Tuesday, May 18, 2010

ވަރަށްއަވަހަށް މިކިޔާބަލަ


ނަޖީބު

ދިވެހިރާއްޖެގެ މަތީޘާނަވީ ގައި ކިޔަވާދަރިވަރުންނަށް ދިވެހިބަހާއި އިސްލާމްދީން އިޚްތިޔާރީ މާއްދާއެއްގެ ގޮތުގައި ހަމަޖައްސަން މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ނިންމުމާއި ގުޅިގެން އެކަމާއި ނުރުހުން ފާޅުކުރުމުގެ ގޮތުން އެޑިއުކޭޝަން މިނިސްޓަރ ގޭދޮށުގައި ގިނަބަޔަކު އެއްވެ މުޒާހަރާ ކޮށްފިއެވެ. މިނިސްޓަރުގެ އިސްތިއުފާއަށް ގޮވަމުން ދިޔަމީހުން އެދެމުން ދިޔައީ ދިވެހިބަހާއި ޤައުމިއްޔަތުގެ ބިންގާ ކަމުގައިވާ ދިވެހިބަހާއި އިސްލާމްދިން ތަޢްލީމީ މަރުހަލާ ނިމެންދެކަށް މަޖުބޫރު މާއްދާއެއްގެ ގޮތުގައި ކިޔަވާދިނުމަށެވެ.

ސުލްހެވެރިކަމާއި އެކު ކުރިއަށް ގެންދިޔަ މުޒާހަރާ ރޫޅާލުމަށްދިޔަ ސް ސްޓާފޯސް މީހުން އެންމެފުރަތަމަވެސް ޚިޔާރުކުރީ ހަރުކަށިކަމާއި ނުލަފާކަމެވެ. ދިޔަގޮތަށްގޮސް ކަރަންޓުމުގުރު ހޫރަމުންދިޔަ މަންޒަރުފެނިގެންދިޔައެވެ. މުޒާހަރާ ރޫޅާލުމަށް ބަހަނާއެއް ހޯދުމުގެ ބޭނުމުގައި ފުލުހުންގެ ތެރެއިން މީހަކު އަމިއްލައަށް ވެޓިގަތް މަންޒަރުވެސް ފެނިގެންދިޔައެވެ. ( މިކަމުގެ ވީޑިއޯ ހެކި އެބަހުއްޓެވެ.)

މި މުޒާހަރާއަކީ އެމްޑީޕީ ވެރިކަމަށް އައިފަހުން މިހާތަނަށްކުރި މުޒާހަރާތަކުގެ ތެރެއިން އެންމެއަވަހަށް، ހަރުކަށިކަމާއިއެކު ރޫޅިމުޒާހަރާއެވެ. އިސްލާމްދީނާއި ދިވެހި ޤައުމިއްޔަތަށްޓަކައި ކުރި މުޒާހަރާއަކަށްވީތީކަމަށް ވެދާނެއެވެ. މިކަމުންވެސް އެމްޑީޕީގެ ލާދީނީ ކަމާއި އިސްލާމްދިން ދެކެއަންނަރުޅި ހާމަވެގެންދިޔައެވެ.


ފުވައްމުލަކުގައި އަތޮޅުވެރިޔަކަށް ހުރިއިރުގައި ކީރިތިޤުރުއާނަށް ވުރެން މާ ފުރިހަމަ ފޮތްތަށް ޔޫރަޕުމީހުން އަތުގައި ހުރިކަމަށް ބުނުމުން އެރަށުމީހުން މ. އަތާކުރު ގެ ކައިރިއަށް އެއްވިއެވެ. ޖެހިގެން އައި ދުވަހު ބިރުން ފިލި މީހެކެވެ. މުރާސިލުން

No comments:

Post a Comment