Friday, May 14, 2010

އެމް.އެން.ޑީ.އެފް އިން ޑރ ޒާކިރު ނައިކުގެ ސެކިއުރިޓީ ބެލެހެއްޓުމާއި ހަވާލު ނުވީ މިލްޓަރީ ޤާނޫނު އެކަމަށް ތަންނުދޭތީ

ލިޔުނީ: ހުސެއިން ހަބީބު
ދިވެހި ރާއްޖޭގެ ޤައުމީ ދިފާއީ ބާރުގެ ފަރާތުން ޑރ. ޒާކިރު ނައިކުގެ ސެކިއުރިޓީ ބެލެހެއްޓުމާއި ހަވާލުނުވީ މިލްޓަރީ ޤާނޫނު ތަންނުދޭތީ ކަމުގައި ކަމަށް އިސްލާމިކް މިނިސްޓްރީގެ ޑިރެކްޓަރ ޖެނަރަލް އަޙްމަދުﷲ ޖަމީލް ވިދާޅުވެއްޖެއެވެ.
އަޙްމަދުﷲ މިހެންވިދާޅުވީ މިއަދު ދި-އިސްލާމްކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. އެމް.އެން.ޑީ.އެފް އިން މިއިވެންޓްގެ ސެކިއުރިޓީ ބެލެހެއްޓުމަށް އެމް.އެން.ޑީ.އެފް އިން ހަވާލު ނުވުމުން އެކަމާ ވިދާޅުވަނީ ކީކޭތޯ އެއްސެވުމުން އަޙްމަދުﷲ ވިދާޅުވީ ސިފައިންގެ ޤާނޫނު ބުނާގޮތުން މަދަނީ ކަންކަމުގައި ޚަރަކާތްތެރި ވުމަށް ތަންނުދޭކަމަށެވެ. ނަމަވެސް ފުލުހުން އެދިއްޖެ ޙާލަތެއްގައި އެމް.އެން.ޑީ.އެފްއަށްވެސް ޚަރަކާތްތެރިވުމުގެ ފުރުޞަތު އޮންނާނެކަމަށެވެ. dhiislam

No comments:

Post a Comment