު ކަމުގައެވެ. އެއީ އިސްލާމިކް ޔުނިވަރސިޓީ/މަދީނާގެ ފުރަތަމަ ދިވެހި ދަރިވަރެވެ. މިކަން ސާބިތު ކުރެއްވުމަށް ދެވަނަ ނުވަތަ ތިންވަނައަށް މަދީނާއިން ކިޔަވާ ވިދާޅުވި މާތް ޝޭޚް މާލޭ ފީރޯޒްވާދީ ޝައިޚް މުޙައްމަދު އިސްމާޢީލް ދުނިޔޭގައި އެބަހުންނެވިއެވެ. މިހާރުވެސް މާފަންނު ތައިބާ މިސްކިތައް ނަމާދައް ވަޑައިގަންނަވަތެވެ. އެ ޝޭޚަކީވެސް 25އަކަށް އަހަރު ރާއްޖެއިން އަރުވާލެވިގެން ހުންނެވޮ ބޭފުޅެކެވެ. ތަފްސީލު ފަހުން އަންނަ ހުއްޓެވެ. މާތުރަ!
ދެންފަހެ ދަންނައެވެ. މިބާވަތުގެ ވާހަކަ ތަކުގެ ތެރެއިން ފާހަގަކޮއްލެވޭ އެލަވަރުނުކާނާ ވާހަކަތައް މި މައުޒޫގައި ލިޔެވިދާނެއެވެ. މީގެ ތެރެއިން މައުމޫނުގެ ވެރިކަމުގައި ފަތިސްނަމާދުގައި ގުނޫތު ކިޔުމުގެ ސަބަބުން ޖަލައްލައި އެތަކެއް ދުވަހު ބަންދުވެފައި އަދި އެބަލީގައި މިހާރު ނިޔާވެފައިވާ އަލްމަރް ހޫމް މއ. ރަފްރަފްގޭ ޖާބިރުގެ ވާހަކައިގެ ކުރުކުރު ތަންކޮޅެއް ލިޔެލާނަމެވެ. މިވާހަކަ ގެންނަން ޖެހުނީ މިދެންނެވި ޤުނޫތު ކިޔުއްވުމުގައި އެންމެ އިސް ސަރުދާރަކީ އަލްމަރުޙޫމް ޖަމީލް ދީދީ އެވެ. މިއި އޭނާޔަށް ބަދު ބަހެއް ރައްދުކުރާކަށް ލިޔެވޭ ވާހަކަތަކެއް ނޫނެވެ. އަދި ކިއެއްތަ މިއީ ކުރީން ބުނިފަދައިން ދިވެހިންގެ ދީނީ އެއްބައިވަންތަކަމުގެ ކަމަރު ބަނދެގެން ތިބިކަމަށް ކުޑަދޫ ނިމޭ ހިސާބުން އަޑުނެރެ ތަންމިނަށް ވާހަކަ ދެއްކި މައުމޫނީންގެ ޙަޤީޤީ ރޭވުންތަކުގެ ފެށޭ ހިސާބުގެ ވާހަކަ ތަކެވެ. މީގެ 55 ބައި ލިޔެ ނިމިފައި އެބައޮތެވެ. މަޑުމަޑުން މިބައިތައް އަންންހުއްޓެވެ.
މއ.ރަފްރަފްގޭ ޖާބިރަކީ ތޯއެވެ. އެއީ މަޑުމައިތިރި ހިތްތިރި އިންސާނެކެވެ. މިހާރުވެސް އެހިސާބުގެ ގިނަމީހުން ދުނިޔޭގައި އެބަތިއްބެވެ. ނިކަން ވާހަކަޚަބަރު އަހާށެވެ. އެނގިދާނެއެވެ. ކަންމަތިން ބިއުޓީގޭ މޫސަބޭގެ ދަރިންތައް ދުނިޔޭގައި ތިބޭނެއެވެ.އެމީހުންނަކީވެސް އިސްލާމްދީނަށް އުޅުމުގެ ސަބަބުން އެމީހުންގެ ބައްޕަ ބިއުޓީ މޫސަބޭ އެތަކެއް ފަހަރު މައުމޫނުގެ ޖަލުގައި ބަންދުވި އާދަމުގެ ދަރިޔެކެވެ. އޭނާގެ ވާހަކަވެސް އަންނަހުއްޓެވެ.މިދެންނެވި މޫސަބޭޔަކީ މާލޭގެ މަޝްހޫރު ޒަމާންވީ ދިވެހިބޭސް ވިއްކާ ފިހާރަ އޯކިޑްމަގު " ބިއުޓީޝޮޕްގެ ވެރިފަރާތެވެ. ކޮންމެޔަކަސް، ޖާބިރާއި މިބުނި މުޙައްމަދު އިބްރާހިމް ފުރަތަމަ ދިމާވީ ޒިކްރާ މިސްކިތުންނެވެ. އެއީ މިހާރުގެ ސިޔާސީ ނަމުންނަމަ ބައްޕާފުޅު މިސްކިތެވެ.މަޖީދީ މަގަށް ދޮރުކެނޑިފައިވާ މި މިސްކިތުގެ އޭރުގެ އިމާމަކީ މއ.ބާބުލްޢަވާލީ މުޙަމްމަދު އިބްރާހިމް އެވެ. މަޣްރިބް ނަމާދުގެ ފަހުން ޤްރުއާނުގެ ތަފްސީރު ކިޔަވަން ތިއްބާ މިދެންނެވި ޖާބިރު ސަލާމްގޮވާ މި މީހުންގެ ތެރޭގައި އިށީނެވެ. އަދި ޢިޝާނަމާދުވެސް ނިމިގެން ރޭނގަޑުގެ 10 ޖަހަންދެން މި މީހުން ވާހަކަ ދައްކަން ތިއްބެވެ. ޖާބިރު ބުނެފައިވެއެވެ. އެންމެ ފުރަތަމަވެސް އަހަރެން ތަފްސީރު އަޑުއަހައިފައި ހިތައްއެރީ މިވާހަކަތައް އަޑުއަހަން ކޮންމެދުވަހަކުވެސް ދެން ދާނަމޭ..އެހެންވެ ކުޅުދުއްފުށީ ޢަޒީޒުބޭ" މަޝްހޫރު ޢަޒީޒުބޭ" ކައިރީގައި ބުނެގެން ދެމީހުންނޭދާނީއޭ ކިޔައި ކުޑަކުޑަ ގްރޫޕެއް ހެދީމެވެ. ހަމަ މިއާއެކު މއ.ކީމިޔާގޭ އަބްދުލް ޢަފޫރު ކިޔާމީހަކުވެސް ބައިވެރި ވިއެވެ.( އަބްދުލްޢަފޫރު- ކީމިޔާގެ.މާލޭ. މިހާރުވެސް ދުނިޔޭގައި އެބަހުރި) ދެން މިހެން ގޮސް ބޮޑު ގްރޫޕެއްވެއްޖެއެވެ...މީގެ ތެރޭގައި އެއުޅޭ އެމުޑީޕީ ކާޅު އާނިޔާގެ ބައްޕަ ފާރޮށިފިހުނު ސަޢްދުވެސް ހިމެނުނެވެ.އޭނާވެސް އަދި މިކަމަށް ހެކިދޭން ދުނިޔޭގައި އެބަހުއްޓެވެ. އޭނާ އުޅެނީ އެބުނާ ޖަނގިޔާ ނާޒިމު ހަދާފައިވާ ނަމިރާ ބިލްޑިންގްގައެވެ. މިއީ މައުމޫނުގެ އަސްލު ސިފަ ދެކެ އަތުންހިފާފައިވާ މީހުންނެވެ. އަދި މިހާރުގެ ރިޔާސީ ކޮމިޝަނުގެ ސްޕޯކްސްމަން އަބްދުއްލާ ޙަސީނުގެ ބައްޕަ ދޮންކަރީމުގެ ވޭންދެނިވި ވާހަކަޔަކީވެސް މީހަކު އަޑުއަހައިފިނަމަ ޝަހާދަތް ކިޔައި އިސްލާމްވެދާވަރުގެ ވާހަކަޔެކެވެ. އޭނާގެ ލޮލަށް ދިން ގެއްލުމަކީ ޙަސީނުމެން ކޮއްލާ އެންމެ ތަހްޤީޤަކުން އޭގެ އަގު އަދާކުރެވޭނެ ކަމެއްނޫނެވެ. ސަބަބަކީ އެ އަނިޔާ އޭނާގެ ބައްޕަޔަށް ދެވުނީ އިސްލާމްދީނާ ހެދިއެވެ. މިބުނާ ޙަސީނުވެސް އަދި ދުނިޔޭގައި އެބަހުއްޓެވެ...އަދި މިދަނީ ޖާބިރުގެ ވާހަކަ ފެށޭށެވެ. ނުނިމޭ
މިހިސާބުން 2ވަނަ ބައި ނިންމަން ޖެހުނީ ކުއްލިޔަކަށް ދެންމެ ޖިބުއެބްލޮގަށް އައި މޭލަކާއި ގުޅިގެން ނެވެ.ފޮނުވިފަރާތުން ޖިބުއެގެ މި ތާރީޚް ސުޕޮންސަރު ކުރަން އެދޭކަމުގެ އުފާވެރި ޚަބަރު ލިޔެފައި ވެއެވެ.

5 comments:

  1. ގައްޑާ އިނގޭ

    ReplyDelete
  2. mulhamas key kamah vanee hihineiy keeema thoa?

    ReplyDelete
  3. http://drmauroof.blogspot.com/2010/03/open-letter-to-do-sappey-and-his-royal.html

    ReplyDelete
  4. ވަރަށް ސަޅި. ޖިބުއެ ކަލޭ އަދިވެސް އެބަ އުޅެމުދޯ! ސާބަސް

    ReplyDelete
  5. koba Jibue mihaaru???aharemen kiyaanee jibue ge fakka liyunthah???

    ReplyDelete