Monday, May 10, 2010

މިނިވަން އާނިޔާއެވެ. ލާދީނީ ފާޙިޝް ހިއްލަތެވެ


އިންސާފު، މުރާސިލް

ރައީސް ނަޝީދުއެވެ! ތިޔަ އިޚްތިޔާރު ވެރިކަމުގެ ތަޚުތުން ފައިބަން ޖެހޭ މަގެކެވެ.
އާހހހހް އެވެ. ރައީސް ނަޝީދުއާއި އޭނާގެ ވެރިކަމަށް ހުރި ހިތާމައެއްގެ ބޮޑުކަމާއެވެ. މައުމޫނަށް ވީހެން ވެގެންދަނީއެވެ. ތިޔައީ ދިވެހިން ބޭނުންވި ހެޔޮ ވެރިކަމެއް ނޫނެވެ. ތިޔައީ ދެތިން މީހުންގެ ވެރިކަމެކެވެ.

ރައީސް ނަޝީދުއެވެ! ތިޔަ އިޚްތިޔާރު ކުރައްވަނީ ގޯސް މަގެކެވެ.

އަދާލަތު ޕާޓީއަށް ހެޓަކަށް ދިނެވެ. އަދާލަތުގެ އިލްމުވެރިންނަށް މަޖިލީހުގައި ފުރައްސާރަކުރިއެވެ. އަމިއްލަ ފޭލިގޭގައި ބޭއްވޭ ހަފްތާގެ ތަގުރީރުގައިވެސް އެވަރު ކުރިއެވެ.
ކުއްލިއަކަށް ޝޮކެއް ލިބުނު ޚަބަރަކީ ޢަދާލަތާ ނުލައި ސަރުކާރު ހިންގަން އުނދަގޫވާނެކަމަށް، އެއްކަލަ އަދާލަތަށް ހެޓަކަށްދިން މީހާ ކިޔަން ފެށި އަޑެވެ. އެ އަޑުންނެވެ. އެ ޕޯޑިއަމުންނެވެ. ކުއްލިއަކަށް މި އިވުނު އަޑު ދިރާސާ ކުރެވެން ފެށިއެވެ.


ބުއްދީގެ އަހުލުވެރިންނަށް ވިސްނިއްޖެއެވެ. ވަގުތުން އެމީހުން ބުނަން ފެށިއެވެ. މިހުރިހާ ކަމެއްގެ އަޑީގައި އޮތީ އެއްމެ ސިއްރެކެވެ. ރާގާއި އަޑު ކުއްލިއަކަށް ބަދަލުވެ، ކުރީގަ ތިމަންގެ ތައްޕާހުން އުފެދުނު މީހުންނޭ ބުނެވުނު މީހުންގެ ތައްޕާހަށް ފުއްމާލަނީއެވެ. ކަމެއް ނެތިއެއް ނޫނެވެ. އެއީ އެއްމެ ކަމެކެވެ. އެއީ އެއްކަލަ ބޮޑު ސިއްރެވެ. ލޯކަލް އިންތިޚާބުގެ ސިއްރެވެ. އޭގައި ބައިވެރިޔަކާ ނުލައި ކުރެވޭނެ ކަމެއް ނެތީއެވެ.
އަދާލަތުގެ ތާއީދު ރާއްޖޭގައި އިތުރުވަމުންދާ ދަނޑިވަޅެއްގައި، އަދާލަތުގެ މަދަދު ލިބިއްޖެނަމަ ގޮނޑިކޮޅު ހޯދަން ފަސޭހަވާނެކަމަށް ފެންނަން ފެށީއެވެ. އެކަމުގެ އެދުމުގައެވެ.
ކުއްލިއަކަށް މިކަމުގައި އުޅެނިކޮށް އިސްލާމިކް މިނިސްޓްރީގެ ޤަވާޢިދެއް ނެރެފިއެވެ. އެއީ ދީނީ އެއްބައިވަންތަކަން ޙިމާޔަތް ކުރުމުގެ ޤަވާޢިދެވެ. އެ ޤަވާޢިދަށް ޢަމަލުކުރަން އެއްމެ 6 ދުވަހަށް ވީއިރު، ސަރުކާރުގެ ލާދީނީ ގޮފިން ރައީސްނަޝީދަށް ބާރުކުރަން ފަށައިފިއެވެ. މިނިވަން އާނިޔާއެވެ. ލާދީނީ ފާޙިޝް ހިއްލަތެވެ. އަދިވެސް މިފަދަ ލާދީނީ ސެކިއުލާ އަލްމާނީ ފިކުރުގެ މީހުންގެ ބަހަށް ރައީސް ނަޝީދު ލެނބެން ފަށައިފިއެވެ.
ވަގުތުން ޒުހެއިރު ކައިރީ، ޕޮލިސީ އާއި ފުށުއަރާތީ ގޮތެއް ނިންމާނީ ކެބިނެޓުންނޭ ކިޔައި ޚަބަރަށް ދޭން އަންގައިފިއެވެ. އަނހަ... މިހެން ނޫންތަ ވާނީ... މި މީހުންގެ ޕޮލިސީ އަކީ ރާއްޖޭގައި ޣައިރު ދީން ފެތުރުން ވިއްޔާއެވެ. އެކަމަށް ހުރަސް އަޅައިގެން އޮންނަ ޤާނޫނެއް ޤަވާޢިދެއް ތަންފީޒުކުރުމަކީ ހާދަހާވާ އުނދަގޫ ކަމަކަށް ވާނެއެވެ.
ރައީސް ނަޝީދުގެ އެމްޑީޕީން ލޯކަލް އިންތިޚާބުގައި އަދާލަތުގެ ޕާޓްނާޝިޕް ބޭނުންވެފައި އޮއްވައި މިއެޅުނީ ޙަޤީޤަތުގައިވެސް ޅައެއްޗެކެވެ. ލާދީނީ މީހުން ރުއްސަން އެ ޤަވާޢިދު ގެޒެޓް ނުކުރިނަމަ، އަދާލަތު ގެއްލި، ލޯކަލް ކައުންސިލް ގެއްލޭނެއެވެ.
ލާދީނީ މީހުންގެ ނުރުހުމުގައި އެ ގަވާއިދު ގެޒެޓް ކުރިނަމަ، އަދާލަތު ލިބި ލޯކަލް ކައުންސިލް ލިބި، ދިވެހި މުސްލިމުންގެ ލޯބި ލިބި، ޤައުމުގެ ވެރިކަމުގައި އިތުރަށް ހުރުމުގެ ފުރުސަތު ތަނަވަސް ވެދާނެއެވެ.
އެހެނަސް.... އާހހހހް އެވެ. ރައީސް ނަޝީދުއާއި އޭނާގެ ވެރިކަމަށް ހުރި ހިތާމައެއްގެ ބޮޑުކަމާއެވެ. މައުމޫނަށް ވީހެން ވެގެންދަނީއެވެ. ތިޔައީ ދިވެހިން ބޭނުންވި ހެޔޮ ވެރިކަމެއް ނޫނެވެ. ތިޔައީ ދެތިން މީހުންގެ ވެރިކަމެކެވެ. muraasil

2 comments:

  1. fini ashi ganagah warah bodah shukuriyya thikurawwa masakathah. mifaharu hilaa dhookoggen nuwaane. mdp ah kulhi dhakkaalan jeheyne

    ReplyDelete
  2. http://www.muraasil.com/details/view/1/7038

    ReplyDelete