Friday, May 14, 2010

ޢަދާލަތު ޕާޓީގެ ޚާއްސަ ދަތުރުތަކެއް ހދ. އަދި ނ. އަތޮޅަށް

ހދ، އަތޮޅަށް ކުރަމުންގެންދާ ދަތުރުގައި ޢަދާލަތު ޕާޓީގެ ރައީސް އައްޝައިޚް ޙުސައިން ރަޝީދު އަޙްމަދާއި އަމީން ޢާއްމު އައްޝައިޚް ޢިމްރާން ޢަބްދުﷲއާއި ޢަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުގެ މެންބަރު އަލްއަޚް އިކްރާމް ޢަބްދުއްސައްތާރު ބައިވެރިވެއެވެ.

ޢަދާލަތު ޕާޓީގެ ޚާއްސަ ދަތުރުތަކެއް ހދ. އަދި ނ. އަތޮޅަށް 13 މެއި 2010 ވީ ބުރާސްފަތިދުވަހު ފެށިއްޖެއެވެ. މިދަތުރުތަކަކީ ހދ. އަދި ނ. އަތޮޅުގައިވާ ޢަދާލަތު ޕާޓީގެ ގޮފިތަކުގެ މެންބަރުންނާއި ބައްދަލުކުރުމާއި، ޕާޓީގެ އެކިއެކި ޙަރަކާތްތައް ހިންގުމާއި ދީނީ ނަޞޭޙަތް ދިނުމުގެ މަޤްޞަދުގައި ކުރާ ދަތުރުތަކެކެވެ. ހދ. އަތޮޅަށް ކުރާދަތުުރުގައި ހދ. ހަނިމައިދޫ، ހދ. ކުޅުދުއްފުށި، ހދ. ވައިކަރަދޫ އަދި ހދ. މަކުނުދޫއަށް ދިއުމަށް ހަމަޖެހިފައިވެއެވެ. ނ. އަތޮޅަށް ކުރާދަތުރު ރޭވިފައިވަނީ ނ. ޅޮހީ، ނ. މާފަރު، ނ. މަނަދޫ އަދި ނ. ވެލިދޫއަށް ދިއުމަށެވެ.
ހދ، އަތޮޅަށް ކުރަމުންގެންދާ ދަތުރުގައި ޢަދާލަތު ޕާޓީގެ ރައީސް އައްޝައިޚް ޙުސައިން ރަޝީދު އަޙްމަދާއި އަމީން ޢާއްމު އައްޝައިޚް ޢިމްރާން ޢަބްދުﷲއާއި ޢަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުގެ މެންބަރު އަލްއަޚް އިކްރާމް ޢަބްދުއްސައްތާރު ބައިވެރިވެއެވެ. ހދ. ހަނިމައިދޫއާއި ކުޅުއްދުށީގައި ހުކުރު ކުރުމުގެ އިތުރުން ދީނީ ނަޞޭޙަތްދިނުމާއި އެހެނިހެން ޕްރޮގްރާމްތައް ހިންގުމަށް ރޭވިފައިވެއެވެ. ހަނިމައިދޫގައި ޕާޓީގެ ރައީސް އައްޝައިޚް ހުސައިން ރަޝީދުއަޙްމަދު ހުކުރު ކުރެއްވިއިރު ކުޅުދުއްފުށީގައި އަމީން ޢާއްމު އައްޝައިޚް ޢިމްރާން ޢަބްދުﷲ ހުކުރު ކުރައްވާފައިވެއެވެ.

ނ. މާފަރުގައި ޢިލްމުވެރިންގެ މަޖިލީހުގެ ނައިބު ރައީސް އައްޝައިޚް އިލްޔާސް ޙުސައިން ހުކުރު ކުރެއްވުމަށް ހަމަޖެހިފައިވިއަސް ކަނޑުގަދަވުމާއިގުޅިގެން އައްޝައިޚް އިލްޔާސް ޙުސައިންއަށް އިއްޔެވަނީ މާފަރަށް ދަތުރު ނުކުރެވިފައެވެ. އެހެންނަމަވެސް މިއަދު މެންދުރު ފަހުގެ ވަގުތެއްގައި އައްޝައިޚް އިލްޔާސް ޙުސައިން މާފަރަށް ވަޑައިގަންނަވާނެއެވެ. ނ. އަތޮޅަށް ކުރާދަތުރުގައި އައްޝައިޚް އިލްޔާސް ޙުސައިންގެ އިތުރުން މަޝްވަރާ މަޖިލީހުގެ ތިންމެންބަރުންކަމަށްވާ އަލްއަޚް ޙުސައިން އިބްރާހީމާއި، އަލްއަޚް ޢަލީ ނަސީމާއި، އަލްއަޚް ޙުސައިން ޢާމިރުގެ އިތުރުން ޢަދާލަތު ޕާޓީގެ ނ. އަތޮޅުގެ ޒުވާން ބައެއް މެންބަރުން ބައިވެރިވެ ވަޑައިގަންނަވައެވެ. މުރާސިލް

No comments:

Post a Comment