Sunday, May 16, 2010

މިކަމާދެކޮޅަށް ކުރެވެންހުރިކަންތައްތައް ޤާނޫނުގެ ހުދޫދުގެތެރޭގައި ތިއްބަވައިގެން ކުރައްވާށެވެ

ވީމާތިގޮތަށް ގަބުވެފައި ނުތިބެ ނިކަން ތެދުވާށެވެ. މިކަމާދެކޮޅަށް ކުރެވެންހުރިކަންތައްތައް ޤާނޫނުގެ ހުދޫދުގެތެރޭގައި ތިއްބަވައިގެން ކުރައްވާށެވެ. ތިބޭފުޅުންގެ އަޑަކީ ނުހަނު ގަދަ ، އޭގައި ބާރުހުރި އަޑެކެވެ. ހަމަކޮންމެ ބޭފުޅަކަށްވެސް ކޮންމެވެސްކަމެއް ކުރެވޭނެނޫންހެއްޔެވެ... މިކަމާ ދެކޮޅަށް ތިޔަބޭފުޅުންގެ ޤަލަންތައްވެސް ހިންގާލާށެވެ. ދޫތައް ހަރަކާތްކުރުވާށެވެ. ނޫންނަމަ މިދަންތުރައިގެ ޝިކާރައަކަށް ޅަދަރީންތަކެއްވެ ހަލާކުވެދާނެއެވެ. އޭރުން އިޤްތިޞާދު ދަށަށް ދާނީވެސް ހަމަ އަހަރެމެންގެ އެވެ. މާރާމާރީ ގިނަވާނީވެސް ހަމަ އަހަރެމެންގެ ޤައުމުގައެވެ. މައިބަދަ ތެދުކޮށްނުލެވިގެން ، ތެދަށްނުހުރެވިގެން ގުޅައަކަށް ޖެގިފައިތިބޭ ޒުވާނުން ގިނަވާނީވެސް ހަމަ އަހަރެމެންގެ މަގުތަކުގައެވެ.
އާއެކޭ ، ހޭއަރާށެވެ. ހޭއަރާށެވެ. މިއަދުނުވިރަށްކަލެއް ފަހަކުން ނުވެވޭނެއެވެ.
އިސްލާމްއާއި ދިވެހި އަޅުގަނޑުމެން އަތްފޯރާފަށުގައި ބާއްވަދޭށެވެ.
މިކަމަކީ އަޅާނުލާ ދުކޮށްލާވަރުގެ ކަމެއްނޫނެވެ.

ހުރިހައިކަމެއް މިއޮއްގެން ބަދަލުވަނީއެވެ. ބަދަލު ނުވަނީ ކޮންކަމެއްހެއްޔެވެ؟. ވެރިކަން ބަދަލލުވެއްޖެއެވެ. ވީހަމަ އެއްކަމެއްވެސްނެތެވެ. ވެއްޓުނީ އަނދަވަޅަކުން އަނދަވަޅަކަށެވެ. މީހުންގެ ފިކުރާޚިޔާލުވެސް ބަދަލުވާން ފަށައިފިއެވެ. ރާ ވެސް ހީވަނި ހަމަ ދެންމެ ދެންމެ ހުއްދަކޮށްފާނެހެނެވެ. އާއެކެވެ. ކުރާނެ ކަމެއްނެތެވެ. ކަންތައްތައް މިވަނީ އެކޮޅުކޮޅުންޖަހާފައެވެ. ނަމަވެސް އުފާކުރަންޖެހޭ ކަމަކީ އަދިވެސް ދިވެހިންގެ ގިނަމީހުންނަކީ މިފަދަ ލާދީނީ ކަންކަމާ އިދިކޮޅު ބަޔަކަށްވާކަމެވެ.
އެހަކަށް ދުވަހަކު އިވުނީ ، މަޖުބޫރު ދެމާއްދާ ގޮތުގައި އޮތް އިސްލާމާއި ދިވެހީގެ މަޖުބޫރުކަންކަނޑުވައި އިޚްތިޔާރީ ދެމާއްދާއަށް ބަދަލުކުރަން އުޅޭ ވަހަކައެވެ. މިޚަބަރު އަޑުއަހާފައި އަހުރެން ހަމަ ހައިރާންވިއެވެ. އެހެނީ މިދެމާއްދާ އަކީ ދިވެހިރާއްޖޭގައި ކިޔަވައިދޭ ، ދިވެހީންގެ ދީނާއި ، ޘަޤާފަތާއި އަދި އެބައިމީހުންގެ ދިވެހިވަންތަކަން އެންމެ ބޮޑަށްދަށްކުވައިދޭ ދެމާއްދާއެވެ. މިދެމާއްދާއަކީ ސީދާގޮތުންނާއި ނުސީދާ ގޮތުން ދިވެހިކިޔަވާކުދިންގެ ލެޔާ ގުޅިފައިވާ ދެމާއްދާއެވެ. މިކަންކުރަން އުޅޭބަޔަކު މިއުޅެނީ ބޮޑުސިންގާ ދިވެހި ޖީލެއްހަލާކުކޮށްލަން ނޫންބާއޭ އަހުރެން ހިތަށްއަރައެވެ!
އާއެކޭ ، މިހާރުވެސް ، ގުރޭޑް ދިހައެއް ކީއްކުރަންހޭ އެގާރަ ބާރަ ނިންމާފަ ސްކޫލުން ނުކުންނަ ކުދިންގެތެރޭގައިވެސް އަންމާފޮތުން ބަލައިގެން ރަނގަޅަށް ކިޔަންނޭގޭ ކުދިންނާ އަދި ހިނައިތާހިރުވާން ނޭންގޭ ކުދިންވެސް ބައިވަރެވެ. އިސްލާމްކަމެއް ، އީމާންކަމެއް ، ތައުހީދެއް ، ޝިރުކެއް އިނގެނީކީނޫނެވެ. ނަމާދުގައި އޮންނަނީ ކިތައްވާޖިބުހޭ ބުނާއިރަށް ދެމިޔަކަން ޗޭ ކޮށްލާފައި ބޯނުކަހާލާނެ ކުއްޖަކު ހަމަ މަދުވާނެއެވެ. އަދިވެސް ބައި ވަރެވެ. ނަމަވެސް އެކުދިންގެ ހުރިނަމަހުރި އުނިކަމެއް ލިޔަންވީކީ ކީއްކުރަންހޭ ، މިކަމުގައި ޒިންމާ ނަގަންޖެހެނީ ހަމައެކަނި އެކުދިންނެއް ނޫނެވެ. ބެލެނިވެރިންނާ ، ޓީޗަރުންނާ ، މިކަމުގެ މަސްޢޫލުވެރީން މިކަމުގައި ބައިކޮޅަށް ޖަހާފާވާ ގޯލް ތައް ނުހަނު ގިނަގުނައެވެ.
ދަންނާށެވެ. މިއީ އަހަރެމެންގެ ކިޔަވާ ކުދިންގެ ، ދުވަހަކަށް ވުރެ ދުވަހެއް ދަށަށް ދަމުންއަންނަ އަދުގެ ޙާލަތެވެ. ވާނީވެސް އެހެންތާއެވެ. އޭލެވެލްއަށް ކިޔަވައިދޭ ސުކޫލުތަކުގައި ދިވެއްސާ އިސްލާމް އޮންނާނނީވެސް ހަފްތާއަކު ދެދުވަހު ނޫނީ ތިންދުވަހެވެ. ވަޤުތު ނޯންނަނީ ޔޯލައެވެ. ނަމަވެސް އެހެން މާއްދާތަކަށް ޑަބަލް ޕީރެޑާއި ސިންގަލް ޕީރެޑުގެ އިތުރުން އިތުރުގަޑިތައްވެސް ނަގައިދޭނެއެވެ. އެކަމަށް ވަޤުތުއޮވެއެވެ. އަދި ފިޒިކް އާއި ކެމިސްޓްރީ ފަދަ މާއްދާތަކުގެ ޕްރެއްކްޓިކަލްހެދުމަށްޓަކައި ފާޑްފާޑްގެ ކެމިކަލްތަކާއި ތަފާތް ސައިންޓިފިކް އާލަތްތައް ގަންނަން ބަޖެތްގައި ލާރިވެސް ހުރެއެވެ. ދެންފަހެ އަހުރެން މިބުނަނީކީ މިމާއްދާތައް ކިޔަވައި ނުދޭށެކޭ ނޫނެވެ. މިމާއްދާތަކަކީ މިކުރިއަރަމުން އަންނަޒަމާނުގައި ނުހަނު މުހިންމު މާއްދާތަކެކެވެ. ނަމަވެސް އަހުރެން ބުނަން މުއުޅެނީ މިފަދަ ގޮތަކަށް މިމާއްދާތައް ކިޔަވައިދެންޏާ އިސްލާމާއި ދިވެހިވެސް މިގޮތަށް ކިޔަވައި ނުދެވެންވީ ކީއްވެހެއްޔެވެ؟ މިހެންނެވެ.
ފާހަގަކޮށްލަންޖެހޭ އަނެއް ޙަޤީޤަތަކީ ، ދިވެހިރާއްޖޭގައި ކިޔަވައިދޭ ، ހަމަގައިމުވެސް ، ސައިންސް ސްޓްރީމްގެ ސިލަބަހުގައި ، ދިވެހި ކިޔަވާކުދިންފަދަ ދީނިގޮތުން މާބޮޑުހޭލުންތެރިކަމެއް ނެއް ބަޔަކަށް ކޮންމެހެން ބޭނުންނުވާ ބައެއްކަހަލަ އެއްޗެހި ކިޔަވައިދެމުންދާކަމެވެ. މިސާލަކަށް ބައިލޮޖޯގައި އެއޮންނަ ދާވިންސްތަކުރުފާނުގެ ރާމާނަކުނު ތިއަރީ އެވެ. އެސޮރުގެ ބަހުންނަމަ އިވޮލިއުޝަން ތިއަރީއެވެ. މިއީ ކަނޑައެޅިގެން އިސްލާމް ދީނުގެ އަސާސްތަކާއި ޚިލާފްތިއަރީއަކަށްވާއިރު ، އަދި އެކުދިންނަށް ދީނުގެ އަސްލެއް އުސޫލެއް ނޭންގޭއިރު އެކުދިންނަށް ނުކިޔަވައިދެވިގެން އުޅެންވީ މިހެއްޔެވެ؟؟
އަދި މީގެއިތުރުން އެކުދިންނަށް ޖިންސީ ކަންތައްތަކުގެ ވާހާކަ ކިޔައިދިނުމުގައި ހައްދުފަހަނަ އަޅާ ފަހަރުވެސް އަންނަނީކީ މަދެއްކޮންށެއް ނޫނެވެ. މީގެ 4 ވަރަކަށް އަހަރުކުރިން ހދ. ކުޅުދޫއްފުއްޓަށް މާލޭން އައި ޓީމެއް އައިސް ، ކުޅުދޫއްފުށީ ޖަލާލުއްދީން ސުކޫލުގައި ވަނީ ސެކްސް އެޑިއުކޭޝަންގެ ވަރަށް ހޫނުގަދަ ތިން ޝެޝަން ބާއްވާފައެވެ. ހޫނުގަދަ ނުވާންވީ ކީއްވެހޭ ، މިޝެޝަންތަކުގައި ދޮންވެ ފަށްކާވެފައިވާ ދޮންކެޔޮވައްތަކެއް ބޭނުންކޮށްގެން ހުރަސް ލައްވާނެ ގޮތާ ، އެލެއްވީމައިންނަ ގޮތާ ، އޭގެފައިދާތައްވެސް ވަނީ ކަޔައިދީފައެވެ. އަދި އަމަލީގޮތުން އެކަންކުރަން ބޭނުންކުއްޖަކުވާނަމަ އެކުއްޖަކު އެކަން ތަޖުރިބާކުރުމަށްޓަކައި ރައްޓެހިވެގެން އުޅޭ ކުއްޖާ ގޮވައިގެން އައުމަށްވެސް ވަނީ އިރުޝާދުދީފައެވެ. މީ ތޯތޯ ވާހަކައެއްކަމަށް ހީނިކުރައްޗެވެ. އެޝެޝަންތަކަށް ޙާޟިރުވިކުދިން އަތްފޯރާފަށުގައި އެބަތިއްބެވެ. އެންމެފަހުން މިކަންތައް އެސްކޫލުގައި އިތުރަށް ކުރިއަށް ނުގެންދެވުނީ ، ސްކޫލުކުދިންގެ ތެރެއިން ދީނަށްލޯބިކުރާ ކުދިންކޮޅެއް ދެލޯބޮޑުކޮށް ވަށްކަޅިން ބަލާލީމައެވެ.
މިދެމާއްދާ އިޚްތިޔާރީ ދެމނާއްދާއަށް ދައިފިނަމަ ، އިސްލާމްގަޑީގައާއި ދިވެހިގަޑީގައި ކްލާހުންނުކުމެގެން ދާކުދިންތައް ދާނީ ކޮންތާކަށްބާއޭ އަހުރެން ހިތަށްއަރައެވެ. އެއްބައިކުދީން ގެއަށް ފިލުމެއް ބަލާލާށެވެ. އަނެއްބައިކުދިން ރައްޓެހިކުދިންތަކަކާއެކު ދުންއަރުވާވަޑާމުން ދުންއަރުވާށެވެ. އަނެއްބައިކުދިން ލައިބްރަރީ އަށެވެ. ސަހަލު ހަމަ އެއްތަނެއްވެސް ނެތެވެ. ގިނަ ސްކޫލުތަކުގެ ލައިނބްރަރީ ތަކަކީވެސް ލޯބިވެރީން މާ ފޮޅުވާ ގުލްޒާރުތަކެކެވެ.
ކަންތައްހުރިހިސާބަކީ މިހުރީއެވެ. އޭލޮބްވެތި އަޚުންނާ އުކްތުންނޭވެ. އޭޢިއްޒަތްތެރި ބެލެނިވެރިންނޭވެ. އަހަރެމެންގެ ދަރީންގެ މުސްތަޤުބަލް ހަލާކުގެ ތެރެއަށް އެއްލައިލަން އުޅޭއިރުވެސް ހަމަ ދެއަތް އުރައިލައިގެން ކުޅިބަލަން ތިބެންވީ ހެއްޔެވެ؟؟. މިކަންކުރާބަޔަކަށް ، މިކަންކުރެވިއްޖިއްޔާ ނިކަން އުފާކޮށް ، ކޮލު ދަތްތަކާ ކިރުބުއި ދަތްތައް ދަށްކައިގެން ތިބޭއިރު ، ކުދިންގެ ދިވެހިވަންތަކަމާއި އިސްލާމީވަންތަކަން ނެތުމުގެ ސަބަބުން ، އެކުދިންގެ އަޚްލާޤް ގޯސްވެ ، އެކުދިންގެ ފަރާތުން ފެންނަ މަންޒަރުތަކަށް ކެތްނުކުރެވިގެން ލޮލުންކަރުނަ އަޅާނީ ދިވެހި ކިތައް މައިންކަމެއް ނޭންގެއެވެ.
ވީމާތިގޮތަށް ގަބުވެފައި ނުތިބެ ނިކަން ތެދުވާށެވެ. މިކަމާދެކޮޅަށް ކުރެވެންހުރިކަންތައްތައް ޤާނޫނުގެ ހުދޫދުގެތެރޭގައި ތިއްބަވައިގެން ކުރައްވާށެވެ. ތިބޭފުޅުންގެ އަޑަކީ ނުހަނު ގަދަ ، އޭގައި ބާރުހުރި އަޑެކެވެ. ހަމަކޮންމެ ބޭފުޅަކަށްވެސް ކޮންމެވެސްކަމެއް ކުރެވޭނެނޫންހެއްޔެވެ... މިކަމާ ދެކޮޅަށް ތިޔަބޭފުޅުންގެ ޤަލަންތައްވެސް ހިންގާލާށެވެ. ދޫތައް ހަރަކާތްކުރުވާށެވެ. ނޫންނަމަ މިދަންތުރައިގެ ޝިކާރައަކަށް ޅަދަރީންތަކެއްވެ ހަލާކުވެދާނެއެވެ. އޭރުން އިޤްތިޞާދު ދަށަށް ދާނީވެސް ހަމަ އަހަރެމެންގެ އެވެ. މާރާމާރީ ގިނަވާނީވެސް ހަމަ އަހަރެމެންގެ ޤައުމުގައެވެ. މައިބަދަ ތެދުކޮށްނުލެވިގެން ، ތެދަށްނުހުރެވިގެން ގުޅައަކަށް ޖެގިފައިތިބޭ ޒުވާނުން ގިނަވާނީވެސް ހަމަ އަހަރެމެންގެ މަގުތަކުގައެވެ.
އާއެކޭ ، ހޭއަރާށެވެ. ހޭއަރާށެވެ. މިއަދުނުވިރަށްކަލެއް ފަހަކުން ނުވެވޭނެއެވެ. muraasil


No comments:

Post a Comment