Friday, May 14, 2010

އިސްލާމިކް އެފާޒް ނޫން މިސަރުކާރުގަ ތިބިއެންމެން ވަގުތުން އިސްތިޢުފާ ދީ

އިމްރާން
އިސްލާމިކް އެފާޒް ނޫން މިސަރުކާރުގަ ތިބިއެންމެން ވަގުތުން އިސްތިޢުފާ ދީ


އިސްލާމްދީނަށް ހުރުމަތްތެރިކޮށްހިތަން މާތް ﷲ ގަންދީ ހުވާކޮށްގެން މިތިބި ޚާއިނުންތައް ވަގުތުން އިސްތިޢުފާ ދިނުމަށް ގޮވާލާ އިންޒާރުކުރަން... އަންނި އާއި އަންނިގެ އައްވާނުން މި ގައުމުން ބޭރު ކުރޭ...ޔޫތު މިނިސްޓަރު މިއަދު ވަނީ ޑރ. ޒާކިރު ނައިކް ދަރުސް ދިނުމަށް އިސްލާމިކް އެފެއާޒްއަށް ދިން ބިން މިއަދު ޖަހައިގަނެފައެވެ. ސިފައިންގެއަށް ޑރ. ޒާކިރުގެ ސެކިއުރިޓީ ބެލެހެއްޓުމަށް އެދި އިސްލާމިކް އެފެއާޒްއިން އެދުމުން ވަނީ ގާނޫނުގެ ދަށުން އެކަން ކޮށްދެވެންނެތްކަން އަންގާފައެވެ. ގާނޫނު ނޭނގެނީބާއޭ ހިތަށް އަރައެވެ...
މި އައްވާނުންތައް އެއަށް ތަބާވާ ގާނޫނު އަސާސީގައި ކަނޑައެޅިގެން އިސްލާދީނަށް ނަސްރުދިނުމަށާއި ދީނީ ކަންތައް ތަކަށް އެއްބާރުލުން ދިނުމަށް ލާޒިމް ކުރާއިރު ހިމާޔަތް ކުރަންވީ ފާހިސް ކަންތައްތައް ކުރަން އަންނަ ބޮޑެތި ރަތްލާޖެހިކާފަރުންތޯއެވެ. ލަދު ހަޔާތް ކޮބައިތޯއެވެ. މުޅި ދުނިޔޭގެ ކޮންމެ ގައުމަކަށް ޑރ. ޒާކިރު ދިޔަކަމުގަ ވިޔަސް ދިނީ މަރުޚަބާ ކިޔާ ދެވެންއޮތް އެންމެ މަތީ ފެންވަރަކުން ސެކިއުރިޓީ ދެމުންނެވެ. ސެކިއުރިޓީ ނުދެވެންވީ ގާނޫނަކީ ކޮބައިކަން އެނގެން ބޭނުމެވެ. އަދި ސޯތައް ދޭ މީހުނަށް ސެކިއުރިޓި ދެނީ ކޮންގާނޫނަކުންކަން އެނގެން ބޭނުމެވެ. މުރާސިލް

No comments:

Post a Comment