Friday, May 14, 2010

މުސްތަފާ މުސްތަފާ ޑޯންޓް ވޮރީ މުސްތަފާ

މުސްތޮފާއެވެ. ޑޯންތްވޮރީއެވެ. އަނބިންނާއި ދަރިން އިޙްތިޔާރީ މާއްދާއެއްގެ ގޮތުގައި ހަމަޖައްސަވާށެވެ.

އަޅުގަނޑު ހަޔާތުގައިވެސް މިނޫންދުވަހެއް މިނޫން ހަޔާތެއް މިނޫންވަގުތެއް މިނޫން މުސްތޮފާއެއް ދެކެންބޭނުންވާ ދުވަސް މިވަނީ އައިއްސައެވެ. އަޅުގަނޑުގެ ދެތިން ސުވާލެކެވެ. މުސްތޮފާއެވެ. ޑޯންޓްވޮރީއެވެ. ގްރޭޑް އެގާރަބާރައިގެ އަދިކިޔެއްކުރަން މުޅިދިވެހި ރާއްޖޭގެ ދިވެހި ރައްިޔިތުންނަށް ދިވެހި ނުކިޔަވާދިނަސް މުސްތޮފާޔަށް ވަކިވާނެ މޮޅެއް އޮންނާނެތޯއެވެ. މިރާއްޖެގޭ 100 އިން ސަތޭކަ އިސްލާމްންނަށް އިސްލާމް މިމާއްދާ އެއްގޮތަކަށް ލޮލަށްނުފެނުނަސް މުސްތޮފާޔަށް ވާނެމޮޅެއް އޮންނާނެހެއްޔެވެ. ޑޯންޓް ވޮރީ މުސްތޮފާ ، އަލްމާނީ މުލްހިދުންގެ ފިކުރު އަނެއްފިކުރު މިގައުމުގެ ލޮބުވެތި ދަރިވަރުންނަށް ކިޔަވައިދީ އެހުރިހާ ކުދިން މަގުފުރެއްދިޔެއްކަމަކު މުސްތޮފާޔަށް އަޅެފަހެވާނީ ކޮންމޮޅެއްހެއްޔެވެ. ޑޯންޓްވޮރީ މުސްތޮފާއެވެ. ތިބާ ތިޔަހިނގާން އުޚޭ މަގުދޫކޮށް އަނެއްމަގުން އަނެއްހިޔާލާތުން އަޅުގަނޑުމެންގެ ލޮބުވެތި ދަރިވަރުން، ކިޔަވާކުދިން މިގައުމުގެ ރައްޔިތުން ގެންދަން ނޫޅުއްވާށެވެ. ވާނެ އެއްވެސް މޮޅެއްނެތެވެ.
އެހެންނަމަވެސް ޑޯންޓް ވޮރީ މުސްތޮފާއެވެ. މުސްތޮފާ ކަންބޮޑުވެ ނުލައްވާށެވެ. ތިޔަ އުޅެނީ އިސްލާމްންނަށް އިސްލާމް ނުކިޔަވައިދޭކަށް ނޫންތޯއެވެ. ދިވެހިންނަށް ދިވެހިނުކިޔަވައިދޭކަށް ނޫންތޯއެވެ. ޑޯންޓްވޮރީ މުސްތޮފާ އަހަރެން މޮޅުގޮތެއް ބުނެފާނަމެވެ. ތިޔަބޭނުންވަނީ ކަންކަން އޮންނަ މަގުންނޫން ، އެހެންމަގަކަށް ފުރުޅާލުމެއްނޫންތޯއެވެ. އެހެންކަމުން އިނގިރޭސިވިލާތައް ވަޑައިގެން އެތަނުގައި ދިވެހި އިސްލާމް މަޖުބޫރު މާއްދާއެއްގެ ގޮތުގައި ކަނޑައަޅައި ، އިނގިރޭސި އިޙްތިޔާރީ މާއްދާއެއްގެ ގޮތުގައި ހަމަޖައްސަވާށެވެ. ކާކުދެކެ ކީއްވެގެން ކީއްކުރަންތަ ތިއުޅެނީ ޑޯންޓްވޮރީ މުސްތޮފާ!
އިޝް:ތެދެއް މުސްތަފާ! ހާސްވެވަޑައި ނުގަންނަވާތި! ގައުމީ މަންހަޖު އިސްލާހު ކުރުމުގެ މަހާސިންތާއެއް ދާދިފަހުން ބޭއްވިއެވެ. ނަމަވެސް ދިވެހިބަހާއި އިސްލާމް މާއްދާ އެއީ އިޚްތިޔާރީ މާއްދާތަކެއްގެ ގޮތުގައި ހެދުމަށް އެއްވެސް ފަރާތަކުން އެ މަހާސިންތާގައި ޚިޔާލުފާޅުކޮށްފައި ނުވާއިރު، އަމިއްލަ އެޖެންޑާއެއް ކުރިއަށް ނެރެގެން ތިޔަ އުޅުއްވަނީ ވަކިން ކީއްވެހެއްޔެވެ؟ ދުނިޔޭގައި މަޝްހޫރު އިނގިރޭސިވިލާތުގައި، އެފް.ސީ.އީ އާއި ސީ.ޕީ.އީއާއި ޖީ.ސީ.އީ އާއި، ސީ.އޭ.އީއާ މިލެވެލްތަކުގެ ސެޓިފިކެޓްތައް ދެނީ އެމީހުންގެ މާދަރީ ބަސް ނުކިޔަވާހެއްޔެވެ؟ އެއީ މާދަރީބަހަށް ވީތީ އިންގްލިޝް ނުކިޔާވާތޯއެވެ؟ ވީ އިރު ދިވެހިރާއްޖޭގައި އެސް.އެސް.އީ އާއި އެޗް.އެސް.އީ ދިވެހި އިސްލާމް ނުހަދަންވީ ކީއްވެތޯއެވެ. އެކުދިން ދިވެހި ނުކިޔަވަންވީ ކީއްވެތޯއެވެ؟ އިޚްތިޔާރީ މާއްދާއަކަށް ހެދުމުގެ ބޭނުމަކީ ފަހެ ކޮބައިތޯއެވެ. ބޭނުމަކީ އިސްލާމްދީނާއި ދިވެހި ބަސް މިގައުމުން ފުހެލުމެވެ. ގައުމުގެ މިނިވަންކަން ރަމްޒުކޮށްދޭ ދެ ރުކުން ފޮހެލައި ގައުމުގެ ސިޔާދަތު ނަގާލައި އަޅުވެތި ގައުމަކަށް މިގައުމު ހަދާ، ދިވެހިންގެ އަބުރާއި ކަރާމާތް ނަގާލުންތޯއެވެ؟ މާތް ﷲ އިރާދަކުރެއްވިޔާ ހިލާ ތިޔަހެނެއް ނުވާނެއެވެ!
މުޙައްމަދު: އެހެން ހެއްޔެވެ؟ މުޞްޠަފާ އޭ ކިޔުން މަނާ ކުރަންވީ ނުންހެއްޔެވެ؟ ތިޔަ އުޅެނީ ހަމަ މުސްލިމުންގެ ނަމުގައި ތިބެ މުސްލިމު މައިންބަފައިންގެ ދަރިން ގޮތުގައި ތިބެ މުސްލިމުންގެ ބިމެއްގައި މުސްލމިނުންނަށް ދުއްތުރާ ކުރަންހެއްޔެވެ؟ ހަނދާންކުރާތި!! އަދި ކަލޭމެން ހިތާމަ ކުރާނެއެވެ!
ރާޅު: ޑރ މުސްތަފާ ލުތުފީ(މުސްތަފާ އަތާތުރުކު) އަކީ އިސްލާމެއްބާއެވެ. ދިވެއްސެއްބާވެއެވެ.
މުސާފިރު: އޭ މިހިރަ މުސްޓަފާއެވެ! ކަލޭ ހީކުރީ ކަލޭ ބޭނުންހާ ގޮތެއް ހަދާތަން ބަލަން ދިވެހި ރައްޔަތުން ބަލަން ތިބޭނެކަމައް ހެއްޔެވެ؟ ހަމަ ހިލާ އެހެނަކުންނުވާނެއެވެ. ކަލޭ، ކަލޭގެ ދަރީންނަށް އިސްލާމް ޢާއި ދިވެހި ކިޔަވައިދޭން ބޭނުންނޫންނަމަ އަވަހަށް މިޤައުމުން ފެއްސިގަންނާށެވެ. ކޮންމެހެން އެހެން މީހުންގެ ދަރީން މަގުފުރައްދަން އުޅޭނެކަމެއްނެތެވެ.
މީމު މީމު: މުސްތަފާ ލުތްފީ ގެ ހަގީގަތް އަހަރެމެން އާންމުންނަށް މިހިރަ ފަޅާ އަރަނީއެވެ. މުސްތަފާ ލުތްފީ ކެބިނެޓުން ބޭރު ކުރުމަކީ މިއަދު ރާއްޖެއަށް އެންމެ ފައިދާ ބޮޑު ގޮތެވެ. މިފަދަ ޢަލްމާނީ (ސެކިޔުލަރ) ޚިޔާލުގެ މީހަކު ތަޢްލީމީ ވަޒިރަކަށް ބަހައްޓަން ހެޔޮ ނުވާނެއެވެ. މުޒާހަރާ ކޮށްގެންވެސް މުސަތަފާ ލުތްފީ ތަޢްލީމީ ވުޒާރާ އިން ނެރެވޭތޯ ބަލަމާ ހިގާށެވެ. އަދި އަންނަން އޮތް އެއްވެސް އިންތިޚާބެއްގައި މުސްތަފާލުތްފީގެ ޕާޓީ އަށް އެއްވެސް ވޯޓެއް ނުދެމާ ހިގާށެވެ. ރާއްޖޭގެ މީހުން އުޅޭ ރަށްރަށުގައި ބަނގުރާ ލިބެންހުންނަ ގޮތަށް ހަދަން އުޅުނީވެސް މި މުސްތަފާ ލުތްފީގެ ޕާޓިގެ މީހަކު ވަޒީރަކަށް ހުރި ވުޒާރާއުންނެވެ.
ގޯބެއްޔާ: މުސްތަފާއެވެ. މިރާއްޖޭގައި ކަލޭމެންކަހަލަ އަނެއްފިކުރުގެ މީހުން ވަރަށް މަދެވެ. މިރާއްޖޭގައި މިތިބީ އިސްލާމްދީނަށް ފުރާނަޔަށްވުރެ ބޮޑަށް ލޯބިވާ ބައެކެވެ. އެމީހުން އިސްލާމްދީނަށް ޓަކައި އެމީހުންގެ ފުރާނަ ދޫކޮށްލައި، ކަލޭމެންގެ ފުރާނަ ދުއްވާލުމަށް ފަސްނުޖެހޭނެ ކަން ހަނދާން ކުރާށެވެ. ﷲހަށް ބިރުވެތި ނުވާކަމަށް ވަންޏާ ދިވެހި ންނަށް ބިރުވެތިވާށެވެ. އެހެން ނޫނީ ހިތާމަކުރަންޖެހިދާނެއެވެ.
ގޯބެއްޔާ: މުސްތަފާ އެދަނީ ޑރ ޝަހީދު ދިޔަމަގުން، މުސްތަފާ އަކީ މިހާރު ގައުމީ އިއްތިހާދަށްވުރެ ބޮޑަށް އެމްޑީޕީ މީހެއް! މުސްތަފއެހުރީ މިހާރުވެސް އެމްޑީޕީއަށް ސޮއެކުރާގޮތަށް! ނަމަވެސް އަންނިމެން އެކަން އިހަށް މަޑުޖައްސާލައިގެން އެއުޅެނީ، މިކަންތަށްގަނޑު ހިންގާލަންވެގެން! އަސްލު މިއީ ޑރ ޝަހީދު އިޒުރޭލާއެއްކޮށް ކުރި އެގްރިމެންޓުގެ ދަށުން ހިނގާކަމެއް! މިކަމަށްޓަކައި ޑރޝަހީދާއި އަންނިއަށް އެތައް މިލިއަން ޑޮލަރެއްލިބުނު! އެއިން ބައެއް މުސްތަފާޔަށްވެސް އެޅި! އަދި މިއެގްރިމެންޓުގައި އިޒްރޭލުން ދިވެހިދަރީންގެ މުދައްރިސުން ތަމްރީނުކުރާ ވާހަކަވެސް އޮތް! މިވާހަކަ ޓީވީއެމް އިން ވެސް ގޮވި.
ފފފ: މުސްޓޯޕާ މީ ހާދަ ހަޔާތް ކުޑަ މޮސްތޮޕާއެކެވ.ެ މުރާސިލް

No comments:

Post a Comment